ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ދަރިވަރުން ބައިވެރިވަނީ.--ފައިލް ފޮޓޯ: މިހާރު
31 އޯގަސްޓް 2021 - 17:22
އޭ ލެވެލްގައި ހަދާ އެންމެ ފުރަތަމަ އިމްތިހާނު، އެޑެކްސެލްގެ އޭ އެސް އިމްތިހާނު އެޑިއުކޭޝަން މިނިސްޓްރީން ފަސްކޮށްފި އެވެ.
އެ މިނިސްޓްރީން އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ މެއި/ޖޫންގައި އޭއެސް އިމްތިހާނު ބާއްވާށެވެ. އެކަމަކު، އަންނަ މަހުގެ 26 ގައި ގްރޭޑު 11 ފަށައި، މެއި މަހު އިމްތިހާނު ހެދުމަށް ދަރިވަރުންނަށް ފުރިހަމައަށް ތައްޔާރުނުވެވޭނެ ކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމުން މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ، މިދިޔަ އާދިއްތަ ދުވަހު ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅާފައިވާ ގޮތަށް އޭ އެސް އިމްތިހާނު އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށް ފަސްކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު "މިހާރު" އަށް ވިދާޅުވީ، އަހަރެއްގެ ތެރޭގައި މާއްދާއެއް 180 ގަޑިއިރު ވަންދެން ކިޔަވައިދިނުމަށް އެޑެކްސެލް ރިކޮމެންޑުކުރާ ކަމަށެވެ. ނަމަވެސް މިނިސްޓްރީން އެންމެ ފުރަތަމަ ހަމަޖެއްސި ގޮތުން 100 ގަޑިއިރު ވެސް ހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުދިންނަށް އިމްތިހާނަށް ތައްޔާރުނުވެވޭތީ މިނިސްޓަރުގެ ސަމާލުކަން ގެނައީ މިކަން. އެހެންވެ، ޕްރިންސިޕަލުންގެ ހިޔާލު ހޯދުމަށް ފަހު އެކަން ބަދަލުކޮށްފައި މި ވަނީ،" ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީނާ - ޖަމާލުއްދީން ބެލެނިވެރިއެއް.
31 August 2021
މިނިސްޓްރީގެ މަސައްކަތް ވަރަށް ފަރުވާކުޑަ އަދި ކުދިންގެ ހައްގަގައި ކުރާމަސެއްކަތް ސުމެއް.އިމްތިހާން ލަސްކުރުމަކީ މިހާރު އާދައިގެ ކަމަކަށް ވެ ނިމިއްޖެ. ޕެންޑެމިކްތެރޭގައި މިނިސްޓްރީއިން ގެންގުޅުނު ދޯދިޔާ ވިސްނުމާހެދި މުޅިގައުމު މިއޮތީ ތައުލީމާމެދު ކުރިންވި ސީރިއަސްކަން ގޮސް ވަރަށް ދެރަވަރަކަށް ވެއްޓިފަ. ކިޔަވައި ނުދެވުމަކީ ކުދިންގެ މައްސަލައެއްނޫން އެނގޭތޯ. އިމްތިހާން ލަސްކުރީމާ އެކުދިންނަށް ހައްގު އުމުރުގައި ލިބެންޖެހޭ ފުރުސަތުތަށް ފަސްކުރުން!
ވީޕީ
31 August 2021
އެވަރުގެ އަސާސީ ކަމެއްވެސް ނޭނގޭވަރުގެ މިނިސްޓަރެއް ހުރުމުން މުޅި އެޑިޔުކޭސަން ދާއިރާ ބޮއްސުންލައިފިއެވެ. އެގްޒޭމްއަކީ އެންމެ ބޭސިކް އެއްކަންތަކަށްވާއިރު ކުޅިވަރަކަށް އެގްޒޭމްތަށް ހެދީމާ ކަމަނާގެ ހާލަތު ވަޒަންކުރެވިއްޖެއެވެ. ކަމަނާއެވެ. ފެއިލްވެއްޖެއެވެ.އިތުރަށް ދަސްކުރާށެވެ. މިވީ ދެތިންއަހަރު ކަމަނާގެ ސަބބުން މުޅި އެޑިޔުކޭސަން ނިޒާމު ބަލިކަށިވެއްޖެއެވެ