އުރީުއަށް މިދިޔަ އަހަރު ލިބުނު ސްޓީވީ އެވޯޑުތަކާއެކުު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ:އުރީދޫ
19 އޯގަސްޓް 2021 - 20:44
މި އަހަރު ބޭއްވި 18 ވަނަ ސްޓީވީ އިންޓަނެޝަނަލްގެ ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް އެވޯޑުގައި އުރީދު އަށް ފާހަގަކޮށްލެވޭ އެވޯޑުތަކެއް ލިބިއްޖެ އެވެ.
އެ ކުންފުންޏަށް ސްޓީވީ އެވޯޑްސްގެ ތިން އެވޯޑެއް ލިބިފައިވާއިރު، މިއީ ކޮވިޑް-19އާ ގުޅިގެން އުރީދޫން ފޯރުކޮށްދިން ހިދުމަތްތަކާއި މޫލީ އަދި އެމް ފައިސާ އަށް ލިބުނު އެވޯޑުތަކެކެވެ.
- 18 ވަނަ ސްޓީވީ ބިޒްނަަސް އެވޯޑްސްގެ ބްރޮންޒް ސްޓީވީ - މޮސްޓް ވެލިއުބަލް ސާވިސް (ކޮވިޑްގެ ހާލަތުގައި އުރީދޫން ފޯރުކޮށްދިން ހިދުމަތްތައް)
- ސްޓީވީ އޭޝިއާ ޕެސިފިކް އެވޯޑްސްގެ ސިލްވާ ސްޓީވީ - މޮސްޓް ވެލުއަބަލް ޖޯޕަރޭޓް ރެސްޕޮންސް (ކޮވިޑާ ގުޅިގެން އެ ކުންފުނިން ފޯރުކޮށްދިން އެހީތެރިކަން)
- ސްޓީވީ އޭޝިއާ ޕެސިފިކްގެ ބްރޮންޒް ސްޓީވީ- އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމަ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާ)
އުރީދޫއަށް ލިބުނު ސްޓީވީ އެވޯޑުތައް--
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ފޯރުކޮށްދިން އެހީތެެރިކަން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރުމަކީ ކުންފުނި ފަހުރުވެެރިވާ ކަމެއް ކަމަށެވެ. އަދި ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވައި އޭނާ ޝުކުރު އަދާކުރެއްވި އެވެ.
"ޕެންޑެމިކާ ގުޅިގެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް އުރީދޫ ޓީމުން ވަނީ ގިނަ ގުނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް، އީޖާދީ ހިދުމަތްތަކެއް ފޯރުކޮށްދީފައި. މި ހިތްވަރާއެކު އުރީދޫގެ ހިދުމަތްތައް އިތުރަށް ކުރިއަރުވައި، ބައިނަލްއަގްވާމީ ފެންވަރުގެ އައު އީޖާދުތަކާ ދިވެހިން ގުޅުވައިލަދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ނަޖީބް ޚާން ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން އުރީދޫން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން އަދި އާންމުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، އުރީދޫ ގްރޫޕާ ގުޅިގެން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީވެ، ވެންޓިލޭޓަރާއި ޕީޕީއީ އަދި ޓެސްޓިން ކިޓް ހޯދުމަށް އެ ކުންފުނިން ވަނީ 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދިނުމާއި ކޮވިޑާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކޮށް، އޮންލައިންކޮށް ކިޔަވައި ދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ވެސް އުރީދޫން ވަނީ ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy