ޝާމް: އޮސްޓްރޭލިއާގައި އޭނާ ހެދި ކޯހުގެ ފަހު ޕްރޮޖެކްޓެއްގެ ގޮތުން ހެދި ދިރާސާއަކީ އެ ސްޓޭޓުގެ ކުލީ ގޭގެއާ ބެހޭ ގަވާއިދު އިސްލާހުކުރަން ބޭނުންތެރި އެއްޗަކަށް ވަނީ ވެފައި.
24 ޑިސެމްބަރ 2018 - 07:14
އޮސްޓްރޭލިއާގައި ހަދަމުން ދިޔަ ކޯހުގެ ފަހު އަހަރު އިންޓާންޝިޕެއް ލިބުނީމާ ޝާމް ނަސީރު މަސައްކަތްކުރީ ރަނގަޅު ނަތީޖާއެއް ހޯދާށެވެ. އޭނާ ހެދި ދިރާސާއަކީ ކުއީންސްލެންޑަށް ބޭނުންތެރި އެއްޗަކަށް ވެ، ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރަން އެ ހޯދުންތައް ބޭނުންކޮށްފާނެ ކަމަކަށް ޝާމް، 24، ހިއެއް ނުކުރެ އެވެ. އެކަމަކު ގްރިފިތު ޔުނިވާސިޓީން ބެޗެލާ އޮފް ގަވަމެންޓް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ފާސް ހޯދައިގެން އެނބުރި ރާއްޖެ އައިތާ އަހަރެއް ފަހުން ޝާމަށް އެނގުނު ގޮތުގައި ކުއީންސްލެންޑުގައި ކުއްޔަށް ދޭ ގޭގެއާ ބެހޭ ގަވާއިދުތައް ހަރުދަނާކުރަން އޭނާގެ ދިރާސާގެ ބޭނުން ހިފަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންޓަނެޝަނަލް ރިލޭޝަންސް ޑިޕާޓްމެންޓުގައި ދޮޅު އަހަރު އުޅެފައި ކިޔަވަން ބޭރަށް ދިޔަ ޝާމް "ކުއީންސްލެންޑް ޕާލަމެންޓްރީ ރިސާޗު އިންޓާންޝިޕް" ހެދީ އޭނާގެ ޔުނިވާސިޓީން އެ ފުރުސަތު ލިބުނު ތިން ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. އެއީ އަހަރަކު 25 ދަރިވަރުންނަށް ޖާގަ ދޭ ޕްރޮގްރާމެކެވެ. ޝާމްއާ ހަވާލުވެވަޑައިގެންނެވި ޕާލަމެންޓް މެމްބަރު އަދި ހައުސިން މިނިސްޓަރު މިކް ޑި ބްރެނީ ބޭނުންވީ އޮސްޓްރޭލިއާގެ ދެވަނަ އަށް އެންމެ ބޮޑު ސްޓޭޓް، ކުއީންސްލެންޑްގެ ކުލީގެ ބާޒާރުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ބައްލަވާށެވެ. އެހެންވެ، ޝާމް ހެދީ ކުލީ ތަންތަނުގައި ދިރިއުޅޭ ޒުވާނުން ކުރާ ތަޖުރިބާތައް ދެނެގަތުމުގެ ދިރާސާއެކެވެ. އެ ޕްރޮޖެކްޓާ އެކު، އިންޓާންޝިޕް ޕްރޮގްރާމުން އޭނާ އަށް އެންމެ މަތިން މާކްސް ލިބުމުގެ އިތުރުން ކުއީންސްލެންޑްގެ ކުލީގެ ގަވާއިދުތައް 35 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިސްލާހުކުރުމުގައި ވެސް އެ ދިރާސާ ބޭނުންކުރެ އެވެ.
ދިރާސާގެ ހޯދުންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅުމުން އެކަން ބަލައިގަނެ މިނިސްޓަރުގެ ފަރާތުން ޝާމް އަށް މިދިޔަ މާޗް މަހު ފޮނުވި ޝުކުރުގެ ސިޓީގައި ވެސް އޭގެ އިޝާރާތެއް ދީފައިވެ އެވެ. އެ ދިރާސާ އިން ޝާމް ހޯދާފައި ވަނީ މުހިއްމު މައްސަލަތަކެއް ކަމާއި ގަވާއިދުތައް އިސްލާހުކުރާ އިރު އެ ދިރާސާ އަގުހުރި އެއްޗަކަށް ވާނެ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ. އެކަމަކު ހަގީގަތުގައި ވެސް އޭގެ ބޭނުން ހިފިކަން ޝާމަށް އެނގުނީ ކުލީގެ ގަވާއިދުތައް ބަދަލުކުރާކަން މިދިޔަ އޮކްޓޯބަރު ހިސާބުގައި ސަރުކާރުން އިއުލާން ވެސް ކުރި ފަހުންނެވެ. އެ މައުލޫމާތު އޭނާ އަށް ދެއްވީ ގްރިފިތު ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. މަރިޔަމް ޝަކީލާ އެވެ.
"ވަރަށް އުފާވި. އަސްލު ހިތަކަށް ނާރާ އޭތި ބޭނުންކޮށްފާނެއެކޭ. ބޭނުންވީ ކޯހުގެ ބައެއް ވީމަ ރަނގަޅު ނަތީޖާއެއް ހޯދަން. އެ މަސައްކަތް ޕޮލިސީއެއްގެ ސިފައިގައި ފެނިދާނެއެކޭ ހިތަކަށް ނާރާ،" މޯލްޑިވްސް ޕޮލިސް ސާވިސްގައި ބައިނަލްއަގުވާމީ ލިއޭޒަންއެއްގެ ގޮތުގައި މިހާރު މަސައްކަތްކުރަމުން އަންނަ ޝާމް ކިޔައިދިނެވެ.
ޝާމް (މ) ގްރެޖުއޭޝަންގައި ސެޓްފިކެޓާ ހަވާލުވަނީ
ދިރާސާ ހަދަން ލިބުނު ދާއިރާތަކުގެ ތެރެއިން ކުލީ ތަންތަނުގެ ދިރާސާ ޝާމް އިޚްތިޔާރުކުރީ މާލޭގައި ވެސް މައްސަލައަކަށް ވެފައި އޮންނަ ކަމަކަށް ވާތީ އުފެދުނު ޝައުގުވެރިކަމުގަ އެވެ. އެކަމަކު އޭނާ އަށް ފާހަގަކުރެވުނީ ކުއްޔަށް ދިރުއުޅުމުގެ ސަގާފަތް ދެ ތަނުގައި ތަފާތުކަމެވެ.
"ރާއްޖެއާ އެއްގޮތް ކަމެއް ހުރިތޯ ބަލައިލަން ބޭނުންވީ. އެކަމަކު މުޅިން ތަފާތު ދެ މާކެޓެއް. އެ ތަނުގައި ހަރު މީހުން އުޅެނީ ގެ ގަނެގެން. ކުއްޔަށް ގިނައިން އުޅެނީ ޒުވާނުން. މާލޭގައި އެންމެން ކަހަލަ ގޮތަކަށް މި އުޅެނީ ކުއްޔަށް،" އޭނާ ބުންޏެވެ.
ޝާމަށް ވިސްނުނު އަނެއް ކަމަކީ ކުއީންސްލެންޑުގައި ކުލީ ތަންތަނާ ގުޅޭ ގަވާއިދުތަކެއް މީގެ 35 އަހަރުން ކުރިންސުރެ ހަދާފައި ހުރި ކަމެވެ. އަދި ރާއްޖޭގައި ކުއްޔަށް ހިފާ މީހުންގެ ހައްގުތައް ވަޅުޖެހިފައި އޮތް އިރު ވެސް އެފަދަ އޮނިގަނޑެއް ނެތް ކަމެވެ.
ޝާމް (ކ) ކޮންފަރެންސެއްގައި، އެ ބައްދަލުވުމުގެ ޑިރެކްޓަރާ އެކު
ޝާމްގެ ދިރާސާ އިން ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުއްޔަށް ދޭ އަގުތައް ބޮޑުވަމުން ދިޔުމާއި ތަނަށް ލިބޭ ގެއްލުންތައް މަރާމާތުކުރުން ލަސްވުމާއި ތަނުގެ މެއިންޓެނެންސާ މެދު މައްސަލަ ޖައްސައިފި ނަމަ ވެރިމީހާ އޭގެ ބަދަލުހިފުމާއި ކުއްޔަށް ހިފުމުގެ ގާނޫނާ މެދު ހޭލުންތެރިކަން ކުޑަވުން ހިމެނެ އެވެ.
"ލޭންޑްލޯޑްސް ޒުވާނުންނަށް އިތުބާރު ނުކުރާކަން ވެސް ފާހަގަކުރެވުނު. އެއީ ޒުވާނުންނަކީ ޒިންމާދާރުކަން ކުޑަ ބައެއް ކަމަށް ދެކޭތީ. އަދި ކުލި ބޮޑުވުމާއި ގެއަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެން ލޭންޑްލޯޑްސް ނޫޅޭ ކަމާއި ގޭތެރޭގައި ޕެޓްސް ގެންގުޅެން ހުއްދަ ނުދޭކަން ވެސް އެނގުނު،" ޝާމް ބުންޏެވެ.
"މި ކަންކަމަށް އެޑްރެސްކުރަން އަލަށް ހަދާ ޕޮލިސީގައި ބަލާނީ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ބެލެންސްކުރަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
25 December 2018
ގަނދަ! ވަރަށް ހޫނު މަރުޙަބާ އެއް ސާމް އަށް ކިޔަން!
ފާތުމާފުޅު
25 December 2018
ތިކަހަލަ ވަރަށް ގިނަ ރިސާޗް ދިވެހިން ހަދާ، ޤައުމުތަކުން ދަނީ އެ ބޭނުންކުރަމުން. ރާއްޖެއަށޭ ރިސާޗްގެ ބޭނުން ނުހިފެނީ. އެކުދިން އެވާހަކަ ނުދައްކަނީ. މިސާލަކަށް، ސައުތު އޭޝިޔަން ޔުނިވަރސިޓީން އައިއާރ އިން މާސްޓާސް ހެދި ޒިޔާ ލިޔުނު ތީސަސް މިހާރު އިންޑިޔާއާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަސާސަކީ. އޭނާ ލިޔުނު ފޮތް މިހާރުވެސް ދަނީ ބޭނުންކުރަމުން. އެކަމަކު މިއިން އެއްވެސް ކުއްޖަކަށް ރަނގަޅު ވަޒީފާއެއް ނުދޭނެ. ދޭނީ ތަނެއްދޮރެއް ނޭގޭ ހަޅޭލަވާ މީހުންނަށް.
ވޯލް
25 December 2018
އެހެން ރަށްރަށުން މާލެ އައިސް ދިރިއުޅޭމީހުން މާލޭގެ ކުލި ބޮޑު ވެގެން "މާލެ މީހުންނޭ" ކިޔާިއރު އެ ރަށްރަށުގެ ބިންތަކުގެ އަގު މިހާރު އުފުލިގެން ގެސްޓހައުސް ހަދަން ބިން ގަންނަން ދިޔައީމަ ކީވެތޯ ވަކި އަގު ހެޔޮކޮށް ކުއްޔަަށް ނުދެނި ނޫނީ ހެޔޮ އަގެއްގައި ނުވިއްކަނީ؟ މާލޭގެ ގިނަ ގެތައް ބުރިބުރިއަށް ހަދާގެން އެތަން ކުއްޔަދީގެން އުޅޭ ރާއްޖޭގެ އެހެން ރަށްރަށަށް ނިސްބަތްވާ މީހުން ވަކި މަދެއް ނުވާނެ. ދެން ކޮން "މާލެ މީހުން" ނެކޭ ކިޔާކަށްތަ؟
ޖުލައި
24 December 2018
ރާއްޖޭގައި ކީއްވެ ގެންތަ ކުއްޔަށް ދިނުމަށް ގަވާއިދު ނުނެދިގެން މިއުޅެނީ. ކުލި ކޮންޓްރޯލް ކުރަން ޖެހޭ. އަދި ތަންތަން ބަލާ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއް ތޯ ބަލަންޖެހޭ
2231
25 December 2018
އެއީ ބަޔަކަށް ލާރިލިބޭ މިންވަރު މަދުވެދާނެތީ..
ހުސެންއަލީ
25 December 2018
މިރާއްޖެއަކީ މިނިވަން ވިޔަފާރީގެ މަރުކަޒެއް. ފައިސާއާ ކޮޅުކޮޅު އޮތް މީހުނަށް މީ ސުވަރުގެއެއް. ގޮތެއްނެތް ފަގީރުން ގެ ނަރަކަ. އެހެނަސް މިހުރިހާ ބޮޑަތިމީހުންގެ ވެސް ވެރިންނަކީ ނިކަމެތިން. އެމީހުންގެ އެއްވެސް ތަކުލީފެއް ނުފުދުނަސް ކޮންމެ ރައީސެއް އިންތިހާބު ކުރަނީ ވަރަށް އިތުބާރާއެކީ. އެހެނަސް ޑިމޮކްރަސީ އޮތީމަ ތިބެނީ ވަރަށް ފަހުރުވެރިވެފަ.
ސޯ ވަޓް
24 December 2018
ސޯ ވަޓް؟ ތިޔައަކު ނެތް އެންމެ އާދައިގެ މީހަކަށްވެސް ނޭނގޭ ކަމެއް.
ސޯ...
25 December 2018
އެހެން މީހަކަށް ލިބުނު ކާމިޔާބީގައި ބައިވެރިވެ އުފާ ކުރުމަކީ ބައެއް މީހުނަށް ހާދަ އުނދަގޫ ކަމެކޭ ދޯ... ސޯ ހިޒް ރިސާޗް ގޮޓް ރިކޮގްނިޝަން. އާދައިގެ މީހުނަށް އެނގޭ ކަންކަންވެސް ދިރާސާ ކުރަން ޖެހޭ. ހަމަ އެކަނި ސައިންސް އެއް ނޫން ރިސާޗް ކުރަން ޖެހެނީ.
އެހެންޔާފަހެ ކީކޭ ބުނާނީ
25 December 2018
ތިމީހުންނަށް ހީވަނީތަ މިކަހަލަ ރީސާރޗް އެއް ހެދުމަކީ ވަރަށް ފަސޭހަ ކަމެކޭ. އާދައިގެ މީހުންނަށްވެސް އިނގޭ ކަންކަން ހުންނާނީ އެކަމަކު މިކަންކަން ލިޔުމެއްގަ ސިފައިގަ ގެނެސް އެޔަށް ގެނެވޭނެ ހައްލެއް ހޯދުމަކީ ތިހީކުރާހާ ފަސޭހަ ކަމެއްނޫން. ތީ ދިވެހިންގެ ވައްތަރު. އެހެންމީހަކު މޮޅުކަމެއް ކޮށްފިއްޔާމު ހަޖަމެއް ނުވާނެ، ތިމާވަރެއް ނެތިގެން އުޅޭނީ. އިނގޭ އެއްޗެއްވެސް ނޭންގޭ އެއްޗެއްވެސް ނޯންނާނެ!
ތީދޯ
24 December 2018
ތީކީ އާކަމެއްނޫން. ދިރާސީ ވިސްނުމެއްގައި ޑްރާފްޓެއް ހަދާނަމަ އަބދުވެސް ގުޅުންހުރި ހުރިހާ އެއްޗެއް ބަލާނެ.
ހައި
24 December 2018
ދިވެހީންގެތެރޭ މިކަހަލަ ޒުވާނުން ވަރަށްގިނަ. ދެރައީ މިއިން އެއްވެސް ސިކުނޑިއެއްގެ ބޭނުން ދިވެހީން ނުހިފާތީ. އަޅުގަނޑު ސިލޯނުގަ ކިޔަވަން އުޅުނުއިރު ގެސްޓު ލެކްޗަރާޔަކަށް އައި ސްރީލަންކަން އެއާލައިންގެ ސީއީއޯ. އޭނާ ކިޔައިދިންވާހަކައެއްގަވެސް ދެއްކީ ހުސް ދިވެހި ޒުވާނެއްގެ ވާހަކަ. އެމީހުންގެ އެއާލައިންއިން އެއްޓެކްސީ ފެށިގޮތާ - ގަޑި ޖެހުމުގެ ޕަލްސަފާޔަށް ބަދަލުގެންނަން އެކުލަވާލި ދުރުރާސްތާ ޕުލޭނަކީ ސީދާ ދިވެއްސެއްގެ ވިސްނުމާ ތަސައްވަރުކަމަށް ބުނި.
ނިޝް
24 December 2018
ޔެސް! އެއީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާނެއް. އޭރު ލަންކާގަކިޔަވަމުންދިޔައީ. އަޅުގަނޑާ ލަންކާގަ ބައްދަލުވި. އޭރުގެ ލަންކާގެ ރައީސްގެ އިގުތިސާދީ މުޝީރު އަދި އަޅުގަޑުމެންގެ ޕްރޮފެސަރ ރަންޖިތު ބަންޑާރަވެސް މިޒުވާނާގެ ވާހަކަ ކިޔާލަދެއްވި.
ހައްގުތައް
24 December 2018
("މި ކަންކަމަށް އެޑްރެސްކުރަން އަލަށް ހަދާ ޕޮލިސީގައި ބަލާނީ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ބެލެންސްކުރަން.") މިތަންކޮޅު ކިޔާފަ ކުރިން ކީ ހުރިހާ އެއްޗެއް މަތިން ފޫހި ވެއްޖެ!!! މިހާރު ނެއިންގުނު ތީ ތެދެއްކަމެއްވެސްަ
ޙައްޤުތައް
25 December 2018
ހައްޤު އޮންނަނީ ހަމައެކަނި ކުއްޔަށް ހިފާ ފަރާތުގެ އެއް ނޫނޭ.
ޅޮސްއުދޯލި
24 December 2018
އެއުޅޭ ގާސިމް ލަނީ ހުސް ގުބޯލުން، އިންފޮމޭސަން ޓެކްނޮލޮޖީއައް އައް އަލީސާލިހު އެލީ މިގައުމުގަ ޅަޒުވާނުން އެބަތިބި އައިޓީއައް ދުނިޔޭގެ ފެންވަރު ކުދިން. ވަލީދާ އަނެއްކާ ލައިފި. އޭނައައް ނުވިސްނޭތަ ވިލާ ކޮލެޖުން ކިޔައި އޭގެ އިތުރައް މަތީ ތައުލީމް ހާސިލް ކުރާކުދިންނައް ވަޒީފާ ނުލިބި ސަހީދާ އައް ވަލީދާ އައް އަލީ ސޯލިހް އަައް ވަޒީފާ ދޭކައް ނޫން މިސަރުކާރު ގެނައީ! ގާސިމްކީކޭ ބުނަނީ؟؟؟
ރައީސް އޮފީސް
25 December 2018
ދެން އެއުޅޭ ސިފާޒުމެންނޯ. ކުރިން ފެއިލްވެފައިތިބި މިނިސްޓަރުންނޯ.
ހިންނަވަރު ބާރީ.
24 December 2018
ޕަބްލިޝް ކުރެވޭކަށް ނެތްތަ؟ ކިޔާލަން ވަރށް ބޭނުން.