ރިޕޯޓް / ހައްޖު

ފެނި ގެއްލުނު ލަތީފްބޭގެ ހައްޖު ދަތުރު

ގެއްލިގެން ހޯދަމުން ދިޔަ އަބްދުއްލަތީފްބެ "މިހާރު" އަށް އިންޓަވިއު ދެނީ: ފެނުނީ ދެ ފަހަރަށް ގެއްލުމަށް ފަހު. -- ފޮޓޯ: މިހާރު

މައްކާ އިން: އަހްމަދު އަބްދުﷲ ސައީދު

05 ސެޕްޓެމްބަރ 2017 - 10:12

56 comments

ފަހުގެ ކޯޓާގައި މި ފަހަރު ހައްޖަށް އައި މީހުން އަރަފާތުން މުޒްދަލިފާ އަށް ދިއުމަށްޓަކައި ފޭލިގެ އިން ނުކުތީ އެ ދުވަހުގެ އިރު އޮއްސުމުންނެވެ. ފައިމަގުގައި ދެވޭނެ ކަމަށް ބުނި 50 މީހުން ދިއުމުން ބާކީ ތިބީ، ބަހުގައި ދާން ބޭނުންވި މީހުންނެވެ.

ނަމަވެސް އެ ރޭގެ 10:30 ވި އިރު ވެސް ބަސް ނައުމުން، ބަސްތައް ލިބިދާނެ ކަމުގެ އުންމީދު ގެއްލުމާ އެކު، ހިނގާފައި ދެވޭ ވަރުގެ އިތުރު މީހުން ތިބިތޯ ބެލި އެވެ. ނައިފަރު ހައި ހޯޕް، އަބްދުއްލަތީފް އަލީ (ލަތީފްބެ)، 71، އާއި އޭނާގެ އަންހެނުން ސަންފާ އިސްމާއީލް ވެސް ހިމެނެނީ ހިނގާފައި ދާން އެއްބަސްވި މީހުންގެ ތެރޭގަ އެވެ.

ލަތީފްބެމެންގެ ގުރޫޕްގެ މީހުންކޮޅު ހިނގާފައި ދާން އަރަފާތުގެ ޓެންޓުން ނުކުތީ އެ ރޭގެ 10:50ގަ އެވެ. ލަތީފްބެމެންނާ ހަވާލުވެގެން ދާން ނުކުތް އެހީތެރިއަކު ބުނި ގޮތުގައި، ހިނގާފައި ދާން ނުކުމެގެން އިރުކޮޅަކު ހިނގި ތަނާ އެ މީހުންގެ ތެރޭގައި ހުރި ތަންކޮޅެއް "ނުފޫޒު ގަދަ މީހަކު" އަޑުގަދަކޮށް، ގުރޫޕްގެ ލީޑަރަކަށް ހުރި މީހާއާ ދެބަސްވެ ބަހެއް ހޯދަން ކޮންމެހެން ބޭނުންވި އެވެ.

ދެން ބަސްތަކެއް ހުރި ތަނަކަށް ގޮސް އެ ތަނުން ކުއްޔަށް ހިފި ބަހަކަށް އެންމެން އަރައިގެން ދަތުރު ފެށީ އެވެ. ނަމަވެސް ކުޑަ ތަންކޮޅަކަށް ދަތުރު ކޮށްފައި ބަސް ހުއްޓުމަށް ފަހު، ކުރިއަށް ނުދެވިގެން އެންމެން އަނެއްކާ ބޭލީ އެވެ.

ބަހުން ފައިބައިގެން ލަތީފްބެގެ ދެމަފިރިން ވެސް އެހެން މީހުންނާ އެކު އަނެއްކާ ފައިމަގުގައި ހިނގަން ފެށީ އެވެ. އޭރު މުޒްދަލިފާ އަށް ދާން އޮންނަ މަގުތައް ފުރިބާރުވެގެން މީހުންތައް އަރަފާތުން މުޒްދަލިފާ އަށް ދަތުރު ކުރެ އެވެ. އެތައް އިރަކު ހިނގުމަށް ފަހު، ލަތީފްބޭގެ ދެމަފިރިން ވެސް މުޒްދަލިފާ އަށް ވަނީ، ގުރޫޕުގައި ތިބި އެހެން މީހުންނާ އެކުގަ އެވެ.

މުޒްދަލިފާ އަށް ވަދެވުމުން، ފާހާނާކޮށް ނަމާދު ކޮށްލުމަށްޓަކައި ފާހާނާބަރިއެއް ކައިރީގައި އެންމެން މަޑުކުރީ އެވެ. އެއީ އެއް ފަރާތް އަންހެނުން އަނެއް ފަރާތް ފިރިހެނުން ބޭނުންކުރާ ގޮތަށް ހުންނަ ފާހާނާބަރިއެކެވެ. ގުރޫޕުގައި ބޭނުން ކުރި ދިދަ ބެހެއްޓީ އަންހެނުންގެ ފަޅިއާ ވީ ފަރާތުގަ އެވެ. އެންމެންނަށް ވެސް އެންގީ ފާހާނާ ކޮށްގެން ދިދަ ކައިރި އަށް ޖަމާވުމަށެވެ.

ގުރޫޕްގެ އެހީތެރިންނާއި ލަތީފްބެގެ އަންހެނުން ބުނި ގޮތުގައި އެ ތަނަށް މަޑުކުރުމުން ލަތީފްބެ ދިޔައީ ފާހާނާ ބަރީގެ ފިރިހެނުން ފަޅި އަށެވެ.

އެ ހިސާބުން ލަތީފުބޭގެ ހަބަރެއް ނުވި އެވެ.

"އަޅުގަނޑުމެން އެތާނގައި މަޑުކޮށްގެން ތިބެތިބެ ވެސް އެ ބޭބެއެއް ނައި. އަންހެނުން އެބަ ބުނޭ ފާހާނާއަށޭ ދިޔައީ. ބޭބެ ފާހާނާ ކޮށްގެން ނުކުމެވޭނީ ދިދަ ހުރި ފަޅި ނޫން އަނެއް ފަޅި އަށް. އެހެންވީމާ ހީވަނީ، ބޭބެ އަށް ދިދަ ނުފެނުނީމާ ދިޔައީހެން،" އެ ގްރޫޕްގެ އެހީތެރިޔަކު ކިޔައިދިނެވެ.

"ދެން އަޅުގަނޑުމެން ބުނެފިން ހުރިހާ މީހުން ކައިރީ މިތާނގައި ނިދާލަން ޖައްސައިލާށޭ. އެ މީހުން ނިދަން ބައިތިއްބާފައި އަޅުގަނޑުމެން މި ނުކުތީ އެ ސަރަހައްދު ބަލަން. ނުކުމެ އެރޭގެ އެކަކުން ތިނެއް ޖަހަންދެން މުޅި ސަރަހައްދު ބެލި އިރު ވެސް އެ ބޭބެ ނުފެނުނު."

ޝައިޚް ހިއްޕަވައިގެން ހުންނެވި ދިދަ އަޅުގަނޑަށް ގެއްލިއްޖެ. އޭރު މީހުން ބައިބޯކަމުން ހީވަނީ އެހެން ފަދަ ކަމެއް ހެން. ދެން އެ މީހުންތައް ކުރިއަށް ދާތީ އަޅުގަނޑު ވެސް ދިޔައީ އެ މީހުންނާ އެކީގައި.

ލަތީފްބެ ބުނި ގޮތުގައި އޭނާ އަށް ވަކި ހިސާބަކުން މީހުންތައް ގެއްލުނީ މާ ބޮޑަށް ބައިބޯވީމަ އެވެ.

"އިރުކޮޅަކުން (ގުރޫޕްގެ ކުރީގައި) ޝައިޚް ހިއްޕަވައިގެން ހުންނެވި ދިދަ އަޅުގަނޑަށް ގެއްލިއްޖެ. އޭރު މީހުން ބައިބޯކަމުން ހީވަނީ އެހެން ފަދަ ކަމެއް ހެން. ދެން އެ މީހުންތައް ކުރިއަށް ދާތީ އަޅުގަނޑު ވެސް ދިޔައީ އެ މީހުންނާ އެކީގައި."

ފާހާނާ އިން ނުކުތް ވަގުތު ދިދަ ފެންނަން ނެތުމުން، ފާހާނާ ބަރީގެ އަނެއް ފަރާތަށް ދިއުމުގެ ވިސްނުމެއް ނެތި، މޫނު ހުރި ދިމާލަށް ލަތީފްބެ ހިނގައިގަތީ އެވެ. އޭރު ގުރޫޕްގެ އެހެން މީހުން ފާހާނާ ބަރީގެ ބިއްދޮށުގައި މަޑުކޮށްގެން ތިބީ އެވެ.

ލަތީފްބެ ހިނގަމުން ދަނިކޮށް މިނާގެ ސަރަހައްދު ފެށޭ ކަން އަންގައިދޭ ބޯޑުތައް އޭނާ އަށް ފެނުނެވެ. ނަމަވެސް އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން މިނާ އަށް ވަދެވޭ ގޮތެއް ނުވި އެވެ.

"ދެން އެތަނުން ފެނުނު ސިފައިންގެ މީހަކަށް އަޅުގަނޑުގެ ކަރުގައި އޮތް ކާޑު ދައްކާފައި ބުނިން ގުޅައިދޭށޭ މި އުޅެނީ ގެއްލިގެންނޭ. ބުނީމާ އެ ސިފައިންގެ މީހާގެ ފޯނުން ގުޅައިދިނީ ކާޑުގައި އޮތް ނަންބަރަށް. ދެން ކޯޕަރޭޝަންގެ މީހާ އަޅުގަނޑު ގާތުގައި ވިދާޅުވީ އެ ތަނުގައި މަޑުކުރާށޭ،" ރަށުގައި މުދިމެއްގެ ވަޒީފާ އަދަކުރާ ލަތީފް ކިޔައިދިނެވެ.

އޭރު މެންދަމުން އަލިވެ އެކެއް ވެސް ޖަހާފައިވުމާ އެކު ހަށިގަނޑަށް ލިބުނު ވަރުބަލިކަމުގައި، މުޒްދަލިފާ އާއި މިނާ ގުޅޭ ހިސާބުގައި ކުނަލެއް ފަތުރާލައިގެން އޮށޯވެލީ އެވެ. އެހެން އޮއްވައި ލަތީފްބެ އަށް ހޭލެވުނީ އަނެއްކާވެސް އެ ސަރަހައްދުގައި ތަންކޮޅެއް ބައިބޯވެ މީހުންގެ ހޯބޯލެވުމުގެ އަޑަށެވެ. އޭރު އިރުއަރައި އަލިވެއްޖެ އެވެ.

"ދެން ކޯޕަރޭޝަނުން ވެސް އިތުރު ހަބަރެއް ނުވީމާ ހިތަށްއެރީ، މި ވަގުތު ނުކުތިއްޔާ ޖަމްރާތަކަށް ހިލަ އުކަން ދާ މީހުންނާ ދިމާވާނެޔޭ. ދެން ޕޮލިހަށް ނުފެންނަ ގޮތަށް މަސައްކަތް ކޮށްގެން، ފާރުގެ (ބެރިކޭޑް) އެ ފަރާތަށް (މިނާގެ ސަރަހައްދަށް) ފުންމާލައިފިން. ޕޮލިހަށް ފެނުނު، އެކަމު މާ ބޮޑަކަށް އަޅައެއް ނުލި."

ލަތީފުބެ އަށް އެހީތެރިވުމުގެ ގޮތުން ފޯނުކުރި ސިފައިންގެ މީހާ އަށް ހައްޖު ކޯޕަރޭޝަނުން ގުޅި އެވެ. އެކަމަކު އޭރު ލަތީފުބެ އެ ސަރަހައްދުން ހިނގައްޖެ އެވެ.

"އަޅުގަނޑުމެންނަށް އޭނާ ގުޅި ނަންބަރަށް ގުޅާފައި އެހިން އެ ބޭބެ ކޮބައިހޭ. ބުނީމާ އެ ސިފައިންގެ މީހާ ބުނީ މިތާ ބަހައްޓާފައި ހުއްޓާ (ބެރިކޭޑް މަތިން) ފުންމާލައިގެން ފިލައިފިޔޭ. ދެން އަޅުގަނޑުމެންނަށް އޭނާއާ ގުޅޭނެ އެއްވެސް ގޮތެއް ނެތް، އޭނާގެ އަތުގަ ފޯނެއް ނެތީމަ،" ކޯޕަރޭޝަންގެ އެހީތެރިއަކު ބުންޏެވެ.

މިނާގެ ތެރެއަށް ވަދެ ހިނގަމުން ދިޔަ އިރު، ލަތީފްބެ އަށް އެކި ގައުމުތަކުގެ ދިދަތައް ފެނެ އެވެ. ނަމަވެސް ދިވެހިރާއްޖޭގެ ދިދައެއް ނުފެނެ އެވެ.

"ދެން އަނެއްކާވެސް ޚިޔާލަށް އައީ ހިތްހަމަނުޖެހުމުގެ އިހްސާސްތަކެއް. އެހެން އުޅެނިކޮށް އީދު ދުވަހުގެ ހެނދުނު 9:30-10:00 އާ ދޭތެރޭގައި އަނެއްކާ ހަމަ އަޅުގަނޑުމެންގެ ގުރޫޕްގެ ދެތިން ބޭފުޅަކު ފެނިއްޖެ. އެކަމަކު އަޅުގަނޑުގެ ޚިޔާލަކަށް ނައި އަޅުގަނޑު މި ހުރީ އޮޅިގެން މަގު ގެއްލިފައޭ އެ ބޭފުޅުން ގާތު ބުނާކަށް. އެ ބޭފުޅުންނާ އަޅުގަނޑު ވާހަކަ ވެސް ދެއްކިން. އަދި އަޅުގަނޑު ގެންގުޅުނު ބިސްކޯދުކޮޅެއް ވެސް އެ ކުދިންނަށް ދިނިން. ދެން އެ މީހުން ގެއްލިދާނެ ކަމަކަށް ނުބަލަން. އެކަމަކު ކުޑައިރުކޮޅަކުން އެމީހުންނެއް ނުފެނުނު."

އޭރު ލަތީފްބެ އަށް މި ދެވުނީ ދިވެހިންގެ ތެރޭގައި "ހިޔާކުރި މަގު"ގެ ނަމުން މަޝްހޫރުވެފައިވާ މަގުން ލާފައި ޖަމްރާތަކަށް ދިޔަ މީހުންތަކުގެ ތެރެއިން ޖަމްރާތަކާ ދިމާލަށެވެ. ޖަމްރާތަކާ ހަމައަށް ދިޔައިރު ވެސް އިތުރު ދިވެއްސަކާ ބައްދަލު ނުވުމުން ލަތީފްބެ އަށް ވިސްނުނީ އެނބުރި ފަހަތަށް ދާށެވެ. ސިފައިން އެކަމަށް ހުރަސްއެޅުމުން މަޖުބޫރުވީ މީހުންތައް ދާ ކޮޅަށް ކުރިއަށް ހިނގާށެވެ. އޭރު ލަތީފްބެ އަށް މި ހިނގައިގަނެވުނީ ޖަމްރާތަކަށް ހިލަ އުކާފައި އެނބުރި މިނާ އަށް ދާ މީހުންތަކުގެ ތެރެއަށެވެ.

އީދު ދުވަހު ހިލަ އުކަން ގޮސް އުޅެނިކޮށް ގެއްލުނު ޅ. ނައިފަރު އަބްދުއްލަތީފު އަލީ ފެނުނު އިރު ހުރި ގޮތް

"އެކަމަކު ގުރޫޕުގެ މީހަކު ނުފެނުނީމާ އެއްވެސް ކޮޅަކަށް ދާހިތެއް ނުވި. ދެން ތަންކޮޅަކަށް ހިނގި ތަނުން ދިމާވެއްޖެ ރަށު ކުއްޖަކާ. ކީއްކުރަނީހޭ އެހީމާ އަޅުގަނޑު ބުނެފިން ދެވޭނެ ގޮތެއް ފެނޭތޯއޭ މި ބަލަނީ. ދެން އޭނާ ބުނީ ތިހިރީ ނިމިފައި ނޫންހޭ ދެން ދާންވިއްޔޭ، ތިމަންނާ ވެސް މި ދަނިއްޔޭ. ތިމަންނާ އޮފީހުގެ ދެ ކުއްޖަކު ވެސް އެބަ ތިއްބޭ، އެކުދިންނާ އެކުއޭ ދާނީ. ކުޑަކޮށް މަޑުޖައްސައިލާށޭ، އެކުދިން އެބަ އާދެޔޭ. ދެން އެ ކުދިން އައިމާ އެ ކުދިންނާއި މި ބޭފުޅާ [މައްކާގައި ކިޔަވާ ދިވެހި ދަރިވަރެއް ކަމަށްވާ އަބްދުﷲ ހުސައިން]އާ އެކު ދިޔައީ އެކުދިން އުޅޭ ސަރަހައްދަށް."

އޭރު ހައްޖު ކޯޕަރޭޝަންގެ 240 މީހުންނާ އެކު އަޅުގަނޑު ވެސް އަރަފާތުން ހިނގާފައި މުޒްދަލިފާ އަށް ގޮސް މުޒްދަލިފާ އަށް ގޮސް އޭގެ ފަހުން ބޮޑު ޖަމްރާ އަށް ހިލަ އުކާފައި އެހެން މަގަކުން އެނބުރި އައިސް ތިބީ 22 ނަންބަރު ފޭލިގެ އަށް ވަދެ އެވެ. އޭގެ މާ ގިނައިރުތަކެއް ނުވަނީސް، ބައެއް ދިވެހިންނަށް ފޭލިގެ އަށް ނުވަދެވިގެން އުޅޭ ވާހަކަ އަޑުއިވުމުން އަޅުގަނޑާއި އަބްދުﷲ ހުސައިން ފޭލިގެ އިން ނުކުތީ އެވެ.

އަޅުގަނޑު ހުއްޓި ހުރީ ޖަމްރާތަކުން މީހުން އަންނަ މަގަށް ހުންނަ ގޭޓުތަކާ ކައިރީގަ އެވެ. އަބްދުﷲ ހުސައިން މަޑުކޮށްލީ މަގުގެ އަނެއް ފަރާތުން ޖަމްރާތަކާ ވީ ކޮޅާ ތަންކޮޅެއް ކައިރީގަ އެވެ. އެތާ ހުއްޓާ ތިން ހަތަރު ދިވެއްސަކު ޓެންޓުތަކާ ދުރު ފަރާތުން ދާ ތަން އަބްދުﷲ އަށް ފެނުނެވެ. އޭގެ ތެރޭގައި ލަތީފްބެ ވެސް ހިމެނެ އެވެ. ދެން އެމީހުން ކައިރި އަށް ގެނެސް އޭގެ ތެރޭގައި ހުރި ތަންކޮޅެއް ޒުވާން އުމުރުގެ މީހަކު ޓެންޓަށް ދާން އެނގޭނެ ކަމަށް ބުނުމުން އޭނާއާ އެކު ލަތީފްބެ ވެސް ޓެންޓަށް ފޮނުވައިލީ އެވެ.

ލަތީފްބެ އަށް މި އާދެވުނީ ހަގީގަތުގައި އޭނާ ހުންނަ ޓެންޓަކަށް ނޫނެވެ. އޭނާއަކީ ފަހުގެ ކޯޓާގައި އައި މީހަކަށް ވުމުން އެ ކޯޓާގައި އައި މީހުން މިނާގައި ތިބެނީ، ފުރަތަމަ ކޯޓާގައި އައި މީހުން ތިބޭ ޓެންޓުތަކާ 2.6 ކިލޯމީޓަރު ދުރުގައި ހުންނަ 59 ނަންބަރު ޓެންޓުގަ އެވެ.

"އެ ކުދިން ވެއްދި ތަނުގައި އަޅުގަނޑު ގޮނޑިއެއްގައި އިށީނދެލައިގެން އިނީ. އެ ތަނުގައި [އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ހައްޖު ކޯޕަރޭޝަންގެ ބޯޑް މެމްބަރު] އަލީ ވަހީދު އިންނެވިކަން އަޅުގަނޑަށް އެނގިއްޖެ. ދެން އަޅުގަނޑު އެ ޓެންޓަށް ވަދެފައި އަލީ ވަހީދަށް ނަންގަނެފިން، މިހާރު މީނީ ދާނެ ދިމާލެއް ނޭނގިފައޭ، އަދި މީނީ ހިލަ ވެސް ނުއުކައޭ ދިމާވި ގޮތުން،" ލަތީފުބެ ކިޔައިދިނެވެ.

އިހްރާމް ކެނޑޭނީ ހިލަ އުކައި ބޯބޭލުމުން ކަމަށް އަލީ ވަހީދު ވިދާޅުވުމުން، ލަތީފްބެ އެ ޓެންޓުން ނުކުމެ ބޭރުގައި މަޑުކޮށްލީ އެވެ. އަދި ފާޚާނާއަކަށް ދާން އުޅުނު އިރު ކިޔޫ ޖެހިފައި ތިބި މީހުން ގިނަކަމުން ލަތީފްބެގެ ވިސްނުމަށް އައީ ޖަމްރާ އަށް ހިލައުކުމުގެ ކަންތަކެވެ.

"ދެން އަޅުގަނޑު ހިތަށްއެރީ ހިލަ ހޮވިދާނެޔޭ މި ފަރާތަށް ނުކުމެލަނިކޮށް. ދެން އަޅުގަނޑު ނުކުމެލީ އެ ދޮރުން. ހަމަ ނުކުންނަ އިރަށް، ޕޮލިސް އައިސް ބަންދުކޮށްފި އެ ދޮރު. ދެން އަޅުގަނޑު އެ ތަނުން ހޮވިން 70 ހިލަކޮޅު."

ލަތީފްބެ އަށް އޭރު މި ނުކުމެވުނީ ހިޔާކުރި މަގަށެވެ. ނަމަވެސް އެ މަގަށް ނުކުމެވެން ހުންނަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭނުން ކުރަން ހުންނަ ގޭޓްތަކަކަށް ވާތީ، އެއީ އާންމުކޮށް މީހުން ވަދެނުކުމެ އުޅޭ ގޭޓްތަކެއް ނޫނެވެ. އެހެންކަމުން އެ ގޭޓުން މީހަކު ނުކުތްތައް ފެނުމާ އެކު ފުލުހުން ގޭޓު ތަޅުލީ އެވެ.

ހަގީގަތުގައި ލަތީފްބެއަށް މަގު އޮޅި ގެއްލުނީ އެ ހިސާބުންނެވެ. އެނބުރި ޓެންޓަށް ނުވަދެވުމުން، ދާނެ ތަނެއް ނޭނގި އެ މަގަށް ލަތީފްބެ ބެހުނީ އެވެ. ލަތީފްބެ އަށް އަނެއްކާވެސް މަޖުބޫރުވީ ހިޔާކުރި މަގުން ލާފައި ޖަމްރާތަކާ ދިމާލަށް ދާށެވެ. އެއީ އެ މަގުން އަނެއް ކޮޅަށް ދާން ފުލުހުން ފުރުސަތު ނުދޭތީ އެވެ.

"ދެން އާވާރާވެގެން މި ދަނީ ހިނގަމުން. ދަނިކޮށް ކޮންމެވެސް ތަނެއްގެ ހިޔަލެއް ފެނިގެން އިރު އޮއްސުނީމާ އެ ތަނުގައި ޖައްސާލައިގެން ދަބަސް ބަހައްޓައިގެން އޮށޯވެ ނިދީ. ވަކި ވަރަކަށް ނިދިފައި ދެން ހޭލެވުނީމާ ހިތަށްއެރީ، މިތަނުން އެއްވެސް މީހެއްގެ އެހީއެއް ނުލިބޭނޭ. ހަމަގައިމު ވެސް އެހީއެއް ލިބޭނީ ހަރަމްފުޅަށް ދިޔައިމައޭ. ކޮންމެވެސް ހިތްހަމަޖެހުމެއްގެ އެހީ ވެސް ލިބޭނެޔޭ. ދެން ގާތްގަނޑަކަށް 3:30 ހާއިރު މަގުމައްޗަށް ނުކުމެއްޖައިން."

"އެތަނުން ދިމާވި ސައޫދީ މީހަކާ، އޭނާ އަތުން އިޝާރާތް ކޮށްލާފައި އެހީ ކިހިނެއް ވެގެންހޭ. ދެން އަޅުގަނޑު ދިވެހި ބަހުން، ދިވެހިރާއްޖެއޭ ކިޔައި މި ކާޑު ދައްކާލާފައި ބުނެފިން ހަރަމްފުޅަށް ގެންގޮސްދޭށޭ. އެ މީހާ މަގުމަތިން އައި ކާރެއް ހުއްޓުވާފައި ކާރަށް ފައިސާ ދީފައި އަޅުގަނޑު ލާފައި ފޮނުވާލައިފި ހަރަމަށް. ދެން އަޅުގަނޑު ހަރަމަށް ގޮސް ފޭބީ. އޭރު ހުރީ ފެން ވެސް ނުވަރައި ވަރަށް ހަޑިކޮށް."

ލަތީފްބެ ބުނި ގޮތުގައި އެ ދުވަހުން ފެށިގެން އިއްޔެގެ ހެނދުނާ ހަމައަށް އޭނާ އުޅުނީ ހަރަމްފުޅުގެ ތެރޭގަ އެވެ. ހަރަމްފުޅުގެ ފާޚާނާތަކުން ފެންވަރައިގެން ހަރަމްފުޅުގައި ނިދައި، ބަނޑުހައިވީމާ ބޭރަށް ނުކުމެ ކައިރި ތަނަކުން އެއްޗެހި ގަނެގެން ކައިބޮއި ހަދަނީ އެވެ. ލަތީފްބެގެ އަތުގައި އޮތް ދަބަހުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުއްޓެވެ. ލައިގެން ހުރި އިހުރާމް ހެދުމާ އެކު އެ ގޮތުގައި އެއް ދުވަސް ހަރަމްފުޅުގައި ހޭދަކުރި އެވެ.

"ދެން އަނެއް ދުވަހު ފިހާރައަކަށް ވަދެ ގަމީހެއް ގަތީ. ފަޓުލޫނެއް ގަތީ އަތުގައި އޭރު އޮތް ފަންސާސް ރިޔާލު ދީފައި. އަތުގައި މިތާނގެ ފައިސާ ނެތީމާ އެ މީހުން ގަމީހެއް ވިއްކީ 200 ޑޮލަރަށް. ދެން ހަރަމްފުޅަށް ގޮސް ފެންވަރާލައިގެން ހެދުން ބަދަލުކޮށްލީ. ދެން އެއްވެސް ދަތިކަމެއް ނެތި ހަރަމް ތެރޭގައި އުޅެލާފައި ނަމާދު ވަގުތު ޖެހުނީމާ ނަމާދު ކޮށްލައިގެން، ކާންވީމާ ބޭރަށް ނުކުމެ ކާލައިގެން އެހެން އުޅުނީ."

ދެ ދުވަސް ވަންދެން ހަރަމްފުޅުގައި އުޅުމަށް ފަހު، އިއްޔެ ހެނދުނު މަގުމައްޗަށް ނުކުމެލީ ލައިގެން އުޅުނު ގަމީހާއި ފަޓުލޫނު ދާވީމާ، އިތުރު ގަމީހެއް ގަތުމުގެ ގަސްދުގަ އެވެ. ހަރަމްފުޅުގެ ބޭރުގައި ހުރި ފިހާރަތައް ބަލަމުން، ބޭއިޚްތިޔާރުގައި ލަތީފްބެ އަށް ހިނގުނީ، ހައްޖު ކޯޕަރޭޝަންގެ މީހުން ތިބޭ ދެ ހޮޓަލާ ދިމާލަށެވެ.

އެ ވަގުތު އަޅުގަނޑާއި އިތުރު ހަ މީހަކު ހޮޓަލުން ނުކުމެގެން ދިޔައީ ޠަވާފު ކުރަން ހަރަމްފުޅަށް ދިއުމަށެވެ. އަޅުގަނޑާ އެކު، ނައިފަރުގެ އެހެން ފިރިހެނެއް ކަމަށްވާ އިމާދު އަބްދުލްގާދިރު ވެސް ހުއްޓެވެ. އިމާދު، އެ ތަނުން ފިހާރައަކަށް ވަދެފައި ނުކުތް ވަގުތު ކުރިމަތިން ފެނުނީ ވީނުވީއެއް ނޭނގި ގެއްލިގެން އުޅުނު ލަތީފްބެ އެވެ.

އޭރު ލަތީފްބެ ހުރީ އާދައިގެ ހެދުމުގައި ކަމަށް ވުމުން، އިމާދަށް އަހައިލެވުނީ، އިއްޔެ ގެއްލިގެން އުޅުމަށް ފަހު ހުރިހާ ކަމެއް މިހާރު ނިންމީ ހެއްޔެވެ؟ ލަތީފްބެ ބުންޏެވެ؛ "މިހާރު ވެސް މިހުރީ ގެއްލިފައި، ކޮބާ އެހެން މީހުންތައް؟ ކޮން ތާކަށް މި ދެވެނީ؟"

ތިން ފިރިހެން ދަރިންނާއި ފަސް އަންހެން ދަރިންގެ ބައްޕަ ލަތީފްބެ ބުނި ގޮތުގައި ރާއްޖޭން ބޭރަށް ކުރި ފުރަތަމަ ދަތުރުގައި އަދި ފުރަތަމަ ފަހަރަށް މަތިންދާބޯޓުގައި ކުރި މި ދަތުރުން ވަރަށް ވަރުގަދަ ފިލާވަޅުތަކެއް އޭނާ އަށް ލިބިއްޖެ އެވެ. ގިނަ މީހުންތަކެއްގެ ތެރޭގައި އަދި މިހާ ތަނަވަސް ބިންތަކުގައި އުޅުމަކީ އޭނާ މީގެ ކުރިން ކޮށްފައިވާ ތަޖުރިބާއެއް ނޫނެވެ. ނަމަވެސް މި ދަތުރު އޭނާގެ ހަނދާނުން ފިލައިގެން ނުދާނެ ކަމަށް ބުންޏެވެ.

56 ކޮމެންޓް, 180 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 25%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރިޔާ

07 September 2017

ލަތީފްބެ ގެ ހިއްވަރާއި ވިސްނުމަށް ތައްރީފް ކުރަން.

The name is already taken The name is available. Register?

މަށޭމީ

06 September 2017

ބޭބެއަށް ހަމަ ތިޔަ ސުވަރުގެ ވަދެވުނު ފަދަ

The name is already taken The name is available. Register?

މާސްޓަރ

06 September 2017

ލަތީފް އަމިއްލަ އަށް ތިޔަ ކިޔައިދިން ވާހަކަތަކުން މަށަށް އެގުނީ ގެއްލުނީ ނޫންކަން. ފިލީކަން

The name is already taken The name is available. Register?

އަލީ ވަހީދު

06 September 2017

ބެރިކޭޑް މަތިން ފުންމާލި ކަމަށް ބުނާ ވާހަކައަކީ ޕޮލިސް ބުންޏޭ ކިޔާފައި ހައްޖު ކޯޕަރޭޝަނުން ބުނާ ވާހަކައެއް. އެވާހަކަ މިތަނުގައި ގަބޫލު ކުރާ މީހުން އިތުރަށް ވިސްނާލަން ޖެހޭ. މީ ތެދު ވާހަކައެއް ކަމެއް ނޭނގެ. އޭގެ އިތުރުން، ހައްޖު ކޯޕަރޭޝަނުން ހައްޖު ވެރިންނާ މެދުގައި ވެފައިވާ އެތައް އިހުމާލެއްގެ ސަބަބުން މިކަންކަން ދިމާ ވެފައި މިވަނީ. ބަސް އަންނާނެ ކަމަށް ބުނެ ބަހަށް މަޑު ކުރުވަން އެފަދަ ދަތުރެއްގައި ހައެއްކަ އަށެއްކަ ގަޑިއިރު ބައި ތިއްބާފައި ބަސް ނައިސްގެން ހިންގާފައި ގެންގޮސް ހުރި މީހަކު ކައިރީގައި ކޯޕަރޭޝަން މީހަކު އެބަ އާދެޔޭ ބުނީމާ އެބަހަށް އިތުބާރު ކޮށް އަނެއް އަށް ގަޑިއިރު މަޑު ކުރުމުގެ ބޭނުމެއް އެބަ އޮތްބާ؟ އެ ވަގުތު އޭނަ އެހުރީ ފުޅަނގި އަށް ޖެހޭ ހާލަތޭ ބުނާ ހާލަތުގައި.

The name is already taken The name is available. Register?

ސްއއުދާސް

06 September 2017

ހައްޖު ކޯޕަރޭޝަންގެ މީހުންގެ ވިސްނުނ ކޮށި ކަމާ މެދުވެސް ހައިރާން ވެއްޖެ. އަދި އެހާ ޓެންޝަންގައި ތިބެ މުޒްދަލިފާއަށް ކުރި ދަތުރު ނިންމާ ބުރާންތި ވެގެން ތިބެ ފާޚާނާއަށް ވަންން ގަޑީގައި ފާޚާނާގެ ބިއްދޮށު ފަރާތުގައި ދިދަ ހިފައިތިބި ތިބުން ކުއްވެރި ކުރަން. ނުކައި ފެންފޮދެއް ނުލިބި ގަދަ ހޫނުގައި އެތައް އިރެއް ވަންދެން ހިނގާފައި ދިގު ދަތުރެއް ކޮށް، މުޒްދަލިފާއަށް ދެވޭއިރު މީހުން ތިބޭނީ ކިހާ ބައްޔެއް ވެފައި ކަމާއި އެހީވާން ތިބޭ މީހުންގެ އެހީއަށް ޑިޕެންޑް ވެވޭނެ ކަން އެނގޭނީ އެކަން ތަޖުރިބާ ކުރި މީހަކަށް.

The name is already taken The name is available. Register?

އަޑޭ

06 September 2017

ބޭފުޅާ ބޭނުންހާތަނެއްގަދިދަހިފައިގެންހުރުމަކީ މުޒްދަލިފާގަ އުނދަގޫކަމެއް ފަސޭހައިންމީހުނައްފާހަގަވާތަނެއްގަތިބެފަ މިތަނައްއަންނާންބުނެފަ ފޮނުވަނީ ދެންފޮނުވީމަނިކުމެފަ ދިވެހިދިދަ ފެންނަންނެތޭކިޔާފަ ލޯހުރިދިމާލައްދަތުރުކުރި މީހާ ގޯހީ...ދެން އޭނަބުނާގޮތުންހައްޖުކޯރޕަރޭސަންޓެންޓަކައްދެވުނު އަނެއްކާ ނިކުމެގެން "ބެޗީ" އެތާގެހާލަތުއެނގޭނީ ހައްޖުގެއަޅުކަމައްދިޔަމީހަކައް ....

The name is already taken The name is available. Register?

ޙިމާރު ޙަރާމީ

06 September 2017

އަޅެ! ހާލުގައި ޖެހިފައި ހުރި ހާޖީއަކަށް އެންމެ އާދައިގެ ފޭކް ގަމީހެއް އެވިއްކީ 200ޑޮލަރަށޭ (746ރިޔާލް) 50ގަމީސް އެއަގަށް ލިބޭނެ. ސޯސޭޑް

The name is already taken The name is available. Register?

އާނދޮ

06 September 2017

ގަބޫލެއްނުކުރެވޭ އެމީހުންބުނާނީ ސައުދީރިޔާލް އައްހަދަން ކުލޮކުޓަވަރ ގެފިހާރަތަކުން އެންމެ އަގުބޮޑުވާނީ އެމީހުން ބުނާނެ ރިޔާލްއައްބަދަލުކުރަން ތީކޮންމެވެސް އެހެންމަޅިއެއްގަޖެހުނީ

The name is already taken The name is available. Register?

ޙުސޭނުބޭ

05 September 2017

ލަތީފްބެއަށް 70 އަހަރުނަމަ މަށަށް 12 އަހަރު. ހީވެސްނުވޭ. ލަތީފްބެވެސް އަދި ކޮންމެ މީހަކަށްވެސް ކާމިޔާބު މިންވަރު ކުރުމުގައި ކެތްތެރިވުމަކީ ކިހާވަރެއްގެ ކަމެއްކަން އިބުރަތުން ފުރިގެންދިޔަ ހާދިސާއެއް.

The name is already taken The name is available. Register?

މަހަލްދީބު ރާނި

05 September 2017

އަަރަފާތުން މުޒްދަލިފާއަށް ދިޔައިރު ވަކި ގޮތަކަށް ދަތުރު އިންތިޒާމް ކޮށްފައި ނެތުމުން، ޙައްޖު ކޯޕަރޭޝަނުގެ އަޅާނުލުމާއި ފަރުވާކުޑަކަން އެނގި ހާމަވެއްޖެ. ޢެކިކަހަލަ ވިސްނުން ހުންނަ މީހުންވެސް ޙައްޖަށް ދާނެކަން ދަނެގެން އެންމެންނާމެދު ވެސް ވަރަށް ފަރުވާތެރިވުން، އެއީ ޒިންމަވެރިންގެ ޒިންމާއެއް.

The name is already taken The name is available. Register?

އައިމިނާ

05 September 2017

ހައްޖަކީ އަރަފާތެވެ. އެހެންވިއްޔާ ހައްޖު ލިބުނުކަމަށް ބަލަންވާނީ ދެން އުނިވި ކަންތައްތައް އެކަމުގެ ބަދަލުގައި ކުރަންޖެހެ ކަންތައްތައް ކޮށްގެންގެން ކުރިޔަށް ގެންދާނެތާ. ސައޫދީގެ މައްކާގެ ހަރަމްފުޅު ކައިރީ ފިހާރަތަކުގައި ގިނައިންތިބެނީ ބަންގާޅު އިންޑިޔާމީހުން އެމީހުން ކޮށްފާނެ މުސްކުޅި ބޭބެ އެއްވީމަ ނޭގޭނެކަމަށް އެއްވެސް އެއްޗެއް.

The name is already taken The name is available. Register?

ޥަޓަލައްޕަން

05 September 2017

ތިކަންވެސް ރާއްޖޭގައި ވިނަމަ (ބެރިކޭޑް ފަޅާލުން)ގާނޫނު ތަންފީޒު ކުރާމީހަކަށް ހުރަސް އަޅައިގެން ލަތީފުބެވެސް އޮންނާނީ ޖަލަށް ހުކުމް ކޮށްފަ ، އެހެންވީމާ ރަސްކަންކުރިއަސް ސައޫދީގެ ޑިމޮކްރަސީ މާރަނގަޅެއްނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454