28 ޖެނުއަރީ

January 28, 2019 71
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ނުހައްގުން ޖަލުގައި އޮންނަން ޖެހި އަނިޔާތަކެއް ލިބިވަޑައިގަތަސް، އެއްވެސް މީހަކާ ދޭތެރޭގައި ބަރު ހިތެއް ނެތް ކަމަށާއި އެންމެންނަށް މާފުކޮށްފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

21 ޖެނުއަރީ

January 21, 2019 10
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފި އެވެ.

18 ޖެނުއަރީ

January 18, 2019 92
މަޖިލީހަށް ހޮވަން ޖެހޭނީ ތަނަވަސް މީހުން: ނާޒިމް

ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ރައްޔިތުންގެ މަޖިލިހަށް ހޮވަން ޖެހޭނީ ތަނަވަސް، ފޯރުންތެރި މީހުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

17 ޖެނުއަރީ

January 17, 2019 104
އަނެއްކާވެސް ނަޝީދަށް ގާސިމްގެ ހަމަލާތަކެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދެމެދު ހިނގަމުންދާ ބަހުގެ ހަނގުރާމާގައި ގާސިމް މިރޭ ވެސް ނަޝީދަށް ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.

13 ޑިސެމްބަރ

December 13, 2018 29
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން މިރޭ އޭނާ އެއްކޮށް މިނިވަންކޮށްފި އެވެ.

December 13, 2018 8
ދެ ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށް ލި މައްސަލައިގެ ހުކުމް މިއަދު އިއްވަން ސުޕްރީމް ކޯޓުން...

04 ޑިސެމްބަރ

December 04, 2018 38
ކާނަލް ނާޒިމް ދަނގެތި ދާއިރާއަށް ވާދަ ކުރައްވަނީ

އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ދަނގެތި ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

28 ނޮވެމްބަރ

November 28, 2018 15
ނަޝީދާއި ކާނަލް ނާޒިމް ސިޔާސީ މަޝްވަރާ ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާދެއްވި ދުވަހު އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމްއާ ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

27 ނޮވެމްބަރ

November 27, 2018 10
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު،...

November 27, 2018 11
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، ނާޒިމް 11 އަހަރަށް ޖަލަށް...

25 ނޮވެމްބަރ

November 25, 2018 2
ދެ ނާޒިމްގެ މައްސަލަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ އަންގާރަ ދުވަހު ފެށުމަށް އެ ކޯޓުގައި ތާވަލްކޮށްފި އެވެ.

12 ނޮވެމްބަރ

November 12, 2018 33
އެކުލަވައިލާނީ ޚަރަދު ކުޑަ ސަރުކާރެއް: ގާސިމް

އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވައިލައްވާނީ ޚަރަދު ކުޑަ ސަރުކާރެއް ކަމަށާއި އެކަމަކު އެ ސަރުކާރުގައި އުފައްދާ މިނިސްޓްރީތަކުގެ އަދަދެއް އަދި ކަނޑަނޭޅުއްވޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2018 3
މައުމޫނާއި ނާޒިމް ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މެލޭޝިއާގައި މިރޭ ބައްދަލު ކުރައްވައިފި އެވެ.

29 އޮކްޓޯބަރ

October 29, 2018 5
ނާޒިމްގެ މައްސަލައިގައި އިޖްރާއީ އަޑުއެހުމެއް ބާއްވަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން މިރޭ ނިންމައިފި އެވެ.

04 އޮކްޓޯބަރ

October 04, 2018 12
ނާޒިމް ބޭސްފަރުވާއަށް ބޭރަށް ފޮނުވަނީ

ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ، އެޗުއާރުސީއެމްގެ އެދުމާ އެއްގޮތަށް، ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފި އެވެ.

14 ޑިސެމްބަރ

December 14, 2017 13
ނާޒިމް ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދެންމެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

21 ނޮވެމްބަރ

November 21, 2017 27
ދެ މިލިއަން ދައްކަން މައުމޫންގެ ބޭފުޅުންނަށް ޖެހިއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏަށް 2.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

07 ނޮވެމްބަރ

November 07, 2017 12
ނާޒިމަށް އިންސާފު ލިބުމާބެހޭ ގޮތުން ކެޝަޕްގެ ސުވާލެއް

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިންސާފުވެރި ޝަރީއަތުގެ ފައިދާ ކުރާނީ ކޮން އިރަކުންތޯ، ރާއްޖެ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް މިއަދު ސުވާލު އުފައްދަވައިފި އެވެ.

07 އޯގަސްޓް

August 07, 2017 10
އިސްތިގުލާލަށް ގެއްލުން ދޭން ނާޒިމް ނޫޅޭ: ރިޔާޒް

ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ގެއްލުން ދޭން އުޅުނު ކަމުގެ ތުހުމަތު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް، ރައީސް އަބްދުﷲ ޔާމީން ކުރެއްވިއިރު އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކަށް ނާޒިމް ހަމަޖެއްސެވުމުން ސުވާލު އުފެދޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2017 66
"ބޭރުގެނުފޫޒާއެކު ވެރިކަން ގާއިމްކުރަން ނާޒިމް އުޅުނު"

ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖޭގައި ވެރިކަމެއް ގާއިމްކުރަން އުޅުއްވި ކަމުގެ ތުހުމަތު، ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ކުރައްވައިފި އެވެ.

23 ޖުލައި

July 23, 2017 32
ގައިދީންގެ ކޮންމެ ވާހަކައެއް އާންމު ނުކުރުމަށް އެދިއްޖެ

ތަފާތު އެކި މައްސަލަތަަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާ ގުޅޭ ގޮތުން ހަދާފައިވާ ގަވައިދުތަކުގެ ބޭރުން ހޯދާ މައުލޫމާތު މީޑިއާ އިން އާންމު ނުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އެދިއްޖެ އެވެ.

19 ޖުލައި

July 19, 2017 31
ނާޒިމް ދޫކުރުމަށް އެދި ސިފައިން ސިޓީއެއް ނުފޮނުވާ

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަންކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީނަށް ސިފައިންގެ ފަރާތުން ސިޓީއެއް ނުފިނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.