12 އޮކްޓޯބަރ 2020 - 12:26
އިންޑިއާ ބޭނުން ނަމަ، ދިވެހިން މަރާފައި ނަމަވެސް ދިވެހިރާއްޖެ ހިފިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވުމުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ސަރުކާރަށް ނެތްކަން ދޭހަކޮށްދޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މި ވެރިކަމުގައި އިންޑިއާއާ ގާތް ގުޅުމެއް ބާއްވާތީ ފާޑުކިޔަމުންދާ އިދިކޮޅު ކޯލިޝަންގައި އިސްކޮށް އުޅުއްވާ އާދަމް ޝަރީފްގެ ބަހުގެ ހަމަލާތަކެއް ފައްޔާޒަށް އަމާޒުވީ، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އިންޑިއާ އިން ބޭނުން ނަމަ ދިވެހިރާއްޖެ މާ ކުރިން އޮންނާނީ ހިފާފައި ކަމަށް ފައްޔާޒް ވިދާޅުވެ އެވެ.
Bavanavefaivaa dhuniye ehgai, evves qaumakah DhivehiRaajje nuhifeyne! Hurihaa Dhivehin maraafai ves India beynun nama, Raajje hifaanekamah sarukaarun bunumakee rayyithunge salaamathaai rakkaatherikamaai medhu evves yaqeenkameh neiykan dheha kohdhey kameh. https://t.co/Ni7aej0duP
— Adam Shareef Umar (@Adamshareefz) October 11, 2020
ފައްޔާޒް ދެއްކެވީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވައި ދައްކަވައިގެން ނުވާނެ ވާހަކައެއް ކަމަށް ބުނެފާޑުކިއުން އަމާޒުވެފައި ވަނިކޮށް އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ބަވަނަ ވެފައިވާ ދުނިއެއްގައި އެއްވެސް ގައުމަކަށް ރާއްޖެއެއް ނުހިފޭނެ" ކަމަށެވެ.
"ހުރިހާ ދިވެހިން މަރާފައި ވެސް އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފާނެ ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ޕީއެސްއެމްގެ، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި، ޚާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް ބަރޯސާވުމަކީ އެންމެ ފައިދާ ހުރި ގޮތްތޯ ސުވާލުކުރުމުން ފައްޔާޒް ވިދާޅުވަނީ، ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ އަމިއްލަ ގައުމަށް ބަރޯސާވުން ކަމަށެވެ. އެކަމަކު ދުނިޔޭގައި، އެއްވެސް ގައުމަކީ އަމިއްލަ ހައިސިއްޔަތުން ދިރިއުޅެވޭނެ ގައުމެއް ނޫން ކަމަށާއި ވަކިވެގަނެގެން ނޫޅެވޭނެ ކަމަށް ވިދާޅުވި އެވެ.
"ދެން ވިދާޅުވާ ވާހަކައަކީ އިންޑިއާ އައުޓް ވާހަކަ ނޫންތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ، ކުރިން މިކަހަލަ ވާހަކައެއް ދައްކައިގެން ވެސް އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުނު. އާއްމުކޮށް އަޅުގަނޑަކީ ހިތްހަމަނުޖެހޭ މީހެއް، އެެހެންވީމަ އަނެއްކާވެސް ދަންނަވާލަން. އިންޑިއާ އިން ރާއްޖެ ހިފައި، އިންޑިއާ ދަށުކޮށްލަން ބޭނުން ނަމަ އެކަން އޮންނާނީ މިހާރު ވެސް ކޮށްފައި،" ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހަމަ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. މިހެން ދަންނަވާއިރަށް ބައެއް ބޭފުޅުން ދަންނަވާނެ ތިމަންނަމެންގެ ސިފައިންނޭ، ސިފައިން މަސައްކަތް ނުކުރާ ވާހަކައެއް ނޫން. މާ ބާރުގަދަ ގައުމެއްގެ ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން އެންމެން މަރާފައި ވެސް އެ މީހުން ބޭނުމިއްޔާ ކުރާނެ. އެ މީހުން އެކަންޏެއް ނޫން އިނގޭތޯ އެއަށް ވުރެން، ކުދިކުދި ގައުމުތަކަށް ވެސް..."
ރާއްޖޭގެ ފޮރިން ޕޮލިސީގެ ވަރުގަދަ ސިފަ އަކީ ހުރިހާ ގައުމުތަކާ ގުޅިގެން އުޅޭ އުޅުން ކަމަށާއި އެއީ ރާއްޖޭގެ ވެރިން އެންމެ ކުރީއްސުރެން ގެންގުޅުނު ސިޔާސަތު ކަމަށް ވިދާޅުވި އެވެ. މި ސަރުކާރުގައި އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅެނީ، އެ ގައުމަކީ މި ސަރަހައްދުގައި އޮތް ވަރުގަދަ، ޒަމާނުއްސުރެން ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.
އިންޑިއާއާ ގުޅުން ގާއިމްކުރުމަކީ ޗައިނާ ފަދަ ގައުމުތަކާ ގުޅުން ކަނޑާލާ ވާހަކަ ނޫން ކަމަށް ވިދާޅުވެ ފައްޔާޒް ސަރުކާރުގެ ސިޔާސަތު ދިފާއުކުރެއްވިއިރު، ކުރީގެ ސަރުކާރުގައި އިންޑިއާ އެކު އޮތް ގުޅުން ސިޔާސީ ނުފޫޒްތަކާ ހެދި ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ ގުޅުން ވަރުގަދަވީ މި ވެރިކަމުގަ އެވެ. ކުރީގެ ސަރުކާރުގައި އިންޑިއާ އަށް ވުރެން ގާތް ގުޅުމެއް ޗައިނާއެކު ބާއްވައި މަޝްރޫއުތައް ހިންގަން ގިނަ އެހީތަކެއް ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
16 October 2020
މީހަކު ބުންޔަސް ނުބުންޔަސް ހަގީގަތް ވާނީ ހަގީގަތަށް. އެ ބުނެ މީހަކު ހާމަކުރީމާ އޭނާ ފަހަތުން ދުވިއަސް ނުދުވިއަސް އެއީ ނަމަ ވެއްޖެނަމަ ކަން އޮތް ގޮތް. ބިޔަ ސުނާމީއެށް އަރައި ފިއްޔާ މުޅިރާއްޖެ ދޮވެވިގެން ދާނޭ ފަރުބަދަ މަތީ ރަށް ރަށް ނުދާނޭ ބުނީމާ އެހެން ބުނި މީހާ ފަހަތުން ދުވަން ވީތޯ.
މާޒިން123
13 October 2020
ފައްޔާޒާ މާރިޔާއަށް ނޭގުނަސް އެމެރިކކާަޢި ރަޝިޔާއާއި ޗައިނާފަދަ ޤައުމަކުން އިންޑިޔާ ހިފަން ދިމާކުރިޔަސް ހެދޭނެ އެއްގޮތެއްވެސް ނޯންނާނެ. މާޒީގައި އެގޮތަށް ހިނގާފަވެސް ެެެެެެެ އެބައޮތް. އިނގިރޭސިން ތިޔަ އިންޑިއާއަށް ވެރިވެ 400 އަހަރު ވެރިކަނަކުރި. ހެދުނު އެއްކަމެއްވެސް ކުރެވުނު އެއްކަމެއްވެސް ނެތް. އެކަމަކު މިހާރު އެއްވެސް ޤައުމަކުން އަނެއްޤައުމެއް ނުހިފޭނެ. ވަރައްކެރިގެން މިބުނީ އިންޑިޔާއަކަށް ދުވެހިރާއްޖެ އެއްނުހިފޭއޭ. އރާޤަށް ކުވޭތެއްވެސް ްްް
ޖައިސާމް
13 October 2020
އިންޑިއާއާއި ޗައިނާއަށް އަރައިގަނެ އެދެ ގައުމަކީ 20 ވަނަ ގަރުނު ފެށުނުއިރު އެންމެ ފަގީރު ގައުމުތަކަށް ބަދަލު ކުރި. އަދި ކިރިޔާ އެ އަނދަވަޅުން އަރައިގަނެވެނީ އިންޑިޔާއަށާ ޗައިނާއަށް.
ރޫހާނީ ލީޑަރ
13 October 2020
ހުސް ޕަޕެޓުން މިމީހުން ދެން ބަދަލް ވާނީ ޚާއިނުންނަށް، ދިވެހި ރައްޔިތުން ވިސްނާ!
ސަހަރޯޯ
12 October 2020
ތިގޮތަށް ބުނަންޏާ އެމެރިކާއަށް ހިފޭނެ ދުނިޔޭގެ ކޮންމެ ގައުމެއް... މީގަ ޕޮއިންޓަކީ ފައްޔާޒުމެން ތިޔަފަދަ މަގާމުތަކުގައި ތިބެގެން ތިފަދަ ވާހަކަ ދެއްކުމަކީ ހާދަ ދަށުދަރަޖައިގެ ކަމެކޭ.. ބާޒާރުމަތީ ދަމާކަނޑަން އުޅޭ މީހާގެ ގައުމިއްޔަތުކަންވެސް ތިޔަށްވުރެ ރަނގަޅުވާނެ...
ހަރުބަސް
12 October 2020
ދިވެހި ރާއްޖޭގެ އާބާދީ މަދުވެފައި ގުދުރަތީވަސީލަތްތައް މަދުނަމަވެސް ރާއްޖެއަކީ ފަޚްރުވެރި މާޒީއެއްއޮތް އަމިއްލަ ވަންތަ މިނިވަން ގައުމެކެވެ މިހާރަކަށް އައިސް ރާއްޖެހިފައި އަޅުވެތިކުރެވެތިކުރެވިދާނެ ކަމަށް ސަރުކާރުގެ އިސްފަރާތްތަކުން ފާޅުގައި ބުނަމުންދިއުމަކީ ގައުމަށް ވެވޭ ޚިޔާނާތެކެވެ ރާއްޖެނޫނަސް ދުނިޔޭގައިވާ ގައުމުތަކުގެ މީހުންތައްމަރާފައި ހިފިދާނެ އެހެން ގައުމުތައް ވަރަށް ގިނައެވެ އަޅުގަންޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާހަމައަށް ގެނެސްދީފައިވާ މި އަމާނާތް އަޅުގަނޑުމެންގެދަރިފަސްކޮޅަށް ރައްދުކޮށްދިނުމަކީ އެންމެހާ ދިވެހިންގެ ޒިއްމާއެކެވެ މިޒިއްމާ އަދާކުރުމުގައި ބަހާއި އަމަލުން ޖާނާ މާލުން ގުރުބާން ވުން ކޮންމެދިވެއްސަކަށް ލާޒިމެވެ.
މަންޑޭލާ
12 October 2020
ކިރިޔާވެސް ގޮތެއް ހުރިމީހެއް ވެއްޖިޔާ މިހެން ނުބުނާނެ.
ޝޮކްތެރަޕީ
12 October 2020
ޤައުމީޔަތެއް ނެއްބަޔަކާ ޤައުމު ހަވާލު ކުރީމަ މިހެންވާނީ
ހޮލޮކާސްޓް
12 October 2020
މި ދައްކަނީ ޖެނޮސައިޑް ގެ ވާހަކަ ، ދުނިޔޭގެ އެންމެ ބާރުގަދަ މަދު ގައުމެއްގައި އެބަހުރި ދުނިޔޭގެ އެހެން ހުރިހާ ގައުމެއް ހިފޭވަރު އަސްކަރީ ގާބިލުކަން، އެކަމަކު ރާއްޖެއެއް ނުހިފޭނެ ރާއްޖޭގެ ވެރިން ގައްދާރުވެ ރާއްޖެ ބޭރު ބަޔަކަށް ދިނީމައި ނޫނީ ، މިހާރު ދިވެހިން ނުމެރިޔަސް ދިވެހިންގެ ބާރު ކަނޑުވާލެވިދާނެ އޭރުން މި ފުއްޕާފައި އުޅޭ އެމްޕީންނާ އެކްޓިވިސްޓުންނާ ވިޔަފާރިވެރިންނާ ރައީސްގެ ބާރުވެސް ކެނޑުނީ.
ނަވަތިރިއްކުސާރި؟
12 October 2020
ވާނުވާނޭގޭ ނަމްބަރުދިމާނުވާ ހިސާބުހަދާމީހުން..ދީޒްއާހެޑްލެސް ކްރެބޮސް!! އިޒުރޭލުން ފަލަސްތީނުހިފުނުބާ. އެމެރިކާއިން ކިއުބާ، އިންޑިއާއި ޕާކިސްތާ، ކަސްމީރު އިރާގުން ކުވައިތު މަދު މިސާލުތަކެއް. ބަޔަކު ގަބޫލު ކުރިއަސް ނުކުރިއަސް މިއުޅެނީ ބޮޑުކަމެއް ހިތުލައިގެ ކައިރިވެލައިގެން. މިއީ ހުސްނުވާވަރަށް ވަރަށްގިނަވާހަކަ
ދޯބެ
12 October 2020
ޢެމެރިކާ އިރާގު ހިފަން ގޮސް އިރާގު ހިފި .
ވަހީދުއްދީން
13 October 2020
އިރާޤު ހިފީމަ އެކައުމުގެ އަސްކަރިއްޔާގެ ސިފައިންނާއި ހަނގުރާމަ ވެރި ދީނީ ޖަމާއަތްތަށް ނުކުމެ ހުރިހާ ތެޔޮވަޅުތައް ބަންދުކޮށްލީ. އަދި އެމެރިކާ އަތްގަދަ ކުރަން އުޅުނު ތަންތަނަށް ގޮސް ހަނގުރާމަ ފެށީ. އެންމެފަހުން އެތައް ބަޔަކު މަރުވެ އެތައް ޓްރިލިއަން ޑޮލަރުގެ ހަނގުރާމަ ފެނަށް ދިޔައީ ބޭނުންވާ ކަންކަން މެދުއިރުމަތީގައި ނުވެ ބޭޒާރުވެގެން. ެެެެެެެެެެެެެެެެ See ް