ޚަބަރު / ލާމު ލިންކް ރޯޑް

ލާމު ލިންކު ރޯޑުން ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފި

ފުލުހުންގެ ކާރެއް އެކްސިޑެންޓްވެފައި--

27 އޮކްޓޯބަރ 2021 - 09:59

27 comments

ލ. ގަމު ލިންކު ރޯޑުން ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި ފުލުހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ޕޮލިސް ކާރު ފޮރޮޅާލި އިރު އެ ކާރުގައި އިނީ ދުއްވަން އިން ފުލުސް މީހާ އެކަނި ކަމަށާއި އެއީ ވެހިކަލް ދުއްވުމުގެ ލައިސެންސް އޮންނަ ފުލުހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ފުލުހުންގެ ކާރު އެކްސިޑެންޓުވީ ލިންކު ރޯޑުގައި އޮންނަ ބޮޑު ބެންޑަކާ ދިމާލުން ކަމަށެވެ. އެއީ މީގެ ކުރިން ވެސް އެކްސިޑެންޓުތަކެއް ހިނގާފައި ހުރި ދިމާލެކެވެ.

"ގަމުން ފޮނަދޫއާ ދިމާލަށް ދާއިރު އިންނާނެ ބޮޑު ބެންޑެއް. އެހާ ހިސާބުން ފުލުހުންގެ ކާރު ކޮންޓްރޯލް ނުވެ ފޮރޮޅާލީ،" ޒަކީ ވިދާޅުވި އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުން ގަސްތަކުގެ ތެރޭގައި އޮތީ ފުށުން ޖެހިފަ އެވެ.

އެކްސިޑެންޓުގައި ފުލުސް މީހާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިބެ އެވެ.

27 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 59%
icon angry icon angry 6%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުދު

27 October 2021

މިކުދީން ދުއްވާ ސްޕީޑް ކަމާބެހޭ އިދާރާތަކަށް އެގޭބާ!!!!!!

The name is already taken The name is available. Register?

އެލެކޮސް އޮބި

27 October 2021

ދައުލަތުގެ މުދަލަށްދެވޭ ގެއްލުންތައް ބެލެންވާނެ. ޒަމާނުއްސުރެއް ދައުލަތުގެ މުދާ ތަންތާގައި އުޅޭމުވައްޒަފުން އަމިއްލަ ބޭނުންތަކަށް ބޭނުންކުރޭ، ލިއުމުގަ "މަނާ" ޖެހުމަކުން ނުފުދޭ އަމަލީގޮތުން ބެލެންޖެހޭނެ. ޒިންމާވާ ވެރިންނާ ސުއާލުކުރެވި ބަދަލު ހޯދެންޖެހޭ.ދައުލަތުގެ މުދަލުން އިސްރާފުކުޑަކޮަށް އެހެން މަސްރޫއުތަކަށް މިފައިސާ ހަރަދުކުރެވޭނީ އޭރުން. ކޮބައިބާ ފުލުހުންނަށް ދިން ބައިސްކަލުތައް؟ ނޫސްވެރިންވެސް އެބަޖެހޭ މިކަން ބަލަން ބޮލީވުޑަށް ވުރެއް ބޮޑަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 October 2021

ތަމްރީނުކޮށްފައިނެރޭ ގިނަފުލުހުންނަށް ޓްރެފިކްގެ އެންމެއަސާސީ މިންވަރުވެސްނޭގޭކަމަށް ބުނުމުން އެއަށް ރައްދުދިނުމުގެބަދަލުގައި ފުލުހުންގެ އިސްވެރި މިދައްކަނީ ރަނގަޅު ބަރުދަނެއް ހުރިވާހަކަތޯ ބަލާލުންރަނގަޅު. # މާލޭގައި އިމާރޖަންސީ ހާލަތްތަކުގައި ދުއްވާ ފުލުހުންގެ އުޅަނދުތަކާއި ހޮސްޕިޓަލް އެމްބިއުލާންސްވެސް ބީކަން ޖައްސައި ސައިރަންއަޅަމުން ދުއްވާއިރު ލޭންދޫކޮށް މަގުގެ އަނެއްފަރާތުގައި ވެހިކަލްގަތިބޭމީހުނަށް ނުރައްކާވާގޮތަށް ދުއްވުމަކީ އާންމު ކަމެއް.

The name is already taken The name is available. Register?

ލޯޔަރު

27 October 2021

ޖުމުލަގޮތެއްގައި ފުލުހުންގެ މުއައްސަސާއަކީ މިޤައުމުގައި އޮތް އެއްވެސް ޒިއްމާދާރު ކަމެއްނެތް މުވައްސަސާއެކެވެ. ރައްޔިތުންގެ ޙައްޤުތަކާމެދު ކުޑަވެސް އަޅާލުމެއްނެތް ބަޔަކު އުޅޭ ތަނެކެވެ.

The name is already taken The name is available. Register?

ތޭރިއެމްވީ

27 October 2021

100 ގެ ވާހަކައެއް

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

27 October 2021

މިމައްސަލައިގަ ކުށްވެރިވާނީ ތިޔަ ކާރުގެ ފޮޓޯ ނަގާފަ ހާމަކުރި މީހުން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

27 October 2021

40 ކމ ވެސްކޮންޓުރޯލުން ނައްޓައިފިޔާ ފުރުޅާލަން ހެއޮވަރު ސުޕީޑެއް! ޔޫރަބައްރުގަ ލިއްކުރޯގެ ސުޕީޓަކީ 100 ކމ އަމިލަތަޖުރިބާޔާ ލައިސަންނެގިއިރު ކިއަވައިދިން އެއްޗެއްސައް ބަލާފަ ބުނެވޭނީ ތިކަލަ ކަތައް ދިމާވަނީ ސަމާލުކަން ކުޑަވުމުންނާ ނުވަތަ ނުފަރިތަކަ ވެގެންނޭ! އަޅުގަނޑު ލިންކުރޯޑެއްގަ 90 ކމ ވުރެ މަޑުން ނުދުއްވަން ހައިވޭގަ 130 ކމ

The name is already taken The name is available. Register?

ޑުރައިވަރެއް

27 October 2021

މީގަ އަނެއްހެން މާބޮޑު މައްސަލައެއް އޮތް ކަމަކައް އަހަރެން ނުދެކެން .... ހައި ސައިޑައް ފުރޮޅާލުމަކީ ހަމަ އެކަނި ސްޕީޑް މަތިވެގެން ވާކަމެއް ނޫން ... ޓަޔަރ ނުވަތަ ވީލް އިޝޫ އަކުން ވެސް އެހެން ވެދާނެ .. ނޫނީ ކޯނަރިނގްގަ ވީލް ހުއްޓާ އުނބެއް ފަދަ އެއްޗެއް މައްޗައް އެރުމުން ވެސް އެކަހަލަ ކަމެއް ހިނގުން އެކަށީގެން ވޭ ... ބުނެ އުޅޭ ބުޅި ކެނޑޭނީ ކެޔޮޅު އަތުންނޭ

The name is already taken The name is available. Register?

ކޮވެލި

27 October 2021

ތިވަރު ކުޑަ. ފުލުހުންގެ ތެރޭގައި ގިނައީ ރޯޑް ސޭފްޓީ ރޫލްސް ނޭގޭ މީހުން. މަގުގެ ނުބައި ފަޅިން ދުއްވުމާ ވެހިކަލްތަކުގައި އެމަޖެންސީ ނޫން ޙާލަތްތަކުގައި ސްޕީޑް ކުރުމަކީ އެމީހުން ޢާންމު ކޮށް ކުރާ ކަމެއް. ބޭރު ގައުމުގައި ހުންނަ ކަހަލަ މަގު ހަދަނީ. އެކަމަކު ރޯޑް ޓްރެފިކް ކޯޑް އަދި ޓްރެއިނިންގ އޮންނަނީ ބަންގާޅު ފެންވަރުގައި.

The name is already taken The name is available. Register?

ކުޑަކަތީބު

27 October 2021

ހާލަތަށް ބަލާފަ ދުއްވާ ބެފުޅުން!

The name is already taken The name is available. Register?

އަހުމަދު00998

27 October 2021

ތީ މާބޮޑު ކަމެއްނޫން . އައްޑޫ ގެމަގު މަތީގަައި ޕޮލިހުން ވެހިކަލް ދުއްވާ ސްޕީޑަކީ ޔުނިފޯމުގެ ނާޖާއިޒު ފައިދާނެގުން ނޫނެކޭ ބުނެވޭނެ އެއްވެސް ހަމައެއް ނުދެއްކޭނެ. ޙާއްސަކޮށް ލިންކުރޯޑުގަ . މާސް އެޅުމުގައިވެސް އައްޑޫގަ އުޅޭ ފުލުހުން ދޯދިޔާކަން ފާހަގަ ކުރެވޭ.

The name is already taken The name is available. Register?

ބަބޫ

27 October 2021

ފުލުހަކު އަމިއްލަ ސައިކަލުގަވެސް އެމެޖެންސީއެއްގައި ބާރަށް ދުއްވިދާނެ. އަދި އާއްމު މީހެއް މަގުމަތިން ހުއްޓުވާ އެމީހާގެ ސައިކަލު އަތުކައިގެންވެސް ދުއްވިދާނެ. މިއީ ގާނޫނުން ފުލުހުންނަށް ދީފައިވާ ބާރުތަކެއް. އެކަމަކު ފުލުހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގާތަނެއް ނުފެނޭ. އެކަން އެހެން އޮންނައިރު އެކަމުގެ ފުރިހަމަ ޒިންމާ އަދި ޖަވާބުދާރީ ވާން ފުލުސްމީހާޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454