ޗައިނާ މޯލްޑިވްސް ކަލްޗުރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ސަރަހައްދީ އޮފީހެއް ހދ. ހަނިމާދޫގައި ހުޅުވުން.
15 ސެޕްޓެމްބަރ 2021 - 13:41
ރާއްޖެ އާއި ޗައިނާ ގުޅިގެން ދެ ގައުމުގެ ސަގާފަތްތައް ކުރިއަރުވަން މަސައްކަތް ކުރާ، ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ސަރަހައްދީ އޮފީހެއް ހދ. ހަނިމާދޫގައި އިއްޔެ ހުޅުވައިފި އެވެ.
މި އެސޯސިއޭޝަންގެ މައި އޮފީސް މާލޭގައި ހިންގާއިރު، ސަރަހައްދީ އޮފީހެއް ރާއްޖޭގައި ގާއިމްކުރި މިއީ ފުރަތަމަ ފަހަރެވެ.
ސީއެމްސީއޭގެ ރައީސް މުހައްމަދު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ ހަނިމާދޫގައި އެ އެސޯސިއޭޝަނުގެ އޮފީހެއް ހުޅުވީ، އެ ރަށު ކައުންސިލުން ވެސް އެ ކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ، އެއްބާރުލުން ދިނުމުން ކަމަށެވެ.
މި އޮފީސް ހާއްސަ ވާނީ ތިލަދުންމަތީގެ އަތޮޅުތައް ކަމަށްވާ ހއ އާއި ހދ އަދި ށ އަށެވެ.
"އަޅުގަނޑުމެން ކުރާ ގިނަ ކަންކަން އަދިވެސް މި އޮންނާނީ މާލޭގައި. އެކަމަކު މި ސަރަހައްދީ އޮފީހާ އެކު ރަށްރަށުގައި ތިބޭ މީހުންނަށް ވެސް އަޅުގަނޑުމެން މި ކުރާ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ރަޝީދު ވިދާޅުވި އެވެ.
China 🇨🇳 Maldivian 🇲🇻 Cultural Association inaugurates it’s first regional of at Haa-Dhaal Haminaadhoo @China_Amb_Mdv @CMCA_Official @MNUedu pic.twitter.com/aWvbXw4DU2
— Rasheed 莫芮德 (@RasheedMDV) September 14, 2021
މި އޮފީސް ހުޅުވުމާ އެކު، ޗައިނާގެ ބަސް ދަސްކޮށްދިނުމުގެ ޕްރޮގުރާމްތަކާއި ކަލްޗަރަލް އެކްސްޗޭންޖު ވިޒިޓްތަަކަށް މީހުން ފޮނުވުމާއި ދެ ގައުމުގެ ސަގާފަތަށް މީހުން ހޭލުންތެރިކުރުމާއި އަދިވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން އަންނަނީ ރާވަމުންނެވެ.
ސީއެމްސީއޭ އުފެއްދީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން މި އެސޯސިއޭޝަނުން ވަނީ ރާއްޖެ އާއި ބޭރުގެ އެކި ޖަމިއްޔާތަކާ ގުޅިގެން ތަފާތު ހަރަކާތްތައް ބާއްވައިފަ އެވެ. އެ އެސޯސިއޭޝަންގެ ފުރަތަމަ ޔޫތު އެކްސްޖޭންޖު ވިޒިޓް ޕްރޮގްރާމް 2016 ގައި ބާއްވައި، ޗައިނާ އަށް ވަނީ ދިވެހި ޒުވާނުންގެ ޓީމެއް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
16 September 2021
ޗައިނާގެ ޕޮލިސް އެކަޑަމީއެއް ވެސް ހަނިމާދޫގައި ހުޅުވަން ފެނޭ ސަބަބަކީ އިންޑިއާއިން ދަނީ ރާޖޭގެ އެއްމެ ދެކުނަށް އަތްގަދަ ކުރަމުން.
އިންޑިއާ
15 September 2021
އަތުގަ ތަނޑި އަޅާފަ އެހުރީކާކުތަ
ރުބޭލް.
15 September 2021
އިންޑިޔާއަކަށް ޗައިނާ ދޫނުކުރާނެކަން މިއޮތީ އެގިފަ. ހަނިމާދުއަށް އެއޮތީ ވަލެއް ދޫކޮށްފަ. އައްޑޫ މޭޔަރުގެ އެދިލެއްވުމަކަށް ޗައިނާ އެމްބެސެޑަރ ނޮވެމްބަރު މަހު އައްޑުއަށް ވަޑައިގެން އައްޑޫގައި ޗައިނާ ކޮންސިއުލޭޓު ހުޅުވާނެކަން ރަސްމީކޮށް އިއުލާން ކުރާނެ.
ނަސީ
15 September 2021
ތީތިސަޅި އަދި ޗައިނާ އެންބަސީއެއްވެސް ހުވާލަދެއްވުންއެދެން
ބިންޑިއާ
15 September 2021
މަމެން ލާފަ ތިބޭނީ ރާއްޖޭގެ ދެކޮޅަށް މިލިޓަރީ މީހުން. މާ ގަދަ ދޯ؟
ޑިނގާ
15 September 2021
ޗައިނާ އައުޓް.
މޫމިން
15 September 2021
ހަނިމާދޫ އަކީ ސީއެމްސީއޭގެ ރައީސް މުހައްމަދު ރަޝީދުގެ ގޯތި އޮންނަ އަދި ކުރީގެ ވަރަށް ގިނަ އިއްޒަތްތެރިންނަށް ގޯތި ލިބިފަ އޮންނަ ރަށެއްކަމަށް ރަށު މީހުން ބުނޭ. ބޮޑަށް ބެލެވެނީ މި ރަށުގަ ތި އޮފީސް ހެދީ އެހެންވެގެން ކަމަށް.
ނޫސްކިޔާމީހެއް
15 September 2021
އިންޑިއާއިންތިޖެހުނީ ކޮންމެވެސްރަށެއްގާ ކަލްޗަރަލް އޮފީހެއްހުޅުވަންތާ