ރިޕޯޓް / މުހައްމަދު ނާޒިމް

އިތުރު ހެކިތަކާ އެކު ނާޒިމްގެ ޝަރީއަތް ޝައުގުވެރި ދިމާއަކަށް

ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފުގެ އަޑުއެހުމަށް ނާޒިމް މިދިޔަ އަންގާރަދުވަހު ވަޑައިގަންނަވަނީ --ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިިހާރު ފަށާފައިވާއިރު، ފެންނަނީ ވަރަށް ޝައުގުވެރި އަދި ހައިރާންވާ ކަހަލަ ވާހަކަތަކެކެވެ. ކްރިމިނަލް ކޯޓުގަ އާއި ހައި ކޯޓުގައި އޮތް ޝަރީއަތްތަކުގައި ނުއިވޭ ކިތަންމެ ގިނަ ވާހަކަތަކެއް ކުރިއަށް އޮތް ތަނުގައި އަޑު އިވޭނެކަން، މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި އޮތް ފުރަތަމަ އަޑު އެހުމުން ވެސް ކަށަވަރުވެއްޖެ އެވެ. ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނުއިރު ވެސް އަދި މައްސަލާގައި އޭނާ ހައްޔަރުކުރިއިރު ވެސް ފުލުހުންގެ މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ދައްކަވާ ވާހަކަތަކުން، ފުލުހުންގެ ތެރެއިން ބަޔަކު ނާޒިމް ފްރޭމްކުރި ކަމަށް ހެކި ލިބެ އެވެ.

ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ ފެންމަތިވިއިރު، އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ، ގައުމުގައި އެންމެ ބާރުގަދަ ވަޒީރު އަހުމަދު އަދީބެވެ. ނާޒިމް ފްރޭމްކުރި ކަމުގެ ތުހުމަތު އަދީބުގެ ބޮލުގައި އެޅޭއިރު، ހޯމް މިނިސްޓަރު އުމަރު ވެސް މިހާރު ގަބޫލުކުރައްވަނީ އެގޮތެވެ. އުމަރު މިހާރު ވިދާޅުވާ ގޮތުގައި އެ ދުވަސްވަރު ކަންކަން ހިނގަމުން އައި ގޮތަށް ބަލާއިރު، އަދީބު، ނާޒިމް ފްރޭމްކުރައްވަފާނެ އެވެ. ސަރުކާރުގެ ތެރޭގައި އަދީބުގެ ބާރުގަދަކަން އޭރު ހުރި މިންވަރާއި ހާއްސަކޮށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާ އޭނާއާ ދެމެދު އޮތް ގާތް ގުޅުމަށް ބަލާއިރު، ނާޒިމް ފްރޭމްކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބެލެވެން އެބަ އޮތް ކަމަށް ނާޒިމްގެ ވަކީލުންގެ ޓީމުން ދެކެ އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު އަދީބު ފުލުހުން ގެންދަނީ---މިހާރު ފޮޓޯ

އުމަރު ވިދާޅުވީ "އޭރުގެ ސީޕީ ހުސެއިން ވަހީދަކީ އަދީބުގެ ކަނާތާއި ވާތް" ކަމަށެވެ.

"އެހެންވީމާ އޭރުގެ ސީޕީ އަށް ނޭނގި މިފަދަ ކަމެއް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: އަދީބު، ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އުމަރު ވިދާޅުވޭ.

އުމަރު ވިދާޅުވެފައިވަނީ އޭނާ އާއި އަދީބު އަދި ނާޒިމް ހުންނެވި ކޮންފަރެންސް ކޯލެއްގައި، އުމަރާއި ނާޒިމް "ހޭއަރުވާލާނެ" ކަމުގެ އިންޒާރު ވެސް އަދީބު ދެއްވާފައިވާ ކަމަށެވެ.

ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ދެކޭ ގޮތުގައި ހޯމް މިނިސްޓަރުގެ ވާހަކަތަކަށް އެކަނި ބަލާލި ކަމަށް ވިޔަސް، ނާޒިމް ވަނީ ފްރޭމް ކޮށްފައިކަން ވަރަށް ސާފެވެ.

ފާހަގަ ކުރެވޭ ކަންކަން

ސުޕްރީމް ކޯޓުގައި އޮތް ފުރަތަމަ އަޑުއެހުމުގައި އެންމެ އަޅައިގަތް ކަމަކަށް ވީ، ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެއްކަން، ނާޒިމްގެ ގާނޫނީ ޓީމުން ބުނުމެވެ. އަދި އެކަމަށް ހެކިދޭނެ ފުލުހުންތަކެއް ތިބި ކަމަށް ވަކީލުން އެންމެ މަތީ ކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި ބުނުމުން ސުވާލު އުފެދޭ އެތައް ކަމެއް އެބަ ހުއްޓެވެ.

ނާޒިމްގެ ކޮޓަރި ފާސްކުރަން ފުލުހުން ހަރަކާތްތެރިވިއިރު، އެ ހަތިޔާރު ފެނުނު ކަބަޑު ކައިރިއަށް އެ މީހާ ގޮސް ހަތިޔާރު ފެނުނު ކަޅު ކުލައިގެ ކުޑަ ދަބަސް އޭނާގެ އަންބޮނޑިން ނެގި ކަމަށާއި އަދި އޭތި އެނދުމަތީގައި ބޭއްވުމަށް ފަހު އެ ހުޅުވާ ވެސް ނުލާ އެއީ ކާކުގެ އެއްޗެއްތޯ އެހި ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގައި ވިދާޅުވި އެވެ. އަދި ދަބަސް ކަބަޑުގެ ތެރެއަށް ލައި އޭގެ ފޮޓޯ ނެގީ އޭގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ހިނގި ކަމަށް ހެކިބަސް ދޭނެ މީހުން ވެސް އެބަތިބި ކަމަށް ސުއޫދު ވިދާޅުވި އެވެ.

މި މައްސަލައިގައި އެންމެ ފާހަގަކުރެވޭ އަނެއް ކަމަކީ ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ތަކެތިން، ކޮމްޕެއާ ކުރެވޭ ވަރުގެ ފިންގަ ޕްރިންޓެއް ލިބުނު ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި އޮތް ޝަރީއަތުގައި ވެސް ފުލުހުން ބުނެފައި ވުމެވެ. އަދި އެ ފިންގަޕްރިންޓާ ނާޒިމް ނުވަތަ އެ ގޭގައި ދިރިއުޅޭ އެއްވެސް މީހެއްގެ ފިންގަޕްރިންޓާ ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކުރެވެ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކުން، ފިންގަޕްރިންޓް ފަދަ މާއްދީ ހެއްކެއް ފެނިއްޖެ ނަމަ، އެއީ އެކަމެއް ސާބިތު ކުރަން ނުވަތަ އެ މައްސަލައެއްގެ ތުހުމަތުކުރެވޭ ބަޔަކު ހޯދަން ވަރަށް މުހިންމު އެއްޗަކަށް ވާނެ ކަމަށެވެ.

"ފިންގަޕްރިންޓެއް ފެނިފައި އޮއްވައި، އެއާ ގުޅުން ހުރި މީހެއް ނުހޯދައި، އެ މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ފޮނުވޭނެ ކަމަށް ގަބޫލެއްނުކުރަން. ފުލުހުން އެކަން އޭރު ކޮށްފައި ވަނީ އޭރު އޮތް ސިޔާސީ ޕްރެޝަރަކާ ހެދި ކަމަށް ގަބޫލުކުރެވޭ،" ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ފިންގަޕްރިންޓުގެ އިތުރުން، ނާޒިމްގެ ކޮޓަރިން ފެނުނު ތަކެއްޗާ ނާޒިމާ ގުޅުން ހުރިތޯ ބެލުމަށް އޭނާ އާއި އޭނާގެ އާއިލާގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ. ނަމަވެސް އެ ތަކެއްޗާ ނާޒިމް ނުވަތަ އާއިލާގެ މީހެއްގެ ޑީއެންއާ ގުޅުން ހުރި ކަމަކަށް ޝަރީއަތުގައި ފުލުހުން ބުނެފައެއް ނުވެ އެވެ. އެހެން ކަމަށް ވާ ނަމަ، ނާޒިމްގެ ކޮޓަރިން ފެނުނު ތަކެތިން ހޯދި ޑީއެންއޭ ޕްރޮޕައިލާ ގުޅުހުން ހުރި މީހުންނަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ.

"އެއްވެސް އެއްޗަކުން ޑީއެންއޭ ޕްރޮފައިލްއެއް ލިބިއްޖެ ނަމަ، އެއީ ޝައްކެއް ނެތް މިންވަރަށް އެއާ ގުޅުން ހުރި މީހުން ހޯދޭނެ ވަސީލަތެއް. ދުނިޔޭގެ އެހެން ގައުމުތަކުގައި ފިންގަޕްރިންޓާއި ޑީއެންއޭ އަކީ، މީހަކު ބުނާ އެއްޗަކަށް ވުރެ ބޮޑަށް، ކުށެއް ސާބިތުކުރަން މާ ބުރަދަން ހުރި އެއްޗެއް،" ރިޔާޒް ވިދާޅުވި އެވެ.

"ފިންގަޕްރިންޓެއް ފެނިފައި އޮއްވައި، އެއާ ގުޅުން ހުރި މީހެއް ނުހޯދައި، އެ މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ފޮނުވޭނެ ކަމަށް ގަބޫލެއް ނުކުރަން. ފުލުހުން އެކަން އޭރު ކޮށްފައި ވަނީ އޭރު އޮތް ސިޔާސީ ޕްރެޝަރަކާ ހެދި ކަމަށް ގަބޫލުކުރެވޭ،" ކުރީގެ ސީޕީ ރިޔާޒް

އޭނާ ވިދާޅުވީ ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލަ އަކީ އެމްއެންޑީއެފުން ގެއްލިފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށް ކެޕްޓަން އަހުމަދު އިހުސާން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ހިނބަޅިދޫން ހަތިޔާރު ފެނުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗްކޮޅުގައި ގޮއްވާލާފައިވާއިރު، އެކަން ކުރި މީހުންގެ ތެރޭގައި ވެސް ނާޒިމް "ފްރޭމްކުރި މީހުން" ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ، އެމީހުންގެ ފިންގަޕްރިންޓާއި ޑީއެންއޭ ނަގައި، ނާޒިމްގެ ތަކެތިން ފެނުނު އެއްޗެހި ކޮމްޕެއާ ކުރިތޯ ސުޕްރީމް ކޯޓުގައި ނާޒިމްގެ ވަކީލުން ސުވާލު އުފެއްދީ ރަނގަޅަށް ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

"ނާޒިމްގެ މައްޗަށް އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައި ނެތްއިރު، އެއާ ގުޅުން ހުރި ބަޔަކު ހޯދަން ފުލުހުން މިހާތަނަށް ހަރުދަނާ މަސައްކަތެއް ކޮށްފައިވޭތޯ ވަރަށް ބޮޑަށް ސުވާލު އުފެދޭ،" ރިޔާޒް ވިދާޅުވި އެވެ.

ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރު ހުރި ދަބަހުގައި އޮތް ޕެން ޑްރައިވްގެ މައުލޫމާތު ވެސް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ކޯޓުގައި ފުލުހުން ބުނެފައި ވަނީ އެ ޕެން ޑްރައިވާ ވެސް ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. މިއީ ވެސް ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނާ ބުނުމަށް ލިބޭ އިތުރު ހެއްކަކަށް ވާނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. ޕެން ޑްރައިވްގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި އަދީބު އަދި ހުސެއިން ވަހީދު އަވަހާރަކަށްލަން ރާވާ ރޭވުމެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް --ފޮޓޯ: ވީމީޑިއާ

މީގެ އިތުރުން ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ އަމުރު ދެއްވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް ޝަރީއަތަށް ހާޒިރުކޮށްދޭން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ. ނާޒިމްގެ ވަކީލުން ވިދާޅުވާ ގޮތުގައި އެ އަމުރު ހޯދީ ފުލުހުން ދޮގު މައުލޫމާތު ދީގެންނެވެ. އަބްދުﷲ ގާޒީ ހާޒިރުކޮށްދިނުމަށް ވަކީލުން އެދުނީ އެކަން ޝަރީއަތުގައި ސާބިތު ކުރުމަށެވެ.

ނާޒިމް ފްރޭމްކުރި ކަމަށް ބާރު ލިބޭ އަނެއް ކަމެއްގެ ގޮތުގައި އޭނާގެ ދިފާއީ ވަކީލުން ފާހަގަކުރަނީ ނާޒިމްގެ އެޕާޓްމަންޓް ބަލައި ފާސްކޮށްފައި ވަނީ، ތަން ބަލައި ފާސްކުރުމުގެ އުސޫލާ ހިލާފަށް، ވީޑިއޯ ކުރުމެއް ނެތި ކަމަށް ވުމެވެ. އެއަށް ރައްދު ދީ، ފުލުހުން ހައި ކޯޓުގައި ބުނެފައި އެކަން ނުކުރީ ފުލުހުންގެ އިދާރާގައި ވީޑިއޯ ކެމެރާއެއް ނެތުމުން ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގައި އެއް ވީޑިއޯ ކެމެރާ އަށް ވުރެ ގިނަ ކެމެރާ ހުންނާނެ ކަން އަޅުގަނޑަށް އެނގޭ. ނާޒިމްގެ އެޕާޓްމަންޓް ވެސް ފާސްކުރީ ސްވޮޓް ޓީމުން. މީގެ ކުރިން ސްވޮޓް ޓީމުން ހިންގާ ހުރިހާ އޮޕަރޭޝަންސްތައް ހުންނާނީ ވީޑިއޯ ކޮށްފައި،" ކުރީ ސީޕީ ރިޔާޒް ވިދާޅުވި އެވެ.

ދެން ވާނީ ކިހިނެއް؟

ނާޒިމްގެ މައްސަލާގައި ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ އިސްތިއުނާފުގައި، ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބާރު ލިބޭ އެތައް ކަމެއް އެބަހުރި ކަމަށް އޭނާގެ ގާނޫނީ ވަކީލު ސުއޫދު ވިދާޅުވި އެވެ. އެގޮތުން ނާޒިމްގެ މައްޗަށް ދައުވާ ކުރި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހުތާޒް މުހުސިނާއި މިހާރުގެ ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އަދި ހޯމް މިނިސްޓަރު އުމަރު ވެސް ޝައްކު އުފެދޭ ފަދަ ގޮތަކަށް ވާހަކަތައް ދައްކާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ނާޒިމްގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ސުއޫދު (ކ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ކިޔާ މީހެއް ކަމަށް މި ޓީމުން ވަނީ ސުޕްރީމް ކޯޓުގައި ބުނެފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ކުރީގެ ޕީޖީ މިހާރު މި ވިދާޅުވަނީ ޕެން ޑްރައިވްއާ މެދު ޝައްކު އުފެދޭ ކަމަށް. އަދި އެ ޕެން ޑްރައިވާ މެދު ޝައްކު އުފެދޭ ކަންތައްތަކެއް އޭރު ފާހަގަވި ކަމަށް ޕީޖީ އެބަ ވިދާޅުވޭ. މިހާރުގެ ޕީޖީ ވެސް ހައި ކޯޓަށް ހުށަހެޅުއްވީ އެމްއެންޑީއެފްގެ ރިޕޯޓެއް. އެއިން ވެސް އެނގެނީ މިހާރުގެ ޕީޖީގެ ހިތުގައި ޝައްކު އުފެދޭކަން. ދެން މިހާރުގެ ހޯމް މިނިސްޓަރު ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު ސުވާލު އުފެދޭ،" ސުއޫދު ވިދާޅުވި އެވެ.

"އެހެންވީމާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް ކަމަކަށް މި މައްސަލައެއް ނުބެލެވޭ."

ސުއޫދު ވިދާޅުވީ މިހާރު ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓާ ހަމައިން ނިމެން ވާނެ ކަމަށެވެ.

"މައްސަލަ އަލުން ބަލަން ޖެހޭ ހިސާބަކަށް ނުދާނެ. ސުޕްރީމް ކޯޓުން މި މައްސަލާގައި ގޮތެއް ނިމެން ވާނެ،" އޭނާ ވިދާޅުވި އެވެ.

41 ކޮމެންޓް, 164 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 9%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާދިސާ

20 June 2016

ފިނިފެންމާ ލޯންޗްގަ ބޮންގޮއްވި ހާދިސާއާ ގުޅިގެން ރައީސް ޔާމީނު ގައުމާ މުޚާޠަބުކޮށް ދެއްކި ވާހަކާގައި ނާޒިމު ސިފައިންގެ ތެރޭން ބަޔަކު ކައިރީ ރައީސާ ދެކޮޅަށް ކޮންމެވެސް ވާހަކައެއް ދެއްކި ކަމަށްވެސް ރައީސް ވިދާޅުވި އެހެންވީމަ އަދި ނާޒިމްގެ އެކަން ތަހުގީގުކުރެވެން އެބަ ޖެހޭ ކަންނޭނގެ

The name is already taken The name is available. Register?

ޝަރަފް

20 June 2016

ރައީސާ ދެކޮޅަށް ވާހަކަދެއްކުމަކީ ކުށްވެރިވާކަމެއް ތަ؟

The name is already taken The name is available. Register?

ބޫ

20 June 2016

ކަންތައް ދާގޮތުން އުމަރުގެ ވަގުތުވެސް ގާތްވެއްޖެހެން ހީވާންފަށައިފި.

The name is already taken The name is available. Register?

ޤައުމު

20 June 2016

މި ޤައުމު މިހާލަތަށް ގެނައި ނާޒިމް އާއި ރިޔާޒް އިސްކޮށް ހަރަކާތްތެރިވި 2012 ގެ ބަޣާވާތުން. ސަލާމަތީ ބާރުތަކުން ވަކި ސިޔާސީ ޕާޓީ އަކަށް ވަޒީފާ އަދާކޮށްދޭހާ ހިނދަކު މިޤައުމު އިސްލާހެއް ނުކުރެވޭނެ. ވަޒީފާއަކީ ކުރި ހުވަޔާ އެއްގޮތަށް އަދާކުރަންޖެހޭ ކަމެއް. އެކަން މިޤައުމުގެ ސަލާމަތީ ބާރުތަކަށް ވަނީ އޮޅިފައި.

The name is already taken The name is available. Register?

އުދުހޭ

19 June 2016

ފިނިފެންމާ ލޯންޗްގައި ގޮއްވާލި ބޮމުގައި ޔާމީނު މަރުވިނަމަ އަދީބު ރައިސްކަމަށް އައިސް އެމައްސަލަ ތަހުގީގުކޮށް އޭގެ ޒިންމާ އެޅުވީހީ ނާޒިމް ބޮލުގަ. އޭރުން އަދީބަށް އޭގެން ސަލާމަތްވެވުނީ. މީ އަޅުގަނޑަށް ވިސްނޭ ގޮތް.

The name is already taken The name is available. Register?

ޙަސަން

19 June 2016

މޮޔަ ނު ގޮވާ .. ނާޒިމް ޖަލުގައި ހުރެގެން ކޮން ބޮމެއް ގޮއްވޭނީ

The name is already taken The name is available. Register?

ޫއުދުހޭ

19 June 2016

ބަލަ ހަސަނާ މަ ބުނިންތަ ނާޒިމޭ ގޮއްވީ؟ ނާޒިމް ބޮލުގަ ރައީސް މަރާލި މައްސަލަ އެޅުވޭނީ މަރާލުމުގެ ކުރިން މަރާލެވޭފަދަ ހަތިޔާރު ހުރިކަމަށް ދައްކައިގެން ދޯ؟

The name is already taken The name is available. Register?

އަހުމަދު

19 June 2016

ވަކީލު ވިދާޅުވަނީ "ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެއްކަން، ނާޒިމްގެ ގާނޫނީ ޓީމުން ބުނުމެވެ. އަދި އެކަމަށް ހެކިދޭނެ ފުލުހުންތަކެއް ތިބި ކަމަށް ވަކީލުން އެންމެ މަތީ ކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި ބުނުމުން ސުވާލު އުފެދޭ އެތައް ކަމެއް އެބަ ހުއްޓެވެ." މިގައުމުގެ ޕްރޮފެޝަނަލް ފުލުހުންގެ މުއައްސަސާއިން މިގޮތަށް ކަންތައްތަށް ކުރާނޭ ތޯ ؟ ގާނޫނާއި ޚިލާފަ އެއްވެސް ކަމެއްކަމެއް ކުރާނޭކަމަކަށް ރައްޔިތުން ގަބޫލު ނުވެސް ކުރާނެއެވެ. 7 ފެބްރުއަރީ 2012 ގައި ގާނޫނާއި ޚިލާފަ އަމުރުކުރާތީ ނަޝީދު ވެރިކަން ވައްޓާލި ބަޔަކު ދުވަހަކު ވެސް ގާނޫނާއި ޚިލާފަ ކަމެއްކުރާނޭ ކަމަކަށް އަޅުގަނޑު ގަބޫލު ނުކުރަމެވެ. އެހެން ކަމުން މުސްލިމަކަށްވެ ހުރެ އަދި މާތްﷲ ގައްދީ ހުވާކުރުމުގެ ބޭނުމަކީ ކޮބައިތޯ ؟

The name is already taken The name is available. Register?

ޕެޑިޔާރު

19 June 2016

ސްޕްރީމް ކޯޓްގެ ފަނޑިޔާރުންވެސް ތިބާ ފިތިފަ..މަޖިލިސް އޮތީ ޔާމިނަށް ހިތަކަށް ލިބިފަ، ހުކުމް ކުރާނީ ޔާމީން ބުނާ ގޮތައް، އެހެންނޫނީ ފާއިޒު އާއި މުއުތަސިމް ބޭރުކޮށްލިގޮތައް ދެކޮޅު ހަދާ މީހަކު ބޭރުކޮށްލާނެ.. ވަރަށް ސާފު ބޮޑުމަންޒަރު..

The name is already taken The name is available. Register?

ގިޔާސް

19 June 2016

އަދީބޭ އެހެން މީހެކޭ ކިޔާނެ ކަމެއްެތް! ހުރިހާ ކަމެއްެސް ކުރުވަނީ ހަމަ ޔާމިންގެ ރޭއްވުމަކުން މީހުންތައް ހަލާޚުކޮށް ވެރިކަން މުުތެރެއަށް ލާ ނިމިވެރިކަން މުށުތެރެއަށް ލާ ދާއިމަށް ވެރިކަމުގައި ހުރެގެން ނިމިދާނެ ގޮތަެއް އެހެން ނަމަވެސް ވިސްނަންވީ އެހެނއއް ނުވާނެކަން!

The name is already taken The name is available. Register?

ކަންވާގޮތް ބަލާ މީހާ

19 June 2016

އަސްމާ ބަލަގަ ބޭބެ އަށް އެމް ޓީ ސީ ސީ ކޮށްކޮ ޖަލުގޮޅި އެތަނެއް ނުފެނޭތަ

The name is already taken The name is available. Register?

މާތްގޮތް

19 June 2016

" ކަންކަން ހިނގަމުން އައި ގޮތަށް ބަލާއިރު، އަދީބު، ނާޒިމް ފްރޭމްކުރައްވަފާނެ އެވެ" ކޮން ކުރައްވަފާނެ އެވެ އެއް؟ މި މީހުން ވެއްޖިއްޔާ ވައްކަންވެސް ކުރައްވާ ވަޑައިގަންނަވާނީ ދެއްތޮ؟

The name is already taken The name is available. Register?

ރައި

19 June 2016

ޝަރުއީދާއިރާ އާއި ފުލުހުންނަކީ އަބަދުވެސް ސިޔާސީ ނުފޫޒަށް މަސަކަތްކުރާބައެއްކަމުގެ އެންމެ ބޮޑު ހެކި މިއޮތީ ފެންނަން.

The name is already taken The name is available. Register?

މުހައްމަދު

20 June 2016

ފުލުހުންގެ މުއައްސަސާ އޮތީ ޝަރުކާރަށް ނުފޫޒު ފޯރުވޭ ގޮތަށް. ރައީސް އަކަށް ހުންނަ މީހާ ބޭނުން ވެއްޖެ ނަމަ ސީޕީ ވަޒީފާ އިން ކަނޑާލާ ބޭރުކޮށްލެވޭ ގޮތަށް. މިކަން ބަދަލު ކުރަން ބޭނުމެއް ނުވޭ ތިބޭފުޅުން ހޮވާފައި ތިބޭ މަޖިލިސް މެންބަރުންނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454