ކަލާފާނު ސްކޫލުގައި ބޭއްވި ހަރަކާތެއްގައި އެ ސްކޫލުގެ ޓީޗަރުންތަކެއް ބައިވެރިވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
09 ސެޕްޓެމްބަރ 2021 - 13:13
ޓީޗަރުންނަށް ލައިސަންސް ދީ، ކިޔަވައިދިނުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރުމަށް ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު މިއަދު އެކުލަވާލައިފި އެވެ.
މިދިޔަ މަހުގެ 10 ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި ފަސް މެންބަރުންގެ ބޯޑެއް އުފައްދަންޖެހެ އެވެ.
އެ ބޯޑުގައި ހިމެނޭނީ ރަޖިސްޓްރާއަކާއި ތައުލީމީ ސިޔާސަތުގެ ދާއިރާއިން ބޭފުޅަކާއި ކިޔަވައިދިނުމުގެ ދާއިރާއިން މަންދޫބަކާއި ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ އަދި އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން ބޭފުޅެކެވެ.
ފަސް އަންހެން ބޭފުޅުން ތިއްބަވާ ބޯޑުގެ ރަޖިސްޓްރާއަކަށް ހަމަޖައްސާފައިވަނީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ.
ބޯޑުގައި ދެން ތިއްބަވާ ބޭފުޅުންނަކީ؛
- ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިއުކޭޝަން އޮފިސަރު
- ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިއުކޭޝަން އޮފިސަރު
- ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު، އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު
- ޗައިލްޑް ސައިކޮލޮޖީ ދާއިރާ: ފައުޒިއްޔާ އަލީ، އެޑިއުކޭޝަން އޮފިސަރު
އެ ގާނޫނުގައިވާ ގޮތުން، ޓީޗަރުން ރަޖިސްޓަރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދުތަކާއި އުސޫލުތައް އެ ބޯޑުން އެކުލަވާލައި އާއްމުކުރަންޖެހޭނެ އެވެ. އަދި އެ އަށްފަހު، ގާނޫނަށް އަމަލުކުރާތާ ދެ އަހަރުގެ ތެރޭގައި ބޯޑުގައި ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ ކަމަށް ބުނެ އެވެ.
އާތިޔާ "މިހާރު" އަށް މީގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދިނުން ގުޅިފައިވަނީ ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމާ ކަމަށެވެ.
ލައިސަންސް ދޭނީ ވަކި މުއްދަތަކަށް ކަމަށާއި އެ މުއްދަތަށް ފަހު ލައިސަންސް އާކުރާއިރު ކިޔަވައިދީފައި ހުރި ގޮތަށް ބަލާނެ ކަމަށް އާތިޔާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
10 September 2021
ތިޔަ މިނިސްޓްރީގެ ފެންވަރު ޗެކްކުރެވޭތޯ؟
ާއުނިމާ
09 September 2021
ތިޔަތާކުނެތް ކޮލިޓީ އެކަކުވެސް
ކަތީބު.
09 September 2021
މުޅިންވެސް މާލޭގައި ވަޒީފާ އަދާކުރާ މީހުންދޯ.
ޕުރޮފެސަނަލް
09 September 2021
ވަޓް އެބައުޓް ((((((( ހެލްތް ))))))ހާދަ ފެންވަރުދަށޭ ...........