ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ --- ފޮޓޯ: ނަހުލާ (ފޭސްބުކް)
27 ސެޕްޓެމްބަރ 2021 - 20:49
ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފުވި ކަމަށް ބުނެ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ނުކުރެއްވޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށް ޕީޕީއެމުން ދައްކާ ވާހަކަ މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ މިރޭ ދޮގު ކުރައްވައިފި އެވެ.
އޭނާ އެ ވާހަކަ ދޮގުކުރެއްވި ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު މީޑިއާ އަށް ވިދާޅުވީ، ނަހުލާއާ މެދު މީގެ ދެ މަހެއްހާ ދުވަސް ކުރިން އެ ފިޔަވަޅު އަޅައިފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑް ކުރީ ޕީޕީއެމްގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި 2024 ގެ ނިޔަލަށް ވާދަނުކުރެއްވޭ ގޮތަށް ކަމަށް ވެސް އެ ޕާޓީގެ އިސް އެހެން މެމްބަރަކު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ނަހުލާ ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު ވެގެން އޭނާއާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓު ކުރުމުމުން، އަބްދުއްރަހީމްގެ އަރިހުން މައުލޫމާތު ސާފު ކުރެއްވި ކަމަށެވެ. އަދި އަބްދުއްރަހީމްއާ ހަވާލާ ދެއްވައި ނަހުލާ ވިދާޅުވީ އެއީ ދޮގު ޚަބަރުތަކެއް ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި "މިހާރު" އިން އަބްދުއްރަހީމަށް ގުޅުމުން އޭނާ އެކަން ދޮގެއް ނުކުރައްވަ އެވެ. ވިދާޅުވީ، މީގެ ދެ މަހެއްހާ ދުވަސް ކުރިން ނަހުލާ އަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ނަހުލާ ވިދާޅުވީ ސުލޫކީ މައްސަލައަކަށް ވަނީ ކޮން ކަމެއް ކަން ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވަރަށް ސަރީހަކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މެމްބަރަކު ތިން އަހަރަށް ސަސްޕެންޑް ކުރަން އަސާސީ ގަވައިދުން ތަން ނުދޭ ކަމަށާއި އެންމެ ގިނަ ވެގެން އެ ފިޔަވަޅު އެޅޭނީ ހަ މަސް ދުވަހަށް ކަމަށް ނަހުލާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ އަސާސީ ގަވައިދާ އަޅުގަނޑު ހިލާފް ވެފައެއް ނުވާނެ. އަޅުގަނޑު މި ދަނީ ވަގުތުވީ މިންވަރަކުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުން. މުޒާހަރާ އާއި ޖަލްސާތަކުގައި ވެސް ބައިވެރިވަމުން،" ނަހުލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަބުލާނީ
28 September 2021
ޙޫހޫހޫ!!! ޖަލްސާތަކުގައްޔާއި މުޒާހިރާތަކަށް އެކަނި ނިކުންނަން ވާނީ މަގާމުން އިސްތިއުފާ
ޙިނި
28 September 2021
ނަހޫ ޕީޕީއެމުން ފޫކަހާފަ އުޅެންޏާ އެމްޑީޕީ ނޫނީ ނާޒިމު ފާޓީ އައް ސޮއި ކޮއްލާ، އޭރުން ތިބޭނެ ސީލެވިފަ
ކައްކާ
28 September 2021
ރައީސް އަބްދުއްރަހީމް ވިދާޅުވާއެއްޗެއް އަހަރެމެން ގަބޫލުކުރާނީ. ސަބަބަކީ ރައީސް އަބްދުއްރަހީމަކީ ރާއްޖެމިދެކޭ ތަރައްގީގެ އެއް ބާނީ.
އަބްޑޫޅް
28 September 2021
ހޫނ ހޫނ. ރައީސުލްޖުމްހޫރިއްޔާ އަބްދުއްރަހީމު ދޯ؟
ބައި
28 September 2021
މަހީކުރިން މި ނަހުލާ ކިޔަވައިގެންވެސް ހުރީމަ ކަމުދާ މީހަކަށް ވާނެކަމަށް. އެކަމަކު މިހާރު އެނގޭ މިއީ އެއްވެސް ތާކުން ތާކުޖެހޭ މީހެއް ނޫންކަން.
ކާފަސިކުނޑި
27 September 2021
ޕާޓީ ގެ ތާއިދު ނެއް ކައުންސިލަރަކައް ދާއިރާއައް ކޮއްދެވޭނެކަމެއް ނޯންނާނެ އަވަހައް އިސްތިއުފާދީ ބޮޑުމުސާރަ އެއްލިބޭތީ ހުންނާނެކަމެއް ނެއް