ނަހުލާ ވާހަކަ ދައްކަވަނީ: އޭނާ ވަނީ ޕީޕީއެމްގެ އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ސަސްޕެންޑު ކޮށްފައި--.ފޮޓޯ:ނިޝާން އަލީ/މިހާރު
27 ސެޕްޓެމްބަރ 2021 - 18:11
ޕީޕީއެމްގެ އެތެރޭ އިންތިހާބުތަކުގައި ވާދަނުކުރެއްވޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެ ޕާޓީން ސަސްޕެންޑުކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ފިޔަވަޅު އެޅީ ދެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ.
އެކަމަކު، އެ ކަމާ ބެހޭ ތަފްސީލަށް ވަޑައިގަންނަވާކަށް އަދުރޭ ބޭނުމެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ނަހުލާ ސަސްޕެންޑު ކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވަން ބޭއްވި އިންތިހާބުތަކުގައި އޭނާ ޕީޕީއެމްގެ ނިންމުންތަކާ ހިލާފުވި ކަމަށް ބުނެ އެވެ.
ޕީޕީއެމްގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި 2024 ގެ ނިޔަލަށް ނަހުލާ އަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މި މައްސަލާގައި ނަހުލާގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާމަކުރޭ
27 September 2021
ދައުލަތުން ޚަރަދުކޮށްގެން ހިންގާ ޕާޓީތަކުން ކަންކަމެއް ސިއްރެއް ނުކުރެވޭނެ!
ރަނގަޅު ނިންމުމެއްހެން ހީވޭ
27 September 2021
އަސްލު މީގެކުރިންވެސް އެހެންކަމަކާ ގުޅިގެން ފާހަގަވެފަވަނީ ތިޔައީ ވަރަށް ޒީލަގަދަ ބޭކަނބަލެއްކަން. ވީމާ ހިތަށްއަރަނީ ޕޕމއަށް ހަމަ ކެތްނުވެގެންނޭ ސަސްޕެންޑު އެކުރީ.
ޙުފތޖޖބ
27 September 2021
ޒީލަގަދަ ގެ މާނައަކީކޮބާތަ
ގައްޑާ
28 September 2021
ކޮބާ ކިހިނެތްތޯ އަހާލިކަމަށްޓަކައި ބާޒާރުމަތީ ބަހުން ވާހަކަ ދައްކަނީއޭ ކިޔާފަ އެފް ބީ އިން ބްލޮކްކޮއްލީ އެއީ މެމްބަރުގެ ފެންވަރަކީ.
ބޮކި
27 September 2021
ހަމަ އަންނަނީ ހިނި ....،
ލީލާ ބަންސާލީ.
27 September 2021
ބިރެއްނުގަނޭތަ އޭނާ ކޮޅުބަދަލުކޮށްފާފާނެތީ.
ރަދީފްއޮފިޝިއަލް
27 September 2021
މިވެސް ޑިމޮކްރަސީގެ ކަމެއް ދޯ!!!