ޚަބަރު / މަރު

ރަސްމީ ފާލަން ކައިރީގައި މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

އިއްޒުއްދީން ފާލަން: އެ ފާލަން ކައިރިން މޫދަށް ވެއްޓުނު މީހަކު ވަނީ މަރުވެފައި-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ އަށް މިއަދު ހެނދުނު ކުރަމުންދާ ވިއްސާރައިގެ ތެރޭގައި ރަސްމީ ފާލަން ކައިރިން ބޭރު ތޮަށިގަނޑުމަތީގައި މަސް ބާނަން ހުރި ދިވެއްސަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން "މިހާރު" އަށް ބުނީ، އުމުރުން 59 އަހަރުގެ އެ ފިރިހެންމީހާ މޫދަށް ވެއްޓުނީ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.

އޭނާ މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 6:52 ގަ އެވެ. އެ މީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް 7:20 ގައި އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

މިއަދު ހެނދުނު މާލެ އަށް ވައި ޖެހިފައި ވަނީ ގަޑިއަކު 22-27 މޭލާ ދެމެދުގަ އެވެ. ކޮޅިގަނޑުގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 50 މޭލަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވައިގަދަވެ، ވިއްސާރަ ކުރަމުންނެވެ. އެހެންވެ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އަންގައިފަ އެެވެ.

ރާއްޖޭގެ މޫސުން ގޯސްވެ މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި އަންހެނަކު މަރުވެ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ވަނީ ގެއްލިފަ އެވެ. އެމްއެންޑީއެފުން އަންނަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.

11 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 84%
icon angry icon angry 11%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުތާ

18 October 2021

ހިތް ހުއްޓިގެން ކަމަށް ބެލެވެނީ. އޭރު އެތާ ތިބި މީހުން ބުނީ ވައިގަދަ ވެގެންނެއް ނޫނޭ ވެއްޓުނީ.

The name is already taken The name is available. Register?

mRNA vaccines

18 October 2021

މަރު ޖެހުނީމަ ކުރާނެ ކަމެއް ނޯންނާނެ. މަރު އަތުވެދާނެ ކަނޑު އަޑިންވެސް. މަރުގެ ކަންތައް ދާ ގޮތާއިމެދު ސުވާލު އުފެދިގެން ނުވާނެ

The name is already taken The name is available. Register?

ތްރީ

18 October 2021

ވައިގަދަވަގެން މިގައުމުގަ މީހަކު ވެއްޓުނު ވާހަކަ އަލަށް މި އަޑު އެހީ. މޫދާ ކަނޑާ ގުޅޭ އެހާ ގިނަ ހާދިސާ ހިނގުމުން މޫސުން ވަރަށް ނުރައްކާތެރިވެއްޖެ ކަމަށް ފެންނަނީ.

The name is already taken The name is available. Register?

އައްޔަ ބޮޑޭ

18 October 2021

ކޮންކަހަލަ މަހެއްބާނަންބާ! އެހާފަތިހާ މިހާވައިގަދަ އިރުއެދިޔައީ!

The name is already taken The name is available. Register?

ރާއްޖެ މަންޖެ

18 October 2021

ވައި އެހާ ގަދައިރު ކީކުރަން ތޮށިމައްޗަށް މަސްބާނަން އެކަނި ދާންވީކި. إِنَّا الله وإنا إليه راجعون

The name is already taken The name is available. Register?

ޯދޮން ކަލޯ

18 October 2021

ޢެބޭބެ އަކީ މަސް ގަނެވޭ ފެން ވަރު ނެތް ބޭބެ އަކަށް ވެދާނެ ނޫންތޯ

The name is already taken The name is available. Register?

އަހުމިއްޓޭ

18 October 2021

ވައިގަދަވެ މޫސުން މިހާގޯސްވާއިރު މިކަހަލަ ހާދިޘާ ނުހިނގާނެހެން ގަވާއިދުހަދާ ތަންތަނުގަ ނޯޓިސްހިއްޕަބަލަ. ޢަމަލު ނުކޮއްފިނަމަ ހައްޔަރުކުރޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

18 October 2021

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

The name is already taken The name is available. Register?

ސަި

18 October 2021

މައްޔިތާގެ ފުރާނައަށް ރަޙްމަތްލައްވާށި، ހާދަ ދެރަވަރު ހިތާމަވެރި ހާދިސާތަކެކޭ މި ހިނގަނީ. ރައްކާތެރިވެލައްވާ.

The name is already taken The name is available. Register?

1234

18 October 2021

މަސްބާނަންދާންއިރުވެސް ލައިފްވެސް އަޅަން ވީ…

The name is already taken The name is available. Register?

ހުސެން324ޠޠ

18 October 2021

މިއޮއް ވައިގަދަ އިރު މަސްބާނަން ނުދާންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454