ވިޔަފާރި / ބީއެމްއެލް

ކްރެޑިޓް ކާޑުގެ ލިމިޓް 750 ޑޮލަރަށް އިތުރުކޮށްފި

މީހަކު ކޭޝް ކާޑު ބޭނުންކޮޮށްގެން އޮންލައިން ޕޭމަންޓު ހަދަނީ-- ފޮޓޯ: ބީއެމްއެލް

ކްރެޑިޓް ކާޑު ބޭނުން ކޮށްގެން މުއާމަލާތްތައް ހިންގޭ ލިމިޓު 750 ޑޮލަރަށް ބީއެމްއެލް އިން މިއަދު އިތުރު ކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބީއެމްއެލް އިން ވަނީ ބޭރުގެ މުއާމަލަތްތަކަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭ ލިމިޓެއް ކަނޑައަޅައިފަ އެވެ. ފުރަތަމަ ލިމިޓެއްގެ ގޮތުގައި 250 ޑޮލަރު ކަނޑައެޅި އިރު މިދިޔަ ޖުލައި މަހު ވަނީ އެ އަދަދު 500 ޑޮލަރަށް އިތުރުކޮށްފަ އެވެ.

ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އަނެއްކާވެސް ލިމިޓް އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމެރިކަން އެކްސްޕްރެސްގެ ގްރީން އަދި ގޯލްޑް ކާޑު ގެންގުޅޭ ކަސްޓަމަރުންނާއި ވިސާގެ ކްލެސިކް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނާއި މާސްޓަކާޑުގެ ސްޓޭންޑަޑް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނަށް 750 ޑޮލަރާ ހަމައަށް ބޭރު ގައުމުތަކުގައި މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. މި ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކާޑުތައް ގެންގުޅޭ ކަސްޓަމަރުންގެ ލިމިޓު ވެސް އިތުރު ކޮށްފައިވާ ކަމަށް ބޭންކުން ބުންޏެވެ. އެ ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ ލިމިޓު މި ހަފުތާ ތެރޭގައި އަންގާނެ އެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތަކަށް އަދިވެސް ބޭނުން ކުރެވޭނީ މަހަކު 250 ޑޮލަރެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަަށް މަހަކު 750 ޑޮލަރު ބޭނުން ކުރެވޭނެ އެވެ.

ޑޮލަރު އެކައުންޓު ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ބޭނުން ކުރާ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމައަށް ބޭނުން ކުރެވޭނެ އެވެ.

މީގެ އިތުރުން ބޭސް ފަރުވާއަށާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ބީއެމްއެލް އިން ކާޑުތަކަށް ވަގުތީ ލިމިޓެއް ދޭނެ އެވެ. މި ލިމިޓު އިތުރު ކުރުމަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ އެވެ. މިއީ މިހާރު ވެސް ބޭންކުން ދެމުން އަންނަ ހިދުމަތެކެވެ.

ބީއެމްއެލް އިން ބުނީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި ކުރިއަށް އޮތްތާނގައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

11 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 7%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލިމިޓް

17 October 2021

ގަންނަން ލިބެން ނުހުންނަ މުދަލުގެ އަގު ކަނޑައަޅަނީ ކިހިނެއް؟ ޑޮލަރު ގެ ފެންނަން އޮންނަނީ ރޭޓޭއް ގަންނަށް ޑޮލަރެއްހާ މިންވަރުވެސް މިއިން ބޭންކަކުން ލިބޭކަށް ނުހުރޭ. ރޭޓް 15/42ރ. ބީއެމްއެލް ކްރެޑިޓް ކާރޑްގެ ލިމިޓް މިހާރު މައްޗަށް އަރައިފި 250 ން 750 އަށް، އޭގަ އެބައިނދޭ ކްރެޑިޓް ލިމިޓް، ވިތް ޑްރޯވަލް ލިމިޓް، ލޯކަލް އެންޑް އިންޓަރނޭޝަނަލް ލިމިޓް، ޑެއިލީ ލިމިޓް، ބީއެމްއެލް މިއީ ހަމަ ބޮޑު ޖޯކެއް! ބީއެމްއެލް، ޕޭމެންޓް ލިމިޓެޑް ކޮމްޕެނީ (ޕލސ)

The name is already taken The name is available. Register?

ހަސަންޓޭ

17 October 2021

ކޮަން ޑޮލަރުގެ ދަތިކަމެއް އޮންނާނީ، ކުރެވުނު ހުރިހާ ޓުއަރިޒަމް ރިލޭޓަޑް ވިޔަފާރިތަކުން އިންތިހާ ގެންދިޔައީ ޑޮލަރު ދަމަމުން. ކޮވިޑަކަށް ނުބަލާ. އަދި މީރާގެ 'ފައިދާ' ގެ ގޮތުގާ ލިބުނު ފައިސާ ގަ ބޮޑު އަދަދަކަށް އޫއެސް ޑަލަރު ލިބުނޭ ގޮވި.

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

17 October 2021

މިގައުމުގާ ވިޔަފާރިކުރާ ބޮޑެތި މަހުޖަނުން އެމީހުންނަށް ލިބޭއެއްޗެއްގެ %50 މިގައުމުގާ ބަހައްޓަންޖެހޭގޮތަށް ގާނޫނުތައް ހަދާބަލަ. އޮންނަނީ ސުޕަމެޖޯރިޓީދީފާ. ބޮލުގެނިސްބަތުން މިގައުމު ވާނެ އެންމެގިނައިން ޑޮލަރުވަންނަގައުމަަށް. އެކަމަކު އެއީ މިގައުމުގާ ތަދުއެއްޗެއް. ރާއްޖޭގެ ބޮޑުބައެއް މިގެންގުޅެނީ ދިވެހިރުފިޔާގެ ޑެބިޓުކާޑު. އެމީހުންގެ ހައްގަށް ވަކާލާތުކުރާނެ ބަޔަކުނެތް. ސަބަބަކީ އެމީހުން ނިކަމެތިވީމާ.

The name is already taken The name is available. Register?

ޗޮސްބެ

17 October 2021

މީ ދެން ވަރަށް ދެރަ މައްސަލައެއް. ކޮންމެ މީހެއްގެ ޑޮލަރު އެކައުންޓެއް، ނުވަތަ ކްރެޑިޓް ކާޑެއް ނޯވެދާނެ. އެކަމަކު ބޭރުން ލެޕްޓޮޕެއް، ފޯނެއްވެސް ގަނެނުލެވޭ ވަރުގެ ކުޑަ ލިމިޓެއް.... ބީއެމްއެލްގެ ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތަކަށް އަދިވެސް ބޭނުން ކުރެވޭނީ މަހަކު 250 ޑޮލަރެވެ.

The name is already taken The name is available. Register?

ރިސީވްވާނެގޮތް

17 October 2021

ޕޭޕަލް އިން، ސްކްރިލް އިން، ޔޫޓިއުބްއިން ފައިސާ ރިސީވްވާނެގޮތް މިގައުމުގެ ރައްޔިތުންނަށް ހަދާދޭށޭ.

The name is already taken The name is available. Register?

ރަސާދު

17 October 2021

އާނ، ބީއެމްއެލް މީ ބޮޑު ޖޯކަކަށްވެއްޖެ ބޭންކެއް.

The name is already taken The name is available. Register?

ހަސަން1111

17 October 2021

ޔޫޓިއުބް އިން ފައިސާ ރިސީވް ކުރަނީ ކިހިނެއް؟ ގޫގްލް އިން އަހަރެންނައް ފައިސާ ރިސީވްވެ ކޮންމެ މަހަކު 21 ގަ

The name is already taken The name is available. Register?

ޖުއްބާ

17 October 2021

ތިކަމައް އޮތް ހައްލަކީ ތިކަން ހުއްދަ ގައުމެއްގެ ބެންކެއްގަ އެކައުންޓެއް ހުޅުވައިގެން ތިކަން ކުރިއައް ގެންދިޔުން. ރާއްޖެކަހަލަ 4ވަނަ ދުނިޔޭގެ ގައުމެއްގަ ރައްޔިތުން ތިބޭނީ އޮބަހައްޓާފަ، އެއްވެސް މާލީ މިނިވަންކަމެއް ނޯންނާނެ.

The name is already taken The name is available. Register?

ހުސެންެރ324

17 October 2021

މިއީކީ ހައްލެއް ނޫން ! ކްރެޑިޓް ކާޑްގެ ލިމިޓްގައި 2000 ޑޮލަރު އިނީޔާ އެންމެ މަދުވެގެން 2000 ޑޮލަރު މަހެއްގެ މައްޗައް ކެޑެންވާނެ ! 750 ޑޮލަރު އެއް ނޫން ބޭންކުން ދީފަ އިންނަ ލިމިޓަކީ

The name is already taken The name is available. Register?

ަނަައި

17 October 2021

ލިމިޓާއި އެއްވަރައް އަބަދުވެސް ކެނޑޭނެ. ކަލެއަައް ޑޮލަރު ވިއްކަން ބޭންކަކުން ލާޒިމެއް ނުވާނެ، އެވަރު ދޭކަންވެސް ޝުކުރު ކޮއްބަލަ.

The name is already taken The name is available. Register?

ހުސެން32423432432

17 October 2021

ލިމިޓާއެއް ވަރަކައް ނުކެޑޭތީ އެއްނު 750 ޑޮލަރުގެ ލިމިޓެއް އައިސްގެން މިއުޅެނީ .. ވާނުވާ ނޭގިގެން ކޮމެންޓު ނުކުރޭ !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454