ގއ. ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް: ފުލުހުން އަންނަ ކަމުގެ މައުލޫމާތު ލީކް ކޮށްލީ އާއިލާ މީހަކު ސަލާމަތް ކުރަންކަން އެނގިފައިވޭ --
12 އޯގަސްޓް 2021 - 12:20
ކޯޓު އަމުރެއްގެ ދަށުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ފޯނު ފުލުހުން ހިފެހެއްޓީ، އޭނާގެ ދެބެއިންގެ ދެ ދަރި މީހަކު ސަލާމަތް ކުރަން، ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލުމުގެ ތުހުމަތުގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގާ ކަމުގެ މައުލޫމާތު ލީކްކޮށްލި މައްސަލައަކާ ގުޅިގެން ހަތަރު މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލައިގައި ފޯނު އަތުލި އެކަކީ ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފެވެ. އޭނާގެ އިތުރުން، ފޯނު އަތުލި މީހުންގެ ތެރޭގައި ޑްރަގް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނޭކަން އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފުލުހުން އެ ރަށަށް ދާ ކަމުގެ މައުލޫމާތު ކުރިއާލައި އާސިފަށް އޮތީ ދީފަ އެވެ.
އެއީ ދާންދޫގައި ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ އާސިފްގެ ދެބެއިންގެ ދެ ދަރި މީހަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްކަން އެނގިފައިވެ އެވެ.
ފުލުހުން ދާންދު އަށް ދާ ކަމުގެ މައުލޫމާތު އާސިފަށް ލިބުމުން، ޑްރަގް ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ދެބެއިންގެ ދެ ދަރި މީހާ އަށް ގުޅަން މަސައްކަތް ކޮށްފައިވެ އެވެ. ފޯނުން ގުޅޭ ގޮތް ނުވުމުން ފުލުހުން ދާންދު އަށް ދާކަން އާސިފް އެންގީ މެސެންޖާ މެދުވެރިކޮށެވެ.
އާސިފް އޭނާގެ ދެބެއިންގެ ދެ ދަރި މީހާއާ މައުލޫމާތު ހިއްސާ ކުރިކަން އެނގުނީ ފުލުހުން އެ މީހާގެ ފޯނު ބެލި ބެލުމުންކަން އެނގިފައިވެ އެވެ.
ފުލުހުން ދާންދު އަށް ދާކަން އާސިފް އެންގުމުގެ ސަބަބުން، ޑްރަގް ފޮރުވަން ފުރުސަތު ލިބުނު ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އާސިފްގެ ދެބެއިންގެ ދެ ދަރި މީހާ އަތުން ފުލުހުންނަށް ޑްރަގެއް ނުފެނެ އެވެ. އެ މީހާ މިހާރު ވެސް ހުރީ ދޫވެފަ އެވެ.
ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އާސިފްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެރީ ގުޑް
14 August 2021
ޕޮލިހުން އާސިފް ކައިރީ މިވާހަކަ މިބުނީ ލީކުކޮަށްލާތޯ؟
ކޮބާޑެކްސް
14 August 2021
ފުލުހުންގެ ކަންކަން ހުންނަލަތް ދޯދިޔާކަން މިފެންނަނީ، ކައުންސިލުގެ ރައީސަށް ތިޔަ އޮޕަރޭޝަނެއްގެ މައުލޫމާތު ދުރާލާ ދޭންޖެހޭ އެއްވެސް ސަބަބެއްނެތް، އުސޫލެއްގެ ގޮތުންބަލާއިރު ނުވެސްދެވޭނެ، އެހެންވީމާ ފުލުހުން ކައުންސިލުގެ ރައީސް މުހައްމަދު އާސިފް އަށް އޮޕަރޭޝަނުގެ މަޢުލޫމާތު ދިންމައްސަލަ ފުރަތަމަ ބަލަންވީ، ތިޔައީ ހަމަ ތޮއްޑޫ އަލީވަހީދުގެ ޕާސްޕޯޓު ދޫކޮށްލުން ކަހަލަ ގޭމެއް (މިފަހަރު ގޭމްކުޅެނީ ފުލުހުން)
އަބްޑޫޅް
14 August 2021
ދާންދޫ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރަނީ ކޮން އިރަކުން؟
ކިނބޫ
13 August 2021
ކައުންސިލް ބާރުވެރި ކުރުވީމަ ބާރުގެ ބޭނުންކުރީނު. ފުލުހުން ހިންގާ އެބާވަތުގެ އޮޕަރޭޝަނެއްގެ ތަފްސީލު ދޭކަށް ނުޖެހޭނެ. ތި އެންމެން ގުޅިގެން ތިކަމެއް ކޮށްފަ ތިއޮތީ. ސަލާމަތުން ހުރި މީހަކު މިގައުމުގަ ނެތްއިރު އެއްބަޔަކު އަނެއްބަޔަކަށް އއގރނ ގޮވާނެ ކަމެއް ނެތް. އެބަޔަކު ކުރާ ކަމެއް އެބަޔަކު ކުރޭ. އެމީހަކާއެމީހެއް. މިއޮތީވާ ގައުމެއް. މިއޮތީވާ ވެރިކަމެއް.
ނަސީރުު
13 August 2021
މިފަދަ މީހުންނަށް ފިޔަވަޅު އެޅިމަ ގޯސް އެވަނީ އެލްޖީއޭ
ޖަބޭ
13 August 2021
ވަގްތުން ވަގްތަށް މަގާމުން އެކަހެރިކުރޭ.
މަބުނީ
12 August 2021
މަބުނީ އަދި އެއްފަހަރު ހުވާކުރުވަންވީއޭ . ބޯހަލާކު މަޤާމުގެ ދަހިވެތިކަށްވެސްއެވަރު!
1828
12 August 2021
މި މައްސަލާގައި 'ތުހުމަތު'މިކުރެވެނީ ފޯނަކަށް. ފޯނު މި ހިފެހެއްޓީ. ޗޯކެއް ނޫން ތޯ؟ އެކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ހިފާ ހައްޔަރުކުރަން ބިރުން މި 'ހައްޔަރު'ކުރީ ފޯން.
ހީހީހީ
12 August 2021
ތިހިންވިއްޔާ ތީނަވެސްވާނީ ބައިވެރިއަކަށްތާ! ކުރާކޮސްކަންތައް!
ދިއްދޫމީހާ
12 August 2021
ބަލަ ފުލުހުން ހިންގާ އޮޕްރޭޝަންއެ ރަށު ކައުންސިލްއަށް ލީކް ކޮއްލެވޭނީ ކިހެނެއްތޯ؟؟ ބަލަ ކައުންސިލްގެ ހުއްދަ ނުވަތަ އަމުރުތޯ ބޭނުންވަނީ މީހަކު ހައްޔަރު ކުރާއިރު؟؟