ޚަބަރު / ކަނޑުމަތީގެ ހާދިސާ

ރާޅު އަރައިގެން ދިޔައީ މީހުންނާއި ލަގެޖުތައް ހިފައިގެން

ރާޅު އެރީ ކަނޑު ގަދަކަމުން ނުދުއްވިގެން އަނބުރާލަން އުޅުނު ވަގުތު. މީހުން ތިބީ ލައިފްޖެކެޓް ނާޅާ

މީހަކު މަރުވި ހާދިސާ ހިނގި ޑްރީމް ސްޕީޑް 2 ލޯންޗް

މިއަދު މީހަކު މަރުވެ ކުއްޖަކު ގެއްލުނު ހާދިސާ ހިނގި ލޯންޗުން ދަތުރުކުރި އެކަކު އެ ހާދިސާ ސިފަކުރަމުން ބުނީ އެއީ ހަޔާތުގައި މިހާތަނަށް އެންމެ ބިރުވެރި ހާދިސާ ކަމަށެވެ. ނަން ނުޖަހަން އެދި ވާހަކަ ދެއްކި މީހާ ކިޔައިދިން ގޮތުގައި ރާޅު އެރީ ލޯންޗު ފުރި އިރަށް ވުރެ ވެސް ކަނޑު ގަދަވެ ރާޅުތައް ބޮޑުވުމުން ދެން ދަތުރު ނުކުރެވޭނެކަން އެނގުމުން ހިކިފަސްތަނެއް އަތުޖެހޭތޯ ލޯންޗު އަނބުރާލި ވަގުތު އެވެ.

"ޑްރީމް ސްޕީޑް 2" ލޯންޗުން މާލެއިން ވ. ކެޔޮދޫއަށް ދާން އެރި މީހާ ކިޔައިދިން ގޮތުގައި ހަވީރު 4:15 ހާއިރު ދަތުރަށް ފެށިއިރު ވެސް ކަނޑު ވަރަށް ގަދަ އެވެ. އެކަމަކު ރިސޯޓުން ޗުއްޓީ ނަގައިގެން އައިސް ހުރުމުން އަވަހަށް ރަށަށް ދާން ބޭނުންވެފައި ހުރުމުން އޭނާ ގަސްތުކުރީ އޭގައި ދިއުމަށެވެ.

"ކައްޕި ދަތުރުކުރަން ހުރީމަ އިތުބާރުކޮށްފައި ލޯންޗަށް އެރީ. މީގެ ކުރިން ވެސް ކަނޑު ގަދަ ދުވަސް ދުވަހު ދަތުރު ކުރިން. ބިރެއް ވެސް ނުގަނޭ ގަދަ ކަނޑުގައި ދަތުރުކުރާ ކަށް. އެކަމަކު މި ދަތުރަށް ފަހު ދެން ވާނެ ގޮތެއް ނޭނގެ،" ލޯންޗު ކެޕްޓަނާ ކައިރީގައި އިން ސީޓެއްގައި އިނދެގެން ދަތުރުކުރި މީހާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ކ.އޮޅުވެލި ރިސޯޓާ ހަމައަށް ދެވުނު ހިސާބުން އާދަޔާ ހިލާފަށް ވައި ގަދަވެ، ބޮޑެތި ރާޅުތައް ނަގަން ފެށި އެވެ. ދެން ލޯންޗު ނުދުއްވޭނެކަން ކެޕްޓަނަށް ވެސް އެނގިގެން ލޯންޗު އަނބުރާލީ އެންމެ ކައިރީއޮތް ހިކި ފަސް ތަނަކަށް ދިއުމަށެވެ.

ލޯންޗު އަނބުރާލި ވަގުތަކީ ބޮޑު ރާޅެއް އައިސް ލޯންޗާ ހަމަވި ވަގުތެވެ. އެ ބިޔަ ރާޅު ލޯންޗުގެ މަތިން އަރައި ލޯންޗު އެއްކޮށް ދިޔަ ބޮޑުކޮށްލި އެވެ. ރާޅުގެ ގަދަ ބާރުން ލޯންޗުގެ އެއް ފަޅީގެ ސަތަރި ގަނޑު ފޫއަޅުވާލައި ލޯންޗު އެއް ފަރާތަށް ވަރަށް ބޮޑަށް އަރިވި އެވެ.

މި ހުރިހާ ކަމެއްވީ ފަހުން އެންމެ ލައިފް ޖެކެޓް އެޅީ. އޭގެ ކުރިން އެކަކު ވެސް ނާޅާ: ދަތުރުކުރި މީހެއް

އޭނާ ވެސް ރާޅާ އެކު ލޯންޗުން ބޭރަށް، ކަނޑަށް ވެއްޓުނީ އެވެ.

"ވަރަށް ކުއްލިއަކަށް ހުރިހާ ކަމެއްވީ. ވީނުވީ އެނގުނު އިރު އޮތީ ކަނޑުތެރޭ،" އޭނާ ބުންޏެވެ.

ބިޔަރާޅުތަކުގެ ތެރޭ ފެންމަތީ އޮވެ ސަލާމަތް ވެވުނީ ލޯންޗުން ވެއްޓުނު ބެކްޕެކެއް ހިފަހައްޓައިގެން އޮތުމުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ލޯންޗުގައި ދަތުރުކުރި މީހުންގެ ފޮށިތައް ވެސް އެ ރާޅާ އެކު ކަނޑަށް ދިޔަ ކަމަށެވެ.

ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދު ގެއްލިފައި އޭނާ ކަނޑުގައި 15 ވަރަކަށް މިނެޓް އޮތެވެ.

"އެވަގުތު ހިތަށް އެރި ދެން ސަލާމަތެއް ނުވާނެއޭ. އޭރު ކުރެވުނު އިހުސާސްތައް ކިޔައިދޭން ވެސް ނޭނގެ،" ހަޔާތުގެ އެންމެ ބިރުވެރި ތަޖުރިބާ އޭނާ ކިޔައިދިނެވެ.

ކަނޑުވި މީހުން ހޯދަނިކޮށް އޭނާ ވެސް ފެނި ލޯންޗަށް ނެގި އިރު ބޯ ވެސް އޮތީ ފެޅިފަ އެވެ. އެއީ ރާޅާ އެކު ވިއްސައިގެން ދިޔައިރު ލޯންޗުން ތަނެއްގައި ޖެހި ލިބުނު ޒަހަމެއް ކަމާާއި އެ ޒަހަމް އިންކަން އެނގުނީ ވެސް ލޯންޗަށް ނެގި ފަހުންނެވެ.

އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާ މަރުވެ އަދި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ގެއްލުނު މި ހާދިސާ ހިނގީ އާދާ ހިލާފަށް ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނިކޮށް ކަމަށް ވިޔަސް، "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނީ އެއްވެސް މީހަކު ދަތުރުމަތީގައި ލައިފްޖެކެޓް ނާޅާ ކަމަށެވެ.

"މި ހުރިހާ ކަމެއްވީ ފަހުން އެންމެ ލައިފް ޖެކެޓް އެޅީ. އޭގެ ކުރިން އެކަކު ވެސް ނާޅާ،" އޭނާ ބުންޏެވެ.

އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅު ހާދިސާ އަށް ފަހު ލޯންޗު ދިޔައީ ކ. ގުރައިދޫއަށެވެ. އެ ރަށަށް 6:30 ހާއިރު ގޮސް، ކަނޑުވި ނާހިދާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

"މިހާރު" އަށް ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ލޯންޗުން ދަތުރުކުރި އެންމެން ވެސް ތިބީ ވަރަށް ބޮޑު ޝޮކެއްގަ އެވެ.

44 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 89%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯޖް

18 October 2021

ކެޕްޓަން ހިފާ ހައއޔަރު ކުރުމައް ގޮވާލަން ދިވެހިން އުޅެނީ ކޮއްމެ ކަމެއްގަވެސް ހަެްދު ފަހަނަ އަޅާފަ ދޮންމީހު ް ރިސޯޓައް އުފުލާއިރު ލައިފއ ޖެކެޓް އަޅަން އެރިސޯޓުން އޮްނަނީ މަޖުބޫރު ކޮއްފަ ދިވެހިން ފީކަޅާ

The name is already taken The name is available. Register?

ނަރީމް

17 October 2021

ތީގެ ކެޕްޓަން ކުއްވެރިކުރަން. މޫސުމާ ބެހޭ އިދާރާއިންނާ އެމްއެންޑީއެފުން އޮތީ ކަނޑުދަތުރުކުރާއިރު ސަމާލުވާން އަންގާފަ. ކީއްވެ ލައިފުޖެކެޓު ނޭޅުވީ ދަތުތުވެރިން. ކަނޑުދަތުރުކުރާއިރު ކިތައްމެ ގަދަވިޔަސް ބިރެއްނުގަނޭ ބުނާތީ ހައިރާންވޭ. ބިރުގަންނަން ޖެހޭ އެބަ. ބިރުގަނެގެން ސަލާމަތީފިޔަވަޅު އަޅަން ޖެހޭ.

The name is already taken The name is available. Register?

މިކަމަކީ

18 October 2021

ކަމަކީ ކެޕްޓަން ހިސާބުން ނިންމާލެވޭނެ ކަމެއް ނޫން. ޓްރާންސްޕޯޓުގެ މެންޑޭޓަށް މިކަން ހަދައި ސޭފްޓީ އަކީ އޯޑިޓް ކޮށް އެންފޯސް ކުރެވޭ ކަމަކަށް ބަދަލުކުރަން ޖެހޭ

The name is already taken The name is available. Register?

ައަޙްމަދު

18 October 2021

ބިރުގަންނަން ވީ الله تبارك وتعالى އަށް. އޭރުން إن شاء الله ރަންގަޅުވާނެ. ތިމާ ކިތަންމެ މޮޅުވިޔަސް އެ މޮޅުކަން ތިމާއަށް ދެއްވި ފަރާތައް ޝުކުރުވެރިވާން ވާނެ.

The name is already taken The name is available. Register?

ޑުބާޑުބް

17 October 2021

މޫސުންގޯސްވާނެކަމަށް ބުނެފަ އޮއްވާ އެވަރު ކުޑަލޯންޗެއްގެ ކަނޑުމަށްޗަށް އެރިކަން ދެރައީ

The name is already taken The name is available. Register?

ވިނަވިި

17 October 2021

އަތޮޅުގެ ނިވަލުން ނެއްޓޭއިރު ރާޅުބޮޑުވާނެ ރާޅުހޮޅިވެސްލާނެ!އެފަދަ ގަދަދުވަހު ވިސްނަންޖެހޭނެ އެހާބިޔަ ރާޅުތެރޭ ސްޕީޑްލޯންޗެއް އަނބުރާލަން ޖައްސާއިރަށް އަޑިޔަށް ދިޔުން ބަންޑުންޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ!ދެރަކަމަކީ އހާގަދައިރު ދަތުރުފެށިކަން!ކޮވިޑުގެ ވެކްސިން މަޖުބޫރުކުރިފަދައިން ލައފް ޖެކެޓްއެޅުން މަޖުބޫރުކުރަން ވެއްޖެހެކަންނޭންގެ!

The name is already taken The name is available. Register?

ޖޯޖް

18 October 2021

ޚޮއްމެ ކަމެއް މަޖުބޫރުންތަ ކުރަން މިޖރހެނީ ލޯންޖު ދުއްވަން ހުރި ކުއްޖާ އަކީ ކުޑަ ކުއްޖެއްތަ އެއީކީ ނޫން ވާގޮތަކީ ތި.ާ މީހާގެ ފޮނިކަމާ ޖެހިލުން ކުޑަކަން ދައްކަން ދަތުރު ކުރީ

The name is already taken The name is available. Register?

ހުސެއިންރަޝީ

19 October 2021

ލައިފްޖެކެޓް އެޅުން މަޖުބޫރެއްނޫންތޯ؟؟؟

The name is already taken The name is available. Register?

ހަސަނު

17 October 2021

ވަރަށް ނުރައްކާތެރިކަމެއް އެ މެދުވެރިވީ.. ލޯންޗު އެއްކޮށް ބަންޑުން ޖަހާލުމުގެ ފުރުސަތުވެސް އޮންނާނެ.. އެހެން ވިނަމަ މަހިތަށް އަރަނީ މިހާރު މިހުންނަ ގޮތަށް ލޯންޗު ވަށައިގެން މުޅިން ބަންދު ކޮށްފައި ހުންނަ އިރު މީހުން އެތެރޭގައި ތާށި ނުވާނެ ބާވައޭ؟.. މިހާރުން މިހާރަށްވެސް ފަސިންޖަރުން އުފުލާ ކޮންމެ އުޅަނދެއްގާ ތިބޭ އެންމެން ލައިފް ޖެކެޓު އަޅައިގެން ތިބުން މަޖުބޫރު ކުރުން މުހިންމު..

The name is already taken The name is available. Register?

ކކކކ

17 October 2021

މައްސަލަ ހައްްލުކުރަންް އެވެސް ކަމެއް ނުކުރެވުނެއްނު.

The name is already taken The name is available. Register?

އިބުރާ

17 October 2021

ހާދިސާގެ މައުލޫމާތު ލިބުމާއި އެކު ހަމަ ހިތަށް އެރި "ލައިފް ޖެކެޓް ނާޅައޭ ތިބޭނީ" މިހެންވީ ވެސް. ސަލާމަތީ ބާރުތަކުން / ޔުނިފޯމް ބޮޑީތަކުން ދުއްވާ ލޯންޗްތަކުގައި ކަނޑުގައި އެންމެ ރާޅެއް ނެތަސް ބަރާބަރަށް ލައިފް ޖެކެޓް އަޅާނެ. އެކަމަކު އާންމު ދަތުރު ފަތުރު ތަކުގައި މިގޮތަކަށް ކަންތައް ނުކުރޭ. ލައިފް ޖެކެޓް އެޅިޔަސް ކަނޑުގައި މަރުވާން ހުރި މީހަކު އެގޮތުގައި މަރުވާނެ. އެކަމަކު ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކުރުމަކީ އެންމެ ރަގަޅު ގޮތް.

The name is already taken The name is available. Register?

ހަސަނު

17 October 2021

ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނަމަ މީހުން މަރު ވުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަން ޔަގީން..

The name is already taken The name is available. Register?

އެކްސްް

17 October 2021

"އޭނާ ކިޔައިދިން ގޮތުގައި ކ.އޮޅުވެލި ރިސޯޓާ ހަމައަށް ދެވުނު ހިސާބުން އާދަޔާ ހިލާފަށް ވައި ގަދަވެ، ބޮޑެތި ރާޅުތައް ނަގަން ފެށި އެވެ." އަތޮޅުގެ ނިވަލުން ނެއްޓުމުން ވައި ޖެހެމުންދިޔަ މިސްރާބުން ކެޕްޓަނަށް މިކަން ނޭނގުމަކީ ހިތާމަހުރި ކަމެއް. އިއްޔެ ވާދޫ ކަނޑަށް އެކަނި ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެ އިއްޔެ އެގަޑީގައި ދަތުރުކުރުމަކީ ކިހާ ނުރައްކާތެރިކަމެއްކަން.

The name is already taken The name is available. Register?

ހުސެން3ވ24234

17 October 2021

ސިނަމާލެ ބުރިޖް އެޅުމުގެ ކުރިން ހެލްމެޓް އެޅުމަކީ ވަރަށްވެސް ޖޯކު ކަމެއް ނަމަވެސް މިހާރު ހެލްމެޓެއް އަޅައިގެން މީހަކު ޖޯކެއް ނުޖަހާ.. ކަޑުދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމައް ހަދާފަ އިންނަނީ .. މިއީ ދިވެހިންގެ މައްސަލައެއް ! ލައިފްޖެކެޓް ނާޅާ ދަތުރު ކުރާ ކެޕްޓަނުންނައް ފިޔަވަޅު އަޅަންޖެހޭ އަދި ލޯންޗު ނޫނީ ބޯޓުގެ ހުއްދަ ބާތިލް ކުރަންޖެހޭ

The name is already taken The name is available. Register?

އައްޑޫ.

17 October 2021

ކަލޯގެއާ. ތިޔަ ސިނަމާލެ ހުރި ރަށް އޮތްތަނުގައި ކަނޑު އޮތް އިރުވެސް އައްޑޫސިޓީގައި ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެއް.

The name is already taken The name is available. Register?

ާއަޙަންމާ

18 October 2021

މިކަމުގަ ދެފަރަތުގެ އިހުމާލު އެބައޮތް. ދަތުރު ކުރާ ފަރާތުންވެސް ރައްކާތެރިކަމައް އިސްކަން ދޭން ޖެހޭނެ. ލައިފް ޖެކެޓް ކޮބާތޯ އަހަންވެސް ޖެހޭނެ. ނެތިއްޔާ ދަތުރައް ނާރާ. ދަތުރު ކުރަންޏާ ފަޅުވެރިން ޒިންނާދާރު ކުރުވަންވާނެ.

The name is already taken The name is available. Register?

ހާޖީބެ..

17 October 2021

ލައިފްޖެކެޓްނާޅާ ތިބީމަ ހުރިހާވެސް މައްސަލައަކީ ހިޔާފުލެޓުގަ ސިނގިރޭޓު ބޮއެފަ ވައްޓާލަނީ އެމީހުންނައްނޭނގެ ތިރީބައިގަ ތިބިމީހުން އަލިފާންރޯވެ މަރުވާނެ ކަމެއްވެސް ގައުމުގެ ހާލަތު ވެރިން އެބަތިބި ތަންފީޒީ އިދާރާތައް އެބައޮތް ުުުުުުުުުުުުުުުުުުުުުުުުުުުުުުުުު މުސާރަނަގާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454