ބިސް ކީމިޔާ
22 ޖޫން 2016 - 07:40
2 ޖޯޑު ގޮދަންފުށް
4 ކުކުޅުބިސް (ފެނުކައްކައިފައި، ކޮށައިފައި)
1 ފިޔާ (ކޮށައިފައި)
⅓ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
1 ހިކަނދިފަތް (ކޮށައިފައި)
150 ގުރާމު ކެބެޖު (ކޮށައިފައި)
ގިތެޔޮމިރުސް، ލުނބޯ، ލޮނު، ތެޔޮ
ރޮށްޓަށް ފުށް މޮޑޭ ގޮތަށް ފުށް މޮޑެފައި، ފަންސަވީސް ގުޅަ ޖަހައިފައި، އެއްޗަކަށް އަޅައިފައި ބެހެއްޓުން. ފިޔާ، ލޮނު، ހިކަނދިފަތް، މިރުސް، ލުނބޯ އެއްކޮށް މޮޑެފައި އޭގެ ތެރެއަށް ކެބެޖުކޮޅު އެއްކުރުން. އަދި ބިސްކޮޅު އެޅުމަށް ފަހު މަޑުމަޑުން އެއްކޮށްލުން. ލޮނު، ހުތް، ކުޅި ހެޔޮވަރު ކުރުން. ފުށްގުޅަ ދެމުމަށް ފަހު، އޭގެ ތެރެއަށް އެތިކޮޅެއް އަޅައިފައި، ކީމިޔާ ގޮތަށް ބަންދުކޮށްލުމަށް ފަހު ފިހުން ނުވަތަ ތެއްލުން.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy