ފަތިސް · 05:05

ޒަކާތް ހޯދުމަށް ފަގީރުންގެ ގޮތުގައި 16،294 މީހަކު މި އަހަރު ރަޖިސްޓަރީ ކުރި: މިނިސްޓްރީ

ފިތުރު ޒަކާތުގެ ފައިސާ އާއި ގޮވާން ހޯދުމަށް ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓަރީ ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


މި އަހަރުގެ ފިތުރު ޒަކާތް މިއަދު ބަހަން ފަށާފައިވާއިރު، ޒަކާތް ހޯދުމަށް މިދިޔަ އަހަރު ރަޖިސްޓަރީ ވި މީހުންގެ އަދަދު މި ފަހަރު މަދެވެ. ޒަކާތް ހޯދުމަށްޓަކައި މިދިޔަ އަހަރު ރަޖިސްޓަރީ ކުރީ 16،205 މީހެކެވެ.

ޒަކާތް ހޯދުމަށް ރަޖިސްޓަރީ ވުމަށް މި އަހަރު އިސްލާމިކް މިނިސްޓްރީން ހުޅުވާލި މުއްދަތުގައި މާލޭން 3،299 މީހުން ފަގީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައި ވެ އެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 3،142 ގަ އެވެ.

ފަގީރުންގެ ގޮތުގައި ރަށްރަށުން މި އަހަރު ރަޖިސްޓަރީ ވެފައި ވަނީ 12،995 މީހެކެވެ. މިދިޔަ އަހަރު ފަގީރުންގެ އަދަދަކީ 13،063 އެވެ.

ޒަކާތުގެ ގޮތުގައި މި އަހަރު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މާާލޭގައި ކޮންމެ ފަގީރަކަށް ޖެހެނީ 1،300 ރުފިޔާ އެވެ. ރަށްރަށުން ލިބުނު ފައިސާގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކަށް 44.ރ ނުލިބޭ ނަމަ އެވެ.

ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބިފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ.