02 މެއި 2019 - 12:30
ކުނި އުކާލުމުގެ ހިދުމަތްދޭ ވެމްކޯ އިން ރޯދަ މަހު ހިދުމަތްދޭ ގަޑިތައް މިއަދު އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ރޯދަ މަހު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 7:00 އިން މަސައްކަތް ނިމެންދެން ގޭބިސީތަކުން ކުނި އުކާލުމަށް އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.
ހުކުރު ދުވަހު ހިދުމަތް ދެނީ ހެނދުނު 10:00 އިން 11:30 އަށް، އަދި މެންދުރު ފަހު 1:30 އިން ހަވީރު 4:00 އަށެވެ. އަދި ހުކުރު ދުވަހުގެ ރޭ 7:00 އިިން 12:30 އަށް އެ ހިދުމަތް ދޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
ކޮމާޝަލްކޮށް ކުނި އުކާލަދޭ ވަގުތުތަކަކީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް، އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށެވެ. ހުކުރު ދުވަހު އެ ހިދުމަތް ދެނީ މެންދުރު ފަހު 1:30 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށެވެ.
We are updating our working hours for Ramadan 1440. New timings are effective from 6th May 2019 onward. For queries, kindly dial WAMCO Hotline 1666. pic.twitter.com/8eYGyyJsTa
— WAMCO (@WAMCOmv) May 2, 2019
ވެމްކޯއިން ހިދުމަތްދޭ ގަޑިތައް--
މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ދެނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި އިރުއޮއްސި 7:30 އިން ދަންވަރު 3:00 އަށެވެ. ހުކުރު ދުވަހު އެ ހިދުމަތް ދޭނީ މެންދުރު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 7:30 އިން ދަންވަރު 3:00 އަށެވެ.
ހުޅުމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ދެނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި އިރުއޮއްސި 7:30 އިން ދަންވަރު 2:00 އަށެވެ. ހުކުރު ދުވަހު އެ ހިދުމަތް ދޭނީ މެންދުރު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 7:30 އިން ދަންވަރު 2:00 އަށެވެ.
ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ދެނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި އިރުއޮއްސި 7:30 އިން ދަންވަރު 2:00 އަށެވެ. ހުކުރު ދުވަހު އެ ހިދުމަތް ދޭނީ މެންދުރު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 7:00 އިން ދަންވަރު 2:00 އަށެވެ.
އެކުންފުނީގެ ކޯޕަރޭޓް އަދި ރީޖަނަލް އޮފީސްތައް ހުޅުވާފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 1:00 އަށެވެ.
ކޮންމެ އަަހަރަކު ވެސް ރޯދަ މަހު ކުނީގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ކުނި އުކާލުމުގައި އުފުލަންޖެހޭ ބުރަ ބޮޑުވެ އެވެ. މިދިޔަ އަހަރު ރޯމަ މަހު ވެމްކޯ އިން ބުނެފައިވާ ގޮތުގައި، ދުވާލަކު 120-140 ޓަނާ ދެމެދުގެ އަދަދަކަށް ކުނި އުކާލަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރުވާ
02 May 2019
ވެމްކޯއިން ކުނި ނަގާ މާލެތެރެ ސާފުކުރަނީ، އަމައިބުނީތީ ފަރަށް ދާގޮތަށް
މީތި ކަޑަ.
02 May 2019
1 އިންޓަނެޓު ގެ އަގު ހެވެއް ނުވި 2 ކަރަންޓުގެ އަގު ހެވެއް ނުވި 3 ބޯހިޔާވެހި ކަމެއް ދެވުނީކީ ނޫން 4 ޑޮކްޓަރުން ނަށް ދެއްކުމަށް ކިޔޫގަ އެތައް ދުވަހެއް... ނާސްތާ ޕުރޮގްރާމް ނަމެއްގަ ފެށުމުން ނިމުނީ މ ސަރުކާރުގެ...
2155
02 May 2019
މިހާރު އެބުނާގޮތުން އެކުދިންނަށް އިޝާ ނަމާދު އަދި ތަރާވީސް ނަމާދުވެސް ކޮށްނުލެވޭނެ، މީކޮންކަހަލަ މުސްލިމު ވެރިން އުޅޭ ކުންފުއްޔެއްތަ؟
78888
02 May 2019
ވެމްކޯއަށް ފަޅުރަށެއް ދޭށެ ބަޖެޓް ހަމަޖައްސަން. ދެން އެރަށުގައި ތި އެއްކުރާ ކާ ކުނިން ދަނޑޫވެރިކަން ކޮށްފައި އެއްޗެހި ވިއްކާ. ހަބޭސް ވާނެ! މޫދު ކޮޓަރިވެސް އަޅާލާތި. ދިވެހިން ޗުއްޓީ ހަދަން ދާން. މިކަމަށް އެންމެ ރަގަޅި ކުޑަބަނޑޮސް.