ޚަބަރު / ރައްޔިތުންގެ މަޖިލިސް

ފުލުސް އޮފިސަރުން ވަކިކުރާ މައްސަލައިގައި ސިޔާސީ ނުފޫޒު އޮތްތޯ ބަލަން ޝިޔާމް ވެސް ހުށަހަޅުއްވައިފި

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް.-- ފައިލް ފޮޓޯ

ފުލުހުންގެ އިސް ހަ އޮފިސަރަކު މަގާމުން ވަކި ކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމުގައި ސިޔާސީ ނުފޫޒު އޮތްތޯ ބަލައިދޭން، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ގައި މިއަދު އެދިވަޑައިގެންފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް ސިޔާމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ގާނޫނަށް ގެނައި ބޮޑު އިސްލާހާ އެކު ވުޖޫދުވި ޕޮލިސް ބޯޑުން ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އިސް ހަތް އޮފިސަރަކު ކުއްލި ގޮތަކަށް މަގާމުން ވަކިކުރަން ނިންމުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ބޯޑުގައި ތިއްބަވާ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ހޯމް މިނިސްޓަރުގެ ބާރު ހިނގާ މެމްބަރުން ކަމަށް ވެފައި އަދި ބޯޑުގެ އިތުރު ދެ މެމްބަރުންނަކީ ރައީސް އައްޔަން ކުރައްވާފައިވާ ދެ މެމްބަރުންނަށް ވުމުން، އެ ބޭފުޅުންގެ ސިޔާސީ ނުފޫޒު މި ނިންމުމުގައި އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ސިޔާމް ތުހުމަތު ކުރެއްވި އެވެ.

އެހާ ގިނަ ދުވަހު ފުލުހުންނަށާއި ގައުމަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އޮފިސަރުންތަކެއް މިފަދަ ގޮތަކަށް ފުލުހުންގެ ހިދުމަތުން ވަކިކުރަން ނިންމުމުގައި ސިޔާސީ ނުފޫޒުން ވަކި މަގުސަދެއް ހާސިލުކުރަން މަސައްކަތްކޮށްފައިވޭތޯ އާއި މި ނިންމުން ނިންމަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ 241 ކޮމިޓީން ސުވާލުކުރުމަށް ވެސް އެ ސިޓީގައި އޭނާ އެދިވަޑައިގެންފައިވެ އެވެ.

ފުލުހުންގެ މި އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއްތޯ ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ 241 ކޮމިޓީ އަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ މިއަދު ހުށަހަޅުއްވައިފަ އެވެ.

ފުލުހުންގެ ހިދުމަތުގައި ވަރަށް ގިނަ ދުވަސް ވަންދެން ތިއްބެވި ހަ އޮފިސަރަކު މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވީ ނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެ ނިންމުން އަދި ތަންފީޒެއް ނުކުރައްވަ އެވެ. އޭނާ އަދި ގެންދަވަނީ ބޯޑުގެ ނިންމުން ދިރާސާ ކުރައްވަމުންނެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން، ފުލުހުންގެ ބޯޑު އައްޔަންކުރާތާ ހަތަރު މަސް ތެރޭގައި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓް ކުރެވިފައިވާ އޮފިސަރުން ވަކި ކުރުމާ މެދު ފެންނަ ގޮތެއް ނިންމަން ވާނެ އެވެ.

ގާނޫނުގައިވާ ގޮތުން ބޯޑުގެ ނިންމުން ތަންފީޒު ކުރައްވާނީ ޕޮލިސް ކޮމިޝަނަރު ކަމަށް ވާއިރު، އޭނާ ވަކި ގޮތެއް ނިންމަވަންދެން އެ އޮފިސަރުންނަށް މަގާމުގައި ދެމިތިއްބެވޭނެ އެވެ. އެކަމަށް ވަކި މުއްދަތެއް ދީފައެއް ނެތެވެ.

ބޯޑުން ގޮތެއް ނިންމުމުގައި އެ ފުލުހެއްގެ ތައުލީމީ ފެންވަރާއި އެ ފުލުހެއްގެ ދައުރާއި ކޮށްފައިވާ ހިދުމަތާއި ސުލޫކާއި މަސައްކަތުގެ އަހުލާގާއި ކުރެވިފައިވާ ތުހުމަތުގެ ތަބީއަތާއި އެ މައްސަލައަކާ ގުޅިގެން ލިބެން ހުރި ހެއްކާއި ގަރީނާ އަށް ފުލުސް ބޯޑުން ބަލަން ޖެހޭނެ ކަމަށް ގާނޫނުގައި ވެ އެވެ.

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.

ބޯޑުގެ ރައީސް އަލީ ފާއިޒު އަދި ނާއިބު ރައީސް އަހުމަދު ފަޔާޒް ހަސަންގެ އިތުރުން ޕޮލިސް ބޯޑުގައި ދެން ތިއްބަވަނީ އާއިޝަތު ނޫރާ މުހައްމަދު، އަހުމަދު ނާޝިދު، އާދަމް އިބްރާހީމް، ހާމިދު އަބްދުލްޣަފޫރު އަދި ސަފާ ޝަރީފެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖައިސް

17 August 2021

ސިޔާސީ ނުފޫޒުނެތް އެއްކަމެއްވެސް މިރާއްޖެ އަކު ނެތް،

The name is already taken The name is available. Register?

ސިކުނޑި

16 August 2021

މިދެން މީހަކު ބަލަންޖެހޭ ކަމެއްތަ؟ ގާނޫނު އިސްލާހު ކުރީ ސިޔާސީ ނުފޫޒުން! ބޯޑު އެކުލަވާލީ ސިޔާސީ ނުފޫޒުން! ދެން އެ ގާނޫނުގެ ދަށުން އުފެއްދި ބޯޑަކުން ކުރި ކަމެއްގައި ސިޔާސީ ނުފޫޒު އޮންނާނެކަން ނޭނގުމަކީ ހައިރާންވާންޖެހޭ ކަމެއް!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454