ރިޕޯޓް / ށ. ފޯކައިދޫ

އުމުރުން 115 އަހަރުގެ ދިވެއްސެއް، އާއިލާގައި 100އަށް ވުރެ ގިނަ ކުދިން!

އަލިބެ އޭނާގެ ދަރިން ކަމަށް ވާ ސިއްތި (ކ) އާއި ފާތުމައާ އެކު ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ތަލްއަތު މުހައްމަދު

އެންމެ ކުރީގެ ހަނދާނަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ފެށީ މީގެ 100 އަހަރު ކުރީގެ ވާހަކައަކުންނެވެ. ރާއްޖޭގައި ރަސްކަން ކުރެއްވި ޝަމްސުއްދީން 3ގެ ވެރިކަމާއި އޭރު މާލެ އޮތް ގޮތާއި އޭނާ މާލޭގައި ދުވަސްތައް ހޭދަކުރި ގޮތެވެ. އޭރު އޭނާއަށް ވާނީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކަމަށް ވެ އެވެ.

ށ. ފޯކައިދުއަށް އުފަން އަލީ އާދަމް ނުވަތަ އެ ރަށު ބަހުން ނަމަ ޑިސްކޯ އަލިބެ ބުނާ ގޮތުން މިހާރު އޭނާއަށް 115 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެހެން ކަމަށް ވާ ނަމަ މިއީީ ރާއްޖޭގައި މިވަގުތު ދިރިހުރި އެންމެ ގިނަ ދުވަސް ވީ ދިވެއްސެވެ. އެކަމަކު އެ އުމުރުގެ މީހަކާ ބަލާފައި އަލިބެގެ ސިއްހަތު ވަރަށް ރަނގަޅެވެ. އަމިއްލައަށް ހިނގާބިނގާވެ އުޅެ އެވެ. ދަރިންގެ ގޭގެއަށް ގޮސް ކައިބޮއެ ހަދަ އެވެ.

އަލިބެ ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ ކައިވެންޏެއް ކުރީ އުމުރުން ވިއްސަކަށް އަހަރުގަ އެވެ. އެ ކައިވެންޏަށް ޖުމްލަ އަށް ކުދިން ލިބުނެވެ. އޭގެ ފަހުން އިތުރު ދެ ކައިވެންޏެއް ކުރި ނަމަވެސް ދަރިއެއް ނުލިބެ އެވެ. އެންމެ ފަހުން އިން އަނބިމީހާ މަރުވިތާ ވެސް މިހާރު ބައި ގަރުނު ވެދާނެ ކަމަށް އޭނާ ބުންޏެވެ.

އަލިބެ: އޭނާގެ އެންމެ ކުރީގެ ހަނދާނަކީ ޝަމްސުއްދީންގެ ވެރިކަން-- ފޮޓޯ: ތަލްއަތު މުހައްމަދު

ދޮށީ ދެ ކުދިން ޅަފަހަތުގައި މަރުވި ނަމަވެސް ދުނިޔޭގައި ތިބި ހަ ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ސިއްތީގެ އުމުރުން މިހާރު 80 އަހަރު ވެއްޖެ އެވެ. ހަ ދަރީންގެ ފަރާތުން، އަލިބެއަށް ކާފަ، މުނިކާފަ އަދި ހޫރުކާފަ ކިޔާ ކުދިން ވެސް ވަނީ ލިބިފި އެވެ. އެ ހުރިހާ ކުދިން އެއްކޮށްލައިގެން 100 އަށް ވުރެ ގިނަ ދަރިން އަލިބެގެ އާއިލާގައި އެބަ ތިއްބެވެ.

"ވަރަށް އުފާވޭ އެހާ ގިނަ ދަރިންތަކެއް ތިބީމައި. އެ ކުދިން ފެންނާތީ،" ފޯނުން "މިހާރު"އާ ވާހަކަ ދައްކަމުން އަލިބެ ބުންޏެވެ.

އަލިބެ އަކީ އުމުރާ އަޅާބަލާއިރު ހަރަކާތްތެރި މީހެކެވެ. ހޮޓަލަށް ގޮސްގެން ވެސް ސައިބޮއެ ހަދަ އެވެ. އުމުރުން ދުވަސް ވީ މީހުންނަށް ސަރުކާރުން ދޭ ފައިސާ ވެސް ބަލައި ދަނީ އަލިބެ އަމިއްލައަށެވެ.

"އެއީ ކާފަ އަމިއްލައަށް ބޭނުން ވެގެން ކުރާ ކަންތައްތައް. [ކައުންސިލް އިދާރާއަށް ގޮސް] ކިޔޫގައި ޖެހިގެން އެލަވަންސް ފައިސާ ހޯދާނީ ވެސް. ހޮޓަލަށް ގޮސް ސައިބޯލައިގެން އަމިއްލައަށް ބިލް ދައްކާ ހަދާނީ ވެސް،" އަލިބެއަށް ކާފަ ކިޔާ، އިބްރާހިމް ރަޝީދު، 54، ބުންޏެވެ.

އަލިބެގެ އަމިއްލަ ވާހަކަތަކުން އެންމެ އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދުނީ އޭރުގެ މީހުން މުއާމަލާތު ކުރާ ގޮތެވެ.

އޭނާ ބުނިގޮތުގައި އޭރު ރަށްފުށުގައި ރައިވަރުން، އެއް ބަޔަކު އަނެއް ބަޔަކާ މުއާމަލާތްކުރުން އާންމެވެ. ރާއަރަން ރުކަށް އަރަން ދަމުން އެކަން ވެސް އަނބިމީހާއަށް އަންގާލާނީ ރައިވަރަކުންނެވެ. އަނބިމީހާ ވެސް އެއަށް ޖަވާބު ދޭނީ ހަމަ ރައިވަރަކުންނެވެ.

އަލިބެގެ ދޮށީ އަންހެން ދަރި ސިއްތި ހޮޅުއައްޓެއްގައި އިށީދެގެން: އަލިބެގެ ހަ ދަރިން ވެސް ދުނިޔޭގައި އެބަ ތިބި-- ފޮޓޯ: ތަލްއަތު މުހައްމަދު

އަލިބެ ބުނިގޮތުގައި ހެނދުނު ރުކަށް އަރަން ގޮސް، އެކަކު އަނެކަކާ ރައިވަރުން ވާހަކަ ދައްކަން މެންދުރުވާންދެން ރުކުގައި ތިބެ އެވެ.

އަލިބެ އަކީ ވަރަށް ބޮޑު މަސައްކަތްތެރިއެކެވެ. ހަ ދަރިން ބޮޑުކުރީ ރުއް އަރައިގެންނާއި މަސްވެރިކަމުން ލިބޭ އެއްޗަކުންނެވެ. އޭރުގެ ރިޔަލު ދޯނިފަހަރުގައި މާލެއަށް ދަތުރުކޮށް، ތަކެތި ވިއްކާ ހެދި އެވެ.

"އޭރު އެންމެ ގިނައިން ގެންދާނީ ގޭގެ އިންވަކި ކުރުމަށް (ވަށާފާރު) ހެދުމަށް، ފަންތޮށި ކަހަލަ އެއްޗެހި. ސާދަ ރިޔަނުގެ މަސް ދޯންޏެއްގައި ދެ ދުވަހުން ރިޔަލުގައި މާލެއަށް ދަތުރުކުރެވޭ،" އަލިބެ ބުންޏެވެ.

އެ ދަތުރުތަކުގައި މާލެ ފައިބައި ހުންނައިރު، އޭނާ އެންމެ ކުރާހިތްވާ ކަމަކީ ޝަމްސުއްދީން ރަސްގެފާނުގެ ފެނޭތޯ އުޅުމެވެ. ކޮންމެ ހުކުރުދުވަހަކު، އެ މަނިކުފާނު ހުކުރަށް ވަޑައިގަންނަވާއިރު އެ މަންޒަރު ބަލަން، ގިނަ ބަޔަކު އެއްވެ އެވެ. ހާއްސަކޮށް، އެކި ބޭނުންތަކުގައި މާލެ ގޮސް ތިބޭ ރަށްރަށުގެ މީހުންނެވެ.

"ހުކުރަށް ވަޑައިގަންނަވާއިރު މުޅި މަގުމަތި އޮންނާނީ ވަރަށް ރީތިކޮށްލާފައި. މަގުގެ ދެ ފަރާތުގައި ހުންނާނީ ދިދަ އެލުވާފައި. ސިފައިން ވެސް ތިބޭނެ. އެއީ ވެސް އަހަރުމެންނަށް ދެން ފާޑެއްގެ ކުޅިވަރަކަށް ވެފައި އޮންނަނީ،" އެންމެ ކުރީގެ ހަނދާންތައް އަލިބެ ކިޔައިދިނެވެ.

އަލިބެ ބުނިގޮތުގައި ޝަމްސުއްދީންގެ ވެރިކަމުގައި ދިވެހިން ވަރަށް ތިޔާގި އެވެ. ކެއުންބުއިމުގައި ވެސް ރަށްރަށުގެ މީހުންނަށް ދައްޗެއް ކުރިމައްޗެއް ނުވެ އެވެ. އެހެންވެ، އޭނާ އެއީ އުފާވެރި ދުވަސްތަކެއްގެ ގޮތުގައި އޭނާގެ ހަނދާނުގައިވެ އެވެ.

މިހާރު ވެސް އަލިބެ ދިރިއުޅެނީ ވަރަށް ހިތްހަމަޖެހިގެންނެވެ. އަނބިމީހާ ދުނިޔޭގައި ނެތަސް ދަރިންގެ އަޅާލުން އޭނާއަށް ލިބެ އެވެ. ގޭގައި އޮވެގެން ދުވަސްތައް ހޭދަކުރާކަށް ބޭނުމެއް ނުވެ އެވެ. އެއަށް ވުރެ އޭނާގެ ހަރަކާތްތެރިކަން ބޮޑެވެ.

72 ކޮމެންޓް, 1212 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 2%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟިރާނު

18 July 2018

ކާފަ ދޯ.

The name is already taken The name is available. Register?

ކާފަރު އަލީ

18 July 2018

އަހަރެމެން ރަށުގަވެސް 116 އަހަރުގެ މީހެއް އުޅެއެވެ.116

The name is already taken The name is available. Register?

އުފާވެރި

23 July 2017

ކޮންމެ ކަމަކަށް ޖަޖް ކުރުމަކީ ދިވެހިންގެ އާދައެއް. މަށަށް ހީވާގޮތުން އެހާ އުމުރުން ދުވަސް މީހަކު ހެލިފެލިވެ އުޅޭތީ ގިނަ މީހުންނަށް ހަމަ ހަޖަމު ނުވާތީ. ދިވެހިންގެ ހާލަތު. ހުރިޙާ ކަމެއް އެންމެ ފުރިހަމަ އަށް ދެނެވޮޑިގެންވާނީ މާތް ﷲ މާތް ﷲ އަލިބެ އާއި އަލިބެގެ އާއިލާއަށް ރަޙްމަތް ލައްވާށި.

The name is already taken The name is available. Register?

ޒުވާނާ

16 July 2017

އަލިބޭގެ އައިޑީ ކާޑުގައި އުފަންވިކަމަށްއޮތީ ކޮން އަހަރެއްކަން ފާހަގަކުރިނަމަ އެނގުނީސް . ސައިކުރާނައީމު ދުވަސްވީ މީހުންގެ އުފަންއަހަރު ބަލާފައިވަނީ ވަރަށްބޮޑަށް ދިރާސާކޮށް ހޯދާ މައުލޫމާތުގެ މައްޗަށް ބިނާކޮށް. އެހެންކަމުން އައިޑީ ކާޑުގައިވާ އުފަން ތާރީޚް ހާމަކޮށްދީ. އޭރުން އެގިދާނެ އުމުރުން ވީ ކިތައް އަހަރުކަން.

The name is already taken The name is available. Register?

ސަބްޖެކްޓިވް

16 July 2017

ކަމެއްގައި ޢިލްމީކޮން ވިސްނުމަކީ މީހަކާ އެއްވެސް ކޮޅަކުން ޒާތީވުމެއް ނޫން އަދި އިހްތިރާމު ކުޑަކުރުމެއްވެސަ އަދި ހާސަރު ދިގުކުރުމެއްވެސް ނޫން. ގަބުޅިބާދަލާ އަރާތީ ރޭވީމާ ގޭދޮރު ބަންދުކޮށް ލޯމަރާގެން ތިބޭ ޒަމާން ފާއިތުވެއްޖެ.

The name is already taken The name is available. Register?

ހަސަން

16 July 2017

އަލީ އާދަމް ގެ އުމުރު ކަމަށް އަހަންނަށް ލަފާ ކުރެވެނީ ގާތްގަޑަކަށް 97 އަހަރު! މި ލިޔުމުގައިވާ މައުލޫމާތުގެ އަލީގައި ބޮޑަށް ލަފާ ކުރެވެނީ، މީނާ އުފަންވީ 1920 ގެ އަހަރު ތަކުގައި ކަމަށް!

The name is already taken The name is available. Register?

ނޫނުއަލިފް

16 July 2017

އަލިބެއަށް ބާޖަވެރިކަން ދެވުން އެދި ދުޢާކުރަން. އާމީން

The name is already taken The name is available. Register?

ސަމްސުއްދީން

16 July 2017

މީގެ ފަހުން އިއްޒަޔްތެރި މެންބަރުން މަޖްލިސް ތަޅުމުގައި އެކަކު އަނެކަކާ މުހާތަބު ކުރަން ޖެހޭނީ ރައިވަރަކުންނެވެ

The name is already taken The name is available. Register?

ފާތުމާ

18 July 2018

ގުޑް އައިޑިޔާ

The name is already taken The name is available. Register?

ގާހިރު

16 July 2017

ކޮމެންޓް ކުރެއްވި ޒްނަ ، އަމަން އަށް ބުނެލަން. އަލިބެގެ ނިކްނޭމަކީ ޑިސްކޯ އަލިބެ... އެހެންވީމާ، އަލިބެއަކީ ވަރަށް ފެޝަން ބޭކަލެއް މީގެ 50 އަހަރު ކުރިން އަޅުގަނޑު ދުށިން، ބަންގާޅު ދަތުރާއި ކޮށްޗޭ ދަަތުރުކޮށް އުޅުނު ބައެއް އޭރުގެ ޒުވާނުން ގަމީހުގެ މޭމަތީގެ ގޮށްތައް ނައްޓައި ލައިގެން އުޅުނު ތަން... އަދި ދަންނަވަންތޯ އެޓޮލްސް މިނިސްޓަރަކަށް ވަޙީދުއްދީނު ހުންނެވި އިރު ބައެއް އިޙްތިފާލުތަކުގައި ހުންނަވާއިރު ގަމީހުގެ މޭމަތީގެ ގޮތްތައް ނައްޓަވައި މޭމަތި ފެންނަ ގޮތަށް ހުންނަވާ.. އެއީ ފެށަން. ކޮމެންޓް ކުރާ ތިޔަ ކުދިން ހަގުކަމުންނާއި ދުނިޔޭގެ އާޖުފާޖު އެނގުން މަދީ

The name is already taken The name is available. Register?

ހާސަރު ހާދަ ގިނައޭ

16 July 2017

މިތާ ކޮމެންޓް ކޮށްފަ ތިބި ގިނަ މީހުންނަށް ބުނެލަން އޮތީ ދެން ކޮންމެ ކަމާކާ އެހާ ހާސަރު ގިނަ ނުކޮށް ނޭދެވޭ ގޮތްގޮތަށް ވިސްނުން ގެންގުޅޭނެ ކަމެއް ނެތޭ. ކޮންމެ ގޮތެއްވިޔަސް އަލިބެއަކީ ވަރަށް އުމުން ދޮށީ މީހެއް އަހަރުމެންގެ އިހްތިރާމް އޮންނަންޖެހޭނެ. އެހާ ދޮށީ އުމުރުގައިވެސް ސިއްހަތު ރަގަޅު މުރާލި ދިރިއުޅުމެއް އުޅުން އެއީ އަހަރުމެން ކޮމްޕިއުޓަރު ކައިރީ އަބަދު ތިބޭ މީހުން ވިސްނާލަން ޖެހޭ ކަމެއްހެން ހީވަނީ. އަހަރުމެންވީ ބަލަން އަލިބެފަދަ ސިއްހަތު ރަގަޅު ހީވާގި މީހަކަށް ވެވޭތޯއެއް ނޫންތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454