ޚަބަރު / ރާއްޖެ-ޗައިނާ

ރާއްޖެއާ އެކު މަތީ ފެންވަރުގެ މުއާމަލާތުތައް ކުރަން ޗައިނާ އޮތީ ތައްޔާރަށް: ސަފީރު

ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވާން ލިޖިން ރައީސް އޮފީހުގެ މެހްމާނުން ސޮއިކުރައްވާފައި ފޮތުގައި ސޮއިކުރައްވަނީ. އޭނާ މިއަދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އަަބަދުވެސް އެހީވާނެ ކަމަށް. ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން މުސްތަގުބަލުގައި ވެސް އިތުރަށް ބަދަހިވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.

"މިހާރު" އިން ލިޔުމުން ފޮނުވި ސުވާލުތަކަކަށް ދެއްވި ޖަވާބުތަކެއްގައި އޭނާ މިދިޔަ ހަފުތާގައި ވިދާޅުވީ ފަަހަކަށް އައިސް ދެ ގައުމުގެ ގުޅުން ބަދަހިވަމުން އައީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. ޗައިނާ އިން ކުރިއަށް ގެންދާ "ބެލްޓް އެންޑް ރޯޑް" ފްރޭމްވޯކްްގެ ތެރޭގައި ހިމެނޭ ދެ ގައުމަށް ފައިދާ ހުރި ހުރިހާ ދާއިރާއަކުން ވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ކުރިއަށް ވުރެ ބަދަހިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ ސަބަބުން ދިވެހިންނަށް މިހާތަނަށް ވެފައިވާ ބައެއް ފައިދާތަކުގެ ގޮތުގައި ވާންގް ދެއްކެވީ ސިނަމާލެ ބްރިޖާއި ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެވެ. ބްރިޖްގެ ސަބަބުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ފަސޭހައެއް ވެފައިވާ ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއާއެކު މީހުންގެ ދިރިއުޅުމުގެ ހާލަތަށްް ހެޔޮ ބަދަލެއް އައިސްފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ގުޅިގެން ޗައިނާ އިން ރާއްޖެ އަށް ވެދިން އެހީތެރިކަމަކީ ވެސް ސަފީރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން ރަނގަޅުކަމުގެ ހެއްކެކެވެ.

"މިހާރު އޮތް ގުޅުމާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އަދި މުސްތަގުބަލުގައި ގުޅުން އިތުރަށް ބަދަހިވެ ތަރައްގީވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބަ އޮތް،" ސަފީރު ވިދާޅުވި އެވެ.

އަންނަ އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ސަފީރު ވިދާޅުވީ އެކަން ކުލަގަދަކޮށް ފާހަގަކުރަން ހަރަކާތްތައް، ހިންގަން ޗައިނާ އިން ބޭނުންވާ ކަމަށެވެ.

"މުސްތަގްބަލަށް ބަލާ ނަމަ، މަތީ ފެންވަރުގައި ކުރާ މުއާމަލާތުތައް އިތުރު ކުރުމަށްޓަކައި، އަދި ޕްރެކްޓިކަލް ގޮތެއްގައި އެ ކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ގާތުން މަސައްކަތް ކުރަން ޗަައިނާ އޮތީ ތައްޔާރަށް،" ވާންގް ވިދާޅުވި އެވެ.

ރާއްޖެ އަށް ފުރަަތަމަ ވަޑައިގެންނެވުމުން ކުރެއްވުމުން ކުރެއްވުމުނު އިހުސާސަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވާންގް ވިދާޅުވީ ރާއްޖޭގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަކީ ލިބިވައިގެންނެވި ޝަރަފެއް ކަމަށެވެ. މިއީ ރާއްޖެ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް ވާއިރު، ފުރަތަމަ ވެސް މާލެ ސަރަހައްދުގެ ރީތިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

22 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

14 September 2021

އައްޑޫގައި ބޮޑު 3 މަޝްރޫއު ހިންގާން ޗައިނާ ހިލޭއެހީއާއި ލޯނަށް އެދިވަޑައިގަތުމަށް އެމްބެސެޑަރާއި ބައްދަލުކުރައްވަން އައްޑުއަށްނިސްބަތްވާ ޤާބިލްޓީމެއް މޭޔަރު އެކުލަވާލަންޖެހޭ. # އަދި ސަފީރުގެއަތްފުޅަށް އަރުވާ މަޝްވަރާކުރާންވީ ގޭންއެއަރޕޯޓާއި އައްޑޫ ކުރޫޒްލައިނަރ ޓާމިނަލް އަދި ހުޅުމީދޫ ހިތަދޫ ބްރިޖް ޕްރޮޖެކްޓް އާއި ބެހޭގޮތުން. # އިގިރޭސިން ގަމުގައިހަދާފައިވާ ޖެޓީ އަޕްގުރޭޑްކޮށް ޕެސެންޖަރ ނުވަތަ ކުރޫޒަރ ޓާމިނަލެއް ފަސޭހަކަމާއިއެކު ގަމުގައިހެދިދާނެ.

The name is already taken The name is available. Register?

އަފީފު ދީދީ އަކީ ބާޣީއެއް

14 September 2021

ތިބޭފުޅާއެއް ނޫންތޯ އިންޑިއާއަށް މާބޮޑަށް ބަރޯސާވެ ވާހަކަ ދެއްކެވީ. ކުރިއަށް ވަޑައިގަންނަވާ. ދެންތިބީންނަށް ޗައިނާގެ އެހީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 September 2021

ސިޓީކައުންސިލް، Gan International Airport އަދި ޗައިނާ އެމްބަސީ ރަސްމީ މަޝްވަރާކޮށް "އައްޑޫ ތަރައްޤީއަށްޓަކާ ގުޅިގެންކުރެވިދާނެކަންކަމަކީ ކޮބާތޯބެލުމަށް" ބައްދަލުވާންޖެހޭ ވަގުތަކީމިއީ. # މިގޮތުން ލޯނު އަދި ހިލޭއެހީގައި 1 ލައްކަ Square Meter ސަރަޙައްދެއްގައި ޕެސެންޖަރ ޓާމިނަލް އަދި އެންމެ ޒަމާނީ ވަސީލަތާއިއެކު ޓްރާންސިޓް ކާގޯ ޓާމިނަލަކާއި މަދުވެގެން 80 ގެލަން ޖެޓުފިއުލް ސްޓޯރޭޖް ހިމެނާގޮތަށް ގޭން އެއަރޕޯޓް ޑިވޮލޯޕްމަންޓް ޕްލޭނެއް ހެދޭތޯ ބަލާންޖެހޭ.

The name is already taken The name is available. Register?

ޓީނު ރަހީމް.

14 September 2021

ޗައިނާ އައުތޭ ނުގޮވާތަ؟

The name is already taken The name is available. Register?

ނުގޮވާ

15 September 2021

ޗައިނާ އައުޓޭ ގޮވާނީ މޮޔައިން. އެއީ ޗައިނާގެ އަސްކަރިއްޔާގެ އެއްވެސް ވައްތަރެއް މިތަނުގަ ނެތީމަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 September 2021

އައްޑޫސިޓީގެ ތަރައްޤީއަށް ކައުންސިލުން ނަމޫނާ މީހަކަށް ބަލާ ވިސްނުމާއި ޕޮލިސީ ބިނާ ކުރާންވީ ރުވާންޑާގެ ރައީސް ޕޯލް ކަގަމޭގެ ވިސްނުން ފުޅު ހުރިގޮތް. # ގޭންއެއަރޕޯޓަކީ އެފްރިކާ ބައްރާއި، އޭޝިޔާ، ގަލްފު ޤައުމުތަކާއި ހުޅަގު ޔޯރޮޕް އަދި އޯޝޭނިއާ ފަދަ ހުރިހާ ބައްރުތަކެއް ގުޅުވާލަދޭނެ ޓްރާންސިޓް ހަބެއްގެ ގޮތުގައި ތަރައްޤީ ކުރެވިދާނެ މުސްތަޤުބަލް އޮތް އެއަރޕޯޓެއް. # ޗައިނާގެ ހިލޭ އަދި ލޯނު އެހީގައި މިކަން ކުރެވޭތޯ ކައުންސިލުން މަސައްކަތް ކުރާންޖެހޭ.

The name is already taken The name is available. Register?

ދިސްވޭއިން

14 September 2021

ހިޔާ ފްލެޓްސް ތަކުގެ އާ ބިލްޑިންގް ކޮމްޕްލެކްސް އެއް އެބަޖެހޭ ސިޓީ އެއްގޮތަށް ތަރައްގީ ކުރަން އެކަން ކުރަން ހުމާލޭ އިރުން އޮތް ފަޅު ހިއްކާލާ އެތަނުގައި އިމާރާތް ކުރަންވީ 150 ބުރިއަށް އިމާރާތް ތައް ކޮންމެ އެޕާރޓްމެންޓެއްގައި 2000 އަކަފޫޓް ހުންނަން ޖެހޭނެއޭ އިމާރާތް ކުރާނީ ސްލެބް އެކަނިއޭ ދެ ސްލެބް ދޭތެރޭގައި 6 މީޓަރު ހުންނަން ޖެހޭނެއޭ ހުރިހާ އެމްއީޕީ ލައިން ތައް އަޅާނީ ފްލޯރ މަތީގައޭ ދެން އޭގެ މަތިން ސިމެންތި ފްލޯރ އަޅާނީއޭ ސްލެބް ލޯވަޅުނާޅާނެއޭ

The name is already taken The name is available. Register?

1828

14 September 2021

މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދެއް ރާއްޖޭގައި ހަމަނެތީތަ ތަރައްޤީކޮށްލަން؟

The name is already taken The name is available. Register?

އަލް އުސްތާޒު

14 September 2021

ކަމަނާ ކިތަންމެ ހެޔޮ ނިޔަތެއްގައި މަސައްކަތް ކުރެއްވިޔަސް މިހާރު މިއޮތް ރީނދޫ ސަރުކާރު އޮތްހާ ހިނދަކު ތިކަމެއް ނުވާނެ. ރާއްޖެއިން ބޮޑަށް ގާތްވާންވީ ޗައިނާއާއި އެމެރިކާ އަދި މެދު އިރުމަތީގެ ޤައުމުތަކާ. ޔޫރަޕާވެސް ގާތްވާންވީ. އިންޑިއާ ދޫކޮށްލަންވީ. އިންޑިއާ ފަސްޓޭ ކިޔާފަ މި ގޮވާ ގޮވުން ކަނޑައޭ

The name is already taken The name is available. Register?

ނިރު

14 September 2021

ޗައިނާގެ އެހީތެރިކަމަށް ސުކުރުވެރިވަން .. ޗައިނާ ފެރެންޑްސިޕް ބުރިޖަކީ ޗައިނިން ކުޑަދުވަސް ކޮޅެއްގެ ތެރޭގަ އަޅާ ނިންމާލަދިން ތަނެއް އެކަމުގެ ފަސޭހަކަން ވަރަށް ބޮޑަށް އިހްސާސް ކުރެވޭ މިއީ ރަގަޅު މާލިމީއަކު ވެރިކަމުގަ ހުރީމަ ޤައުމަށާ ރައްޔެތުންނަށް ލިބިފަވާ ބޮޑު ފަސޭހައެއް. އެކަމަކު އަމިއްލަ އެދުމާގެން ކޮންމެ ޤައުމަކުވެސް ބަޔަކު އުޅޭނެ އެމީހުން ކާންދޭ މިހާ ހަދާނެއް ނުހުންނާނެ.. އެމީހުން އުޅޭނީ ކޮންމެ ގޮތެއް ހަދާފަވެސް ވެރިކަމާހެދި ބޫތު ކާގެން

The name is already taken The name is available. Register?

ކުރަންވީއޭ

14 September 2021

މާލެ ސަރަހައްދުގައި އޮތް ތިލަފުށި އުތުރުން ފެށިގެން ގޮސް މާލެ އުތުރު ހުޅަނގު ބިތުގައިވާ ހުރިހާ ފަޅު ތައް ހިއްކަމުން ތިލަފުށި އުތުރުން ފެށިގެން ބްރިޖް އަޅަމުން ހިއްކަމުން ދާ ފަޅު ތަކާއި ސަބް ބްރިޖްސް ތަކުން ގުޅުވަމުން ދާންވީ ގާފަރާއި ހަމައަށް ދެން ގާފަރު ވެސް ހިއްކާލާނީއޭ އެއިރުން ރާއްޖޭގެ އެންމެނަށް މިގޮތަށް ހިއްކާ ފަޅު ތަކުން ގޯތި ދެވޭނެއޭ މިކަން ކުރެވޭނެއޭ ޗައިނާ އިން 200 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން މިކަން ކުރަންވީއޭ އިކޮން ކައުންސިލް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 September 2021

އެންމެފަހުން ހުންނެވި ޗައިނާގެ އެމްބެސެޑަރ އައްޑުއަށް ކުރެއްވެވި ދަތުރުފުޅުގައި ކުރީގެ މޭޔަރާއި ބައްދަލުކުރައްވާ "އައްޑޫގެ ތަރައްޤީއަށް ބޭނުންވާ ހުރިހާކަމެއްގައި އެހީތެރިކަން ދިނުމަށް ޗައިނާ އޮތީ ތައްޔާރަށް" ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދެއްވާފަ. # އާ އެމްބެސެޑަރ އަރިހުން ކައުންސިލުން ފުރަތަމަ އެދޭންވީ Juneyar Airline ، ޗައިނާ ސަދާރން، Hainan Airline އަދި އެއަރ ޗައިނާގެ ޝެޑިއުލް ދަތުރުތައް ގޭންއެއަރޕޯޓަށް ފެއްޓޭނެ ގޮތެއް ހަމަޖައްސަވާ ދެއްވަން.

The name is already taken The name is available. Register?

ހަސަން ނަސީރު.

14 September 2021

އިންޑިޔާގެ ފްލައިޓް ތައް އައްޑޫ ގަމަށް ދަތުރު ކުރަން ފެއްޓުމުގެ ތައްޔާރީތައް ބާރު މިނުގައި ކުރިއަށް ގެންދާ ކަމަށް އަޑު އިވޭ. ނިއުދިއްލީ ސަރުކާރާއި މާލޭގައި ހުންނަ އެމްބަސީ ވަނީ މިކަމާއި ބެހޭގޮތުން އިންޑިގޯ އާއި މަޝްވަރާކޮށްފަ. އޭގެ ކުރިން ޗައިނާ ފްލައިޓައް ގަމަށް ގެނެވޭތޯ ބެލުން ހަމަ އެންމެ ރަނގަޅު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 September 2021

ދައުލަތުގެ ހަޒާނާ ހުސްކޮށް 100 އަހަރު ފުލެޓް އެޅިކަމުގައިވިޔަސް ކ.އަތޮޅު މާލޭގެ ބޯހިޔާވަހިކަން ހައްލުވާނީ އުތުރާއި ދެކުނަށް އިޤްތިސޯދު ފަތުރައިގެން. # މިކަން ކުރުމަށްޓަކާ އައްޑޫ ހެރެތެރެ ރިސޯޓް ކައުންސިލަށް ނަގާ ޗައިނާގެ ހޮޓެލް ޗެއިންއަކަށް 100 އަހަރަށް ކުއްޔަށް ދީފައި ޗައިނާ ސަރުކާރުން ނަގާ 3 ބިލިޔަން ޑޮލަރުގެ ލޯނަކުން ގޭން އެއަރޕޯޓް ސައުތުއޭޝިޔާގެ ޗަންގގީ އެއަރޕޯޓްގެ ގޮތުގައި ތަރައްޤީކޮށް 2025 ގައި އޮޕަރޭޝަނަށް ގެންނާންވީ ނޫންތޯ؟

The name is already taken The name is available. Register?

ހިފައިފި

14 September 2021

އިންޑިއާއިން މިހާރު އަތްދަށުލާފަ އޮތް ދެކުނުގެ ސަރަހައްދާ ޗައިނާ ކައިރި ކުރާނީ ކިހިނެތް؟ އެވަރުގެ ކަމެއް ކުރެވޭނެ ހިތްވަރެއް ހުރި ވެރިކަމެއް ނޫން މިހާރު މިއޮތީކީ.

The name is already taken The name is available. Register?

މުސްލިހާ.

14 September 2021

ކަލޭމެން ތިތިބީ އިންޑިޔާއަށް އައްޑޫ ދީގެނެއްނު. ދެން ކިހިނެއް ޗައިނާއަށް ތިތަނާއި ކައިރި ވެވޭނީ. އެކަމަކު ޗައިނާ އަތުވެއްޖެނަމަ އެއީ ތަފާތު ބައެއްކަން ކަލޭމެންނަށް އިގޭނެ. އަދިވެސް ތިކަންކަން ކުރަން ބޭނުން ނަމަ އޮތީ ޗައިނާގެ އެހީ ހޯދުން.

The name is already taken The name is available. Register?

މުރުތަލާ.

14 September 2021

ވަރަށް ރަނގަޅު ހިޔާލެއް. އެކަމަކު އައްޑޫގައި ތިކަން ކުރާން އިންޑިޔާ ފުރުސަތު ދޭނެތޯ ؟ އައްޑޫގެ ތަރައްޤީއަށްތަކައި ޗައިނާ ކަމެއްކޮށްދޭން ބޭނުން ވިޔަސް އެކަމަކަށް މިހާރު އޮތް ސަރުކާރުން އެއްބާރުލުމެއް ނުދޭނެ.

The name is already taken The name is available. Register?

ސީދިބެ.

14 September 2021

މަށަށްވެސް ހީވަނީ އަފީފު އެދައްކަނީ ހަމަޖެހޭ ވާހަކައެއްހެން. މާލޭގައި ފުލެޓް އެޅުމުގެ ބަދަލުގައި އައްޑޫ ތަރައްޤީ ކޮށްފިނަމަ މާލެއަށް ލުއި ލިބިގެން ދާނެ. ޗައިނާގެ އެހީ ހޯދާދޭންވީ އައްޑޫގެ ތަރައްޤީއަށް.

The name is already taken The name is available. Register?

ނުސްރަތު.

14 September 2021

އައްޑޫމީހުން ތަރައްޤީ ބޭނުންވިނަމަ 2018 ގައި ވޯޓުދޭނީ ރައީސް ޔާމީނަށް. އައްޑޫމީހުން 2018 ގައި ވޯޓު ދިން މީހާ ހުށަހެޅި މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް އައްޑުއަށް ކޮށްދީފިތޯ؟ ޔާމީން އަލާދިން ހޮސްޕިޓަލަށް ޑޮކްޓަރުން ހަމަކޮށް ނުދެވުނު މީހެއްގެ ސަރުކާރު ދައުރުގައި ތިކަންކަމެއް ނުވާނެ. 2023 ހަށް މަޑުކޮށްލާ. އަހަރުމެން އެއަރޕޯޓް ތަރައްޤީކޮށް ހުޅުމީދޫ ހިތަދޫ ބުރިޖްވެސް އަޅާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454