ރިޕޯޓް / ޒުވާނުން

ދެ ޒުވާނުންގެ މަރާ އެކު ނުރައްކަލުގެ ރަނގަބީލު

ހުޅުމާލެ: ދެ ޒުވާނަކު މަރުވީ ހުޅުމާލޭ ބީޗުގައި މަޖާކުރަމުން ދަނިކޮށް

ޒުވާން ދެ ކުއްޖަކު އިއްޔެ ރޭ ކުއްލި ގޮތަކަށް މަރުވެގެން ދިޔައިރު ލިބޭ ހެކިތަކުން އެނގެނީ "ޕާޓީ ޑުރަގްސް" ބޭނުންކުރިކަމެވެ. އެކުދިން ތައްޔާރުވަމުން ދިޔައީ އުފަން ދުވަހުގެ ޕާޓީއަކަށެވެ. މަޖާކުރަން ފެށި ކަންތައް ގޯހުން ގޯހަށް ދިޔައީ އެވެ. ސުވާލަކީ މިކަން މިހާރު ކިހާ އާންމުތޯ އެވެ؟

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒުވާނުންގެ ތެރޭގައި "މަޖާކުރުމު"ގެ ނަމުގައި ހިންގާ އެކި ހަރަކާތްތަކުގެ ތެރޭގައި އެފަދަ ޑްރަގްސް ބޭނުން ކުރުން މިހާރު އާންމުވެއްޖެ އެވެ. އެ ތަކެތި ބޮޑަށް ބޭނުން ކުރަނީ އުފަން ދުވަހުގެ ޕާޓީތައް ނުވަތަ އަހަރީ ދުވަސްތައް ނުވަތަ ހަފްތާ ބަންދު ފާހަގަކުރަން ޒުވާނުން ބާއްވާ އެއްވުންތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޭންގްތަކުގައި އުޅޭ މީހުން ބޭނުންކުރަނީ ތެޔޮ [މަސްތުވާތަކެތީގެ ދިޔާ ބާވަތެއް]. ދެން މުއްސަނދިންނާއި ރަނގަޅު ވަޒީފާތަކުގައި އުޅޭ ޒުވާނުން ބޮޑަށް މި ބޭނުން ކުރަނީ ޕާޓީ ޑުރަގްސް،" އޭނާ ވިދާޅުވި އެވެ.

ޕާޓީ ޑުރަގެއްގެ ގޮތުގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރަނީ، އެނގިފައިވާ ގޮތުގައި، އެލްއެސްޑީ އެވެ. އެކަމަކު މިއީ އޯވަޑޯޒްވެއްޖެ ނަމަ ވަރަށް ނުރައްކާތެރި ބާވަތެކެވެ.

"އެލްއެސްޑީ ބޭނުންކުރުމުން ހިތް ހުއްޓެން މެދުވެރިވޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ގިނައީ ޑުރަގުގެ މިކްސް

އެލްއެސްޑީއަކީ ސިކުނޑީގެ އާންމު މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެނެސް އެވަގުތު ނުހިނގާ އަދި ހަގީގަތެއް ނެތް ކަންކަން އަސްލުކަމަށް ހީވާ ގޮތަށް ފެންނަ މަސްތުގެ ބާވަތެކެވެ.

ކެޕްސޫލާއި ޕެޗް ފަދަ ޑިޒައިންތަކަށް ހަދާފައި ހުންނަ އެލްއެސްޑީ ބޭނުން ކުރުމުން، ބައެއް ފަހަރަށް، އެތައް ވޭނެއް ތަހައްމަލް ކުރަން ޖެހެ އެވެ. ކެއުމާއި ނިންޖާ ވެސް މީހާ ދުރުވާ ހާލަތްތައް އާދެ އެވެ.

ފުލުހުންގެ ފޮރިންސިކް ޑޮކްޓަރަކު، ނަން ހާމަނުކުރަން އެދިވަޑައިގެން ވިދާޅުވީ، މިހާރު ރާއްޖޭގައި ބޭނުންކުރަނީ ތަފާތު އެކި އެއްޗެހި އެއްކޮށްފައި ހުންނަ ބާވަތެއް ކަމަށާއި އޭގެ ބާރު ގަދަވެ އަދި ބޭނުންކުރުމުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"މިކްސްއިންގެ ސަބަބުން މަސްތުވާން ގެންގުޅޭ އެއްޗަކާ އެއްކޮށްލަނީ. އެއް ކުރުމުގެ ސަބަބުން އޭގެ ޕަވާ އަންނަން ޖެހޭ ވަރަށް ވުރެ މާ ބޮޑުކޮށް އަންނަނީ. އެހެންވެ މަރުވުން ފަދަ ކަންކަން ދިމާވަނީ،" އޭނާ ވިދާޅުވި އެވެ.

"ކުދިކުދި އެތިކޮޅުކޮޅު އެއްކޮށްގެން ގިނަ މީހުން ބޭނުން ކުރަން ވެގެން މި ގެންނަ މިކުސްތައް ނުވަތަ ވިއްކާއިރު އިތުރުކުރަން ގެނެސްފައި ހުންނަ މިކްސްތަކުގެ ސަބަބުން މިހެން އެބަ ދިމާވޭ."

އެފަދަ ޑްރަގްސްއެއް ބޭނުންކުރުމުން ކުއްލިއަކަށް އާދަޔާ ހިލާފަށް ލޭމައްޗަށް ދެ އެވެ. ހިތުގެ ހިނގުން އަވަސްވެ ހާޓްއެޓޭކް އަދި ސުޓްރޯޚް ޖެހުމުގެ ފުރުސަތު ވެސް ބޮޑުވެ އެ.

އެލްއެސްޑީ އާންމުވިތާ އަހަރުތަކެއް

ރާއްޖެއިން އެލްއެސްޑީ އާންމުކޮށް ފެނުނުކަން ފުލުހުން ފުރަތަމަ އިއުލާންކުރީ އޭޕްރީލް 20، 2014 ގަ އެވެ. ވ. އަންބަރާގައި ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި މައްސަލައާ ބެހޭ ގޮތުން ހާމަކަރި މައުލޫމާތުތަކުގެ ތެރޭގައި އެލްއެސްޑީ ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

އޭގެ ކުރިން އެ ޑުރަގް އެހާ އާންމުކަން ހާމަވެފައެއް ނެތެވެ. އެލްއެސްޑީ ރާއްޖެ އެތެރެކުރަން އުޅެނިކޮށް 1998 ގައި ކަސްޓްސް އިން އަތުލައިގަތެވެ. އެހެންކަމުން އެ ޑްރަގްސް މީގެ ވިއްސަކަަށް އަހަރު ކުރިން ވެސް ރާއްޖޭގައި ބައެއް މީހުން ބޭނުންކޮށްފައި ހުރުން ވަރަށް އެކަށީގެންވެ އެވެ.

މީގެ އަހަރުތަކެއް ކުރިން އެހެން މާލެ އާއި ހުޅުމާލޭގައި ދެ ޒުވާނަކު މަރުވެފައި އޮއްވާ ފެނުމުން ވެސް، ޕާޓީ ޑްރަގްސްގެ ވާހަކަ ފެތުރުނެވެ. އެކަމަކު ހެންވޭރު ޕާކް ތެރޭގައި މަރުވެފައި އޮއްވާ ފެނުނު 21 އަހަރުގެ ޒުވާނާ އާއި ހުޅުމާލޭ މަގެއް މަތީގައި މަރުވެފައި އޮއްވާ ފެނުނު 19 އަހަރުގެ ޒުވާނާ ބޭނުންކޮށްފައި ވަނީ ކޮން އެއްޗެއް ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޑރ. ޖުނައިދުގެ އިލްތިމާސް

އިއްޔެ ރޭ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، ގެ މަރާ ގުޅިގެން ލޮލުގެ ޑޮކްޓަރު އަބްދުﷲ ޖުނައިދުގެ ފޭސްބުކް ޕޯސްޓުގައި ޒުވާނުންގެ ކިބައިން އެދިވަޑައިގަތީ އަމިއްލަ ފުރާނައާ ނުކުޅުމަށެވެ.

ހުޅުމާލޭގައި ރޭ ކުއްލި ގޮތަކަށް މަރުވި ހާމީން އާއި ސަމާ

"މި ނުރައްކާތެރި މަސްތުވާތަކެތި ބޭނުންނުކުރޭ!" ދެ ޒުވާނުން މަރުވި ހާދިސާއާ ގުޅިގެން ޖުނައިދު އިލްތިމާސްކުރެއްވި އެވެ.

"އާއްމުން، ޚާއްސަކޮށް ޒުވާނުން ހަނދާން ބަހައްޓަން އެބަ ޖެހޭ އޯވަޑޯޒް ވެއްޖެއްޔާ އެ މީހަކު ވަގުތުން ރެސްޕިރޭޓަރީ ޑިޕްރެޝަން އަށް (ނޭވާލުން ލަސްވުން ނުވަތަ ނޭވާ ތިލަވުމުގެ ސަބަބުން ލޭގައި އޮކްސިޖަން މަދުވުން) އަދި ރެސްޕިރޭޓަރީ އެރެސްޓް އަށް (ނޭވާ ހުއްޓުން) ހިނގައިދާނެކަން. އަދި ކައިރީގައި ތިބޭ މީހުންނަށް އެކަން ރަނގަޅުކުރަން ނޭނގޭނެކަމާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރު އައިސްދާނެކަން."

ދުނިޔޭގެ އެކި ހިސާބުތަކުގައި، ހުރިހާ އުމުރެއްގެ އެތައް ބައިވަރު ބަޔަކު ވަނީ އޯވަޑޯޒްވެގެން މަރުވެފަ އެވެ. އޭގެ ތެރޭގައި ވަރަށް މަޝްހޫރު މީހުން ވެސް ހިމެނެ އެވެ. ސިއްހީ ހިދުމަތް ކިތައް ފުރިހަމަވެފައި އޮތް ގައުމެއް ނަމަވެސް، ޖުނައިދު ވިދާޅުވި ގޮތުގައި، އެފަދަ ހާލަތެއް ދިމާވެގެން ކުއްލި ފަރުވާދޭ ތަނަކަށް ގެންދިޔަޔަސް ގިނަ ފަހަރަށް އޮންނާނީ ނުރައްކަލުގެ ތެރޭގަ އެވެ.

"އެހެންވީމާ ހުރިހާ ޒުވާނުންނަށް އަޅުގަނޑުގެ ނަސޭހަތަކީ އަމިއްލަ ފުރާނައާ ނުކުޅޭށޭ،" ޖުނައިދު ވިދާޅުވި އެވެ.

"... މިފަދަ (އޯވަޑޯޒްވުމުގެ) މައްސަލައެއް ދިމާވިޔަސް ވަގުތުން ހޮސްޕިޓަލަށް ދާށޭ، އަދި ޑޮކްޓަރުންނާއި ނަރުހުންނަށް އެ ކަމެއް ނުފޮރުވާށޭ. މީހެއްގެ ފުރާނަ ނުރައްކަލުގެ ތެރޭގައި އޮއްވާ 'ހާސްވެގެން' ނުވަތަ އަދަބެއް ލިބިދާނެތީ ޑޮކްޓަރުންނަށް ނުބައި މައުލޫމާތު ދީ އޮޅުވާލުމަކީ އެ ނުރައްކާ އިތުރަށް ބޮޑުވެގެން ހިނގައިދާނެ ކަމެއް."

ރާއްޖޭގައި ކުއްލި މަރުތަކުގައި މަރުވާ ޒުވާނުންގެ އަދަދު މިހާރު ދަނީ ގިނަވަމުންނެވެ. ސިއްހީ ގޮތުން މައްސަލައެއް ހުރިކަން ކުރިން ނޭނގޭ ބައެއް ޒުވާނުން ފެންނަނީ މަރުވެފައި އޮއްވަ އެވެ. އެ ހާދިސާތަކާ ގުޅިގެން ފިކުރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޕާޓީ ޑްރަގްސް ބޭނުންކޮށްގެން ޒުވާނުންތަކެއް މަރުވުމުން، ނުރައްކަލުގެ ރަނގަބީލު އެބަ އަޅަ އެވެ. ހަމައެކަނި ހިމޭނުން ތިބެގެން، ކަންކަން ފޮރުވައިގެން ލިބޭނެ ފައިދާއަކަށް ވުރެ ކުރިމަތިވާ ގެއްލުން ބޮޑުވެދާނެ އެވެ.

117 ކޮމެންޓް, 543 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 82%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅިޔަނު

01 October 2017

ހަަހަހަހަހަހަހަހަ، ވަޓަ ޖޯކް.

The name is already taken The name is available. Register?

ވިސްނާތި

30 September 2017

ދެ ޒުވާނުންގެ މަރާ އެކު ނުރައްކަލުގެ ރަނގަބީލު ޖެހިނަމަވެސް މީންސް ހުރި ގޮތެއްގައި އެކަން ހައްލު ވެގެން ދާނީ މިރާއްޖޭގައި ފުރަތަމަ ކަމަކަށް ވެރިކަން ކުރާ ޕާރޓީގެ އެމްޕީން މާލޭގެ ގޭންގްސް ތަކާއި އެކު އޮތް ގުޅުން ކަނޑާލައިގެން ނެވެ. އެގޮތުން ފުރަތަމަ ވެސް އެމްޕީން އެ ގުޅުން ކަނޑާލަންވީއޭ ދެން އެއަށް ފަހު ސަރުކާރުގެ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އެ ގުޅުން ކަނޑާލަންވީއޭ އެއީ އޭ މިކަމުގައި އޮތް ހައްލަކީ އެނޫން ހައްލެއް ނެތޭ. މިކަން ކުރަން ވެރިކަން ކުރާ ޕީޕީއެމް އަށް ވެސް އަދި ސަރުކާރަށް ވެސް ކެރެންވާނެއޭ މިރާއްޖެ ހިންގާނީ މިރާއްޖޭގެ ޑްރަގް ލޯރޑުންގެ މަދަދު ހޯދައިގެން ނޫނޭ. ދެން އަނެއް ކޮޅުން ފުލުހުންގެ ސިއްރު މައުލޫމާތު ތައް ގޭންގްސް ތަކަށް އެހާތާޒާ ކަމާއި އެކު ލިބެނީ އެއީ ކީއްވެގެންތޯ ވެސް އެބަ ބަލަން ޖެހެއޭ ކުށްވެރިންގެ ވަކީލުން ނަށް އަންނަ މީހުންނާއި ފުލުހުންނާއި އެކު އާދަޔާ ޚިލާފަށް ގުޅުން ތަކެއް ގާއިމް ކުރެވިގެން ދިއުން މީ ވަރަށް ޑެޑް ސީރިއަސް ކޮށް ވިސްނަން ޖެހޭނެ ކަމެކޭ.

The name is already taken The name is available. Register?

ނެޝަނަލިސްޓް

30 September 2017

މި މަޒްމޫން ކިޔާލުމުން ހީވަނީ މިއީ މިރާއްޖޭގައި ވަރަށް އާންމު ކަމެއް ކަމަށް ދައްކަން އުޅޭހެން!

The name is already taken The name is available. Register?

އަމަދު

30 September 2017

މާލެ ، ހުޅުމާލެގަ އާއްމު.

The name is already taken The name is available. Register?

ކުޑަސަރީ

30 September 2017

އަދިވެސް ކަސްޓަމްސް މީހުން އަދި ވެރިން ދުވަނީ ދޫނި ވަގަށް އެތެރެ ކުރާ މިހުން ފަހަތުން. ޢެންމެ ފަހުން ސިންތެޓިކް ޑްރަގެއް ކަސްޓަމްސް އިން އަތުލައިގަތް ދުވަހެއް ބުނެބަލަ ނިކަން.

The name is already taken The name is available. Register?

ފޫހި

30 September 2017

އަތުލާ އެއްޗިއްސައް ވާގޮތެއް ވެސް އިގޭތަ

The name is already taken The name is available. Register?

އަލް ޖިހާދީ

30 September 2017

ރަނގަބީލު އިވި އިވި ކަންފަތް ބީރުވިޔަސް އެއްވެސް ބަދަލެށް ނާންނާނެ..

The name is already taken The name is available. Register?

ޝިޔާމް

30 September 2017

ކިތަންމެ ރަނގަބީލެއް އެޅިޔަސް ޒުވާނުންގެ ހިތްތަކުގައި އީމާންތެރިކަމެއް ނެތިއްޔާ ކުރާނެ ފައިދާއެއް ނެތް.

The name is already taken The name is available. Register?

ބޯމީހަ

30 September 2017

ޢެތެރެކުރާ މީހުން ހޯދާ ހިފާ އޭރުން ތިކަމައް ނިމުމެ އަންނާނީ

The name is already taken The name is available. Register?

ފުލުސް

30 September 2017

ފުލުސްމީހާ މަޢުލުމާތު ދީފާތިހުރީ ރޯނުބައިކޮށެވެ.

The name is already taken The name is available. Register?

މިނިވަން

30 September 2017

ނޫސްވެރިންނަށް ނޫނީ ނޫސްހިންގަން ހަވާލުވެތިބޭ މީހުންނަށް ހީވެފަ އޮންނަނީ ހިތަށްއެރިހާ އެއްޗެއް ލިޔެވެންޖެހޭނެޔޭ. ދީނުގަ އަންގަވާފައިވަނީ ނުބައިކަންކަމާ އެކަމާބެހޭ ވާހަކަތައް ސިއްރުކުރުމަށް. އެކަން އާންމުވެގެން ވާނެ ހަތަރެތި މިވަނީ. މިނިވަން ނޫސްވެރިކަމަށް ދައުވާކުރާ މީހުންނެއް ގަބޫލެއް ނުކުރޭ މިފަދަ ކަންކަން މިވަނީ ނުބައި ކަންކަން އިތުރުވަނީ މިފަދަ ނުބައި ކަނަކަމުގެ ވާހަކަ ހައްދެއްނެތި ލިޔާތީ އަދި ފަތުރާތީކަމަކަށް.

The name is already taken The name is available. Register?

ޙްމް

30 September 2017

ނުވާކަމަކަށް ހަދައިގެން ސިއްރުކޮށްގެން ތިއްބާ މިއޮއް ފަހަރަކު ޒަުވާނެއް ފަހަރަކު ޒުވާނެއް މަރުވަނީ. ކުރިން ކުޑަ ކުދިންނާ ބެހުނަސް ނުވާ ކަމަކަށް ހަދައިން ތިބެނީ. ތިފާޑައް ވިސްނުން ގެންގުޅި ގެން 500 އަހަރުވިޔަސް އިސްލާހެއް ނުވާނެ.

The name is already taken The name is available. Register?

މޮޔަމިނިވަން

30 September 2017

މިފަދަ ހުރިހާ ކަމެއްވެސް ގޯހުން ގޯހަށްދަނީ ޙަޤީޤަތް ހާމަނުކޮށް ފޮރުވާތީ. ތިމާމެން މިތިބީ ބަރާބަރަށްކަން ބުނެ މަތިފުއް އޮމާންކޮށްލައިގެން ފޭކް ހިނިތުން ވުމެއްގަ ޣާފިލުވެ ތިބެވިދާނެ. ޙަޤީޤަތަކީ މި ޤައުމުގައި ނުހިނގާ ނުބައެއްނެތް. ހިތާމައަކީ ހުއްޓުވަން އެންމެބޮޑަށް މަސައްކަތްކުރެވެން ތިބި މީހުން މިކަމުގައި ބައިވެރިވާކަން ނުވަތަ ވަރިހަމަވެފަ ތިބިކަން

The name is already taken The name is available. Register?

ފާތިމާ މ

01 October 2017

ހޭލުންތެރި ވަނީ މި ކީމަ ކުރިން ނޭގެ މި ކަމެއް

The name is already taken The name is available. Register?

ލޮޖިކު

30 September 2017

އޯވަޑޯޒް ނުވާށޯ. ނުރައްކާތެރި މަސްތުވާއެއްޗެހި ބޭނުންނުކުރާށޯ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454