ޝަހީދު ހުސެއިން އާދާމް ބިލްޑިންގް-- މިހާރު ފައިލް ފޮޓޯ
18 އޯގަސްޓް 2021 - 18:46
ދިވެހި ފުލުހަކު އޭނާގެ އަށް އަހަރުގެ ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެފަދަ މައްސަލައެއް ބަލާތޯ ސުވާލު ކުރުމުން ފުލުހުން ބުނީ، ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި މައްސަލައެއް މިއަދު މެންދުރު 12:50 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު މައްސަލައިގައި އެއްވެސް ތަފުސީލެއް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
19 August 2021
ފުލުހުން އެކަންޏެއް ނޫން، ސިފައިންގެ މީހުންވެސް ދަރިންނަށާއި އަނބިންނަށް އަނިޔާ ކުރޭ! އެއީ އެ މީހުންގެ ޓްރެއިނިންގ އިން ވާކަމެކޯ! ދެން އެ ނިމުނީނު ހުރިހާ ކަމެއް! ކީކޭ އަޅެ ފަހެ ބުނާނީ ވިއްޔާ!
މެސީ
19 August 2021
ފުލުހުން. ސިފައިން. ހިއުމަންރައިޓްސް. މެންބަރުން. މިނިސްޓަރިން. މުދިމުން. ޓީޗަރުން. ނަރުހުން ޑޮކްޓަރުން. މަސްވެރިން. މީ ކަޑަތާމަލާއިކަތުންތޯ؟ ކޮންމެ އިންސާނެކީ ކުއްކުރެވޭނެ މީހެއް. ކުއްކުރުމަކީ އިންސާނީ ފިތުރަތެއް. މީހަކަށް ކުށެއް ކުރެވޭއިރައް އެމީހާ ބޭޒާރު ކުރަން ދީން ބާރެއް ނާޅާ
ޙަކުރު ފާތުމަ
19 August 2021
ފުލުހުން ނަކީ މަތިން ފައިބައި ތިބި ބައެއްތަ
ފައިލް
18 August 2021
އެއްވެސް ކަމެއްވީކަން އެގެންނެތުމުން މައްސަލަ ފައިލް ކުރާތަން ބަލަން މިހިރީ. ތީ ފުލުހުންނު. އެމީހުންގެ މައްސަލަ އެމީހުންނަށް ބެލޭނެތަ؟
ކަޅުކޮއިމަލާ
18 August 2021
މިއީ އަލަކަށް ވާ ކަންތައްތަކެއް ނޫން. ފުލުހުންގެ ތެރޭގައި އެއްވެސް ވަރަކަށް ސްޓްރެސްއާއި ޑީލް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުގެ ނަތީޔާ މިފެންނަނީ.
1828
19 August 2021
ހޫކެއަރސް؟ ވެރިން ތިބެނީ ފިނި ކޮޓަރީގައި. ދަށު ރޭންކް ތަކުގެ ފުލުހުން އެދަނީ ކޮންމެ ދުވަހަކު ކުށްތަކަށްއަރައިގަންނަ މީހުންނާ ޑީލް ކުރަމުން. އަދި ބަންދު މީހުންނާވެސް. ރައްޔިތުންގެ އުދާސްތަށްވެސް އަޑުއަހަމުން. ވެރިން ސްޓެރް ވީމައި ރިސޯޓަކަށް ދަނީ ސްޓްރެސް ފިލުވާލަން.
1828
18 August 2021
މި ނޫހުން ފުލުހުން މެދުވެރިކޮޮށް މި މައްސަލަ ބަލަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތޯ ނުވަތަ އިންޓާރނަލް މައްސަލައެއްގެ ސާފުކޮށްލަދީ. މިހެން މިބުނަނީ ގައިން އަންހެން ފުލުހުންގެ މައްސަލަތަށް ގޮސްފައި ހުންނަނީ ވަރަށް ލުއިކޮށް. އަދި މި މައްސަލައިގެ އަދާހަމަ މި ނޫޙުން ގެނެސް ދޭނެކަމަށް އުންމީދުކުރަން
ގެދާނޯމޮސް
18 August 2021
ކޮބާ މެންބަރު ގެ މައްސަލަ ބެލިއްޖެ ތޯއެވެ. ! ގަސްތުގަ އެއްވެސް މީހަކު އަނިޔާއެއް ނުކުރާނެއެވެ. ހާލަތު ބަލަން ޖެހެއެވެ.
1828
19 August 2021
އެއްވެސް ހާލަތެއް ނާނާނެ ޖިސްމާނީ އަނިޔާ ކުރާކަށް.