ޕާސަނަލް ކޮމްޕިއުޓާސްގެ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރާއި އެ އާ ގުޅޭ ގިނަ ސާމާނުތައް ވިއްކާ ޕާސަނަލް ކޮމްޕިއުޓާސް އިން މި އަހަރުގެ ރޯދަ މަހު ހިންގި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އެ މީހުންނާ އިނާމުތައް އިއްޔެ ހަވާލުކޮށްފި އެވެ.


"ޕީސީ ރޯދަ ޕްރޮމޯޝަން" ގެ ނަމުގައި މިދިޔަ އޭޕްރީލް 27 އިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި، ޕާސަނަލް ކޮމްޕިއުޓާސް އިން 1،000ރ. އަށް ވުރެ މަތިން ވިޔަފާރި ކުރި މީހުންނަށް ބައިވެރި ވުމުގެ ފުރުސަތު ލިބުނެވެ.

ޕާސަނަލް ކޮމްޕިއުޓާސް އިން ބުނި ގޮތުގައި އިއްޔެ ވަނީ މި ޕްރޮމޯޝަންގެ ތިން ނަސީބުުވެރިން ހޮވައި، އެ މީހުންނާ އިނާމުތައް ހަވާލު ކޮށްފަ އެވެ.

އޮޅުވެލި ބީޗް ރިސޯޓުގެ ޗުއްޓީ ޕެކޭޖު ލިބުނު އަތޫފް (ވ-2) އަށް އިނާމު ހަވާލު ކުރަނީ.

ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުން، ގުރުއަތުން ހޮވުނު ތިން މީހަކަށް އޮޅުވެލި ބީޗް ރިސޯޓާއި މާފުށީގެ އެރީނާ ބީޗް ހޮޓެލްސް އަދި ދިއްފުށި އަރާމް ހޮލިޑޭސް އެންޑް ސްޕާ އިން ދެ މީހަކަށް ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޗުއްޓީ ޕެކޭޖެއް ދިނެވެ.

އޭގެ ތެރެއިން، އޮޅުވެލި ބީޗް ރިސޯޓުގެ ޗުއްޓީ ޕެކޭޖު ހަސަން އަތޫފަށް ލިބުނު އިރު، މާފުށީގެ އެރީނާ ބީޗް ހޮޓެލްސްގެ ޗުއްޓީ ޕެކޭޖު ލިބުނީ މުހައްމަދު ޒައިން އާދިލް އަށެވެ. ދިއްފުށި އަރާމް ހޮލިޑޭސް އެންޑް ސްޕާގެ ޗުއްޓީ ޕެކޭޖު ލިބުނީ އައިޝަތު އީމާ އަށެވެ.

މާފުށީގެ އެރީނާ ބީޗް ހޮޓެލްސްގެ ޗުއްޓީ ޕެކޭޖު ލިބުނީ ޒައިން (ވ) އަށް އިނާމު ހަވާލު ކުރަނީ.

ޕާސަނަލް ކޮމްޕިއުޓާސްގެ ޑިރެކްޓަ ސޭލްސް އެންޑް މާކެޓިން، އަލީ ރިޔާޒް ވިދާޅުވީ، ތަފާތު އިނާމުތަކާ އެކު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އެފަދަ އެހެން ޕްރޮމޯޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާސަނަލް ކޮމްޕިއުޓާސްގެ ރޯދަ ޕްރޮމޯޝަންގައި، އެ ތަނުގެ ހުރިހާ މުދަލަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދިނެވެ. އަދި، ހޮވާލެވޭ ބައެއް ޚާއްސަ އައިޓަމްތަކުން 60 ޕަސެންޓާ ހަމައަށް ވެސް ޑިސްކައުންޓު ދިނެވެ.