ޚަބަރު / މޫސުން ލަފާކުރާ ގޮތް

ގަދަވަޔާ އެކު އައި ކޮޅިގަނޑަކުން މާލެ ހުއްޓުމަކަށް

ގަދަވަޔަކާ އެކު މާލެ އަށް ކުރި ވިއްސާރާގައި ބްރިޖު މަތީގައި ސައިކަލް ނުދުއްވިގެން އެއްފަރާތެއްގައި މަޑުކޮށްގެން

ގަދަ ވަޔާ އެކު ހެނދުނު އައި ކޮޅިގަނޑެއްގައި ދަތުރުފަތުރަށް ބުރޫ އަރައިފި އެވެ.

ފަތިހުން ފެށިގެން ބަނަކޮށް އޮތުމަށް ފަހު ހެނދުނު 8 ޖެހި ފަހުން ވާރޭ ވެހެން ފެށީ ގިނަ ބަޔަކު އޮފީސްތަކަށް ދިޔަ ވަގުތު އެވެ. ބޯކޮށް ވާރޭ ވެހެން ފެށިއިރު އައި ގަދަ ވައިގެ ސަބަބުން ސައިކަލް ނުދުއްވިގެން ހުއްޓި ވެސް ތިބެން ޖެހުނެވެ. އެ ވަގުތު ސިނަމާލެ ބްރިޖްގައި ސައިކަލުގައި ދިޔަ މީހުން ވެސް ނުދުއްވިގެން ސައިކަލް މަޑުކޮށްގެން ތިއްބެވެ. ބައެއް ތަންތަނުގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ގަދަ ވަޔާ އެކު ވެއްޓުނެވެ.

ކޮޅިގަނޑު އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައެއް ފްލައިޓްތަކަށް ނުޖެއްސިގެން ޑައިވާޓްކުރަން ޖެހުނުކަން ފްލައިޓް ރާޑާގެ މައުލޫމާތުން އެނގެ އެވެ. އަދި ބައެއް ފްލައިޓްތަކަށް ނުޖެއްސިގެން ވައިގެ ތެރޭ އެތައް އިރަކު ދަތުރުކުރަން ވެސް ޖެހުނެވެ.

ގަދަ ވައިގެ ސަބަބުން ބައެއް ގަސްތައް ވެއްޓި އެކި ވަރުގެ ގެއްލުންތައް ވެސް ވަނީ ވެފަ އެވެ.

މެޓް އޮފީހުން ބުނީ މި ވިއްސާރަ އަކީ ދިގުލައިގެންދާނެ ވިއްސާރައެއް ނޫން ކަމަށާއި ވިއްސާރަ ކުރާނީ މިރެއާ ހަމައަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮޅިގަނޑު އައި ވަގުތު ކަނޑު ވަރަށް ގަދަވެ ދަތުރު ނުކުރެވޭ ވަރު ވި

މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ. އެ އޮފީހުން ބުނި ގޮތުގައި މިއަދު ބޯކޮށް ވާރޭވުހުމާ އެކު ގުގުރުން ވެސް އެކަށީގެންވެ އެވެ.

މެޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު ކުރަމުންދާ ވިއްސާރައަކީ މި ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިގެން އުޅޭތީ ކުރާ ވިއްސާރައެއް ނޫނެވެ. އޭނާ ލަފާ ކުރެއްވި ގޮތުގައި މިރޭ ވިއްސާރަ އަލިވާނެ އެވެ. އަދި މާދަމާ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެއްވި އެވެ.

ވައި ގަދަވި ވަގުތު ފްލައިޓްތައް ނުޖެއްސިގެން އެނބުރި ދަނީ

"މި ސަރަހައްދުގައި ކޮޅިގަނޑެއް އެއްޗެއް އޮވެގެނެއް ނޫން ވިއްސާރަކުރަނީ. މިއީ މާ ދިގުދެމިގެންދާނެ ވިއްސާރައެއް ނޫން. މިރެއާ ހަމަައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެނީ،"

އޭނާ ވިދާޅުވި ގޮތުގައި ވައި ވެސް އާދައާ ހިލާފަށް ގަދައެއް ނޫނެވެ. ވައި ހުރީ އަށް މޭލާއި އަށާރަ މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި އެއީ އެވްރެޖު ބާރުމިނެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭ ދެ ވަނަ ފޭސްގެ ޕާކިން ޒޯނެއްގައި ހުރި ބައެއް ސައިކަލްތައް ވަޔާ އެކު ވެއްޓިފައި

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް މަގުތައް ފެންބޮޑުވެ، ބައެއް ތަންތަނަށް ވަނީ ގެއްލުންވެފަ އެވެ. އަދި ކަނޑުދަތުރުފަތުރު ކުރުމަށް ދަތިވާ ވަރަށް ކަނޑު ވެސް ގަދަ އެވެ.

ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ނެރުނު ޔެލޯ އެލާޓުގެ މުއްދަތަކީ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ޔެލޯ އެލާޓް ނެރެފައިވާ ނަމަ ކަނޑުދަތުރުކުރާއިރު ސަމާލުވާން މެޓް އޮފީހުން އަބަދުވެސް އިލްތިމާސްކުރެ އެވެ.

15 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 63%
icon angry icon angry 0%
icon wow icon wow 5%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

15 September 2021

މާލެއާއި ގޭންއެއަރޕޯޓާއިދެމެދު ދަތުރުގެދިގުމިނަކީ 540km ، މާލެ-ކޮލަމްބޯ އެއަރޕޯޓާއިދެމެދު 1150 km އަދި އިންޑިޔާގެ Trivandrum އާއި ދެމެދު ހުންނަނީ 1097 ކިލޯ މީޓަރ. # ދިވެހިރާއްޖޭގައި މާލޭއެއަރޕޯޓްގެއިތުރުން ހަނިމާދުއާއި ގޭންއިންޓަރނޭޝަނަލް އެއަރޕޯޓްއޮންނައިރުވެސް، ހަނިމާދޫ އާއި ގޭން ތަރައްޤީކުރާންޖެހިދާނެތީ މާލޭއެއަރޕޯޓަށް ކަމެއްދިމާވެއްޖެނަމަ Alternativ އެއަރޕޯޓްތައްކަމަށް IATA ށާއި ICAO ވެސް މާލޭސަރުކާރުން ދިނީ ލަންކާއާއި އިންޑިޔާ އެއަރޕޯޓްތައް.

The name is already taken The name is available. Register?

ޙުސައިންބޭ

15 September 2021

"ގަދަވެއްނޫން ވައިހުރީ އަށްމޭލާ އަށާރަމޭލާ ދެމެދު" އަޖައިބެއްކަހަލަކަމެއް! އެއީ އާދައިގެ ދުވަސްދުވަހުވެސް ވައިޖެހޭ ބާރުމިނެއެވެ. އެކަމަކު މިއަދު ޖައްސަން އައި ފުލައިޓްތައް ނުޖެއްސިގެން އަނބުރާލާފައި ދިޔައީ. ބުރިޖުމަތީ ގައި ސައިކަލް ނުދުއްވޭ. އެކަމަކު ވައިޖެހުނީ އާދައިގެ ބާރުމިނެއްގައޯ. މިއީ ކޮންކަހަލަ މެޓްއޮފީހެއް! ފުލައިޓުތައް އަނބުރާލާފައި ދިއުމުގެ ބަދަލުގައި ގަން އިންޓަރނެޝަނަލް އެއަރޕޯޓަށް ޖެއްސިނަަމަ......

The name is already taken The name is available. Register?

ވަޖުދީ

15 September 2021

45 މޭލު ވަރަށް ޖެހުނު މިއަދު ކޮޅިގަނޑުގަ

The name is already taken The name is available. Register?

މެޓް

15 September 2021

މެޓަކީ އުވާލަންވީތަނެ ބޭކާރު

The name is already taken The name is available. Register?

ވައި އިސް ވައި

15 September 2021

ވަައި ގަދަވާން ފެޝީތާ އޭ. ގުގުރާ އަޑުވެސް އިވެނީ އޭ. އަވަސް އަވަސް ކޮށް ވިދާ ގޮތުން މިހިރީ އަހަރެން ބިރު ހީވާތީ. ޓިޑިން ޓިޑިން

The name is already taken The name is available. Register?

ފޫހި

15 September 2021

އިންސާނާގެ ބަލިކަށިކަން ދެކެބަލަ. ކޮބާ ބޫންބޫންލާފަ ސައިލަންސަރުން އަޑުގަދަކޮށްގެން އެހެންމީހުންނަށް ނުބަލައިދުއްވާ މީހުންނަށް ވެސް މިއަދު ޖެހުނީ މަޑުކުރަން.

The name is already taken The name is available. Register?

ބޒވސ

15 September 2021

މިކަންވެސް ފިލާވަޅަކަށް މުހިއްމު ނޫންތޯ. ގައިމު ބުރިޖުގައި ތިބި ބޭފުޅުން އެތިބީ އިތުރު ގޮތެއް ނެތިގެން.

The name is already taken The name is available. Register?

ޓޮއްޑޫ އަލީ

15 September 2021

ކޮބާ މޭޔަރު މުއިއްޒު؟

The name is already taken The name is available. Register?

ކޮބާމައްސަލަ

15 September 2021

ގަދަ ވައިޖެހުނީމަވެސް މުއިއްޒުތަ ހޯދަންވީ..

The name is already taken The name is available. Register?

މުހައްމާ

15 September 2021

މެޓަށް ކީއްވެބާ ކުރިން އެލާޓެއް ނުނެރެވުނީ. ސައިކަލް އެއްގޮތަކަސްވެސް ނުދުއްވޭވަރުވި. ފައިޖައްސަމުން ނުޖައްސަމުން ފިރުކިފާކަހަލަ ގޮތަކަށް ހައިވޭ އާއި ބުރިޖު ހުރަސްކުރީ.

The name is already taken The name is available. Register?

ކޮރަލް

15 September 2021

ބައިނަލް އަގުވާމީ ފްލައިޓް ޖެއްސޭ އިތުރު އެއަރޕޯޓ ނަހަދާ ހުރުމަކީ ނުރައްކަލެކެވެ.

The name is already taken The name is available. Register?

ޞޯގޯހާ

15 September 2021

މިހާރުވެސް ދެވޭނެ ތަންތަން އެބަހުރި. ކޮބާތަ ތީގައި ނުރައްކަލަކީ. އިންޑިޔާއަށް 45 މިނިޓުން ލަންކާއަށް 1 ގަޑިއިރުން އައްޑުއަށް 40 މިނިޓުުން މިހާރުވެސް ދެވޭނެ.

The name is already taken The name is available. Register?

ފްރީކީ

15 September 2021

ވަރަށް ފްރީކް ސްޓޯމެއް. މެޓަށް ނޭނގި މިކަހަލަ ކަންކަން ވީމަ ރައްޔިތުންނަށް ވަރަށް ގެއްލުން. މިއަދުގެ ގަދަ ވައިގަ ވަރަށް ގިނަ ގެއްލުންތައް ވެފައިވާނެ ކަމަށް ބެލެވޭ. ހަދަމުންދާ ބައެއް ބިލްޑިންގތަކުގެ މަތިން އެކި އެއްޗެއްހި ވެއްޓޭ ކަހަލަ ގަދަ އަޑުތަކާ ބައެއް ތިރި ގޭގޭގެ ފުރާޅު އެއްލާލަނީއޭވެސް ހީވެގެން ދިއަ.

The name is already taken The name is available. Register?

އެނދިމަރިޔަނބު

15 September 2021

މެޓުން އެބުނީނު، ވައިޖެހުނީމަ ވައިޖެހިއްޖެއޭ، ވެހި ނިމުނީމަ ވާރޭ ވެހިއްޖެއޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454