ރިޕޯޓް / ސިއްހަތު

ބަލިމަޑުކަމެއް ކުރިމަތި ނުވަނީސް ތައްޔާރުވާން ވެއްޖެ!

ރޯގާއެއް ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް، 2017 ވަނަ އަހަރު ގިނަ ބަޔަކު ކިޔޫގައި. އަނެއްކާ ވެސް މި ފަދަ ރޯގާއެއް ފެތުރުމުގެ ފުރުސަތު އެބައޮތް ---ފޮޓޯ: ނިޝާން އަލީ/މިހާރު

ފުރަތަމަ އެންމެން ވެސް ހީކުރީ އެއީ ހަމަ އާދައިގެ ރޯގާއެއް ކަމަށެވެ. ހުމާ އެކު އަރިދަފުސް ރޯގާ މާ ބޮޑަށް ފެތުރެން ފެށީ އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ، އެނގުނީ އެއީ ސްވައިން ފްލޫ ކަމެވެ. އޭގެ މާ ބޮޑު މައުލޫމާތެއް ނޭނގި ހުއްޓައި، ގިނަ ބަޔަކު އެ ރޯގާއަށް ޕޮޒިޓިވް ވި އެވެ. މީގެ ދެ އަހަރު ކުރިން ކުރިމަތިވި އެ ބަލިމަޑުކަމުން ސަލާމަތްވި އިރު ވަނީ ހަ މީހުން މަރުވެފަ އެވެ.

އަނެއްކާ މިވަނީ މި ފަދަ ބަލިމަޑުކަމެއް ފެތުރިދާނެކަމަށް ތައްޔާރުވާން ވެފަ އެވެ. ސްވައިން ފްލޫގެ ބަދަލުގައި އިންފްލުއެންޒާ ރޯގާ ފެތުރި ދާނެ ކަމުގެ ބިރު ހީވެފައިވާއިރު މަދިރީގެ ސަބަބުން ޖެހޭ ޑެންގީ އާއި ޗިކަންގުންޔާ ވެސް ދަނީ ބާރަށް ފެތުރެމުންނެވެ. އެހެންވެ، މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ރޯގާއިން ރައްކާތެރިވުމަށް މަސްކް އަޅައިގެން ތިބި ބަޔަކު އައިޖީއެމްއެޗް ބޭރުގައި މިއަދު ބަޔަކު މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިންފްލުއެންޒާ، އާދައިގެ ރޯގާއެއް ނޫން

އާދައިގެ ހުމުގެ ރޯގާއެއްގެ ގޮތުގައި ފުރަތަމަ ގަބޫލުކުރެވުނު ނަމަވެސް ވަކި ހިސާބަކުން އިންފްލުއެންޒާ ވެސް ގޯސްވެ އެވެ. ރޯގާގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ އިންފްލުއެންޒާ އޭ އަށް މިދިޔަ އަހަރު ވެސް ގިނަ ބަޔަކު ޕޮޒިޓިވް ވިއިރު އޭގެ ތެރެއިން އެކަކު މަރު ވެސް ވި އެވެ.

މީގެ ދެ އަހަރު ކުރިން، 2017 ގައި އިންފްލްއެންޒާގެ އައުޓްބްރޭކެއް ކުރިމަތިވި އިރު ގިނަ ބަޔަކަށް އެ ރޯގާއާ ގުޅޭ މާ ބޮޑު މައުލޫމާތެއް ނޭނގެ އެވެ. ކަމާ ގުޅޭ އިދާރާތަކުގެ އިތުރުން އާއްމުން ވެސް ގަބޫލުކޮށްގެން ތިބީ ހަމަ އާދައިގެ ރޯގާއެއްގެ ގޮތުގަ އެވެ.

އެއީ ކުރިއްސުރެ ރާއްޖޭގައި އުޅޭ ބައްޔެއް ނަމަވެސް، ކަމާ ގުޅޭ ފަރާތްތަކުން ރޯގާއާ ގުޅޭ މައުލޫމާތު އާއްމު ކުރީ މާ ފަހުންނެވެ. ބަލިން ދިފާއުވުމަށް އޭރު މާ ބޮޑު ފިޔަވަޅެއް އެޅިފައެއް ނެތެވެ. އެހެންވެ، ރޯގާގައި މީހުން މަރުވި ފަހުން، އޭގެ މައުލޫމާތު ހާމަކުރުމުން މީހުން މާ ބޮޑަށް ބިރުގަތެވެ.

ރޯގާ އެންމެ ބޮޑަށް ފެތުރެމުން ދިޔަ ދުވަސްވަރު ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ގޮސް ތިބި ބަޔަކު މާސްކް އަޅައިގެން-- މިހާރު ފޮޓޯ

އޭރު ކުރިމަތިވި ރޯގާގައި ސްކޫލުތައް ބަންދު ކުރި އެވެ. މާސްކް ފަދަ އެއްޗެހިން އަނގަމަތި ނިވާނުކޮށް މީހުން ބޭރަށް ނުކުތުން ހުއްޓާލި އެވެ. ހޮސްޕިޓަލްތަކުގައި ފްލޫ ކްލިނިކްތައް ގާއިމްކުރި އެވެ.

މިހާރު އަނެއްކާވެސް މިއޮތީ ހަމަ އެ ރޯގާއާ ކުރިމަތިވެފަ އެވެ. ބަލިން ދިފާއުވުމަށް ވެކްސިން ޖަހަން ޖެހިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް އިންފްލުއެންޒާގެ އާ ބާވަތެއް ތައާރަފްވާއިރު، އަހަރުން އަހަރަށް އޭގެ ވައިރަސް ބަދަލުވެ އެވެ. އިންފްލުއެންޒާއިން ސަލާމަތްވުމަށް ކޮންމެ އަހަރަކު ވެސް ވެކްސިން ޖަހަން ޖެހެނީ އެހެންވެ އެވެ.

މިހާރު އިންފްލުއެންޒާ ފެތުރެމުން ދާއިރު ޑޮކްޓަރުން އަންނަނީ އެކަމުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަމުންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކަންބޮޑުވާން ޖެހޭ ދަރަޖައަށް އިންފްލުއެންޒާ މިހާރު ފެތުރެމުން ނުދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ރޯގާ އިތުރުވެދާނެ ކަމަށް ބަލައި ވެކްސިން ޖެހުން މުހިއްމު ކަމަށެވެ. އަދި މިއީ ވެކްސިން ޖަހަން އެންމެ ރަނގަޅު ދުވަސްވަރުކަން އޭނާ ފާހަގަކުރެއްވި އެވެ.

ރޯގާ އެންމެ ގިނަވި ދުވަސްވަރު ތާޖުއްދީން ސްކޫލުގައި ހުޅުވި ފްލޫ ކްލިނިކުގައި މީހަކަށް ފަރުވާ ދެނީ

"އިންފުލުއެންޒާ ކޮންމެހެން ގިނަވެގެންނެއް ނޫން ވެކްސިން ޖަހަން ޖެހެނީ. ވެކްސިން ޖަހާފައި އޭގެ އަސަރު ކުރަން ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްހާ ދުވަސް ނަގާނެ. އެހެންވީމަ، ބަލި ޖެހުމުގެ ކުރިން ވެކްސިން ޖަހައި، އެއިން ދިފާއުވުމަށް މަސައްކަތް ކުރުން ރަނގަޅު،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އިންފްލުއެންޒާ އަކީ މޫސުމާ ވެސް ގުޅުން ހުރި ރޯގާއެކެވެ. ވިއްސާރަ ވުމާއި މީހުންގެ ހަރަކާތްތެރިވުން އިތުރުވުމުން ވެސް ރޯގާ ފެތުރޭލެއް ބޮޑުވެ އެވެ.

އެޗްޕީއޭން ބުނިގޮތުގައި 2017 ގައި އިންފްލުއެންޒާ އެހާ ބޮޑަށް އިތުރުވީ، ބައްޔާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރެވިފައި ނުވާތީ އެވެ. ނަމަވެސް އޭގެ ފަހުން ރޯގާއާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް އެނގި، އިންފްލުއެންޒާގެ ވެކްސިން ގިނަ ބަޔަކު ޖަހާކަން އެތަނުން ފާހަގަކުރި އެވެ.

މި ބަލީގެ ސަބަބުން ފުރާނަ އަށް ނުރައްކާވާނެ މީހުން ވެކްސިން ޖަހަން އިސްކަން ދޭން ޖެހެ އެވެ. އަދި ހަކުރުބަލި ހުންނަ މީހުންނާއި މާބަނޑު މީހުންނާއި ކިޑްނީ ބަދަލުކޮށްފައި ހުންނަ މީހުންގެ އިތުރުން ނޭވާލުމުގެ މައްސަލަތައް ހުންނަ މީހުން ކޮންމެހެން ވެސް ވެކްސިން ޖަހަން ޖެހެ އެވެ.

އެސްޓީއޯ އާއި އޭޑީކޭގެ ބޭސް ފިހާރަތަކުން އެ ވެކްސިން ލިބެން އެބަ ހުއްޓެވެ. އަދި ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނަކުން ވެކްސިން ޖަހައިދެ އެވެ. އެހެންވެ، ކަމާ ގުޅޭ އިދާރާތަކާއި ޑޮކްޓަރުން އިރުޝާދު ދެނީ، ކުއްލިއަކަށް ރޯގާ ފެތުރިނުގަންނަނީސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށެވެ.

ޑެންގީ އާއި ޗިކުންގުންޔާ އަދިވެސް ދަނީ ހަލުއިކަމާ އެކު ފެތުރެމުން

ޑެންގީ ހުން ޖެހުނު ކުއްޖަކު، އެމްއެންޑީއެފްގެ ސީ އެމްބިއުލާންސްގައި މާލެ ގެންނަނީ.-- ފޮޓޯ: އެމްއެންޑީއެފް

މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުން ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ފެނެ އެވެ. މިހާރު ވެސް މި ހުން ޖެހިގެން ފަސް އަހަރުގެ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، މި އަހަރުގެ މިހާތަނަށް، 1،300 އަށް ވުރެ ގިނަ މީހުން ވަނީ ޑެންގީއަށް ޕޮޒިޓިވް ވެފަ އެވެ.

އެޗްޕީއޭން ބުނިގޮތުގައި މިދިޔަ މަހަށް ވުރެ މި މަހު ޑެންގީ ހުން ޖެހުނު މީހުންގެ ނިސްބަތް ދަށެވެ. އެކަމަކު ހުން ކޮންޓްރޯލް ނުވާ ކަމަށާއި އަދިވެސް ބާރަށް ފެތުރެމުން ދާ ކަމަށް އެތަނުން ބުންޏެވެ.

މިހާތަނަށް ބަލާއިރު ޑެންގީ ހުން އެންމެ ބޮޑަށް ފެތުރެނީ މާލޭ ސަރަހައްދުގެ އިތުރުން ހއ. އަތޮޅާއި ރ. އަތޮޅާއި އއ. އަތޮޅު އަދި ލ. އަތޮޅުގަ އެވެ.

''މިދިޔަ މަހާ އަޅާބަލާއިރު ހުން ޖެހުނު މީހުންގެ އަދަދު އަދި މަދު. އެކަމަކު ދަށަށް ދިޔައޭ ބުނާވަރެއް ނުވޭ. މިއޮތީ އެންމެ ރަނގަޅު ހިސާބެއްގައޭ ނުބުނެވޭނެ،'' އަފްޒަލް ވިދާޅުވި އެވެ.

ދ. އަތޮޅުގެ ހޮސްޕިޓަލްގެ މުވައްޒަފުން ޑެންގީ މަދުކުރުމުގެ ކެމްޕެއިންގެ ތެރެއިން ތަންތަން ސާފުކުރަނީ.--ފޮޓޯ:ހެލްތް މިނިސްޓްރީ

ޑެންގީއާ އެކު ފެތުރެމުން އަންނަ ޗިކުންގުންޔާގެ ހާލަތަކީ ވެސް އެއީ އެވެ. މިދިޔަ މަހު 270 މީހަކަށް ހުން ޖެހިފައިވާއިރު މި މަހު އަދި އެ އަދަދު ދަށަކަށް ނުދެ އެވެ.

އެޗްޕީއޭން ބުނިގޮތުގައި ޗިކުންގުންޔާ އެންމެ ބޮޑަށް ފެތުރެނީ މާލެ އަތޮޅާއި ގއ. އަތޮޅުގަ އެވެ.

ކުުރިއަށް އޮތްތަނުގައި ރޯގާ އިތުރުވާނެ، ސަމާލުވޭ!

ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި އިންފްލުއެންޒާ އާއި މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އަންނަ މަހުން ފެށިގެން އިިތުރުވާނެ އެވެ. އާއްމު ގޮތެއްގައި ޑެންގީ ފަދަ ހުންތައް، އަހަރުގެ ތިން ދުވަސްވަރެއްގައި މައްޗަށް ދެ އެވެ. އަދި ކުރިއަށް އޮތީ ވިއްސާރަ މޫސުމެވެ. އެހެންވެ، މިއީ މަދިރި އުފެދެން އޮތް އިތުރު ފުރުސަތެއް ކަމަށް ބަލައި، ޑެންގީ އާއި ޗިކުންގުންޔާ ގިނަވާނެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފި ނަމަ ނުރައްކާތެރި ހާލަތަކަށް ދިޔުން އެކަށީގެންވެ އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ދެ މަހު އެ ރޯގާ އިތުރަށް ފެތުރިދާނެ ކަމަށް ބަލައި ސިއްހީ ދާއިރާއިން އެކަމަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު، މަދިރީގެ ސަބަބުން ޖެހޭ ބަލިތަކާ މެދު އާއްމުން ހޭލުންތެރިކުރުވައި، ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބަލި ފަތުރާ ޖަނަވާރާއި މަދިރި މަދުކުރުމުގެ ޕްރޮގްރާމްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން (ކ) އާއި ފިޝަރީޒް، އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދު ސޮއިކުރައްވަނީ: އާންމުންގެ މަސައްކަތް ވެސް މުހިންމު ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކުރިއާލާ ތައްޔާރު ވެވިއްޖެ ނަމަ، ހުމުގެ ރޯގާތައް ކޮންޓްރޯލްކުރުމުގެ ފުރުސަތު އެބަ އޮތެވެ.

"އަޅުގަނޑުމެން އުއްމީދު މިކުރަނީ މަސް ދުވަހުގެ ކެމްޕޭނެއް ޖައްސައިގެން، މިި ރޯގާ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިދާނެ ކަމަށް. ކުރިއާ ބަލާއިރު މީހުން މިކަމާ މެދު ވަރަށް ބޮޑަށް ހޭލުންތެރި ވެސް މެ،" އަފްޒަލް ވިދާޅުވި އެވެ.

މަދިރި ނައްތާލަން މަސައްކަތް ކުރުމަކީ ހަމައެކަނި ކަމާ ގުޅޭ އިދާރާތަކުގެ ވާޖިބެއް ނޫނެވެ. ގޭގެެ ގޯތި ތެރޭގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލައި، މަދިރިން ރައްކާތެރިވުމަށް އަމިއްލައަށް ވެސް މިހާރު ފިޔަވަޅު އަޅަން ވެއްޖެ އެވެ.

41 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 71%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަންއޮތްގޮތް

15 April 2019

ދުވަހުގެ ފަލަސުރުޚީހޯދަން ސިޔާސީބޭފުޅުން ތަފާތު ވާހަކަދައްކަވާނެއެވެ. އެކަމަކު މިމާލޭން މީހުން މަދުކޮށް ބަލިމަޑުކަމެއް ފެތުނުނަނުދޭން ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ. މިއީ ޙަޤީޤަތެވެ. މިސަރުކާރު އައުމާއިއެކު ޤަވާޢިދާއި ޚިލާފަށް ޕާކުކޮށްފައިހުރި ވެހިކަލްތައް ނަގާނެވާހަކަ އާއި ޕެލެޓުތައްނަގާނެވާހަކައިވުނެވެ. ކޮންމެސް ކަންތަކެއްވެސް ކުރިއެވެ. އެކަމަކު އެހިސާބުން އެނިމުނީއެވެ. އެންމެންގެ ހަނދާނުން ފުހެވިދިޔައީއެވެ. ބޭނުންފުޅުގޮތްވީއެވެ.

The name is already taken The name is available. Register?

ތުނިޔަ

15 April 2019

ބިދޭސީން މަގުމައްޗަށް ކުޅުޖެހުން ހުއްޓުވަންޖެހޭ! އަދި ސިންގަޕޫރުގައި ހަދާހެން، މަގުމައްޗަށް ކުޅުޖަހާމީހުން ޖޫރިމަނާވެސް ކުރަންޖެހޭ!

The name is already taken The name is available. Register?

ޑީން

15 April 2019

ބިދޭސިން އެކަނިނޫން ކުޅުޖަހަނީ ދޭންސިންވެސް ކުޅުޖަހާ.

The name is already taken The name is available. Register?

ލީީީ

15 April 2019

މިހާރުވެސް މަގުމަށްޗަށް ކުޅުޖެހުމަކީ އާއްމު ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުން މަނާ ކަމެއް.

The name is already taken The name is available. Register?

ހަސަން މާނިއު32

15 April 2019

ބަންގްލާދޭސްގެ ރަށްފުށު އަވަށްތަކުން ގެންނަ މީހުން އެއްތަނެއްގާ ދިވެހީންނާއި އެކު މައްސުނިވެ މިއުޅެނީ. ހުމާއި ރޯގާ ޖެހިފާ ތިބޭއިރުވެސް މިސްކިއްތަކަށް އަރާ، މަގުތަކަށް ކުޅު ތަޅާ. ގޮތްނޭގޭ އެތަށް ބަލި ތަކެއް މިމީހުންގެ ކިބައިން މާލޭގާ އުޅޭ މީހުންނަށް އެބަ ޖެހޭ. ސާފުތާހިރު ކަމާއި އެހެން އިންސާނުންނާއި އެކު އުޅެވޭ މާހައުލެއް އަމިއްލަ ޒާތުން ދެނެ ގަނެވޭފެންވަރު މިމީހުންގެ ކިބައިގާ ނިތިއްޔާ، ދުބާއި ތަންތާ ހަދާ ގޮތަށް ހަރުކަށި ގަވާއިދު ތަށް ހަދަންވީ.

The name is already taken The name is available. Register?

ސާފު

15 April 2019

ނުރައްކާތެރި ބައްޔެއް ކަމަށްވާ ޓީބީއަކީވެސް ބަންގްލާދޭޝްގަ ފުދޭވަރަކަށް އާންމު އެއްޗެއް އަދި އެއީ އެހާ ފަސޭހައިން ފެތުރޭ އެއްޗެއް. ރާއްޖެއަަށް މިތަންތަނުން ގެންނަ މީހުން ސްކްރީން ކުރާ ފެންވަރު އެހާ ރަނގަޅުހެނެއް އެއްގޮތަކަށްވެސް ހިޔެއް ނުވޭ. މިކަންކަން އޮންނަނީ ވަރަށް ދޯހަޅިކޮށް.

The name is already taken The name is available. Register?

އަހަންމަ

15 April 2019

މިއީ ޑޮކްޓަރީ ބޭސްވިއްކުމަށް ބޭރުގެ ޑޮކްޓަރުން ކުރަމުންއަންނަ ވަރަށްވެސް ބޮޑުވިޔަފާރިއެއް..

The name is already taken The name is available. Register?

ކުޅުދުއްފުށީ އެއަޕޯޓް ޓަވަރު

15 April 2019

ރައީސޫ ލޮޓިއެއް ނުލިބެނީސް ހެލްތު ވަރަގަދަކުރޭ! ބަލި މި ފެތުރެނީ މިނިސްޓަރެއް މިނިސްޓްރީއެއް ހުރިހެން ހިވާ ވަރަކަށް ނޫން. ހޭލުންތެރި ކުރުވުންވެސް ސުމެއް. ރަށްރަށުގެ ހާލު އަދި ވަރަށް ދެރަ. ސާފުކުރަން ގައުމީ ޕްރޮގްރާމެއް ހިންގިއްޔާ ކީއްވާނީ މަދިރި އާ ދެކޮޅަށް. ދެން އެންމެ ފަހުވަގުތު ހުރިހާ ކަމެއް ކަނޑާލާނި އިބްރާހިމް ބޮލަށް. އަވަސް ފިޔަވަޅު އަޅާ. ނޭޅެއްޏާ އަމީނު ބަހައްޓާފައި ރައީސްގެ ހާއްސަ ކޮމިޓީ ހަދާ!

The name is already taken The name is available. Register?

ހާދަރު

15 April 2019

ހެޔޮނުވާނެ ކޮންމެ ވިއްސާރައެއް ނިމޭ އިރަށް މަގުމަތީ ކާނުތައް ނަގާ ސާފު ކުރުބަލަ. އެއިން ހާދަ މަދިރިއެއް އުފެދެއޭ. އަހރުން ކުޑައިރު ހަދާން ހުރޭ ގަވާއިދުން މުޅި މާލެ ފޮގް ކުރާ ހަދާން ފަތިސް ގަޑީގަ. މިހާރު މާ ހަރަދު ބޮޑު ކަމަކީތަ އެއީ. ނޫނީ ރައްކާތެރި ނޫން ކަމަކީތަ؟

The name is already taken The name is available. Register?

ބަރަބޯގެ

15 April 2019

އިބޫ އިސްތިއުފާ ދީފައި ފައިސަލް ނުވަތަ ޤާސިމްއާއި ވެރިކަން ހަވާލުކުރެޭ

The name is already taken The name is available. Register?

އަސްލަމްމް

15 April 2019

އިބޫ އިސްތއިއުފާދީފަ ތިބޭފުޅާއަށް ވެރިކަން ދިނިއްޔާ ކިހިނެތްތޯ ވާނީ؟

The name is already taken The name is available. Register?

ވަކީލުވެ

15 April 2019

އިބޫ އިސްތިއުފާ ދީފައި ޔާމިން އާއި ވެރިކަން ހަވާލުކުރަން ގޮވާލަން

The name is already taken The name is available. Register?

ހުތާ

15 April 2019

ބަންގުލަދޭޝް މީހުން މިރާއްޖޭގެ މަގުތަކަށް ކުޅުޖަހާ ޖެހުމަކީ އަޅުގަނޑަށް އެންމެ އުނދަގޫ ކުރުވާ އެއްކަމެވެ. މިކަން ވަކިން ބޮޑަ ރޯދަމަހު ގިނަހެން ހީވެއެވެ. އެމީހުންގެ ކިބައިން މިކަންކަން ހުއްޓުވިއްޖެނަމަ ބަލިފެތުރުން މަދުވާނެއެވެ.

The name is already taken The name is available. Register?

ލަތީފު

15 April 2019

ބަންގްލަދޭޝް މީހުނަކީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންބާވައޭ ހިތައް އަރާ. ދުނިޔޭގެ ހުރިހާ ޤައުމަކަށް ޖެހިފައޮތް ބޮޑު ވަބާއެއް.

The name is already taken The name is available. Register?

ޢަލޭ

15 April 2019

ާދިވެހިން ވެސް ރަނގަޅެެއް ނޫން. ހަމަ ޖަހާ ޖަހާ ޖަހާ

The name is already taken The name is available. Register?

ހުތާ

15 April 2019

ބަލިތަކުންސަލާމަތް ވާން ބޭނުންވާނަމަ އެއްވެސް ސްކްރީނެއް ނުކޮށް ނުވަތަ މަކަރުން ރިޕޯޓް ބަދަލު ކޮށްގެން ރާއްޖޭ އެތެރެކުރަމުންދާ ބަންގްލަދޭޝް މީހުން އެގޮތަށް އެތެރެވުން ހުއްޓުވަންޖެހޭ. އެމީހުންގެ ތެރެއިން ގިނަމީހުންނަކީ ރާއްޖޭގައި ކޮންޓްރޯލް ކޮށް ނައްތާލެވިފައިވާ ބަލިތަކަށް ވެކްސިން އެއްވެސްއިރެއްގައި ދީފައި ތިބި ބައެއްނޫން. އެމީހުންނަކީ ހޭލުންތެރިކަމެއްނެތްވިލެޖް ތަކުން އަންނަމީހުން، އައިސް މިތާ މަގުމައްޗަށް ކުޅުޖަހަނީ، އެމީހުންހެދިކާވެސްހަދަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454