އަދީބު ކޯޓުން ނެރެނީ: ބޮން ހެދި މީހާ ވަނީ އަދީބާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދީފައިވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
10 ޖޫން 2016 - 09:42
ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލުމުގެ އަޑީގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރޭ އެވަނީ ހުކުމްކޮށްފަ އެވެ. ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސަކު އަވަހާރަކޮށްލަން ދިން އެންމެ ބޮޑު ހަމަލާގެ ކުށް އަދީބުގެ މައްޗަށް ސާބިތުވެ ޖަލަށް ދިޔަ އިރު، އެ ގޮވާ އެތި ތައްޔާރުކުރި ސިފައިންގެ މީހާގެ މައްޗަށް މިހާތަނަށް ދައުވާއެއް ނުކުރެ އެވެ.
އައިއީޑީ ތައްޔާރުކުރި ސިފައިންގެ މީހާ ވަނީ އަދީބާ ދެކޮޅަށް ޝަރީއަތުގައި ހެކިބަސް ދީފަ އެވެ.
ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދެމުން، އޭނާ ވަނީ އަދީބުގެ އެދިވަޑައިގަތުމަކަށް އެ އައިއީޑީ ތައްޔާރުކުރި ކަމަށް އިއުތިރާފުވެ އެކަން ކުރި ގޮތުގެ ތަފްސީލު ވެސް ކިޔައިދީފަ އެވެ. އެގޮތުން ބޭނުންކުރި ކެމިކަލްތަކާއި އެކަމަށް ގަތް އާލާތްތައް ވެސް ޝަރީއަތުގައި ކިޔައިދިނެވެ. އަދި "ފިނިފެންމާ" ގައި ގޮއްވާލީ އޭނާ ތައްޔާރުކުރި ގޮވާ އެތި ކަމަށް އަދީބު ފަހުން ވިދާޅުވި ކަމަށް ވެސް އޭނާ ހެކިބަސް ދެމުން ބުންޏެވެ.
އެކަމަކު އޭނާގެ މައްޗަށް މިހާތަނަށް ވެސް އެއްވެސް ދައުވާއެއް ކޮށްފައި ނެތުމުން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި އެގޮތަށް އެކަން ކުރީ އަދީބު ފްރޭމްކުރާށެވެ.
"އަދީބު ކުށްވެރިއަކަށް ވާ ފަދައިން ބޮން ހެދި މީހާ ވެސް ކުށްވެރިވާން ޖެހޭނެ، އަދީބު ބުނީތީއޭ ކިޔާފައި ވިޔަސް ބޮމެއް ހެދުން އެއީ އޭނާ ކުރި ކުށެއް،" ސޯޝަލް މީޑިއާގައި އާންމު މީހަކު ޚިޔާލު ފާޅުކުރި އެވެ.
މިފަދަ އެތައް ޚިޔާލެއް އެކި މީހުން ދަނީ ފާޅުކުރަމުންނެވެ. އެކަމަކު ބޮން ހެދި މީހާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ކުރާނެތޯ ނުވަތަ ނޫންތޯ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކުން ނުބުނެ އެވެ.
ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުން ޒަހަމްވެ ވަޑައިގެންނެވި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ލޯންޗުން ބާލަނީ. -- ފޮޓޯ: ރޮއިޓާސް
ކުށެއް ކުރުމުގައި ހިމެނޭ މީހަކު ޝަރީއަތުގައި ދައުލަތާ އެއްކޮޅަށް ހެކިބަސް ދޭ ނަމަ އޭނާ އަށް އަދަބު ކުޑަކޮށްދިނުމުގެ އުސޫލުތަކެއް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ގެންގުޅެ އެވެ. އެއީ ކުށް ކުރުމުގެ އެންމެ އަޑީގައި ތިބި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގެ ބޭނުމުގަ އެވެ.
ރާއްޖޭގައި ވެސް މިއީ އާ ކަމެއް ނޫނެވެ. މީގެ ކުރިން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ވެސް އެތެރެކުރި މީހުންނަށް ދައުވާ ނުކޮށް އެ މީހުންގެ ހެކިބަސް އެކަމުގެ އަޑީގައި ތިބި މީހުންނާ ދެކޮޅަށް ބޭނުންކޮށްފައިވެ އެވެ.
މީގެ އިތުރުން މަކަރާއި ހީލަތުން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރިކަން ސާބިތުވެގެން އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްސަލާގައި ވެސް އެގޮތަށް އަމަލުކޮށްފައިވެ އެވެ.
"އަދީބު ކުށްވެރިއަކަށް ވާ ފަދައިން ބޮން ހެދި މީހާ ވެސް ކުށްވެރިވާން ޖެހޭނެ، އަދީބު ބުނީތީއޭ ކިޔާފައި ވިޔަސް ބޮމެއް ހެދުން އެއީ އޭނާ ކުރި ކުށެއް،"
ދެން އޮތީ ބޮން ހެދި މީހާގެ ބަސް އަދީބާ ދެކޮޅަށް ބޭނުން ކުރުމުގައި އުފެދޭ ސުވާލެވެ.
މެމްބަރު ނާޒިމްގެ މައްސަލާގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވާ ގޮތަށް ބަލާ ނަމަ މިއީ ކުރެވިދާނެ ސުވާލެކެވެ. ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުގައި ކުށް ސާބިތުވީ ވެސް އޭނާގެ އެންގުމަށް ފޭކް ނަންތަކެއް ބޭނުންކޮށްގެން ވަގު އެސްޓިމޭޓް ހެދި މީހުންގެ ހެކި ބަހުންނެވެ. އެ މީހުންގެ ބަސް ދަށު ކޯޓާއި ހައި ކޯޓުން ވެސް ނުނަގާ ވަނިކޮށް އެ މީހުންގެ ހެކިބަސް ފުރަތަމަ ނަގަން ނިންމީ ވެސް ސުޕްރީމް ކޯޓުންނެވެ.
އެކަމަކު އެއާ ޚިލާފު ގޮތަކަށް ސުޕްރީމް ކޯޓުން އޭގެ ކުރިން 2012 ގައި ނިންމުމެއް ނިންމި އެވެ. ހަށި ވިއްކުމުގެ ވިޔަފާރި ހިންގުވި މީހަކު ޖަލަށް ލާން ކުރި ހުކުމެއް ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކުށް ކުރުމުގައި ބައިވެރިވާ މީހުންގެ ހެކިބަސް އެކަމުގައި ބައިވެރިވާ ދެން ތިބި މީހުންނާ ދެކޮޅަށް އަދި އެއްކޮޅަށް ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ.
"އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތު ކުރެވިފައިވާ މުއްތަހަމުންގެ ތެރެއިން އެއް މުއްތަހަމަކު އަނެއް މުއްތަހަމާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން ފަދަ ހާލަތްތަކަކީ ހެކިވެރިޔާގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުން މަނާވެގެންވާ ހާލަތްތަކެއް ކަން ތަފާތު ޖުޑިސްޓްރިކްޝަންތަކުގައި ތަތުބީގު ކުރެވޭ ޖިނާއީ އިޖްރާއާތުގެ އާންމު އުސޫލުތަކަށް ބެލުމުން އެނގޭ،" ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
އެކަމަކު އަދީބުގެ މައްސަލާގައި އޭނާއާ ދެކޮޅަށް ހެކިބަސް ދިނީ ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނާ ފަދަ "މުއްތަހަމެއް" ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެ އެވެ.
މީގެ އިތުރުން އަދީބުގެ މައްސަލަ އާއި ސުޕްރީމް ކޯޓުގެ މި ނިންމުމާ ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ވެސް އެބަ ހުއްޓެވެ.
ހަށިވިއްކި މައްސަލައިގައި ކުށް ސާބިތުު ނުވާ ކަމަށް ނިންމީ، އެ މައްސަލައިގައި ހެކިބަސް ދިން މީހުންނަކީ، އެ ދައުވާ ރައްދުވި މީހާއާ އެކު ހަށިވިއްކުމުގައި އަމަލީ ގޮތުން ބައިވެރިވެ، ކުށް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަމުން ދިޔަ ބަޔަކަށް ވާތީ އެވެ.
އެއާ ޚިލާފަށް އަދީބުގެ މައްސަލާގައި ބޮން ހެދި މީހާގެ މައްޗަށް މިހާތަނަށް ދައުވާއެއް ވެސް ނުކުރެ އެވެ. ބޮން ހެދި ކަމަށް ޝަރީއަތުގައި ހެކިބަސް ދެމުން އޭނާ އެއްބަސްވެފައި ވިޔަސް އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކުރަންދެން ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ބެލެވޭނީ އޭނާއަކީ ކުށެއް ނެތް މީހެއްގެ ގޮތުގަ އެވެ. އެހެންވެ ސުޕްރީމް ކޯޓުގެ އެ ހުކުމްގައި ކަނޑައަޅާފައިވާ މަބްދައުތައް މި މައްސަލައިގެ މައްޗަކަށް ނުހިނގާނެ އެވެ.
އެކަމަކު އެހާ ބޮޑު ކުށެއް ކުރި މީހަކަށް ކޮންމެވެސް ހުކުމެއް އަންނަން ޖެހޭނެ ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. ޚާއްސަކޮށް ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ އޭނާ އެ ކުށް ކުރުމުން އާންމު މުޖުތަމައަށް ނުރައްކާ މާ ބޮޑުވެ އެވެ. އެހެންކަމުން އޭނާ ހަމަ މިނިވަނެއްގެ ގޮތުގައި ދޫކުރާނީތޯ ނުވަތަ ޖިނާއީ ދައުވާއެއް ކުރާނީތޯ ބަލަން އެތައް ބަޔަކު ތިބީ އިންތިޒާރުގަ އެވެ. މިކަމުގައި ޕީޖީ އަށް ހިމޭނުން ހުންނެވި ދާނެ ކަމަކަށެއް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯރު
12 June 2016
އަސްލު މީހާއަށް އަދަބުދީގެން މައްސަލައަކަށް ވެގެނެއް ނޫން މިއުޅެނީ. އަފްރާޝީމު މައްސަލައިގައި މަރާލުމުގައި ބައިވެރިވި މީހާއަށް އެކަނި ފޯކަސް ގޮސް ހުއްޓޭތީ މައްސަލައަކީ. އަދި މަރާހަމައަށް ދާންޖެހޭނީވެސް އިންސާފުވެރި ޝަރީއަތަކަށް ފަހު. ގިނަ ބަޔަކު ގަބޫލު ކުރޭ ދިވެހިރާއްޖޭގެ ޖުޑިޝަރީ ވެއްޓިފައި އޮތް ވަރު. އަނެއް ކޮޅުން ބޮން ހެދި މީހަކީ ސިފައިންގެ މީހަކަށްވާނަމަ އެއީ ގައުމު dިފާއުކުރުމުގެ ބަދަލުގައި ފަނާކުރުމުގައި އުޅުނު މީހެއް އަމާނާތެއް ހަވާލުވެފައި ހުއްޓައި އެއަށް ޚިޔާނާތްތެރިވި މީހެއް. ވީމާ އަފްރާޝީމުގެ ގާތިލުގެ މައްޗަށް ދައުވާކުރާނަމަ ބޮން ހެދިމީހާގެ މައްޗަށް ދަޢުވާކުރުން މާ އައުލާކަން ބޮޑު
މަސް
11 June 2016
ހާދަ އިންސާފުވެރިއޭ. އަސްލުގައިވެސް މަހީކުރީ ގޮވި އަޑު އިވުނު މީހުންވެސް ކުށްވެރިވާނެކަމަށް.
އިންސާފް
11 June 2016
ބޮން ހެދިމީހާ، އަކަމުގެ އަޑީގައި ހުރިމީހާއަށް އަދަބު ލިބެން ގެހޭނެ
ޝަންސު
10 June 2016
ޝަރީއަތަކީ ބައެއްގެ ޚިޔާލަށް ތަސައްވުރު ކުރެވޭ ގޮތަށް ހިގާކަމެއް ނޫން. ޝަރީއަތުގައި އޮންނަނީ ހެއްކާއި ގަރީނާ. ޢަދި އަމަލުކުރެވޭ އުސޫލުތަކެއް. މިލިޔުން ކިޔައި ނިމޭއިރު ބޮންހެދިމީހާޔަށް ދައުވާ ނުކޮށް ދޫކޮށްލެވިފައިވާނަމަ އެއީ ކީއްވެކަން އެނގޭ. ނޫސްވެރިންނަކީ އަލިފާންކަނި ވައްޓަމުން ދުވާބަޔަކަށް ވާކަށް ނުޖެހޭނެ.
އަނދިރި އަނދިރިން
10 June 2016
ބޮން ހެދުމަކި ކުށެއް ނޫނެވެ. ބޮން ގަދަން ބުނުމަކީ ކުށެކެވެ. ބޮން ގޮއްވުމުގެ އަދަބަކީ 15 އަހަރެވެ. ސައްހަ ނޫން ކޯޓް އަމުރެއް ހަދަން އެހީތެރި ވުމުގެ އަދަބަކީ 17 އަހަރެވެ. މިއީ ކޮން ޤާނޫނެއްގައި އޮތް ގޮތެއް ބާއެވެ
ޢަހްމަދު
10 June 2016
ޢެއްއިރެއްގައި މީނަ އާއި ސެލްފީ ނުނެގިގެން ބްރޯއާއި އެކު މިގޮރަށް ސިއާރާއި އެކު އުޅުނު އެމްޕީ ތައް ކޮބަ ބާ .
ޙަސަން
10 June 2016
ކޮންމެ މީހަކު ކުށް ކުރިޔަސްވާނީ ހަމަ ކުށަކައް ގޯސްވަނީ ދަޢްވާ ކުރަންތިބި މީހުންނާއި ޝަރީޢައްކުރާމީހުންގެ ތަފާތު ހެދިފައި ހުރި ޤާނޫނާއި އަދި ޤަވާޢިދު ތަކުގެ ބޭރުން ތިމާ ހިތު ހުރި ގޮތެއް ހަދަމުން ދާތަން ރައީސް ނަޝީދުގެ ޝަރީޢައްވެސް ދިޔައީ ހަމަ މިބީދައިން، ޙުކުމްތައް ކުރަމުންގެންދަނީ އެތެރެ ފުށައް ފެންނަގޮތައް ހިތުހުރި ގޮތަކައް ބައެއް ފަހަރު އެބައި މީހުންނައް ހީވާކަހަލަ މި ދުނިޔެ ފިޔަވައި އެހެން ދުނިޔެއެއް ނުވާކަހަލަ އަދި ހެއްދެވި ފަރާތްވެސް ވޮޑިގެން ނުވާކަހަލަ އާޚިރަތް ދުވަހުން ޖަވާބްދާރީވާން ނުޖެހޭހެން
ބަލްގިސް
10 June 2016
ސިފައިން ކޮމާންޑަރަކު އަންގާކަންކަން ފަސްނުޖެހި ކުރާނެ..
ޗިޔަޒޯރު
10 June 2016
ރާއްޖޭގައި މިހާތަނަށް އެންމެ ހާމަކަންބޮޑުގޮތުގައި ކުރި ޝަރީއަތަކީ ނޮވެމްބަރ 3 ގެ އުދުވާނާ ގުޅިގެން މައުމޫންގެ ސަރުކާރުގައި ކުރި ދައުްވާއެވެ. އެންމެންނަށް ފެންނަ ގޮތަށް ކުރިއަށް ގެންދެވުނު ޝަރީއަތެއް. ބޮޑު ހޯލެއްގައި ގިނަ ބަޔަކަށް ވަދެވޭގޮތަށް. އަދި ރޭޑިއޯއިން ލައިވް ޓެލެކާސްޓް ކޮށްގެން...! މިދުވަސް އަލުން އަންނާނެބާވައޭ ހިތައް އަރާ...!
އައްޓަމަސް
10 June 2016
އެކަމަކު މައުމޫނު ބުނީމައި ބަޑިޖެހިމީހާ ކުއްވެރިވަކަސް ނުޖެހެޔޭ ކުއްވެރިވާން ޖެހޭނީ އޯޑަރދިން މީހާކަމަށް އޭރުމީހުންކީ! އެހެންވިއްޔާ މައުމޫނުބުނެގެން ބަޑިޖެހިއްސް ބަޑިޖެހިމީހާވެސް ކުއްވެރިވާނެ ތާދޯ؟! ލަވަޔާރާގުވެސް ބަދަލުވޭދޯ ބައެއްފަހަރު