25 ސެޕްޓެމްބަރ 2021 - 08:30
ކްލަބްހައުސްގައި މީހުންނަށް އިންވައިޓްކުރުމަށް، އަތްތިލަ އިމޯޖީން އިޝާރާތެއްކޮށްލެވޭ ފީޗާ "ވޭވް" އާންމުކޮށް ދޫކޮށްލައިފި އެވެ.
މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކްބަސްހައުސް އިން ބުނީ އެންޑްރޮއިޑާއި އައިއޯސް ބޭނުންކުރާ މީހުންނަށް އާ ފީޗާ ލިބޭނެ ކަމަށެވެ. "ވޭވް" ގެ އެހީގައި މި ޕްލެޓްފޯމްގެ އެކި ރޫމްތަކުގައި ކުރިއަށް ގެންދާ މުއާމަލާތްތަކަށް ދައުވަތު ދީ، އެ މީހުން ރޫމްތަކަށް ވައްދައިދޭނެ އެވެ.
There are over 700k rooms opened every day on Clubhouse. Yes, that includes the big moments you see in the news — but it’s also lots of lovely, small rooms between friends.
— Clubhouse (@Clubhouse) September 23, 2021
So we built a new feature to make those casual chats even easier! Say hello to Wave 👋 pic.twitter.com/3A24CBbAxW
ކުލަބްހައުސްގައި ކުރިން ބައިވެރިވެވެނީ އެ އެޕް ބޭނުންކުރާ އެހެން މީހެއްގެ ފަރާތުން އަންނަ އިންވިޓޭޝަނަކާ ގުޅިގެންނެވެ. އެހެންވެ ކުރިން އެއާ ގުޅެން ވަގުތު ވެސް ނަގަ އެވެ. އެކަމަކު "އިންވައިޓް-އޮންލީ" ޖުލައި މަހުގެ ފަހުކޮޅު ވަނީ އުވާލައިފައިފަ އެވެ. އޯޑިއޯ އެޕް އެޕެއްގެ ގޮތުގައި ވުޖޫދަށް އައި ނަމަވެސް ކްލަބްހައުސްގައި ޑީއެމް (ޑައިރެކްޓް މެސެޖް) ވެސް ކުރެވޭ ގޮތް ޖުލައި މަހުގެ ތެރޭގައި ހަދާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯޖް
26 September 2021
ކްލަބް ހައުސް އަކީ ރަނގަޅުއެޕް އެއް އެތައް މައުލޫމާތެއް ލިބޭ އެކަމަކު ދިވެހިން ކުލަބް ހައުސް ބޭނުންކުރަނީ ލަވަ ކިއުމާ ފާޑު ފާޑުގެ ތާކުންތާކު ނުޖެހޭޭ ގޭމްތަކެއް ކުޅުމައް އެ އެއްޗެއްގެ ބޭނުން ރަނގަޅުގޮތުގައި ހިފާކަން ނޭނގޭ ލަދުން ބޯހަލާކު ވަރުވޭ