ރިޕޯޓް / ޕީއެސްއެމް

ޕީއެސްއެމްގެ ކުއްލި ބަދަލުން ހައިރާންކަމާއި ރުޅި!

އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ބޭއްވި ޖަލްސާ ޕީއެސްއެމުން ލައިވްކުރަނީ: މިހާރުގެ ސަރުކާރާއި ޕީޕީއެމް ކޮޅަށް ޖެހި ހުސްވެފައި އޮތް އޮތުން، އިންތިޚާބުގެ ނަތީޖާ އަށް ފަހު ވަނީ ބަދަލުވެފައި.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ވެރިކަންކުރާ ޕީޕީއެމްގެ ޕްރޮޕެގަންޑާ ފަތުރަމުން އަދި އެ މަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ކެމްޕެއިންކުރަމުން ގެންދިޔަ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެމަނިކުފާނާ ވާދަވެރި ސިޔާސީ ޕާޓީއަކަށް ކުޑަ ވެސް ޖާގައެއް ދީފާނެ ކަމަކަށް މިދިޔަ ހޯމަދުވަހުގެ ކުރިން ދިވެހިން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް އާދީއްތަދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެރޭ ފަތިހު ކަށަވަރުވި ހިސާބުން ފެށިގެން އެކަން މުޅިން ބަދަލުވެއްޖެ އެވެ.

ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން ބަލިކުރައްވައި އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިންތިޚާބު ކާމިޔާބުކުރެއްވި ކަމުގެ ޚަބަރުން ފަށައިގެން ޕީއެސްއެމުން އަންނަނީ އިބޫ އާއި އިދިކޮޅު ޕާޓީތައް ހިމެނޭ ކޯލިޝަންގެ ހުރިހާ ހަރަކާތްތަކާއި ޚަބަރުތައް ގެނެސްދެމުންނެވެ. ޓީވީން ދައްކާ ލައިވް އިވެންޓްތަކާއި ވެބްސައިޓުގައި ޝާއިއުކުރާ ޚަބަރުތަކާއި ސޯޝަލް މީޑިއާގައި ވެސް ޕީއެސްއެމް ވަނީ ކުއްލިއަކަށް "މިނިވަން"ވެފަ އެވެ.

އެކަމާ ކިތަންމެ ވަރަކަށް ހައިރާންވިޔަސް، މި ބަދަލަށް މަރުހަބާ ކިޔުމުގެ ބަދަލުގައި އާއްމުންގެ ރުޅިވެރިކަން ޕީއެސްއެމް އަށް އަމާޒުވެފައި ވަނީ ޕީޕީއެމާއި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގައި މިހާތަނަށް އެ ތަން ހިންގާފައިވާ ގޮތާއި އެޑިޓޯރިއަލް ޕޮލިސީ އަށް ސަރުކާރުގެ ނުފޫޒު ފޯރުވަން ޖާގަދީފައި އޮތްލެއް ބޮޑުކަމުންނެވެ. ޚާއްސަކޮށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލަށާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އިކްރާމް ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާތައް ހޯސްޓްކުރައްވާފައި ވެސް ވެ އެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އިބޫ އަށް މަރުހަބާ ކިޔައި ޕީއެސްއެމް އާއި އިކްރާމް ވެސް ވަނީ ޓްވީޓްކުރައްވައިފަ އެވެ. އަދި ކޯލިޝަންގެ ކާމިޔާބީއާ ގުޅިގެން ކުރިއަށްދާ އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ފޮޓޯތައް ވަގުތުން ޓްވީޓްކުރުމާއި ޕްރެސް ކޮންފަރެންސްތަކާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ލައިވްކުރުމަކީ މިހާތަނަށް ޕީޕީއެމަށް ގޮސް ހުސްވެފައި އޮތް ޕީއެސްއެމް މިދިޔަ ތިން ދުވަސް ތެރޭ މުޅިން އަނެއްކޮޅަށް ޖަހާފައިވާކަން އެނގޭ ބޮޑެތި ބަދަލުތަކެވެ. އެއީ ފެންނަ ހުވަފެނެކޭ ހީވިޔަސް އާއްމުން ތިބީ އެ ތަނުގެ ވެރިންނާ މެދު ހިތްހެޔޮކުރާ ވިސްނުމަކު ނޫނެވެ.

ރައްޔިތުންގެ ފައިސާ އިން ހިންގާ ދައުލަތުގެ މީޑިއާގެ ހުރިހާ ވަސީލަތްތަކެއް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގަ އާއި އޭގެ ކުރިން ވެސް ހުސްކުރަމުން ގެންދިޔައީ ރައީސް ޔާމީން ޕްރޮމޯޓްކުރުމަށާއި އެ މަނިކުފާނުގެ ސަރުކާރު ދިފާއުކުރުމަށެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އިބޫ އަށާއި ރަނިންމޭޓް ފައިސަލް ނަސީމަށް ޕީއެސްއެމްގެ ފަރާތުން މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓަރު ހަދަން އެހެން ނޫހަކުން އެ ދެ ބޭފުޅުންގެ ފޮޓޯ ހޯދާފައި ވުމަކީ އޭގެ ހެއްކެއްކަން ބައެއް މީހުން ފާހަގަކުރެ އެވެ. ޓްވިޓާގައި އެ ކަމަށް ފާޑުކީ މީހުންގެ ތެރޭގައި ޕީއެސްއެމްގެ ކުރީގެ ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ.

"ލަދެއް ނުގަނޭ، ބޮޑު އިންތިޚާބެއް ނިމިގެންދިޔަ އިރު ޕްރެޒިޑެންޓް އިލެކްޓްގެ ފޮޓޯއެއް ނެތީމަ، އެހެން މީޑިއާއަކަށް ކްރެޑިޓް ދީފައި ޓްވީޓްކުރަން؟" ކުރިން ޓީވީއެމްގެ ޕްރޮޑިއުސަރަކަށް އުޅެފައިވާ އަހުމަދު އަފްރުހް ރަޝީދު ސުވާލުކުރި އެވެ.

"އިންތިޚާބުކޮށްފައިވާ ރައީސާއި ނާއިބު ރައީސްގެ ފޮޓޯއެއް އެ މީހުން އަތުގައި ނެތުމަކީ ކިހާ ހިތާމަހުރި ކަމެއް؟" ޕްރެޒެންޓަރު މޫސާ ވަސީމް ޓްވީޓްކުރި އެވެ.

އިންތިޚާބު ކާމިޔާބުކުރުމުން އިދިކޮޅު ކޯލިޝަންގެ ކަންކަން ޕީއެސްއެމުން ކުއްލިއަކަށް ގެނެސްދޭން ފެށުން ގިނަ ބަޔަކަށް މާނަކުރެވެނީ ޕީއެސްއެމްގެ އިސް ވެރިން، މި ބަދަލުވި ހާލަތުން ފައިދާ ނެގުމުގެ ގޮތުގަ އެވެ. އެ މީހުން ދެކޭގޮތުގައި ޚަލީލާއި އިކްރާމް އުޅުއްވަނީ ވަޒީފާގެ ދަހިވެތިކަމުގަ އާއި "މި އޮތްހާ ދުވަހު ހިންގި ޖަރީމާތަކުން" ރެކިގަންނާށެވެ. އެހެންވެ، އިދިކޮޅު ކޯލިޝަނަށް ކަވަރޭޖު ދޭން ފެށިޔަސް، ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރަން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ހަނދާން ނުނެތޭނެ ކަމުގެ އިންޒާރު ބައެއް މީހުން ވަނީ ދީފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް ލައިވް!

އިންތިޚާބު ކާމިޔާބުކުރުމަށް ފަހު ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސް ވަގުތުން ދެއްކުމަކީ މި ފަހުގެ އަހަރުތަކުގައި އިދިކޮޅު ޕާޓީއެއްގެ ކަމެއް ދައުލަތުގެ މީޑިއާ އިން ލައިވްކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އިއްޔެ، އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބޭއްވެވި ނިއުސް ކޮންފަރެންސް ވެސް ވަގުތުން ދެއްކި އެވެ. އެކަމަކު ޕީއެސްއެމްގެ ކުއްލި ބަދަލު މުޅިން އާ ހަރުފަތަކަށް ގެންދިޔައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ލައިވްކުރުމުންނެވެ. އެއީ އާއްމުންނަށް އަދި އަމުދުން ބަލައިގަނެވުނު ކަމެއް ނޫނެވެ.

އެ ޖަލްސާ ޕީއެސްއެމުން ވަގުތުން ދައްކައިގެން ނުވާނެ ކަމަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހުން އެ ގޮތަށް ދެކޭ ސަބަބަކީ އެއީ މިހާތަނަށް ވެސް އެ ތަނުން ކަން ކުރަމުން އައި، ވެރިކަންކުރާ ޕާޓީގެ ހުރިހާ ކަމެއް ލައިވްކުރުމުގެ އުސޫލުން ކުރި ކަމަކަށް ވާތީ އެވެ. ދެން ވެރިކަމަށް އަންނަން އޮތް އެއް ޕާޓީގެ އެފަދަ ހަރަކާތެއް ދައުލަތުގެ މީޑިއާ އިން ހިލޭ ލައިވްކޮށްދޭން ޖެހޭ ވަރުގެ އާއްމު މަސްލަހަތެއް އޮތް ކަމަކަށް އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކަށް ތާއިދުކުރާ ބައެއް މީހުން ވެސް ގަބޫލެއް ނުކުރެ އެވެ.

"ޕީއެސްއެމް އިން އެމްޑީޕީ ގައުމީ މަޖިލިސް ލައިވްކޮށްގެން ނުވާނެ؟ ޚަބަރުގައި ކިޔަން އޯކޭ،" ވިޔަފާރިވެރިޔާ އަދި އެމްޑީޕީގެ ކަންކަމުގައި އިސްކޮށް އުޅުއްވާ އަބްދުލްމާޖިދު (ލެކިއުޓް މާޖިދު) ޓްވީޓްކުރެއްވި އެވެ.

މާޖިދުގެ ވާހަކަ އަށް ތާއީދުކުރި ބައެއް މީހުން އެކަމާ އެއްބަސްވަމުން ފާހަގަކުރި ގޮތުގައި ވިޔަފާރި އުސޫލުން ނޫން ގޮތަކަށް ޕީއެސްއެމްގެ އެއާޓައިމުން އެފަދަ ކަމަކަށް ޖާގަ ދީގެނެއް ނުވާނެ އެވެ.

ދައުލަތުގެ މީޑިއާގެ ފަރާތުން އާއްމުން ބޭނުންވަނީ އޭރެއްގައި ރައީސްކަން ކުރައްވާ ބޭފުޅަކާއި ވެރިކަންކުރާ ޕާޓީ އަށް ސަނާކިޔައި އެ މީހުން ޕްރޮމޯޓްކޮށް އެ މީހުންގެ ޕްރޮޕެގަންޑާ ފެތުރުމެއް ނޫނެވެ. ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހުރިހާ ފަރާތްތަކަކަށް ވެސް ފުރުސަތު ދީގެން، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން އެޑިޓޯރިއަލް ސިޔާސަތެއް ގެންގުޅޭ މަންޒަރެވެ. އޭގެ މާނައަކީ މި ވޭތުވެދިޔަ ތަނުގައި ކަން ކުރަމުން އައި ގޮތް އިސްލާހުކުރުމެވެ. ރައީސް ޔާމީންގެ ސަރުކާރަށާއި ޕީޕީއެމަށް ކޮށްދިން ހުރިހާ ކަމެއް އަންނަން އޮތް ސަރުކާރަށާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭނެ ޕާޓީތަކަށް ކޮށްދިނުމެއް ނޫނެވެ.

އެކަން ޕީއެސްއެމްގެ އިސް ވެރިން ދަންނަން ޖެހެ އެވެ. ނޭނގޭ ނަމަ، އިބޫ އާއި އެމްޑީޕީ އާއި ކޯލިޝަންގެ އެހެން ޕާޓީތަކުން އެކަން އެ ބޭފުޅުންނަށް އަންގައިދޭން ޖެހެ އެވެ.

124 ކޮމެންޓް, 327 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 3%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދު

28 September 2018

މިހާރު ކޮބައިތަ އަދުރޭ! މަދެން ހީހީ

The name is already taken The name is available. Register?

ގައުމީ ޓީވީ

27 September 2018

ޕީއެސްއެމް އަބަދުވެސް އޮންނަނީ އެއިރެއްގައި ދިވެހިރާއްޖޭގައި އޮންނަ ވެރިކަމަކާއި އެއްކޮޅަށް.

The name is already taken The name is available. Register?

ރީނާ

28 September 2018

ހިސާބައްވުރެ ޖަހިލު މީހުނަނަށް މިވަރުވެސް ނުވިސްނޭ.. ސަރުކަރުގެ ތަންތަން އެއިރަކު އޮންނަ ސަރުކާރާ އެއްކޮޅަށްދޯ އޮނަންނަޖެހޭނީވެސް....

The name is already taken The name is available. Register?

ބޯގޯސްސް

27 September 2018

މުޅި ޓީވީ ސްޓޭށަން އުވާލާ. ޢަހަރެމެންގެ ލާރިން ކުރާ ބޭކާރު ކަމެއް

The name is already taken The name is available. Register?

ހިރަސް

26 September 2018

ބޯޑު އުވާލާފާ ކަމަށް ގާބިލް ތަޖުރިބާކާރު ބަޔަކު އަވަހަށް ބޯޑަށްލުން ނޫންގޮތެއް ހަމަނެތް!!!!!!!!

The name is already taken The name is available. Register?

އަހުމަދުބޭ

26 September 2018

ޕީއެސްއެމް ވާންވީ ދައުލަރުގެ މީޑިއާއަކަށް، މީގެ މާނައަކީ، އޭރަކު ވެރިކަމަށް އަރާޕާޓީއެއްގެ ޚަބަރުގެނެސްދޭ ތަނަކަށް ވެގެން ނުވާނެ، ހުރިހައި ޕާޓީތަކަކަށްވެސް ހަމަހަމަ ފުރުސަތު އޮންނަންވާނެ، ޕާޓީތަކުން ބާއްވައި ޖަލްސާތަށް ލައިވް ކުރަނީ ފައިސާ ދައްކާ އުސޫލުން، އެހެންނޫނީ ޚަބަރުގައި އެދުވަހު ހިގިކަމަށް ފެންނަ ޚަބަރު ގެނެސްދިނީމައި އެނިމުނީ، އެމް ޑީ ގެ ޗެނަލަކަށް ރާއްޖެ ޓީވީ ހެދީމާ މީހަކު ކިޔާނެ އެއްޗެއް ނޯންނާނެ، އޭރުވެސް މިހައިރުވެސް ރާއްޖެ ޓީވީ

The name is already taken The name is available. Register?

ކާބެ

26 September 2018

ކަލޭނޭ ކަލޭނޭ ހަމަހަމަޔޭދެން ދެން ނުކިޔަބަލަ ދިވެހިރާއްޖެ ހާ ހަމަހަމަ ތަނެއްނެތޭ

The name is already taken The name is available. Register?

ޤައުމު

26 September 2018

ނަޝީދުގެ ވެރިކަުގައި ދައުލަތުގެ މީޑިއާ އޮތީ ކިހިނެއްތޯ؟

The name is already taken The name is available. Register?

Thhhk

26 September 2018

މިނިވަންކޮށް ހުރިހާ ޕާޓީންވެަސް އަރާ ކިޔާނެ އެއްޗެއް ކިޔާ

The name is already taken The name is available. Register?

ނަދުރުބޭ

26 September 2018

ރއްޔިތުންގެ މީޑިއާ ނަހަމަ ގޮތުގައި ބޭނުން ކުރެވުނީ ކޮންގޮތަކުންތޯ ސާފުކޮށް ކުށްވެރިވާ ފަރާތަކަށް ހައްގު އަދަބު ހޯދަދޭންޖެހޭ. ނޫނީ ދެން ހަވާލުވާމީހާވެސް ކުޅޭނީ އެއްކުޅިއެއް

The name is already taken The name is available. Register?

ހޯރަފުށީ ފަންކާ

26 September 2018

ރާއްޖެޓީވީވަރެއްނެތް ހަމަ. އަހަރެންނަށް ހެޔޮ އެހެން އެއްވެސް ޓީވީއެއް ނެތަސް ރާއްޖެޓީވީ އޮތީމަ ނިމްނީ. ހާދަ މޮޅޭ އެތާ އެ އުޅޭ ކުދިން ކޮޅު ބާބުތައް ހިތުން ކިޔާލާއިރުވެސް މަޖިލިސް މެންބަރަކަށް ވުރެ ކުޅަދާނަ. ސާބަހޭ ރާއްޖެޓީވީ.

The name is already taken The name is available. Register?

ޙުސެން

26 September 2018

ގައުމީ މަޖިލީހުން ނިންމާކަންކަން ހަބަރުގަ ގެނަސްދިނުންް އޯކޭ.

The name is already taken The name is available. Register?

ގެދާނޯމޮސް

26 September 2018

ރަނގަޅުޅ: ދެންފެންނާނެ މަންޒަރު ތަކާއި އިވޭނެ އަޑުތައް އަހަން ޕީއެސް އެމް އައް ފާޑުކިޔާ މީހުން ތިބޭށެވެ. ކޮންމެ ކަމެއްވެސް ކޮންމެ މީހެއްވެސް އޯކޭ ވެގެން އުޅޭ ދުވަހަކުން އެޑުވައިޒަރު ނަޝީދު ވިދާޅުވާ ބަސްތަށް އަޑުއަހަން އެންމެ ރަނގަޅު ޕަބްލިކް މީޑިޔާއަކަށް ޕީއެސް އެމް ވާން ޖެހޭނެއެވެ. އެއިރުން އަވަހައް ނުކުމެ ކަމާއިގެން ބަޔަކު އުޅެން ފަށަން ފުރުސަތުވެސް ލިބޭނެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454