އޭޓީސީ މުވައްޒަފުންތަކެއް އޭޓީސީ ބިލްޑިންގައި އިހުތިޖާޖު ކުރަނީ-- ފޮޓޯ: އެމްވީ ކްރައިސިސް
31 އޮކްޓޯބަރ 2021 - 10:57
އެއާ ޓްރެފިކް ކޮންޓްރޯލާސް (އޭޓީސީ) ގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ބަޔާންކޮށް، އެމްއޭސީއެލަށް ހުށަހެޅި ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް އެ މީހުން ސުލްހަވެރި އިހުތިޖާޖެއް ފަށައިފި އެވެ.
އޭޓީސީ ބިލްޑިންގްގައި ކުރިއަށް ގެންދާ މި އިހުތިޖާޖުގައި ބައިވެރިވާ އިސް މުވައްޒަފަކު "މިހާރު" އަށް ވިދާޅުވީ، މި މަހުގެ 17 ގައި ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ ކުރީގެ މައްސަލަތަކެއް ފަހުން ނަގައިގެން އެ ކަންތައް ތަކުރާރު ނުކުރަން ބުނެ ބަޔާންތަކެއްގައި ކުއްލިއަކަށް އެމްއޭސީއެލް އިން ސޮއި ކުރުވަމުންދާ ކަމަށެވެ.
"...މިކަމާ ހެދި އެއާ ޓްރެފިކް ސާވިސަސްގެ މެނޭޖްމަންޓާ ވެސް މިއަދު ބައްދަލުކުރި. ވަކިން ހަމަ ޕެޓިޝަނުގައި ސޮއިކުރި ކޮންޓްރޯލަރުންނަށް ޓާގެޓުކޮށް ފިޔަވަޅު އަޅަނީ،" ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކެވި އިސް މުވައްޒަފު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އެމްއޭސީއެލް އިން "މިހާރު" އަށް ބުނީ އޭޓީސީގެ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން އެ ޑިޕާޓްމަންޓުގެ ބޭފުޅުންނާ ގުޅިގެން އެ މައްސަލަތައް ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް މުހިންމު ބައެއް ކަމަށާއި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އޭޓީސީން ޕެޓިޝަނެއް ހުށަހެޅީ އެ ތަން ހިންގުމުގައި ގިނަ މައްސަލަތަކެއް ހުރުމުން އެކަން ހައްލު ކޮށްދިނުމަށް އެދި އެވެ. މީގެ ތެރޭގައި މުސާރައާ ގުޅުން ހުރި ކަންކަމާއި މަގާމުގެ ކުރިއެރުމާއި މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި މައްސަލަތައް ހުރި ކަން ވަނީ ފާހަގަކޮށްފަ އެވެ.
ޕެޓިޝަނުގައިވާ ގޮތުން، އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ސީމަނުންނާއި ޑޮކްޓަރުންގެ ގިންތީގައި ހިމެނޭ ބަޔަކަށް ވާއިރު، މުސާރަ އާއި އެހެން އިނާޔަތްތައް ދިނުމުގައި އެ އުސޫލުތަކަށް އަމަލެއް ނުކުރެ އެވެ. މުސާރައިގެ ކުރިއެރުން ލިބޭ އޮނިގަނޑެއް އެކުލަވާލައި 2019 ވަނަ އަހަރު ރައީސް އޮފީހަށް ހުށަހެޅި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެ އޮނިގަނޑުގެ މަސައްކަތް ނުކުރާކަމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.
- އޭޓީސީ ސެކްޓަރުގެ ކެޕޭސިޓީ ބެލިފައި ނުވުމުގެ އިތުރުން އެދެވިގެންވާ ހައްލެއް ލިބިފައި ނެތުން.
- ބަލި ހާލަތު ހުންނަ ގޮތުން ލައިސަންސް ދޫކުރަން ޖެހިއްްޖެ ނަމަ ވަޒީފާގައި ދެމިހުރެވޭނެ ގޮތެއް ކަނޑައަޅާފައި ނެތުން.
- ނިޒާމު ހަމަޖެހިފައިވާ ގޮތުން ސޭފްޓީއާ ގުޅުން ހުރި ޝަކުވާތަކާއި މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަން ކޮންޓްރޯލަރުން ޖެހިލުން ވުން.
- ކޮންޓްރޯލަރުން ރިޓަޔާ ކުރުމުން އިނާޔަތްތައް ލިބޭ އުސޫލެއް ކަނޑައެޅުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެކްހަން ވާލުހަންގަޑު
01 November 2021
އަނގަޔާއި އަތާއި ދިމާވާންޖެހޭ އެއީ އަސްލު މިނިމަމް ވޭޖެއްގެ ބޭނުމަކީ މިސަރުކާރުންވެސް ގައުމު ބޭރު ބައެއްގެ އައްމައްޗަށް ދޫކޮށެއް ނުލާނެ ކަމުގެ ޔަގީންކަން ރައްޔަތުންނަށް އެބައޮތް , ޕޕގަ އުޅޭ ދެއުޅިއެއް ނުވާ ކުދިންނަށް ބޮޑުމަންޒަރު ޑައިޖެސްޓް ކުރަން ދަތިވާނެ ,އިމްސް އަކީ ހެޔޮ ވެރިއެއް ހުދުމުހުތާރު އާއިލާއިން ވެރިކަން ކުރަން އުޅޭ ގޮތަކަށް ނޫން އެމަނިފާނު ވެރިކަން އެކުރައްވަނީ
އަލީ ބަލީ.
31 October 2021
ދިވެހިންނަކީ ވަރަސް ފާޑެއްގެ ބައެއް. އެންމެފަހުން ޕެޓިޝަންގައި ސޮއިކުރިމީހުން ކަޑާލާ އިރު ދެންތިބިމީހުން ހެވިފައި ވަޒީފާގައި ދެމިތިބޭނެ. ސޮއިކުރި މީހުން ބީ ހުރުބާނީ ހަދާނެއް ނުހުންނާނެ. މިފަގަރު ބަލަންތިބޭ ކިހިނެއްތާ މިކަންވަނީ.
ޝަފީރު
31 October 2021
އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަށް މިހާރު ލިބޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް މިޚަބަރުގައި ނަންނުޖަހަން ބުނި މުވައްޒަފު ކައިރީ އަހާލާފަ މިޚަބަރުގައި ޖަހާލިނަމަ. މަކައިރީ ކުއްޖަކުބުނި މުސާރައަށް އިންނަނީ ބޭސިކް 18000.00 އޭ . މީ ވަރަށް ކުޑަ މުސާރައެއް ދޯއޭ. އެކަމަކު ގެއަށް ގެންދަން ލިބެޔޯ 35000.00ރ .ދެން ދުނިޔޭގެ އެހެން ތަންތަނުން ދެޔޭ 40000.00 30000.00 ޑޮލަރ. އެހެންވީމަ ދޭންވާނެނޫންހޯ. ބޮޑުމުސާރަ. ދެން އިބޫ ހަމަ ދީފާނެދޯ. ސުންކު ސަޕޯރޓުވީމަ.ދޯ
ކަނބިލި
31 October 2021
ހުރިހާ ކަމެއް ބޮއްސުންލާ ބޭރު މީހުންގެ އަތް މައްޗަށް މުޅި ގައުމު ދަނީ. މި ގައުމުގައި މިހާރު 1 ވަނަ ދަރަޖައިގެ މީހުންނަކީ އިންޑިއާ މީހުންނާ ދޮން މީހުން.
ވިސްނާށޭ ގައުމު
31 October 2021
ރޭވިގެން ބޭރުބައެއްގެ އަތްމައްޗަށް ގައުމުގެ ވައިގެބަނދަރު ދިނުމަށްޓަކައި ، އެތަނަކީ ދިވެހިންނަށް ނުހިނގޭތަނެއްކަން ދެއްކުމަށް ބޭރުކަރަޔަކުން މީހަކުގެނެސް ލާނީއެވެ. ދެން މުވައްޒަފުންނަށް ޖެއްސުންކުރީމައި ހަޅުތާލުހެދީމައި އެއަރޓްރެފިކް ކޮންޓްރޯލް ރޫމުންވެސް ދިވެހިން ނެރެވޭނެއެވެ. ތީ ރޭވުންތެރިކަމާއެކު ހިންގާ ޖަރީމާއެވެ.
ބެތެންނާ
31 October 2021
ކަލޭކަނީ ކޮންޗެއްތަ ކަލޭ ވިސްނުން ތިހިރީ ހާދަކުރީގައޭ ގައިބުގަވާ ކަންކަންވެސް ކަލޭތި ވިސްނައިގަންނަނީ ތުންމެޓާހެން
އާކޫރޭ
31 October 2021
ޓަވަރުގެ އޮޕަރޭޝަންސް އެމް.އެން.ޑީ.އެފް އާއި ހަވާލްކޮއް ސިފައިން ތިޔަ ތަނައްލާ. ގައިމު ޚަރަދު ކުޑަވެފަ ދެއިރު ދެދަޅައައް އިހްތިޖާޖް ނުކުރެވޭނެ ދޯ!
ބާޖޫރޭ
01 November 2021
އެމްއެންޑީއެފްގެ އިންޑިއާ ގޮފީގެ މީހުންދޯ ލާންވީ..
ގަބޫލު
31 October 2021
އެއަރ ޓްރެފިކް ކޮންޓްރޯލަކީ ސަމާސާއެއް ނޫން. ތިކަން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭނެ. އިހުތިޖާޖު ކުރުން ގާނޫނީ ގޮތުން މަނާ ކެޓަގަރީގައި ތިބޭފުޅުން އޮންނަނީ ކަމެއް ވީމަ. ކޮންމެ އެއަރ މޫވްމަންޓަކީ އެތައް ބައެއްގެ ފުރާނަ. އެތައް ބިލިޔަން ރުފިޔާ. ހިތްހަމަނުޖެހުން ހައްލު ކުރެވޭ ވަރުގެ ވެރީން ތިޔަ ޑިޕަރޓްމަންޓަށް ލާންޖެހޭ. ނެގޯސިއޭޝަން ސްކިލްސް ހުންނަންޖެހޭ.
ކޮރަލް
31 October 2021
އެއަރޕޯޓް ސީނިއަރ މަގާމް ތަކު ގެ މުސާރަ ދިނުމުގަ ދިވެހި މުވައްޒަފުންނާ ބިދޭސީ މުވައްޒަފުނާ ތަފާތު ކުރާ ނަމަ މައްސަލަ ޖެހޭ އެވެ. އެއްބަޔަކަށް ގެއްލުން ވާއިރު އެހެން މީހުންވެސް އެކަމުގަ ބައިވެރި ވުން ރަނގަޅެވެ.
ޙަބީބު
31 October 2021
މުޅިނިޒާމު ބޮއްސުންލާފަ މިވަނީ މިސަރުކާރައް ކުރެވުނުހާވެސް ކަމަކީ ޔާމިނުގެ މައްޗައް ސިޔާސީ ދައުވަކޮއް ނުހައްގުން އަދަބުދިނުން
ބަނބޫ
31 October 2021
ބޭފުޅާ އެކްސްޕުލޭންކޮށްދީބަލަ އެކައުންޓުގާހުރި 100 މިލް.
ކަނބޫ
01 November 2021
އެކައުންޓްގަ ހުރި 100 މިލް އަދިވެސް ކުށްވެރިއެއްނުވެއޭ. އެހެން ކަމެކޭ ބޮލުގަ އަޅުވައިގެން އުޅެނީ. 100 މިލް ގޯސްތޯ ރަގަޅުތޯ ކަނޑައެޅީމަ އެނގޭނީ އޭގެ އަސްލެއްވެސް.
އަތްޖަހާ
31 October 2021
މުވައްޒަފުންނަށް ކުރި އެރުންދޭށޭ ކިޔާފަ ތި އެންމެން މެނޭޖަރުންނަކަށް ނެހެދޭނެ ދޯ. އޮގަނައިޒޭޝަން ޗާޓްގަ ހުންނަ އަދަދަށް ސީނިއާ މުވައްޒަފުން ތިބޭނީ
މަބުނީ
31 October 2021
ތިވެސް ރަނގަޅު ވާހަކައެއް..