ޚަބަރު

ކަރަންޓު ބިލް ނުދައްކައިގެން 17 ކައުންސިލަކަށް ފަހުގެ އިންޒާރުދީފި

ދ. ބަނޑިދޫ-- ފޮޓޯ: ބަނޑިދޫ ކައުންސިލް/ ފޭސްބުކް

ކަރަންޓު ބިލަށް ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވާ 17 ރަށު ކައުންސިލަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ކަރަންޓު ބިލަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހި، އެ ބިލުތައް ނުދައްކާ ބައެއް ކައުންސިލުތައް އެބަ ހުއްޓެވެ. އެހެންވެ، އެތައް އިންޒާރެއް ދީގެން ވެސް ބިލް ނުދެއްކުމުން މިހާރު ފެނަކައިން ދަނީ ކައުންސިލް އިދާރާތަކުން ކަރަންޓު ކަނޑާލަމުންނެވެ. އިއްޔެ ނ. މާފަރު ކައުންސިލުން ކަރަންޓު ކަނޑާލާފައިވާއިރު މިއަދު ވަނީ ދ. ބަނޑިދޫ ކައުންސިލުން ވެސް ކަރަންޓު ކަނޑާލައިފަ އެވެ.

ފެނަކައިގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި މަހު 17 ކައުންސިލަކަށް ފަހުގެ އިންޒާރު ދީ އެ ކައުންސިލުތަކުން މިމަހުގެ 20 ގެ ކުރިން ފައިސާ ދައްކަން އަންގާފައިވާ ކަމަށެވެ.

"މިމަހުގެ 20 ގެ ކުރިން ދެއްކުމަށް އަންގައި ނޯޓިސް ފޮނުވީ. އޭގެ ކުރިން މިދިޔަ ހަތަރު ފަސް މަހު އެ ކައުންސިލްތަކަށް ނޯޓިސް ފޮނުވާފައި އަދި ހަނދާން ވެސް ކޮށްދެމުން މި އައީ ބިލު ދެއްކުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެތަންތަނަށް އަލުން ކަރަންޓު ދޭނީ ދައްކަން ޖެހޭ ފައިސާ ދެއްކުމުން ނުވަތަ ފެނަކައާ މަޝްވަރާކޮށްގެން ވަކި ގޮތެއް ހަމަޖެއްސުމުންނެވެ. އެގޮތަށް މަޝްވަރާކޮށްގެން ބައެއް ކައުންސިލްތަކަށް އަލުން ކަރަންޓުދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ސިޓީ ފޮނުވާފައި ކައުންސިލްތަކަށް އެކި ފަހަރު އެކި މުއްދަތުދީފައި ހުންނާނީ ފެނަކައިން. އެވަރުން ވެސް ބިލު ނުދެއްކީމަ މި ކަނޑާލަނީ،"

އޮފިޝަލް ވިދާޅުވީ ކަރަންޓު ކަނޑާލުމުގައި ވަކި ކައުންސިލެއް ނުބަލާނެ ކަމަށެވެ. ކައުންސިލުތަކުން ވެސް ކަރަންޓު ކަނޑަނީ އާންމު ގެތަކުން ވެސް ބިލު ނުދެއްކުމުން ކަރަންޓު ކަނޑާލާ އުސޫލުންނެވެ.

މާފަރު ކައުންސިލުން ވެސް ނުދައްކާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އޮތްއިރު ކައުންސިލުގެ ދަށުން ހިންގާ އިމާރާތްތަކުގެ ކަރަންޓު ބިލު ވެސް ހުރީ ނުދައްކަ އެވެ.

މިދިޔަ ތިން އަހަރު ބަނޑިދޫ ކައުންސިލު އިދާރާގެ ކަރަންޓު ބިލު ދައްކާފައިނުވާތީ އެތަނުން ވެސް ކަރަންޓު ކަނޑާލީ އެތައް ފަހަރަކު އިންޒާރު ދިނުމަށް ފަހު އެވެ.

ބަނޑިދޫ ކައުންސިލުން ފެނަކަ އަށް ދައްކަން ޖެހޭ 1.5 މިލިއަން ރުފިޔާ އެބަ އޮތެވެ.

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 10:15 ހާއިރު އެ އިދާރާގެ މަސައްކަތްތައް ކުރިއަށްދަނިކޮށް ކަރަންޓު ކަނޑާލާފައިވަނީ ބިލުތައް ނުދައްކާ ނަމަ، ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރާއި ނޯޓިސް އެތައް ފަހަރު ދިނުމަށް ފަހު ކަމަށެވެ.

"އިއްޔެ ވެސް އަޅުގަނޑަށް ފެނަކައިން ގުޅާފައި ބުނި ހެޑް އޮފީހުން އަންގައިފިއޭ މިހާރު ކަރަންޓު ކަނޑާލަން. މީގެ ކުރިން ވެސް އެތައް ފަހަރު ބުނި ކަރަންޓު ކަނޑާލާނަމޭ ބިލު ނުދައްކައިފިއްޔާ. އެކަމަކު އަދި ކިރިޔާ ބިލު ނުދައްކައިގެން އެ ކަނޑާލީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކައުންސިލުން ކަރަންޓު ކަނޑާލި ނަމަވެސް ޕެންޑިންގައި ހުރި ބިލްތައް ދެއްކެން އޮތީ ފިނޭންސް މިނިސްޓްރީން އެހީވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލާ ހަވާލުވިއިރު ވެސް 1.3 މިލިއަން ރުފިޔާގެ ކަރަންޓު ބިލު ނުދައްކާ އޮތެވެ. އެއީ 2019 އިން ފެށިގެން އެއްވެސް ބިލެއް ދައްކާފައިނުވާތީ އެވެ. އަދި މިއަހަރު ކައުންސިލާ ހަވާލުވިއިރު ބިލު ދެއްކުމަށް ބަޖެޓްގައި ހުރީ 4،000ރ. ކަމަށާއި އެހެންވެ ކުރީގެ ބަޖެޓް ރިވައިޒްކޮށް ކަނޑައެޅީ އޮކްޓޫބަރުން ފެށިގެން ބިލު ދެއްކުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު ހަވާލުވިއިރު ވެސް އެހާ ބޮޑު އެއްޗެއް އަރާފައި އޮތީމަ އަޅުގަނޑުމެން މިސްކިތުގެ އޭސީތައް ކަނޑާލައި ކައުންސިލުގެ ވެސް ބައެއް އޭސީތައް ކަނޑާލީ ކަރަންޓު ހަރަދު ކުޑަކުރަންވެގެން. މަގު ބައްތީގެ ވޯލްޓޭޖް ވެސް ދަށްކުރަން އޮތީ ނިންމާފައި،"

ކަރަންޓު ބިލުތައް ދެއްކުމަށް ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީގައި ވެސް އެތައް ފަހަރު އެދިފައިވެ އެވެ. އެގޮތަށް ކުރެވުނު މަޝްވަރާގެ ދަށުން ބައެއް ފައިސާ ހަމަޖެހޭނެ ކަމުގެ ފެހި ސިގްނަލެއް ވެސް ލިބުނު ކަމަށް އޭނާ ވިދާޅުވެ އެވެ.

"ކުރިން ކައުންސިލުތަކުން ދައްކަން އޮވެފަ ދައުލަތުން ބިލު ދައްކާ ގޮތަށް އޭރު ރައީސް ޔާމީންގެ ވެރިކަމުގަ ބަދަލުވި. އޭރު ދައުލަތުން ދައްކަން ޖެހޭ ފައިސާ އިން ވެސް 150،000 އެއްހާ ރުފިޔާ ނުދައްކާ އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ބިލުތައް ދެއްކުމަށް ކައުންސިލަށް ދަތިވެފައި ވަނީ ކައުންސިލުގައި އެވަރަށް ބަޖެޓް ނެތުމުންނެވެ. މިއަހަރަށް ކުރިން ހަ މިލިއަނެއްހާ ރުފިޔާދޭން ކަނޑައެޅި ނަމަވެސް ފަހުން ކޮވިޑާ ހެދި ލިބުނީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

"ބަޖެޓްގެ ހާލަތުގައި ހުރި ގޮތުން ގްރާންޓުގެ ދަށުން ވެސް ޕެންޑިން ބިލުތައް ދެއްކެން ނެތީ. އެ ލިބޭ ބެޖެޓުން މުވައްޒަފުންގެ މުސާރަ ދޭން ވެސް އެބަ މިލިއަނެއްހާ ރުފިޔާ އަރާ. އޭގެން ބާކީ ވަނީ މަދު އެއްޗެއް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ޕްރީސްކޫލުގެ ބިލު ވެސް ނުދެއްކޭ. އެކަމަކު އަދި ކަރަންޓު ކަނޑާލީ ހަމައެކަނި ކައުންސިލުން."

ކަރަންޓު ކަނޑާލުމުން ކައުންސިލުގެ ހިދުމަތްތައް ވެސް ހުއްޓިފައިވާއިރު އެކަން މިހާރު އެލްޖީއޭ އަށް ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލް ނުދައްކައިގެން މިފަަހަރު ކަރަންޓު ކަނޑާލި އެއްވެސް ކައުންސިލަކަށް އަދި އަލުން ކަރަންޓެއް ނުދެ އެވެ.

މާފަރާއި ބަނޑިދޫގެ އިތުރުން ދެން ބިލުތައް ނުދައްކައިގެން ނޯޓިސް ފޮނުވި ރަށްތަކެއް ސާފެއް ނުވެ އެވެ.

15 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންޓެލިޖެންސް121

22 October 2021

ކަރަންޓެއް ނުކެޑޭނެ އެއީ ދައުލަތުގެ އިދާރާތައް... ފެނަކަވެސް އެއީ ދައުލަތުގެ އިދާރާ، ރައްޔަތުންގެ ޓެކްސް ފައިސާއިންވެސް ދެތަން ހިނގަނީ.... ފެނަކަ ސައީދު ސައިޒް އޮޅިގެން އުޅެނީ... މާދަމާ އެސްޓީއޯއިން ނިކުމެ ސްޓެލްކޯ ތެޔޮއެޅުން ހުއްޓާލާ، އެއާރޕޯޓް ޖެޓްފިއުލް ދިނުންހުއްޓާލީމަ ކިހިނެއްތޯވާނީ!!!

The name is already taken The name is available. Register?

ނުއަލިމަގު

22 October 2021

ރާއްޖޭގެ އެތައް މިތާ ޕޮލިސް ސްޓޭޝަންތަކާ ސިފައިންގެ މަރުކަޒުތަކާ ކޯޓުތަކާ އެހެނިހެން މުއައްސަސާތައް އެބަހިންގާ . އެތަންތަނުން ފައިސާ ނުދައްކާ ކިތަޢް މިލިޔަން އެބަހުރި. ކިތައް އިމާތާތް އެބަހުރި. މިތަންތަނުން ކަރަންޓު ނުކަނޑާ ރައްޔިތުންގެ ޢާންމު ޚިދުމަތުގެ މަގުތަކާ ކައުންސިލްތަކުން ކަރަންޓް ކަނޑަމުން ގެންދިއުމަކީ ފެނަކައިން ރާއްޖެރޭ ރައްޔިތުންނަށް ޢާންމު އުނދަގޫކޮށް ޖެއްސުން ކުރުން. ފިނޭންސް މިނިސްޓަރ އިސްތިއުފާ ދެއްވާފަ ގޭގައިހުންނަވާ.

The name is already taken The name is available. Register?

ދެބޯގެރި ހަބޯ

22 October 2021

ކައުންސިލްތަކުން ބޭކާރު އެތައް އެތައް ހަރަދެއްކުރޭ އަދި ރައްޔެތުންނައް ފައިދާއެއްނުވާ އެތައް އެތައް އެއްޗެއްގަނެ ކޮންމެ ކައންސިލަރަކައް ލެޕްޓޮޕާ އެހެނިހެން ތަކެތިވެސް ކުޅިވަރައް ގަންނައިރު ކަރަންޓްބިލްނުުދެއްކޭ އެކަމަކް އޮފީހުގެ ފޯންބިލް ބަރާ ބަރައް ދެއްކޭ އިންޓނެޓްކުރާހަރަދު ކޮންމެމަހަކު ނެޓްކަޑާލުމުގެ ކުރިން ދެއްކޭ ހަމަ ކައުންސިލް ތަކުގެ ކަރަންޓް ކައުންސިލް ތަކުން ކަޑަންވީ ބަޖެޓް ހަރަދުކުރަނީ ކުޅިވަރައް

The name is already taken The name is available. Register?

ބޮޑުމީހާ

21 October 2021

ދައްކާނެ ކަމެއް ނެތް. ކައުންސިލަރުންގެ ޖީބުންތަ ދޭންވީ. ފިނޭންސުން ނުދޭ ފައިސާއެއް ކައުންސިލުން ކިހިނެއް ދޭނީ! ފެނަކަ އެމްޑީގެ މުސާރައަށް 150000 ރުފިޔާ ދީފަ ސިޔާސީ އެތައް މަގާމުތަކެއް އުފައްދައިގެން އަޅަންނުޖެހޭ އެތައް ރަށެއްގެ އޮފީސް އިމާރާތް އަޅަައިގެން ހިންގާ ޖަރީމާތަކަށް ފަންޑުކުރަންޖެހޭނީ ރައްޔިތުން. ދައުލަތުގ ހުރިހާ މުދަލެއް މާލެ ސަރުކާރުން އަތްބޮޑިއަށް ލައިގެން ކައުންސިލްތަކަށް ބައިރުފިޔާ ދީގެން މިކަމެއް ނުވާނެ

The name is already taken The name is available. Register?

ނައިކަ

21 October 2021

ކޮންމެ އޮފީހަކަށަ ބަޖެޓެއް ދީފަ އޮންނަނީ ކަމަކު ދޯ؟؟ ބަޖެޓުގެ ބޭރުން ހިތުހުރިވަރަކަށް ފައިސާ ދޫކުރަން އޮންނަ ތަނެއް ނޫން ފިނޭންސަކީ.. ކައުންސިލަށް ކަންކަން މެނޭޖުކުރަން ނޭނގި އިސްރާފު ބޮޑުވީމަ އަދިވެސް އެހެން މީހުން ބޮލަށް ފޫޅުކަނޑަން ތިޔަ ދިމާކުރަނީ.. ޤާބިލު މީހުން ހޮވާބަލަ ޕާޓީކުދިންނ ތިމާގެ ކުދިން ނުހޮވާ؟؟

The name is already taken The name is available. Register?

ހަސަން.

22 October 2021

ބަލަ ކަރަންޓް އަށް ބަޖެޓް ކޮށްފައޮތް ބައި ވެސް ނުދީގެންނޭ އެ އުޅެނީ.

The name is already taken The name is available. Register?

ސުލައިމާން

21 October 2021

ތިކަމުގެ ޒިންމާ ނަގަންޖެހޭނީ ފެނަކައިން.ކީއްވެ ބިލަށް އެވަރަށް އަރާއިރު ކަރަންޓް ކަނޑާނުލާ ބާއްވަނީ؟ދެން ކިހިނެއް ތިވަރުގެ އަދަދެއް ދައްކާނީ؟ކައުންސިލް ރައީސްތަ؟މިހާރު ވެސް ސިޔާސީ ބޭނުމަށް ބައެއް ރެސްޓައުރަންޓް ،ކެފޭ އަދި މީހުން ދިރިއުޅޭ ގެތަކުގެބިލް އެތައް މަހެއްވަންދެން ނުދައްކާ އެބައޮވޭ.ފެނަކައިން ކަރަންޓް ކަނޑާލަނީ ފެނަކަ ސައީދު ހިތަށް އަރާ ގެޔަކުން.

The name is already taken The name is available. Register?

ރެނދަން

21 October 2021

މާލޭގަ ނުޖެހޭ ފެނަކަ އޮފީސް ހިންގާކަށް. ހުސް އިސްރާފު ހަމަ. އަބަދުވެސް އެއްހާލެއްގަ

The name is already taken The name is available. Register?

ރެނދަން

21 October 2021

ފެނަކައިން ރަށްރަށުގެ ބޮޑެތި ބިންތަށް ހިފާގެން، އެއްވެސް ބިމު ކުއްޔެއް ނުދައްކާ އިންޖީނުގެ ހިންގާއިރު، މަގު ބައްތި ދިލުމާ، މިސްކިތާ، މިހެން ގޮސް ފަބްލިކް ގުޑްސްތަކުން ބޮޑު ރޭޓުގަ ކަރަންޓް ފީ ނަގައިގެން ކުރާ ކަމަކީ ކޮރަޕްޝަން ހިންގުން. މިހާރުވެސް ބައެއް ރަށްރަށުގަ ބޭނުންނުވާ ވަރުގެ ޕރޮޖެކްޓް އެބަ ހިންގާ. އަބަދުވެސް ތެލުން ވައްކަން ކުރޭ.... ބާ އިންޖީނު ގެނެސް އައު އެއްޗިސް ކަމަށް ދައްކާ. ރިނިއުބަލް އެނާރޖީ އަށް މޫވް ކުރަންވީ އަވަހަށް.

The name is already taken The name is available. Register?

ގސފސ

21 October 2021

ފެނަކަ ވެސް ހާދަ ހެއްވައެ. މަގޯތި އެންމެ ބިލެއް ނުދައްކާ އޮވެގެން ކަނޑާލީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 October 2021

ފެނަކައަށް އަހަރުމެން ފައިސާދައްކަނީ ފެނަކައިގެ ހިދުމަތެއްނެތް ކ.އަތޮޅު މާލޭގައި ހެޑްއޮފީސް ހަދައިގެން އެތަނުގައި އެތަނުގައި ތިބި އެތައްސަތޭކަ މީހުނަށް ބޮޑު މުސާރަ ދޭކަށްނޫން. # ފެނަކައިގެ ހެޑްއޮފީސް އައްޑޫސިޓީ، ތިނަދޫ، ލާމް އަތޮޅު ނުވަތަ ކުޅުދުއްފުއްޓަށް ބަދަލު ނުކުރާނަމަ ފެނަކައިގެ އިންޖީނުގެ ހުންނަ ބިމުން މާލޭގެ ބިންތަކުގެ ކުއްޔާއި އެއްވަރުގެ އަގެއް ނަގާން ކަޑައަޅާ. ބިމުގެ ކުލި ހިލޭ ކުރާކަށް ނުޖެހޭނެ. މާލޭ އޮފީސްވެސް ހުންނަނީ ކުއްޔަށް ހިފާފަ.

The name is already taken The name is available. Register?

ކުމްކުމް

21 October 2021

ކައުންސިލުތަކަށް ނަގާފަ ތިބި މީހުންގެ ޒިންމާދާރުކަން ތިޔަހަރަ ފެންނަނީ. ދެން ރައްޔިތުން އުޅެންޖެހޭނެ ހާލެއް އަދި ނޭނގެ ތިޔަ ރަށްރަށުގައި. އަދި އިތުރުކޮށްލަން ފެންނަނީ ކައުންސިލަރުންގެ އަދަދު، ބިލުތައް ބަރާބަރަށް ދައްކާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454