ޗައިނާގެ ޔުނިވާސިޓީއެއްގައި ދިވެހި ކޯސް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
08 ސެޕްޓެމްބަރ 2021 - 20:08
ޗައިނާގެ ބެއިޖީންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ދިވެހި ބަހުގެ ކޯހެއް ކިޔަވައި ދޭން ފަށައިފި އެވެ.
މިއީ އެހެން ގައުމެއްގެ ޔުނިވާސިޓީއެއްގައި ދިވެހި ބަހުގެ ކޯހެއް ރަސްމީކޮށް ހިންގާ ފުރަތަމަ ފަހަރެވެ.
ދިވެހި ކޯސް ފެށުމުގެ ގޮތުން ބީއެފްއެސްޔޫގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އެ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެފްއެސްޔޫގެ ސްޓޭންޑިން ކޮމިޓީގެ މެންބަރު ޒައު ގެންގް ވިދާޅުވީ، ދިވެހި ބަހަކީ ރާއްޖޭގެ ދިގު ތާރީހާއި ސަގާފަތާ ގުޅިފައި އޮންނަ ބަހެއް ކަމަށާއި އެ ކޯހުގެ ސަބަބުން ޗައިނާގެ ޒުވާން ޖީލަށް ދިވެހި ތާރީހާއި ސަގާފަތް ދަސްވާނެ ކަމަށެވެ.
ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު ވިދާޅުވީ، މިއީ ތާރީހުގައި ވެސް ބައިނަލްއަގްވާމީ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައި ދޭ ފުރަތަމަ ފަހަރު ކަމަށާއި ރާއްޖެ އާއި ޗައިނާ ދެމެދު އޮންނަ ގާތް ގުޅުން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.
ރާއްޖެ އާއި ޗައިނާ ދެމެދު ސިޔާސީ ގުޅުން 1972 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނައިރު، ކޮވިޑް-19 ގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަނީ ޗައިނާ އިންނެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ގައުމާއެކު ވަރަށް ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގައި ހިންގާ ބޮޑެތި އެތައް މަޝްރޫއެއް ހަވާލު ކޮށްފައި ވަނީ ވެސް ޗައިނާއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާއެކޭ
09 September 2021
މަމެން ދެން ދިވެހިބަހުން ޑިގްރީހަދަން ދާނީ ޗައިނާޔަށް. ގޮސް އެތާ މީހުންނަށް ޗައިނާބަސް ދަސްކޮއްސިފަ އަންނާނީ.
އަހުމަދު ހަސަން ދީދީ
09 September 2021
ލޯންގްލިވް ދިވެހި ލެންގުއޭޖް.ލޯންގލިވް ޗައިނާ ދިވެރިރާއްޖެ ފްރައިންޑްޝިޕް.ޗައިނާއަކީ ކިންޑައިނެސްޓީގެ ދުވަސްވަރުން ފެށިގެންވެސް ދިވެހިންނާއި ގާތްގުޅެއް އޮންނަ ޤައުމެއް.ދިވެހިންގެ އަމިއްލަވަންތަކަށް އިންތިރާމް ކުރާ،ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން އަމިއްލައަށްކަމަށް ބުނެ މިސާލު ދައްކާ ޤައުމެއް.
އަލް އުސްތާޒު
09 September 2021
މި ހިނގާ ވެރިކަމާއި ހަމައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިން. އެންމެ ބޮޑަށް ތަރައްގީއަށް އެހީ ވީ ވެސް ޗައިނާއިން. ނުކުރެވޭނެ ކަމަށް ބެލި ގިނަ ޕޮރޮޖެކްޓްތަކެއް ހިންގީވެސް ޗައިނާ މީހުން. ނުވި ތާކަށް ތާކުން ތާކު ޖެހޭ ކަހަލަ ގޮތަކަށް ކޮވިޑްގައި އެންމެ ބޮޑަށް އެހީވީވެސް ޗައިނާއިން. ބަދަލުގައި ޗައިނާގެ ޑޯނިއާ ބޯޓުފަހަރެއް ޗައިނާ ސިފައިންނެއް ރާއްޖެއަކަށް ނާދޭ. ވަރަށް ވާހަކަ..
ސާންތި
09 September 2021
އެންމެބޮޑަށް ރާއްޖެ ދަރުވާލީވެސް ޗައިނާއިން. ﷲގެ ރަހްމަތްފުޅުން ކިރިޔާ ސަލާމަތްވީ.
ސާންތި ބޭބޭ
10 September 2021
ސާންތިއަށް ބުނެލަން އިންޑިއާއަތުން މިހާތަނަށް ނެގިލޯނު ބެލިންތޯ އެއަދަދަކީ 1،4 ބިލިއަން ޑޮލަރު އެއީ 800 ޑޮލަރު ކުރެޑިޓް ސްކީމާއި ލޯނު ނާއި އެހެނިހެން ޕޮރޮޖެކްޓްތަކަށްނެގި 700މިލިއަން ޑޮލަރު ..ޗައިނާއިން މިތިޔަސަރުކާރުން ނެގީ 1.3 ބިލިއަން ...ދެން ކުޑަކުއްޖަކަށްވެސް އެގޭނެދޯ 1،4 އާއި 1.3ގަ ހުރިތަފާތު ...1،4 ބިލިއަން އަކީ ވެސް ހަމަ ދަރަނި މިއަދަދަކީ ހިލޭދޭ އެއްޗެއްނުލާ...ސިޔާސީ ވިޔަސް ﷲ ދެއްވި ސިކުޑިން ވިސްނުން އެދެން.
ބޯހަރުހުސޭނު
09 September 2021
އަހަރެމެންގެ ގިނަމީހުންނަށްވުރެ ބޮޑަށް ދިވެހިބަސްދެކެލޯބިވާ މީހުން އެބައުޅޭތާއެވެ. ތިއޮތް އިނގިރޭސިއަކާހެދި މިހާރުދެން ފޯމްގަނޑެއް އެއްޗެއްވެސް ދިވެހިބަހުން ފެންނަލެއް މަދެވެ
ޝަފީރު
09 September 2021
އެހެން އެވަނީ ދިވެހި ޤައުމިއްޔަތު އެމީހުންގެ ހިތުގައިނެތް މީހުން ދިވެހި ވެރިކަމަށް ގެނެވިފައި ތިބީމަ. މިކަމުގެ ޛިންމާ އުފުލަންޖެހޭނީ ދިވެހި ރައްޔިތުންގެ މަޖިލިސް. ޤާނޫނުހަދާ މަޖިލިސް. އަދި މަޖިލިސް މެމްބަރުން ޛިންމާ ދާރު ކުރެވޭނެ ޤާނޫނުނުހަދާ އަމިއްލަ މަސްލަހަތަށް ބޭނުންވާގޮތަށް ޤާނޫނުހަދާތީ
ރަންދެލި
09 September 2021
ގިނަ ދުވަސްތަކަކަށް ފަހު ސޮބާހު ފޮޓޯ އަކުން ނަމަވެސް ފެނުމުން އުފާވޭ. ބްރޯ ހަަމަ ހަބޭސް...
ތައުޒީރު
09 September 2021
މީ ވަރަށް ދުރު ރާސްތާގެ މިސައިލެއް. ބަލަން ތިބޭ އަތްޖަހަން
ތައުޒީރު ގެ ބޭބެ
09 September 2021
ތައުޒީރު ބުނެލަން އިންޑިއާއިން އިންޑިއާ ޗެނެލްތަކުން ހުރިހާ ގޭބިސީތަކަށް ހަންފަތުރާހެންނެތް ޗައިނާ އިން ނޫޅޭނެ ޗައިނާ ގެ އިންޓަރެސްޓަކީ ގައުމުތައް ހިފުމެއްނޫން ގައުމުތަކާއެކު ވިޔާފާރި ކޮންގެން ޗައިނާގެ ތަރައްގީ އަދި އެކުވެރިގައުތަށްތަރައްގީކުރުން..އިންޑިއާއިން އެހެންތަ!
ނުވާނެ
09 September 2021
އިންޑިއާ މީހުން ދޫކޮށްލައިގެން އުޅޭ ކައިރިރާސްތާ މިސައިލްގެ ކަންތައް މާ ބޮޑު.
ރޯނުއެދު
10 September 2021
ދުރުރާސްތާ މިސައިލޭ ކިޔާއިރު 6 ފޫޓް ދުރަށް އަމިއްލަ ސިކުނޑިން ވިސްނާލަންނޭގޭ!
ޝީޖިން ކަލް އޯ ގަ ޔާ
09 September 2021
ބޮޑަށް ހީވަނީ ދިވެހިންނަށް ފާރަލާ ދިވެހި ހަބަރުތަކަށް ކޮމެންޓްކުރާނެ ބަޔަކު ޗައިނާގެ ތެރޭގައި އުފެއްދުމަށް ހިންގާ ހަރަކާތެއް ހެން. އަހަރެން އެހާ އުފާވެގެން ފަހުރުވެރިވެގެން ތެޅިގަންނާކަށް ނުވިސްނަން. ދިވެހި ބަސް ދަސްކޮށްގެން ޗައިނާ މީހަކަށް އޮތް ބޭނުމަކީ ކޮބާތޯ އެކަކުވެސް ވިސްނާލިބާ؟
އަލީއަލީ
09 September 2021
ދިވެހި ބަސް ދަސްކޮށްގެން ޗައިނާ މީހަކަށް އޮތް ބޭނުމަކީ ކޮބާތޯ / ޗައިނާ އަކީ އަބަދުވެސް ވިޔަފާރި އަށް ވިސްނާ ބައެއް އެމެރިކާ އަދި އިންޑިއާހެން އެހެން ގައުތައްނެތިކޮއްފާ އެމީހުން ނޫޅޭ ތަރައްގީ ހޯދާކަތް..އެމީހުން ބޭނުން ވާނީ ދިވެހިން ނާއި އެކު ވިޔަފާރި ފުޅާކުރަން.
އަލް އުސްތާޒު
09 September 2021
އެހެންކަމަށް ވާނަމަ ހިންދީ އިނގިރޭސި އަދި ޗައިނާ ބަސްތަކުން ޝާއިއު ކުރާ ލިޔުންތަކަށް ކޮމެންޓް ކުރާ މީހުން ހާދަ ގިނަވާނޭ ދޯ؟ އެމީހުން ދެކެނީ އެއީ އެމީހުންނަށް ލިބޭ ޝަރަފެއްގެ ގޮތުގައި. އަހަރެމެން ރާއްޖޭގައި މިއުޅޭ ރީނދޫ ހުން ޖެހިފަ ތިބޭ ބައިގަނޑަށް ގެރި ގުއި ނޫނީ ކަމުދާ އެއްކަމެއްވެސް ނެތް. ޗައިނާ ބަޔަކަށް ދިވެހި ދަސްވެގެން ރާއްޖެއަށް ލިބޭނޭ ގެއްލުމެއް ނެތް. އިންޑިއާ މީހުން ދިވެހި ދަސްކޮއްގެން މުޅި ދިވެހި ނޫސްތައް އެމީހުން ކޮންޓްރޯލް އެކުރަނީ..
ކަލް ގަޔާ
09 September 2021
އިންޑިއާގެ ކަރަންޓީން މަންޒިލަކަށްވުމުގެ ކުރިން އެންމެ ގިނައީ ޗައިނާ ފަތުރުވެރިން. ކުރިއަށް އޮތްތަނުގަ އެމީހުން އަލުން އަންނާނެނަމަ... ދެން ވިސްނެންޏާ ވިސްނެންވީ.
އަހަރެންދ
09 September 2021
މި އާރޓިކަލްގެ އިންގްލިޝް ވާރޝަންއެއް އެބައިންތަ؟ އެޑިޝަން.އެމްވީ އަކުން ނުފެނުން.
ދިވެހިގޮލާ
08 September 2021
އަސްލު އައި ވަރަށް ހެޕީވެއްޖެ އަހަރުމެންގެ ލެންގުައެޖް ފޮރިންކަންޓްރީއެއްގަ ޓީޗްކޮއްދޭވާހަކަ އަޑުއިވުނީމަ! ހުރިހާބޭފުޅުންނަށް ވަރަށްތެންކިޔޫ! ލޯންގްލިވް ދިވެހި ލެންގުއެޖް.
ށަވިޔަނި
09 September 2021
އެހެން ބަޔަކު އަހަރުމެންގެ ބަސް ކިޔަވައިދިނީމަ އުފާވާއިރު އަމިއްލައަށް އަމިއްލަބަހަށް ކުރޮފިއަރުވާ ތަންފެނުނީމަ ހިތާމަ ނުކުރަންތަ؟ ތިއުފަލަށްވުރެ މިކަމާ އަހަރެން ހިތާމަކުރާވަރު ބޮޑު.
އިންޑިއާ
09 September 2021
މަގަރް މުގޭމްބޯ ޚުޝް ނެހީ ހުވާ.
ކިނބޫ
08 September 2021
މަހީކުރީ އިންޑިއާގަ ކަމަށް. ކޮންތާކު އެވެސް ޗައިނާގަ!