ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ: ރިޒާވް ވަނީ މިދިޔަ ކުއާޓާގައި އިތުރުވެފައި--- ފައިލް ފޮޓޯ:މިހާރު
03 ސެޕްޓެމްބަރ 2021 - 15:50
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރު ވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު ކުއާޓާލީ ބުލެޓިންގައި ވާ ގޮތުން، ދެވަނަ ކުއާޓަރު ނިމުނު އިރު ޖުމުލަ ރިޒާވުގައި 912.4 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި، މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޒާވް ހުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓަރުގައި އަށް ޕަސެންޓުގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ.
ދައުލަތުގެ ރިޒާވް ކުއްލިއަކަށް އިތުރުވީ ސަރުކާރުން މި އަހަރު ވިއްކި ސުކޫކާއި އިންޑިއާގެ ރިޒާވް ބޭންކުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ގައުމެއްގެ ރިޒާވް އިތުރު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން ބައެއް ރައްކާ ކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ފައިސާ އިތުރު ވެއްޖެ ނަމަ ރިޒާވް ދާނީ ދަށްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
04 September 2021
އަސްލުގަ ރިޒާވް އިތުރު ވީކީނޫނެވެ. ދައުލަތުގެ ދަރަނިބޮޑު ވީ އެވެ. ދެން ސިޔާސީ މަގާމް އިތުރު ވުމަކީވެދާނެ ކަމެކެވެ.
އަސުރުމާ
04 September 2021
ރިޒާވް އިތުރުވީމަ ދައުރު ނިމެންވާއިރަށް ބައިއަޅާ ނިންމާ ފޮށި ތަންމަތި ބަނދެގެން ތިބޭ. ފަހަތުން އެބުނާ ގާނޫނުގެ ދިގުއަތް ދާނެ.
ކަކުނިބޯ
03 September 2021
ޢަވަހަށް ކޮންމެސް ބަޔަކަށް ބަދަލުދީ ދެން ބާކީ އިން ފުޓްސެލްދަނޑަކާ ޕާކެއްހަދާލާފަ ނުފެންނަ ވެންޓިލޭޓަރ ކޮޅަކާަ ވެކްސިންކޮޅެއްގަނެލާ ބާކީ ހުރިއެއްޗެއް ކަނޑުފައްތާ
ޝޯމޭން
03 September 2021
ތި ރިޒާވްގެ އެއްބައި ގެންގޮސް ދައުލަތުގެ ދަރަނިތައް ދައްކަބަލަ.
އައްޑަބިޔާ ހަކުރު
04 September 2021
100 ގެ ވާހަކައެއް.
ފޮނިފޮނިޓައްޕު ކުމާރު
03 September 2021
ހަބޭހަށް މިއޮށްދަރަނީ. ދަރަނިނަގައިގެން މިއަޅަނީ ރިޒާވަށް. ދެން މިދައްކަނީ ރިޒާވު ފުއްޕާތަން. ފުއްޕަފުއްޕާ ދެންދާނީ ފަޅައިގެން.
އެހެންދޯ
03 September 2021
އެހެންވިއްޔާ ތިކަމުގެ އުފަލުގައި ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުގެ ލިމިޓްތައް އުވާލާބަލަ.ދެރަކަމެއްނު ދޯ.