އިއްޔެ ހެނދުނު ހިނގި ހާދިސާގައި އަޑިއަށް ދިޔަ ހޭންޑީ ކްރޫޒް ސަފާރީގެ ބައިތައް ވަކިވެފައި -- ފޮޓޯ: އެމްއެންޑީއެފް
27 ސެޕްޓެމްބަރ 2021 - 15:09
ތިލަފުށީ ކައިރިއަށް އިއްޔެ އަޑިއަށް ދިޔަ "ހޭންޑީ ކްރޫޒް" ސަފާރީގައި ތިބި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެނީ އެންމެ މީހަކަށް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ ސަފާރީ އަޑިއަށް ގޮސްގެން ހަތް މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ސަރުކާރުގެ މައި ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން އުމުރުން 41 އަހަރުގެ ސްރީ ލަންކާ ފިރިހެނަކު ވަނީ މަރުވެފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަސް މީހަކަށް ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފްލޯގައި އެޑްމިޓް ކޮށްގެން އެހެން މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް އޭނާގެ ހާލަތެއް އަދި ސާފެއް ނުވެ އެވެ.
އެ ބޯޓުގެ ފަޅުވެރިން ހިމެނޭހެން ޖުމުލަ 17 މީހުންނާއެކު ދަތުރު ފެށީ ސްރީ ލަންކާގެ އާއިލާއަކާއި ދިވެހި އާއިލާއެއް ގޮވައިގެން ހަފުތާ ބަންދުގެ ދަތުރަކަށެވެ.
އެ ދަތުރު ދިޔަ ސްރީ ލަންކާ މީހެއްގެ ގާތް ރަހުމަތްތެރިއަކު ކިޔައިދިން ގޮތުގައި ދަތުރު ރާވާފައި އޮތީ، ހުކުރު ދުވަހުގެ ރޭ ސަފާރީގައި އޯވާ ނައިޓް ކޮށް، ހޮނިހިރު ދުވަހު ފިނޮޅަކަށް ދަތުރު ދިއުމަށް ފަހު ހަވީރު މާލެ އަންނަ ގޮތަށެވެ. ނަމަވެސް އެ މީހުން ދަތުރުގެ މުއްދަތު އިއްޔެ އަށް އިތުރު ކުރީ ކަމަށް، އެ ރަހުމަތްތެރިޔާ ބުންޏެވެ.
ސަފާރީ އަށް ރާޅު ޖަހައި އެންމެ ފުރަތަމަ ގެއްލުން ލިބުނީ އެ ބޯޓުގެ ފަހަތު ބަޔަށެވެ. އެ އަށް ފަހު، ފެން ވަންނަން ފަށައި އެ ސަފާރީ އެއްކޮށް އަޑިއަށް ދާން ނެގީ އެންމެ ބައިގަޑިއިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޑު ބިލްޑިންގް ކޯޑު
28 September 2021
ރާއްޖޭގައި ބޯޓު ބިލްޑިންގް ކޯޑުގެ މުހިންމުކަންމީގެން އިގެނީ!
ހިތަދޫ 2
27 September 2021
އަސްލު އަޑިޔަށް ދާން ދިމާވި ސަަބަބަކީ ކޮބައިތޯ؟ ޕަމްޕް ނެތީތޯ ހަލާކުވީތޯ؟ އޮޓޯ ޕަމްޕް ނުޖައްސާ އޮތީތޯ؟ އެރޭ އެއްކޮއްހެން ވެހި ވެހި އޮތީ.. އެއްވެސް ފަޅުވެރިއެއް ޑިއުޓީގައި ނެތީތޯ އެވަރަށް ދިޔަވިއިރު ފާހަނގަ ނުވީ؟