ސްޓްރޯބެރީ ގެޓޯ
ބޭނުންވާ ތަކެތި:
އެއް ވެނީލާ ސްޕޮންޖް ކޭކް
ފިލިން އަށް ބޭނުންވާ ތަކެތި:
ވިޕިން ކްރީމް (400 އެމްއެލް)
އައިސިން ޝުގާ (50 ގްރާމް)
ސްޓްރޯބެރީ ޕައި ފިލިން (100 ގްރާމް)
ފްރެޝް ސްޓްރޯބެރީ (ކޮށާފައި، 100 ގްރާމް)
ޝުގާ ސިރަޕް (100 އެމްއެލް)
ގާނިޝް އަށް ބޭނުންވާ ތަކެތި:
ވިޕިން ކްރީމް (60 ގްރާމް)
ސްޓްރޯބެރީ (ފޮތި ކޮށްފައި 150 ގްރާމް)
ސްޓްރޯބެރީ (ދެ ފަޅި ކޮށްފައި 100 ގްރާމް)
ތައްޔާރު ކުރާނެ ގޮތް:
ވިޕިން ކްރީމް ވިޕް ކުރުމަށް ފަހު، އައިސިން ޝުއާ އަޅައި އެއްކުރުން.
ސްޓްރޯބެރީ ޕައިފިލިން ޗިސް ކުރުން.
ތިން ލޭޔަރު ނެގޭ ގޮތަށް ސްޕޮންޖް ކޭކު ކަފާލުން.
ސްޕޮންޖް ކޭކްގެ ފުރަތަމަ ލޭޔަރު ތައްޓެއްގައި ބޭއްވުމަށް ފަހު، ޝުގާ ސިރަޕް އަޅައި ފޯކުރުން.
ކޭކް މައްޗަށް ވިޕިން ކްރީމް ލޭޔަރެއް އެޅުމަށް ފަހު، ސްޓްރޯބެރީ ފިލިން އެޅުން. މިގޮތަށް ތިން ލޭޔަރު ވެސް ރިޕީޓް ކޮށްލާށެވެ.
މުޅި ކޭކްގައި ވިޕް ކްރީމް ޖެހުމަށް ފަހު، ފޮތި ކޮށްފައިވާ ސްޓްރޯބެރީ ކޭކްގެ އަރިމަތީގައި އެތުރުން.
ރޯސް ގޮތަށް ވިޕް ކްރީމް ކޭކްގެ މަތީގައި ޕައިޕް ކުރުމަށް ފަހު، ދެ ފަޅި ކޮށްފައިވާ ސްޓްރޯބެރީތަކުން ގާނިޝް ކުރުން.
މި ކޭކް ބޭނުން ކުރަން ވާނީ އެއް ގަޑިއިރު ވަންދެން ފިނިކުރުމަށް ފަހު.
ވެނީލާ ސްޕޮންޖް ކޭކް ހެދުމަށް ބޭނުންވާ ތަކެތި:
ފަސް ބިސް
200 ގްރާމް ހަކުރު
150 ގްރާމް ފުށް
15 ގްރާމް ވެނީލާ އެސެންސް
10 ގްރާމް ބޭކިން ޕައުޑަރު
ބިހާއި ހަކުރު ރަނގަޅަށް އެއްކުރުން. ބާކީ ހުރި ތަކެތި ބިހާއި ހަކުރުގެ ތެރެއަށް އެޅުމަށް ފަހު، 180 ޑިގްރީގައި 12 މިނިޓް ވަންދެން ފިހުން.
ކޭކް ބޭނުން ކުރުމުގެ ކުރިން ހިހޫ ކުރަން ވާނެ
ޝުގާ ސިރަޕް ހަދާނެ ގޮތް:
50 ގްރާމް ހަކުރު
70 އެމްއެލް ފެން
10 އެމްއެލް ވެނީލާ އެސެންސް
ކުޑަ ތެއްޔެއްގައި ފެނާއި ހަކުރު ކައްކާށެވެ. އޭގެ ތެރެއަށް ވެނީލާ އެސެންސް އެޅުމަށް ފަހު، މަޑުގިނީގައި މިނިޓެއް ހާއިރު ކައްކާށެވެ. ޝުގާ ސިރަޕް ވެސް ބޭނުންކުރަން ވާނީ ހިހޫ ވުމަށް ފަހު އެވެ.
އެޑިޓަރުގެ ނޯޓު:
މި އަހަރުގެ ރޯދަ މަހު "މިހާރު" ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގް ސޯލިހްގެ ރެސިޕީތަކެވެ. އޭނާ އަކީ ކެއްކުމުގެ ދާއިރާގައި 30 އަހަރު ހޭދަކޮށް، އަދި ޕެރެޑައިސްގެ އިތުރުން ވެސް ރާއްޖޭގެ ބޮޑެތި އެހެން ރިސޯޓުތަކުގައި ރަހަ ހެޔޮވަރު ކުރުމަށް މަސައްކަތް ކޮށްފައިވާ ޝެފެކެވެ. ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ، ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ފުރަމުންދާ އިސްހާގަކީ ކެއްކުމުގައި ބައިނަލްއަގްވާމީ ފަނޑިޔާރެއް ވެސް މެ އެވެ. އަދި ރާއްޖޭގެ ސީނިއާ ޝެފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ.
މި ރޯދަ މަހުގައި ރެސިޕީތައް "މިހާރު" އިން މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި ޝެފް އިސްހާގްގެ އެހީތެރިކަމާ އެކު އެވެ.