02 ނޮވެމްބަރ 2021 - 15:53
އެއްގަމު އުޅަނދުފަހަރުތަކަށް ރޯޑްވާދިނަސް ހައްދައިދިނުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އާ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝިމާޒް ވިދާޅުވީ، ރޯޑްވާދިނަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މާލޭގައި މިހާރު ވެސް 40 އަށް ވުރެ ގިނަ ގަރާޖުތަކުން ރޯޑްވާދިނަސް ހައްދައިދޭ ކަމަށާއި ނަމަވެސް އެކަން ކުރަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ޝިމާޒް ވިދާޅުވި އެވެ.
އެހެންކަމުން ރޯޑްވާދިނަސްއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އާ އުސޫލެއް އެކުލަވާލައި އިއުލާން ކުރަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އުސޫލުގެ ދަށުން ރޯޑްވާދިނަސް ހެއްދުމުގެ ހުއްދަ ލިބޭނީ ވެހިކަލްތައް މޮނިޓަރުކޮށް، ބެލެހެއްޓޭނެ ފުރިހަމަ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ފަދަ ގަރާޖުތަކަށް އެކަނި ކަމަށް ޝިމާޒް ވިދާޅުވި އެވެ.
"މި އުސޫލު ބަދަލު ކުރީމާ ބެލެވޭ ގޮތުގައި ގާތްގަނޑަކަށް އެ ގޮތަށް ޝަރުތު ހަމަވާ ހަތް ވަރަކަށް ގަރާޖު މިހާރު މާލޭގައި ހުރީ،" ޝިމާޒް ވިދާޅުވި އެވެ.
އުސޫލު ބަދަލު ކުރުމުގެ ކުރިން އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ޝަރުތުތައް ފުރިހަމަ ކުރުމަށް މުއްދަތެއް ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި އެވެ. އަދި އެ މުއްދަތުގައި ޝަރުތުތައް ހަމަ ނުކުރާ ގަރާޖުތަކަށް ރޯޑްވާދިނަސް ދޫ ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޑުބުރި
03 November 2021
ބޭކާރު ކަމެއް. ގަވާއިދާ ޚިލާފަށް އަޑުގަދަކޮށްގެން ދުއްވާ ވެހިކަލް ހުއްޓުވައި އެކަން ހައްލު ނުކުރެވޭނަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ނޫން.
ގަލަން
03 November 2021
ވެހިކަލް ގަވާއިދަށް ފެތޭތޯ ބަލަން ގަރާޖުގައި ޕްރޮފެސަރުން ތިބުމާއި މޮޅެތި މެޝިން ހުރުން ކޮންމެހެން ލާޒިމްތޯ؟ ވަރަށް ކުޑަކުޑަ އާދައިގެ ދެތިން ކަމެއް ޓްރެފިކް ފުލުހުންނަށް ނުބެލެންޏާ ތިޔައީ ހުސް ބޭކާރު ކަންތައްތައް. ވެހިކަލްގެ ބްރެކްލައިޓް، ސައިޑްލައިޓް، ހެޑްލައިޓް އަދި ޚާއްޞަކޮށް ސައިކަލްތަކުގެ ދެފަރާތުގައި ފަހަތްބަލަން އެހުންނަ ދެ ލޯގަނޑު ރަނގަޅަށް ހުރުން. މިތަކެތި ބޭނުންކުރަންޖެހޭ ގޮތަށް ބޭނުންކޮށްފިނަމަ، އެއިން އެންމެނަށް ސާލާމަތްލިބޭނެ.
ޟަމް
03 November 2021
މާލޭގައި ނޫނަސް ވެހިކަލް ދުއްވާ އިނގޭ
ކެކެކެކެކެ
03 November 2021
ދެން ސައިކަލު ރޯޑްވާދިނަސް ހަދާލަން މި ޖެހުނީ މާލެ ފޮނު ވަންތާ؟ ހަހަހަހހަހަހަ
އަފީފު.
03 November 2021
ރޯޑުތައް ވޯދީ ކޮއްބަލަ
ބުރުމާ
03 November 2021
މިހާރު ވިއްޔާ އަތޮޅުގެ އެއްރަށް އޮވޭ ރޯޑުވާދިނަސް ހެދޭ ދެން ތިވީގޮތުން އަހަރަކު ދެފަހަރު ސަައިކަލް ޖެހޭނީ މާލެ ފޮނުވަން ރަށްރަށު މީހުންނަށް އިތުރު ބުރައެއް ތިޖައްސަނީ
ހިއާމީއައުޓް
02 November 2021
އިޒް ދަ ރޯޑް ވާދީ؟
ސަކިޔސ
02 November 2021
ސަރުކާރު ވެހިކަލް ތަކުގަ ރޯޑުވާދިނަސް ހަދާ ގަވާއިދަށް ފައްތަބަލަ. ޖީ ބޯޑު ޖެހި ލޮރީ އާއި ޕިކަޕުން ދުން އަރުވަމުން ދަނީ.
ސުމަން މިއާ
02 November 2021
ތިއުޅެނީ ރައްޔިތުން އަތުން ޢެއްޗެއް ނެގޭތޯ.
މުޙާއްމަދު
02 November 2021
ރޯޑްވާދިނަސް އިން ވެސް ހީވާގޮތުން ނިކަމެތިކޮށްލަނީ އެވެސް ބައެއްގެ މަންފާއަކަށް ކޮށަފައިވާކަމެއް ،އެގޮތުން އިންސޫރެންސް ވެސް ކުރަންޖެހޭ ގެއްލުންވާފަރާތަކަށް ވާކެއް ޙަރާމޭ ދަންނަވަންޖެހެނީ ފލުހުން އަންގަނީ އަމިއްލައަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް މިވެސް ތިކަހަލަ އަރަތެއް