ޚަބަރު / މަސްތުވާތަކެތި

100 ކިލޯގެ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފި

މި އޮޕަރޭޝަންގައި 24 ގަޑިއިރު ތެރޭ 10 ތަނެއް ފާސްކޮށްފައިވޭ.

ފުލުހުން އަތުލައިގަތް 100 ކިލޯގެ ޑްރަގްސް

ފުލުހުން އިއްޔެ ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފި އެވެ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތި ހޯދައި މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި މެރިން ޕޮލިހާއި ފޮރެންސިކްސް އަދި ޑްރަގް އިންޓެލިޖެންސް ގުޅިގެން މިދިޔަ 24 ގަޑިއިރު ތެރޭ ކުރި މަސައްކަތުން ކަމަށެވެ.

އެ އޮޕަރޭޝަނުގައި 10 ތަނެއް ފާސްކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ހެރޮއިން އެވެ.

މި އޮޕަރޭޝަނާ ބެހޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

36 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 7%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަވެސްބުނެލަން

15 October 2021

ފުލުހުނެގެ އަތެއް ނެތި ޑްރަގުގެ އެވެސް ކަމެއް ނުހިގާނެ ކަންޔަގީން ގައުމުގެ ފަސާދަ ފުލުހުން

The name is already taken The name is available. Register?

މަބުނީ

15 October 2021

މާދަމާ ނޫސްތަކުގެ ފަލަސުރުހީގަ އޮންނާނެ ކޯޓުން އެމީހުންގެ ބަންދަށް 3 ދުވަސް ޖަހައި އޭގެފަހުން ދޫކޮށްލިވާހަކަ!!!!!!!؟؟؟؟؟؟.......

The name is already taken The name is available. Register?

ސިރޫއޮ

14 October 2021

ޢެންމެ ބޮޑު 3 މީހުން ދޫކޮށްލައިފި ވަގުތުން ދެންމެ. މިއޮތީ ވާ ޤައުމެއް

The name is already taken The name is available. Register?

ތަކުރުބޭ

14 October 2021

މާދަމާ އިރުއަރާތޯބަލާ. ތިޔަތަކެތިވެސް މީހުންސް ދޫކޮށްލާފަ ތިބޭނީ.

The name is already taken The name is available. Register?

ޕެކެޓް

14 October 2021

ތިޔަ ތަކެތި އެންމެންނަށް ފެންނަ ގޮތަށް ޑިސްޕްލޭވެފަ ތަނެއްގަ ބެހެއްޓެންޔާ ވަރަށް ރަގަޅު. ހިފޭ ތަކެތި ފޫގޮއްސަ އޮތް ގޯންޏަކަށް އެޅިގެން ނޭނގި ވެއްޓިގެން އެހެން ދިމަދިމާލަށްވެސް ގޮސްދާނެކަމަށް ލަފާކުރެވެނީ ތިޔަ ތަކެތި މިހާރު ގިނަ ކަމުން. މަޖްލިސް ރައީސަށް އޮންނަ ވަރުގެ ސެކިއުރިޓީއެއް ތި އެއްޗެއްސަށްވެސް އެބަ ދޭންޖެހޭ.

The name is already taken The name is available. Register?

ކޮރަލް

14 October 2021

ޑްރަގްސް އަދި ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވޭނަމަ 2023 ގަ ބަދަލެއް ގެންނަން ޖެހެ އެވެ.

The name is already taken The name is available. Register?

ގޯސް

14 October 2021

މާދަމާގެ ސުރުހީ. ސާބިތުނުވާތީ ދޫކޮށްލީ.

The name is already taken The name is available. Register?

ޔާންބެ

15 October 2021

ސާބިތެއްނުވާނެ ދޯ! މަޖިލީހުގަ ތިބޭ މީހުން ގާނޫނު ހަދަނީ ފުލުހުންނަށް ތަންފީޒުކުރެވޭ ގޮތަކަށްނޫން. މަޖިލިސް މެމްބަރުންނަށް ފައިދާ ނެގޭ ގޮތައް.

The name is already taken The name is available. Register?

މުހުއްމާ

14 October 2021

ރާއްޖޭގެ އިގްތިސާދަށް އެއްމެ ބޮޑަށް ކަންޓިރިބިއުޓްކުރާ ވިޔަފާރިއަކީ ނާކޮޓިކްސް އާއި ޑްރަގްސް. ޓޫރިޒަމް ފިޔަވައި އެހެން ސެކްޓަރ ތައް އޮތީ ބިތަކައްޖެހިފައި. އެހެންވީމާ ގިނަ ބަޔަކު އުޅެނީ ތިކަންނުކުރެވިގެން.

The name is already taken The name is available. Register?

ހޯގުޅާ

14 October 2021

ހެ ޔޮނުނުވާނެ އަވަހަށް ތިބައިމީހިން ދޫކޮއްލާ މިހާރު ވަރުވަރި ގެ ވަކީލުން ހޭބޯނާރަ އުޅޭނެ ނިމޭއިރު ޕޮލިސް ވާނީ އިޖްރާތް ތަށް ހަމަނުކޮށް, ވީމާ ފޮނި ނުކަޑާ އަވަހަށް ދޫކޮއްލާ

The name is already taken The name is available. Register?

މާދަމާގެ

14 October 2021

މާދަމާ ކޯޓް ތަކުން ދޫކޮށްލާނެ ޕޮލިހުން ގާނޫނާ ގަވައިދާ ހިލާފަށް ހެކި ހޯދާ މީހުން ހައްޔަރު ކުރިއޭ ކިޔާފަ

The name is already taken The name is available. Register?

1828

14 October 2021

ޤާނޫނާއި ޤަވައިދާ ޙިލާފަށް ހެކި ހޯދާކަށް ފުލުހުންނަކަށް ފުރުސަތެއް ނެތް. ޤާނޫނާއި ޤަވައިދާ ޙިލާފަށް ހެކި ހޯދާފައިވާނަމަ ކޯޓުތަކުން ދޫކޮށްލާނެ. ފުލުހުންގެ ތެރޭގައި ޤާނޫނީ ވަކީލުން ތިބޭ އަދި އެނުވިތާކަށް އޭޖޭ އަދި ޕީޖީއިންވެސް ފުލުހުންނަށް ޤާނޫނީ ލަފާދޭ. ވީއިރު ފުލުހުން ޤާނޫނާއި ޤަވައިދާ ޙިލާފަށް އޮޅިގެންވެސް އަދި ނޭނގިނަމަވެސް ހެކި ހޯދައިގެން ނުވާނެ.

The name is already taken The name is available. Register?

1001

14 October 2021

1828 އޭޖޭ ތިކިޔަނީ ސެކިއުރިޓީ ކުންފުނީގެ ވާހަކަތަ؟ އޭޖޭ ކިޔާ ސެކިއުރިޓީ ކުންފުންޏެއް އޮވެ އެއްނުން. އެމީހުން ވާހަކަތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454