ޚަބަރު / ފުލުހުން

ޕޮލިސް ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް

ފުލުހުންގެ އިސް ސަފުން ވަކިކުރަން ބޯޑުން ލަފާދީފައިވާ އޮފިސަރުން: ދެ އޮފިސަރަކު ވަކިކުރުމުގެ އިޖުރާއަތުތައް ވަނީ ފަށާފައި.

ފުލުހުންގެ ހިދުމަތުގެ ގާނޫނާ އެކު އެކުލަވައިލި ބޯޑުގެ ނިންމުމުން، "މާ ކުރިން ވެސް ޕްލޭންކޮށް ޓާގެޓްކުރީ" ވަކި އޮފިސަރުންތަކަކަށް ކަމުގެ ކަންބޮޑުވުމާ އެކު. އެ ނިންމުމާ މެދު ހިތްހަމަނުޖެހި ކޯޓަށް ދިއުމުގެ ވިސްނުން ގެންގުޅޭކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާ ގާނޫނާ އެކު އެކުލަވާލި ހަތް މެމްބަރުންގެ ބޯޑަށް މަތިކުރި އެއް ޒިންމާއަކީ ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ. އާ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ތަންފީޒުކުރަން އެ ބޯޑުން ވަނީ ފުލުހުންގެ އިސް ސަފުން ހަތް އޮފިސަރަކު އެއްފަރާތްކުރަން ނިންމައިފަ އެވެ.

މި ނިންމުން ތަންފީޒުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ލަފާ އެރުވިތާ މަހަކަށް ވުރެން ގިނަ ދުވަސް ފަހުން އޭނާ ވަނީ ދެ އޮފިސަރަކު ވަކިކުރަން ނޯޓިސް ފޮނުއްވައިފަ އެވެ. އެއީ، ދެ އެސިސްޓެންޓް ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދަށެވެ.

ދެ އޮފިސަރުންނަށް ފޮނުވި ނޯޓިސްގައިވާ ގޮތުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ހިދުމަތުން ވަކިވާނެ އެވެ.

ވަކި ކުރަން ނިންމި އޮފިސަރުން:

- އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ.

- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު.

- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު.

- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް.

- ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު.

- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު.

- ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް.

ދޮގު މައުލޫމާތުތަކަކުން އުފެއްދި މައްސަލަތަކެއް!

ވަކިކުރުމުގެ ނިންމުމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ޖަމްޝީދު ވިދާޅުވީ 27 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިދުމަތްކުރި މުއައްސަސާ އިން އޭނާއާ މެދު ކުރި ޝައްކުތަކާއި ތުހުމަތުތައް ބަލައި ނުގަނެވޭ ކަމަށެވެ. އެންމެ ބޮޑު ދެރައަކީ ދޮގު މައުލޫމާތުތަކަކުން ތުހުމަތުތަކެއް އުފައްދައިގެން އޮފިސަރުންނާ މެދު ފިޔަވަޅު އެޅުން ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ އިސް މަގާމުތަކުން ދުރުކުރި އޮފިސަރުންގެ ހިތްހަމަނުޖެހުން އެ ބޭފުޅުން ފަހުން އާއްމުކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

"ވަަރަށް ބަލައިގަންނަން އުނދަގޫ ނިންމުމެއް. މި ގޮތަށް ހަދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންނަކީ އެއްވެސް ސިޔާސީ މަގާމެއްގައި މިތާ ތިބި ބައެއް ނޫން. އޭރުގައި ހުންނަވާ ކޮމިޝަނާއެއްގެ ލަފާގެ މަތިން މަސައްކަތް ހަމަޖައްސަވަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.

ޖަމްޝީދު ވިދާޅުވީ ބޯޑުގެ ނިންމުން އައީ ގާނޫނުގައި ކަނޑައަޅާފައި އޮތް ގޮތަކަށް ކަމަށް ވެސް އޭނާ ދެކެވަޑައިނުގަންނަވާ ކަަމަށެވެ. ބޯޑުގެ ނިންމުން ތަންފީޒުކުރައްވަން ކޮމިޝަނަރު ހަމީދާ ބައްދަލު ކުރެއްވުމުން ވެސް އޮފިސަރުން އެކަން ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި އޮފިސަރުންތަކަކަށް ޓާގެޓް ކުރެވިގެން ޕްރޮސެސް ހިންގާފައި އޮތީ. ފުލުހުންގެ ތެރޭގައި މާ ބޮޑެތި ތުހުމަތުތައް ކުރެވި ރެކޯޑު އޮތް މީހުންނާ ހަމައަކަށް ނުދޭ. ސެލެކްޓިވް ގްރޫޕެއް ނަގައިގެން މި ފިޔަވަޅު އެޅީ،" ޖަމްޝީދު ވިދާޅުވި އެވެ.

"މިއީ، އަޅުގަނޑަށް ކުޑަ ކަމެއް ނޫން."

ޖަމްޝީދުގެ ވިސްނެވުމަކީ އިންސާފު ހޯދެން އޮތް ހުރިހާ މަރުހަލާތަކަކަށް ވަޑައިގަތުމެވެ.

ބޯޑުގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއްތޯ މިދިޔަ ހަފުތާގައި "މިހާރު" އިން ޕޮލިސް ކޮމިޝަނަރާ ސުވާލުކުރުމުން ފާހަގަކުރެއްވީ، ގާނޫނުގައި އޭނާ އަށް އޮންނަ ޒިންމާއަކީ ބޯޑުގެ ނިންމެވުން ތަންފީޒު ކުރެއްވުން ކަމެވެ. އެ ނިންމުން ތަންފީޒު ކުރެއްވުމުގައި ލަސްވަނީ ހިދުމަތުގައި އެތައް ދުވަހެއް ވީ އޮފިސަރުން ވަކިކުރުމުގައި މުއައްސަސާގެ މަސްލަހަތަށް އިސްކަންދެއްވާތީ ކަމަށް ވިދާޅުވި އެވެ.

ބޯޑުގެ ނިންމުން ތަންފީޒުކުރަން ޖެހޭނެ ވަކި މުއްދަތެއް ވެސް އެ ގާނޫނަކު ނޯވެ އެވެ.

"ޖަވާބުދާރީވާން ފުރުސަތެއް ނުލިބުނު"

އޮފިސަރުންގެ މައްސަލަތައް ބެލީ އިދާރާތަކުން މައުލޫމާތު ހޯދައިގެންނެވެ. ހަތް އޮފިސަރަކު ވަކިކުރަން ބޯޑުން ނިންމާފައި އޮތް އިރު، ކުރެވޭ ތުހުމަތުތަކެއް ސާފުކޮށެއް ނުދެ އެވެ.

ބޯޑުގެ ނިންމުން ދިފާކުރަން ނެރުނު ހަމައެކަނި ބަޔާނުގައި ބުނެފައި އޮތީ، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ.

ޖަމްޝީދު ވިދާޅުވި ގޮތުގައި އޮފިސަރުން ވަކިކުރުމުގެ ނިންމުމާ ހަމައަށް ވާސިލްވުމުގައި އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވާން ފުރުސަތު ނުދިނުމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

އޭނާ ވިދާޅުވީ ބޯޑަށް ގެންގޮސް ސުވާލުތަކެއް ކުރިއިރު، ތުހުމަތުކުރި މައްސަލައަކާ ގުޅޭ ގޮތުން ސުވާލެއް ނާންނަ ކަމަށެވެ.

"ބޯޑުން ޖެހޭނެތާ އަޅުގަނޑުމެންނާ ސުވާލުކުރަން ތި ފަރާތަށް ރައްދުވާ ޝަކުވާތަކެއް އެބަހުއްޓޭ، ކިހިނެއްވާ ކަމެއްތޯ. އެކަމަކު ދޮޅު ގަޑިއިރު އަޅުގަނޑާ ވެސް ސުވާލުކުރިއިރު އެއްވެސް މައްސަލައަކާ ގުޅޭ ގޮތުން ސުވާލެއް ނުކުރޭ،" ޖަމްޝީދު ވިދާޅުވި އެވެ.

ބޯޑުގެ ޔައުމިއްޔާތަކާއި އޯޑިއޯ ރިކޯޑިންތަކުން، އޭނާ ވިދާޅުވި ގޮތުގައި، އެކަން ސާފުވާން ވެސް އޮންނާނެ އެވެ.

"އެއްވެސް ތުހުމަތެއް ނެތް އޮފިސަރުންނަށް ވެސް އެބަހުރި ފިޔަވަޅު އަޅާފައި. އެއީ ކިހާ ބޮޑު ގޯހެއް. މި ތަފްސީލްތައް ވެސް އަޅުގަނޑުމެން ފަހުން ހާމަކުރާނަން،" ޖަމްޝީދު ވިދާޅުވި އެވެ.

އާ ގާނޫނެއް ފާސްކޮށް، އޮފިސަރުންނާ ދޭތެރޭ ފިޔަވަޅު އެޅިއިރު ފުލުހުންގެ ތެރޭގައި ކުރިން ވެސް އޮންނަނީ އެއްވެސް ކަމެއްގައި ތުހުމަތެއް ކުރެވިއްޖެ ނަމަ އިދާރީ ގޮތުން އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނެއްގައި ވަކި އޮފިސަރުންތަކަކަށް އަމާޒުކޮށް މާއްދާއެއް ލިއުން ގާނޫނުއަސާސީއާ ހިލާފު ނޫންތޯ ޖަމްޝީދު ސުވާލު އުފެއްދެވި އެވެ.

އެ މާއްދާއާ ގުޅޭ ގޮތުން ގާނޫނީ ވަކީލުންގެ ކަންބޮޑުވުން ހުރި ކަމަށް ވިދާޅުވި އެވެ.

"އެ މާއްދާގައި އެ ބުނާ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ."

ދެ އޮފިސަރަކަށް ނޯޓިސް ފޮނުވީ ކީއްވެ؟

ގާނޫނުގައިވާ ގޮތުން ބޯޑުގެ ނިންމުން ތަންފީޒު ނުކުރުމުގެ އިހްތިޔާރެއް، ބާރެއް ޕޮލިސް ކޮމިޝަނަރަށް ލިބިގެން ނުވެ އެވެ. އޮފިސަރުން އުފައްދާ އެއް ސުވާލަކީ ހަތް އޮފިސަރަކު ވަކިކުރަން ނިންމާފައި ވަނިކޮށް މަހަކަށް ވުރެން ގިނަ ދުވަސް ފަހުން ދެ އޮފިސަރަކަށް ނޯޓިސް ފޮނުވި ސަބަބާ މެދުގަ އެވެ.

ބޯޑުގެ ނިންމުން ތަންފީޒު ކުރުމުގައި "އަދުލުވެރިކަމުގެ ތެރެއިން އިޖުރާއަތު" ހިނގާ ކަމާ މެދު ސުވާލު އުފެދޭ ސަބަބެއްގެ ގޮތުގައި ޖަމްޝީދު ފާހަގަކުރެއްވި އެވެ.

އޮފިސަރުން ވަކިކުރި ގޮތާ މެދު ހިތްހަމަނުޖެހުން އޮތަސް އެ މުއައްސަސާގެ އެތެރޭގައި އޮންނަ އެއްވެސް ނިޒާމަކަށް މައްސަލަ ބަލައިދޭން އެދުމުގެ ފުރުސަތެއް ގާނޫނުން މިހާރަކު ނުލިބެ އެވެ. ފުލުހުންގެ އިސްތިއުނާފް ބޯޑަށް މައްސަލަ ހުށަނޭޅެނީ އެ ބޯޑަށް ވުރެން ޕޮލިސް ބޯޑުގެ ބާރުގަދަވުމުންނެވެ.

"އަނެއްކާ އޭގައި ނެތް މައްސަލައެއް ބަލާފައި ވެސް،" ޖަމްޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަތް އޮފިސަރަކު ވަކިކުރުމަކީ މުއައްސަސާ އިސްލާހުވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

52 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 45%
icon angry icon angry 23%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދުން999

06 October 2021

7 އޮފިސަރުން ކަނޑާލައިގެން އިސްލާހު ނުވަނީނަމަ އެއަށްވުރެ ގިނައިން ވަކިކޮށްގެންވެސް ތިތަން އިސްލާހުވާން ޖެހޭ. ތިޔަ ޖަމްސީދާއި ދާއުދަކީ ސިޔާސީ މީހުންތައް ޖަލަށް އަޅައިލައިގެން ތިބި އިރު ދޫނިދޫގައި ރަސްކަންކުރި ދެމީހުން. އަލިފާން ކޮންކުރީޓް ގޮޅިއަށް މީހުންތައް ތިބީ އަލާފައި އަނިޔާގައި. އެވަރުން ނުފުދިގެން ވަކީލުންނަށް އޮތް ފުރުސަތުވެސް ޑޭވިޑް ސޮއިކޮށް 2 ގަޑިއިރަށް ކުޑަކުރި. ކޮންވާހަކައެއް ދައްކާކަށް. ކަނޑާލަން މާބޮޑަށް ލަސްވެއްޖެ. ވަކީލެއް ބުނީ.

The name is already taken The name is available. Register?

1828

07 October 2021

މީހުން ބަންދުކުރަން ޖެހެނީ 5 ތަރީގެ ލަގްޒަރީ ރިޒޯޓް ފެންވަރުގެ ރޫމްތަކުގައި ތޯ؟

The name is already taken The name is available. Register?

ސާބަހޭސް

06 October 2021

އެކިމީހުންނަށް އެކިގޮތް ހަދައި، މަހުޖަނަށް މަސާހިބު، ދެރަސޮރަށް ޖޯކު، މިހެންހެދި ހަނދާންވޭތަ؟ މިއަދު އަހަރެން އަތްޖަހަނީ ހީހީފަ.

The name is already taken The name is available. Register?

އާސިމް

06 October 2021

ޖަމްޝީދު އެކަނި ވަކިކުރުމުންވެސް ވަރަށް ބޮޑުތަނުން އިސްލާޙު ވާނެ

The name is already taken The name is available. Register?

ލޯޔަރު

05 October 2021

ފުލުހުން ކުށެއް ކުރީމައި ކަންކުރަންވީގޮތް ފުލުހުންގެ ޤާނޫނުގެ ދަށުންހެދިފައިހުރި ގަވާއިދުތަކުގައި ވަރަށް ސާފުކޮށް ލިޔެފައިވޭ. ފުލުހުން ކުށެއް ކުރީމައި މައްސަލަ ބެލުމާއި،ވަޒީފާއިން ވަކި ކުރަންޖެހޭ ބާވަތުގެ ކުށެއް ސާބިތު ވެއްޖެނަމަ ވަކިކުރުމުގެ ކުރިން ތުހުމަތު ކުރެވޭ އޮފިސަރަށް އިސްތިއުނާފު ކުރުމުގެ ހައްގު ދޭންޖެހޭނެ ،ޖަވާބުދާރީވުމުގެ ާާުާާާާުާާާާުާާުާާާާުާާާފުރުސަތު ލިބޭ ވަރަށް ރަގަނޅު ނިޒާމެއް އޮއްވައި މޮޅުކޮއްލީ.ދެންވާނެ ފޮތް ބަލަން ތިބެމާ

The name is already taken The name is available. Register?

ޢަރުތަ

05 October 2021

އަސްތަ މައި ބްރޯ ޕަރޭވެސް، ޕަރޭތީ އެކަމަކު ހާދަ ހީވާގި ފަހުލަވާނެކޭ، އެކަމަކުވެސް............ދޯ

The name is already taken The name is available. Register?

ނަށީދު

05 October 2021

ހުސް ކޮރަޕްޓް މީހުން

The name is already taken The name is available. Register?

ޙާލަތު

05 October 2021

7 ފެބްރުއަރީ ބަޣާވަތުގައި ބައިވެރި ވީމަ ސިޔާސީވީ

The name is already taken The name is available. Register?

1828

07 October 2021

2012 ފެބްރުއަރީ 07 ގައި ނަޝީދު އިސްތިއުފާދިނީ. އެއަކަށް ބަޢާވާތެކޭ ނުކިޔޭނެ،

The name is already taken The name is available. Register?

ވަހުތާން

05 October 2021

ސްކޭން ކުރަން ތިބި މީހުންގެ ފަތިފުށާއި ބިތުފަންގި ފުރަތަމަ ނަަގަމާ! ދައުލަތުގެ ކޮން އިދާރާއެއްގައި ތޯ ކަރަޕްޝަނާއި ނުފޫޒު ބޭނުން ކުރުމާއި ނެތީ؟ ކަންކަން އިސްލާޙުކުރަން އެކުލަވާލާ ގުނަވަންތަކާއި، ކޮމިޝަންތަކުގައި ގިނައިން ތިބީ ބަދަލު ހިފުމުގެ ޖޯޝުގައި ތިބި ބައެއް! މައްސަލައެއް އޮތްނަމަ ފުރަތަމަ ބަަލައި އެކަން ސާބިތުކުރޭ!

The name is already taken The name is available. Register?

ވަގު

05 October 2021

މުޅި ޕޮލިސްވަނީ ސިޔާސީ ވެފަ. ވަގުން ވަކިކުރަންވީ އަވަހައް

The name is already taken The name is available. Register?

އަލިބެ

05 October 2021

ހުސް ވަގުން. ތިތަން އިސްލާހުވާނީ ބަގާވާތަކުރި އެންމެން ބޭރުކޮއްގެން.

The name is already taken The name is available. Register?

1828

07 October 2021

ނަޝީދު އިސްތިއުފާ ދިނުމަކީ ބަޢާވާތެއް ތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454