ރިޕޯޓް / މޯލްޑިވިއަން ރެޑް ކްރެސެންޓް

ރޮހިންޖާ މީހުންނަށް އެހީވުމުގައި ދިވެހިން ނަމޫނާއަކަށް

ބަންގްލަދޭޝްގައި ތިބި ރޮހިންޖާ ރެފިއުޖީންނަށް އެހީވުމުގެ މަސައްކަތުގައި މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ދެ އޮފިޝަލަކު މި ހަފްތާގައި ބައިވެރިވަނީ: ރެޑް ކްރޮސް ރެޑް ކްރެސެންޓު މެދުވެރިކޮށް، އާބާދީގެ ނިސްބަތުން އެންމެ ބޮޑު އެހީއެއް އެ މީހުންނަށް ދިނީ ރާއްޖެ އިން. ފޮޓޯ: މޯލްޑިވިއަން ރެޑް ކްރެސެންޓް

ލާއިންސާނީ އަނިޔާތަކުން ސަލާމަތްވާން މިޔަންމާގެ ރަކީން ސްޓޭޓުން ބަންގްލަދޭޝް އަށް ހިޖުރިކުރި ރެފިއުޖީންނަށް ކުއްލި އެހީ ހޯދަން ބައިނަލްއަގުވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ޖަމާއަތުން (އައިއެފްއާރުސީ) ކުރި އިލްތިމާސަށް ދުނިޔޭގެ އެކި ގައުމުތަކުން އިޖާބަދިން އިރު ރާއްޖެ އިން ވެސް އެކަމަށް ތަރުހީބު ދިނެވެ. އަދި ރާއްޖޭގެ ރެޑް ކްރެސެންޓުން މިހާރު ބުނާގޮތުގައި ދިވެހިން ދިން އެހީއަކީ ދުނިޔޭގެ ވެސް ނަމޫނާ އެކެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން އެކި ފަރާތްތަކުން ފަންޑް ރެއިޒްކޮށްގެންނާއި ވަކިވަކި މީހުންގެ ފަރާތުން 7.6 މިލިއަނަށް ވުރެ ރުފިޔާ މޯލްޑިވިއަން ރެޑް ކްރެސެންޓަށް ވަނީ ލިބިފަ އެވެ. އެ ފައިސާ އޮކްޓޯބަރު މަހުގެ ނިޔަލަށް އައިއެފްއާރުސީއާ ހަވާލުކޮށް، ރޮހިންޖާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާ އިރު، އާބާދީގެ ނިސްބަތުން އައިއެފްއާރުސީގެ ފަންޑަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ރާއްޖެ އިން ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ. އެއާއެކު، އައިއެފްއާރުސީ އިން ވަނީ ބަންގްލަދޭޝް އަށް ގޮސް، ރެފިއުޖީންގެ ހާލަތާއި އެ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ބަލައިލަން ރާއްޖޭގެ ރެޑް ކްރެސެންޓަށް މަގުފަހިކޮށްދީފަ އެވެ. އޭގެ ބޭނުމަކީ، ރެޑް ކްރެސެންޓުން ފާހަގަކުރި ގޮތުގައި، އެހާ ބޮޑު އެހީއެއް ފޯރުކޮށްދިން ދިވެހިންނަށް ރެފިއުޖީންގެ ހާލަތު ބުނެދީ "ދިވެހިންނަށް ޖަވާބުދާރީވުމުގެ ފުރުސަތު" އެ ޖަމްއިއްޔާ އަށް ދިނުމެވެ.

"މިއީ ރެޑް ކްރެސެންޓުގެ ގޮވާލުމަކަށް އެހީގެ މިހާ ބޮޑު އަދަދެއް ލިބުނު ފުރަތަމަ ފަހަރު. އެހެންވީމާ މިއީ އަޅުގަނޑުމެންނަށް ވެސް ކުރެވުނު ވަރަށް ބޮޑު ތަޖުރިބާއެއް،" ރޮހިންޖާ މީހުންގެ ހާލަތު ބަލައިލަން ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް މި ހަފްތާގައި ޒިޔާރަތްކުރި ރެޑް ކްރެސެންޓްގެ ދެ އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ނޫރާ މުހައްމަދު ވިދާޅުވި އެވެ.

"ޖުމްލަ 0.5 މިލިއަނަށް ވުރެ ގިނަ ޑޮލަރު ރާއްޖެ އިން ހަދިޔާކުރި އިރު ބޮލަކަށް ގާތްގަނޑަކަށް 1.25 ޑޮލަރު މި ޖެހެނީ. މިއީ ރާއްޖޭގެ އާބާދީ އަށް ބަލާ އިރު ފާހަގަކުރެވޭ ވަރުގެ ބޮޑު އަދަދެއް. އަދި މިއީ އައިއެފްއާރުސީގެ އިމަޖެންސީ އެޕީލްއަށް، އާބާދީގެ ނިސްބަތުން ގައުމަކުން ހަދިޔާކުރި އެންމެ ބޮޑު އަދަދު."

ރޮހިންޖާ މީހުންނަށް ރެޑް ކްރެސެންޓް މެދުވެރިކޮށް ރާއްޖެ އިން ހަދިޔާކުރި ފައިސާގެ ބޮޑު ބަޔަކީ ރާއްޖެ ޓީވީން ހިންގި ފަންޑް ރެއިޒިން ހަރަކާތަށް ލިބުނު 5.1 މިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ގޮތްގޮތުން ވެސް ގިނަ އަދަދެއްގެ ފައިސާ ލިބުނުކަން ރެޑް ކްރެސެންޓުން ފާހަގަކުރެ އެވެ.

"ގާތްގަނޑަކަށް 400-500 މީހުން ދރިއުޅޭ ކުދިކުދި ރަށްރަށުން ވެސް ކައުންސިލް މެދުވެރިކޮށް ބޮޑެތި އެހީތަކެއް ވި. ވިޔަފާރިވެރިންނާއި ބައެއް ކުންފުނިތަކުން ވެސް ފައިސާ ހަދިޔާކުރި. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން ވެސް ގާތްގަނޑަކަށް 5،000 ޑޮލަރު އެއްކޮށްގެން ހަދިޔާކުރި. އެ މީހުންނަކީ މާކަ ބޮޑު އެއްޗެއް ލިބޭ ބައެއް ވެސް ނޫން. އެކަމަކު ވެސް އެހީވާން އެހާ ބޮޑަށް މަސައްކަތްކުރުން އެއީ ވަރަށް ޚާއްސަ ކަމެއް،" ނޫރާ ވިދާޅުވި އެވެ.

ރޮހިންޖާ މީހުންނަށް އެހީވުގައި ދިވެހިން ދިން ތަރުހީބު ފާހަގަކުރައްވައި އައިއެފްއާރުސީގެ އިސް ބޭފުޅަކު ކުރެއްވި ޓްވީޓެއް

ކޮކްސް ބާޒާރުގައި ދެ ދުވަހާއި ބައި ހޭދަކޮށް ކޭމްޕްތައް ބަލައިލާ ރެފިއުޖީންނާ ބައްދަލުކުރުމުގެ ފުރުސަތު ރެޑް ކްރެސެންޓަށް ވަނީ ލިބިފަ އެވެ. ނޫރާ ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާ، ފެނާއި ނަރުދަމާ، ބޯހިޔާވަހިކަން އަދި ކާބޯތަކެތީގެ ބޭނުންތަކުގެ އިތުރުން ނަފްސާނީ އެހީތެރިކަން ވެސް އެ މީހުންނަށް ވަރަށް ބޮޑަށް ބޭނުންވެ އެވެ. ދިވެހިން ހަދިޔާކުރި ފައިސާ ޚަރަދުކުރަން ހަމަޖެހިފައިވަނީ އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ އެހީ ބޭނުންކުރާނީ ރަކީން ސްޓޭޓްގެ މީހުން "ބޭނުންވާ ކަންކަން ވަރަށް ބޮޑަށް އެނގިގެން ސީދާ އެ ބޭނުންތަކަށް" ކަމަށެވެ. ރާއްޖެ އިން ހަދިޔާކުރި ފައިސާ ހޭދަކުރާނީ މިދިޔަ ސެޕްޓެމްބަރުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރަށް، އެއް އަހަރަށް ބަހާލައިގެންނެވެ.

"ކުރެވޭ މަސައްކަތްތަކަށް ބަލާ އިރު އެއް ކަމަކީ ވަރަށް ވަރުގަދަ ފީލްޑް ހޮސްޕިޓަލެއް އައިއެފްއާރުސީން ގާއިމްކޮށްފައި އެބަހުރި. މީސްލްސް އަދި ޑިފްތީރިއާ ކަހަލަ ބަލިތައް ފެތުރެމުންދާ އިރު ކުޑަކުދިންގެ ވެސް ފުރާނަ އަށް އެބަ ނުރައްކާވޭ. މެލްނިއުޓްރިޝަން ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައި ހުންނާތީ ބަލިތަކުގައި އަވަހަށް މަރުވެގެން އެބަދޭ. އޭގެ އިތުރުން އޮޕަރޭޝަންތައް ކުރަން ވެސް އެބަ ބޭނުންވޭ. މި ކަންކަމަށް ރެޑް ކްރޮސް ރެޑް ކްރެސެންޓުން ފީލްޑް ހޮސްޕިޓަލެއް އެބަ ހިންގާ،" ނޫރާ ވިދާޅުވި އެވެ.

"އޭގެ އިތުރުން ފާޚާނާ ހެދުން އަދި ސާފު ބޯފެން ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމުގެ މަސައްކަތް ވެސް އެބަ ކުރެވޭ. ރެފިއުޖީންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަދި އެ މީހުންގެ ރައްކާތެރިކަމަށް ވެސް މަސައްކަތްތައް އެބަކުރެވޭ. ރެފިއުޖީންގެ އާބާދީގެ 80 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން. އެހެންވީމާ އަންހެނުންނަށް ކުރާ އަނިޔާތަކާއި ޓްރެފިކިންގެ މައްސަލަތައް ވެސް ނުކުންނަ އިރު އެ ކަންކަމަށް ހައްލު ހޯދަން އެބަ ޖެހޭ."

ރާއްޖޭގެ ރެޑް ކްރެސެންޓްގެ އޮފިޝަލުން ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ރޮހިންޖާ މީހުންނާ މި ހަފްތާގައި ބައްދަލުކުރަނީ. ފޮޓޯ: މޯލްޑިވިއަން ރެޑް ކްރެސެންޓް

މިޔަންމާ ސިފައިންނާއި ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ހިންގި ޖަރީމާތަކާ ހެދި މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ބަންގްލަދޭޝް އަށް ހިޖުރަކުރި ރޮހިންޖާ މީހުންގެ އަދަދު އަށް ލައްކަ އަށް ވުރެ މަތީގައި އުޅޭ އިރު، އެ މީހުންގެ ހާލަތަކީ ދުނިޔޭގެ ފެންވަރުން ވެސް ބޮޑު މައްސަލައެކެވެ. ނޫރާ ގަބޫލުކުރައްވާ ގޮތުގައި ރޮހިންޖާ މީހުންނަށް އެހީތެރިވުމަށް ދިވެހިންގެ ފަރާތުން އެހާ ބޮޑު ތަރުހީބެއް ލިބުނު އެއް ސަބަބަކީ އެ މައްސަލައިގެ ސީރިއަސްކަމެވެ. އޭގެ އިތުރުން އަވައްޓެރި ގައުމެއްގައި ހިނގަމުންދާ ކަމަކަށް ވުމާއި ރޮހިންޖާ މީހުންގެ ތެރޭގައި ގިނައީ މުސްލިމުން ކަމަށްވާތީ އެހީތެރިވުމުގެ ރޫހު ބޮޑުވާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރެޑް ކްރެސެންޓުން ބުނިގޮތުގައި ކުއްލި އެހީގެ ގޮތުގައި މިހާތަނަށް ލިބިފައިވާ ފައިސާގެ އިތުރުން އަދިވެސް 16 މިލިއަން ޑޮލަރު ހޯދަން އައިއެފްއާރުސީ އިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެއާ އެކު ދެން އޮތީ ރޮހިންޖާ މީހުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަސައްކަތެވެ.

"އެ މީހުންނަށް ހަމައެކަނި އަސާސީ ބޭނުންތައް ފުއްދައިދިނުމަކުން ނުފުދޭ. ކޮންމެ ތާކު ތިބި ބަޔަކަށް ވިޔަސް، ރެޑް ކްރޮސް ރެޑް ކްރެސެންޓުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިރު، އެ ބަޔަކަށް ކަރާމާތްތެރިކަން ލިބޭނެ ދިރިއުޅުމެއް ހޯދައިދޭން ވެސް މަސައްކަތްކުރާނެ،" ނޫރާ ވިދާޅުވި އެވެ.

10 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

28 December 2017

މަޔަންމާ ގެ ރަކީން ސްޓޭޓް ގައި ހިގި ހަމަނުޖެހުމުގައި އަނިޔާ ލިބުނު އަދި އެތައްބަޔަކު މަރުވި ރޯހިންގޔާ ފަދަ ކޮމިއުނިޓީ އެއް (އިމިޤްރޭޝަން ޤާނޫނާއި ހިލާފް އާބާދީއެއް) ރާއްޖޭގައި އުފެދި އެކަން ބައިނަލް އަޤުވާމީ މައްސަލައަކަށް ބަދަލު ވުމުގެ ކުރިން “ދިވެހި ރެޑް ކްރެސެންޓް އިސްނަގައިގެން” ސަރުކާރާއި ވާހަކަ ދައްކާ އަދި ސްޕޮންސަރުން ހޯދައިގެން ނަމަވެސް “ރާއްޖޭގައި އިމިޤްރޭޝަން ޤާނޫނާއި ހިލާފަށް ވަގަށް އެތެރެވެ ތިބި ބިދޭސިން އެމީހުންގެ ޤައުމަށް ފޮނުވާލުމަށް” ކެމްޕޭނެއް ފަށާންޖެހޭ. ބިދޭސިން އެތެެރެ ކުރުމަށް “ސަރުކާރަށް ދެއްކި ޑިޕޮސިޓް ފައިސާ ތިޖޫރީގައި ނެތްނަމަ”އަވަށްޓެރި އިންޑިޔާގެ ކޯސްޓް ގާރޑް ނުވަތަ އެއަރފޯސް ބޯޓެއްގެ އެހީތެރިކަމުގައި އެމީހުން ޤައުމަށް ފޮނުވާދިނުމަށް އިންޑިޔާގެ އެމްބަސީގައި އެހީވެދިނުމަށް އެދިގެން ނަމަވެސް މިކަން ކުރާންޖެހޭ. “ޤައުމުގެ އާބާދީ އާއި އެއްވަރުގެ އިލީގަލް މައިގްރެންޓް އާބާދީ އެއް އޮތުމަކީ ބޮޑު ނުރައްކަލެއް” މިކަން ގޯހުން ގޯހަށް ނުދަނީސް ހައްލުކުރާންޖެހޭ.

The name is already taken The name is available. Register?

‫ސަޅިބެ

28 December 2017

އުފާވެއްޖެ. ދެން ދިވެހިން ޒުވާން އަހެންކުދިން ހިކެން މަސައްކަތް ކުރުންވެސް ވަރަށް މުހިންމު. ހާއްސަކޮށް ތިކަހަލަ ޖާމާއަތްތަކުގައި މަސައްކަތް ކުރާ ބޭފުޅުން. ދަތި އުދަނގޫ, ގިނަ ވަގުތު ކާރިސާތަކުގައި މަސައްކަތްކުރަން ވެސް ފަސޭހަ ވާނެ.

The name is already taken The name is available. Register?

ރާއްޖެ

28 December 2017

މީހުން ގެ ސިފަޔާއި ނުބެހި ނުހުރެވެނީތޯ؟ ތިމާ އަމިއްލައަށް އިންސާނިއްޔަތަށް ކޮއްދެވުނީ ކޮން ކަމެއްތޯ ވިސްނާލުން މާ ބުއްދިވެރި.

The name is already taken The name is available. Register?

އަޖައިބެއް

28 December 2017

ދިވެހިންގެ މިކަހަލަ ބޯދާ ވިސްނުން ކޮންއިރަކުންބާ ބަދަލުވާނީ.. މީހެއްގެ ސިފަޔައްވުރެ ކުރާ އަމަލެއް ދޯ މުހިއްމީ.. ހިކި މީހަކަސް ގައިގަ ބުންވަރު ނެތިއްޔާ ނުވާނެ ދޯ ކަމެއް

The name is already taken The name is available. Register?

ހަސަންފުޅު

28 December 2017

ދެރަކަމަކީ ސަރުކާރުންވެސް ޗައިނާއާއި ގުޅިގެން މާބަދަހިކޮށްއުޅޭއުޅުން... ޗައިނާމީހުން ރޮހިންޏާ މީހުންނަށް އެއްވެސް އަޅާލުމެއް ނުލާ... އެއީ މިއަންމާތިބީ ޗައިނާދަރިކޮޅުކަމަށްވުމުން ޗައިނާވެސް ސަޕޯޓުކުރާނީ ސޫކީކަހަލަ ލާއިންސާނީ މީހުންނަށްވީމަތާ....

The name is already taken The name is available. Register?

ޖަމީލުބެ

28 December 2017

ދެން ކޮންބައެއްތޯ ވަކި ތިބީ؟ އިންޑިޔާއިންވެސް އަޅާނުލާ، ލަންކާ ބަންގްލަދޭޝް އިންވެސް ހަމަހިމޭނުން ތިބެނީ. ގުޅުން ކަނޑަންވީ ހުރިހާ ގައުމަކާ..

The name is already taken The name is available. Register?

ޑެލް ބޯއި

28 December 2017

ދަތި ހާލުގައި އުޅޭ އަދި އަނިޔާވެރިކަމެއްގެ ދަށުގައި އުޅޭ އެންމެނަށް އެހީތެރިވުމަކީ ވަރަށް ރަގަޅު ސިފައެއް.

The name is already taken The name is available. Register?

އަލީގެ މަލީ

28 December 2017

ދިވެހިންނަކީ ކެރޭ ކުޅަދާނަ ކަންކަމާ ޖެހިލުންނުވާ ހިތްވަރުގަދަ ހީވާގި ބެއެއްކަން އަދަބުދުވެސް ދައްނަންޖެހޭ،

The name is already taken The name is available. Register?

ޏ އައިކު

28 December 2017

ﷲ ހަމްދު ހުރި. ދިވެހިންގެ މަސަތްކަތަށް ހަބޭސް. އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ގައުމު އިސްކުރަމާ.

The name is already taken The name is available. Register?

ޖޭޖޭއައި

28 December 2017

ހުރިހާކަމަކުން ދުނިޔަށް ނަމޫނާބަޔަކަށް ވަމާ. މިގައުމު ހިގަންވާންވާނީ ދިވެހިން ބޭނުންވާގޮތަށް މިނިވަންޖައްވެއްގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454