ގއ. ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް--
11 އޯގަސްޓް 2021 - 15:08
ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރިކަމުގެ ތުހުމަތު އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ހިމެނޭ ގޮތަށް ހަތަރު މީހެއްގެ މައްޗަށް ކޮށް، އެ މީހުންގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކޮށްލި ކަމުގެ ތުހުމަތުގައި ދާންދޫން ހަތަރު މީހެއްގެ ފޯނު ހިފެއްހެއްޓީ ރޭގެ ވަގުތެއްގަ އެވެ. އެ މީހުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ ހަތަރު މީހުންގެ ތެރެއިން އެކަކީ ކައުންސިލްގެ ރައީސް ކަމަށް "މިހާރު" އަށް ކަށަވަރުވި ނަމަވެސް މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ނަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ހިންގަން އުޅުނު އޮޕަރޭޝަނެއްގެ މައުލޫމާތު މާ ކުރިން ބަޔަކަށް ދިން ކަމުގެ ތުހުމަތު ކައުންސިލްގެ ރައީސްގެ މައްޗަށް ކުރިއެއް ކަމަކު އެކަމާ ގުޅިގެން އޭނާގެ ބަހެއް ލިބިފައެއް ނުވެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
11 August 2021
ޑްރަގް މައްސަލަ ތަކުގަ ޝައްކު ކުރެވޭ ސިޔާސި ގާނޫނީ އަދި ބޮޑެތި މީހުންގެ ފޯން ކޯލް ފުލުހުން އަޑު އެހުމަކީ ކުރަން މުހިއްމު ކަމެކެވެ.
1828
11 August 2021
ގިނައިން ފުލުހުން އަޑު އަހަނީ ހަލާލު މަސައްކަތްކޮށްގެން އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހުންގެ. ކުށްކުރާމީހުންގެ ކޯލްތަށް އަޑުއަހާލެއް މަދު.
1828
11 August 2021
ފުރަތަމަ ބަލަންވީ ފުލުހުންގެ ތެރެއިން މައުލޫމާތު ލީކްވާ މައްސަލަ. ބައެއް ރާއްޖެތެރޭ ކައުންސިލް ތަކުން އެބަހުރި ސީދާ މާލޭ ޑީއީޑީ މެދުވެރިކޮށް އޮޕަރޭޝަން ހިންގަން ފުލުހުން އެދިފައި. އެހެން އެދެނީ އަތޮޅު ވެރިރަށުގއި ތިބޭ ފުލުހުން މެދުވެރިކޮށް އޮޕަރޭޝަން ހިންގަން އަންނަ އިރު މައުލޫމާތު ތަކުރާރުކޮށް ލީކްވެފައިވާތީ. އެފަދަ އޮޕަރޭޝަންތަކަށް ދާއިރުވެސް ބައެއް ފުލުހުން ފޭސްބުކްގައި އެބަހުރި "އޮންދަވޭ ޓު (އެރަށެއްގެ ނަން)"ޖަހާފައި. ނުވަތަ ޗެކްއިން ޖަހާފައި
2000
11 August 2021
މީ ތަންދޮރު ނުދަންނަ މީހުން ލާމަރުކަޒް ކުރީމަ ވާގޮތް
ބާމަރުކަޒު
11 August 2021
ރާއްޖެއަށް އެއްވެސް ވަރަކަށް ގުޅޭ ނިޒާމެއް ނޫން މި ލާމަރުކަޒީ ނިޒާމަކީ. ކާބަފައިންގެ ކަތީބު ނިޒާމު މާ ރަނގަޅު.
އަބްޑޫޅް
11 August 2021
ހޫނ. ދާންދޫ ރައީސުލް ޖުމްހޫރިއްޔާ ދޯ؟