ރިޕޯޓް / ބޯހިޔާވަހިކަން

މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟

ފްލެޓް އެދެން ހުޅުވާލުމާ އެކު ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ދިގު ކިޔޫއެއްގައި ޖެހިގެން ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތައް ހުރީ، މި ސަރުކާރުން އާއްމުކުރި ގޮތުގައި، ކޮޓަރިއެއްގެ ތެރެއަށް އުކާލައިފަ އެވެ. އެ ފޯމުތަކުގައި ވަނީ، އެތައް ރައްޔިތުންގެ އުދާސްތަކެވެ. ދިރިއުޅެމުން އަންނަ ހާލަތެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މިންވަރެވެ.

މިއިން އެއްވެސް ކަމަކަށް ނުބަލައި ހިތުހުރި ގޮތަކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފްލެޓްތައް ބަހާލީ ކަމަށް ކުރާ ތުހުމަތަށް ބާރު ލިބެނީ، ބަރިބަރިއަށް އަޅާފައިވާ އެ ފޯމުތައް ހާވާލުމުންނެވެ. ދެ މަޝްރޫއުގައި ފްލެޓް ދޫކުރީ ބޭއިންސާފުން ކަމަށް ކުރާ ޝަކުވާތައް ބެލުމަށް މި ސަރުކާރުން އެކުލަވާލި ކޮމިޓީން ބުނެފައިވާ ގޮތުގައި، "އެއީ، މައްސަލަ ފުންޏެކެ"ވެ.

މިހާތަނަށް ބެލިބެލުމުން ވެސް ކަންބޮޑުވާ އެތައް ކަމެއް ފެނިފައިވެ އެވެ؛

ބޯހިޔާވަހިކަމެއް ނުލިބި މުޅި އުމުރު ހޭދަވި ނިކަމެތިން ވަނީ ބާކީކޮށްފަ އެވެ. އެކަމަކު، ހަމައެކަނި ފޯމުގައި ނަން ޖަހާލި ކަމަށްޓަކައި ފްލެޓް ދިން މީހުން ވެސް އެބަ ތިއްބެވެ. އެއް އާއިލާއެއްގެ އެތައް ބަޔަކަށް ފްލެޓް ދީފައިވެ އެވެ. ބައްޕަ އާއި ދަރިފުޅާއި އަނބިމީހާ އާއި ފިރިމީހާ އަށް ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. މުސާރަ 85،000 ރުފިޔާ އަށް ވުރެން މަތިން ލިބޭ މީހުންނަށް ވެސް ފްލެޓެވެ. ޝަރުތު ހަމަވި މީހުންގެ ތެރޭގައި ކުރީގެ ސަރުކާރުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކުގެ މެމްބަރުން ހިމެނެ އެވެ. މާލޭގައި ދިރިނޫޅޭ، ރަށްރަށުގައި ތިބި މީހުންނަށް ފްލެޓް ދީފައިވާ އިރު، ޕޮއިންޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ.

ހިޔާ މަޝްރޫއުގައި ފްލެޓަށް އެދެން ހުށަހެޅި ފޯމުތައް: މިހާތަނަށް ބެލިބެލުމުގައި ވެސް ވަރަށް ބޮޑެތި އިހުމާލުތަކެއް ފާހަގަވެފައިވާ ކަމަށް ކޮމިޓީން ވަނީ ބުނެފައި.

ބޭއިންސާފުން ދޫކުރި ކަމަށް ތުހުމަތުކުރާ ފްލެޓްތަކުގެ ހައްގުވެރިން ހޮވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މުހިއްމު އެއް ވައުދެވެ.

ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކޮމިޓީއެއް އުފައްދަވައި ހަވާލުކުރެއްވީ ހިޔާ، ގެދޮރުވެރިކުރުވުން އަދި ގުޅީފަޅު މަޝްރޫއުގެ ހައްގުވެރިން ކަނޑައެޅުމެވެ. އެ މަޝްރޫއުތައް ހިންގާފައި ވަނީ އެންމެ ރަނގަޅަށްތޯ ބަލައި ފްލެޓް ދީފައި ވަނީ އިންސާފުންތޯ ބެލުމެވެ. އޭގެ އިތުރުން އެ މަޝްރޫއުތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ނަމަ، އެ ފަރާތްތައް ހޯދައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސަށް ލަފާ އެރުވުމަކީ ވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

ބޯހިިިޔާވަހިކަމަށް އެދުނު އެތައް ބައެއްގެ ލޯ ހުއްޓިފައި މިވަނީ، އެ ކޮމިޓީގެ ނިންމުމަށެވެ.

ބޭއިންސާފުން ދިން ފްލެޓްތައް އަތުލާނީތަ؟ އަލުން ހުޅުވާލާނީތަ؟

އެތައް ބައެއްގެ ކަންބޮޑުވުމަކީ، މިހާރު ހުރި މައްސަލަތަކެއް ހައްލުކޮށް އިންސާފުން ފްލެޓް ދޭނެ އުސޫލާ މެދުގަ އެވެ. މިހާރު ފެންމަތިވި މައްސަލަތަކަށް ބަލާއިރު އެއީ ފަސޭހަ ކަމެއް ނޫނެވެ.

މައްސަލަ އެންމެ ބޮޑުވީ، ގެދޮރުވެރިކަމުގެ މަޝްރޫއުގައި، ފްލެޓް ދިން ގޮތުންނެވެ. ފްލެޓް ލިބުނު މީހުން ވެސް ހާމަނުކުރި އެ މަޝްރޫއުގައި، ޝަރުތު ހަމަވި ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުން ވަނީ ފްލެޓްތަކުގައި ދިރިއުޅެން ފަށައިފަ އެވެ. އޭގެ ތެރޭގައި، ޝަރުތު ހަމަނުވާ ގިނަ ބަޔަކު ތިބި ކަން އެ މަޝްރޫއާ ގުޅޭ ގޮތުން އާއްމުވި މައުލޫމާތުތަކުން އޮތީ ފެންނާށެވެ. ހައްގުވެރިންނަށް ފްލެޓް ދޭން އެ މީހުންގެ އަތުން ފްލެޓް އަތުލާނީ ހެއްޔެވެ؟

ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީ: ޔާމީންގެ ސަރުކާރުން ހުޅުވާލި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުންގެ ލިސްޓު ވަނީ އާއްމުކޮށްފައި.

ދެން އޮތީ ހިޔާ މަޝްރޫ އެވެ. ޕޮއިންޓް ދޭން މިންގަނޑެއް ކަނޑައަޅައި ފްލެޓަށް ކުރިމަތިލާން ހުޅުވާލުމާ އެކު 22،000 އަށް ވުރެ ގިނަ މީހުން ފޯމު ލި އެވެ. އެ މިންގަނޑުގައިވާ ބައެއް ކަންކަން ފުރިހަމަ ނުކޮށް، ޕޮއިންޓް ދީ އަވަސް އަރުވާލައިގެން ލިސްޓު އާއްމުކުރި އިރު ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އެ ޝަކުވާ ބޮޑުވުމުން، އަލުން ބެލުމަށް ފަހު ބައެއް ކަންކަން މިނިސްޓްރީން އިސްލާހުކޮށް ލިސްޓު އަލުން އިއުލާން ވެސް ކުރި އެވެ. އެ ވަރުން ވެސް ގިނަ މައްސަލަތަކެއް ކޮމިޓީން ވަނީ ތިލަކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ގިނަ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދޫކޮށްފަ އެވެ. އޭރުގެ ހައުސިން މިނިސްޓަރު ސޮއި ކުރައްވައި ދެއްވާފައި އޮތީ ސަރުކާރުގެ ސައްހަ ލިއުމެކެވެ.

އެ ލިއުން ދޫކުރީ ވެސް، ފްލެޓް ދިން ގޮތް އަލުން ބަލާނެ ކަމަށް އޭރުގެ އިދިކޮޅު (މިހާރު ސަރުކާރުގައި ތިއްބެވި އިސް ބައެއް ބޭފުޅުން) ވިދާޅުވަމުން ގެންދިއުމާ ގުޅިގެންނެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ފްލެޓް ލިބުނު ކަމުގެ ލިއުން ދޫކުރީ، ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު ހައްގުވެރިންނަށެވެ. އެ ލިއުން އޮއްވައި އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުނުލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެގޮތަށް އެކަން ކޮށްފި ނަމަ އެއީ، މި ސަރުކާރުން ރައްޔިތުންނަށް ބޭއިންސާފުވުން ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މިނިސްޓަރުގެ މި ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ދޭހަވާ ގިނަ މައުލޫމާތުތަކެއް ކޮމިޓީން މިހާތަނަށް ވަނީ ރައްޔިތުންނާ ހިއްސާކޮށްފަ އެވެ. އެހެންކަމުން، އެ މަޝްރޫއަށް ކުރިމަތިލާން އަލުން ހުޅުވާލާނީ ހެއްޔެވެ؟

ދިރިއުޅުމުގެ ހާލަތު ނުބަލައި ހައްގުވެރިން ކަނޑައެއް ނޭޅޭނެ!

ބޯހިޔާވަހިކަމުގެ ކޮންމެ މަޝްރޫއެއްގައި ވެސް އެންމެ ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބަޔަކު ބާކީވެ އެވެ. މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ ހާލަތު ނުބަލައި، ހަމައެކަނި ފޯމުގައިވާ މައުލޫމާތުތަކަށް ޕޮއިންޓް ދީ ނިންމާ ލުމެވެ. ދިރިއުޅޭ ތަނުގެ ބޮޑު މިނާއި ދިރިއުޅޭ މީހުންގެ އަދަދާއި އާމްދަނީ ލިބޭ މިންވަރު ފޯމުގައި ލިޔެގެން ޕޮއިންޓް ދޭން އޮންނަ އިރު، ގިނައިން ޕޮއިންޓް ހޯދަން އެތަނުގައި ސައްހަ ނޫން މައުލޫމާތުތަކެއް ވެސް ލިޔެވިދާނެ އެވެ.

ހިޔާ މަޝްރޫއުގައި، ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ދޭން ކަނޑައެޅީ އެންމެ ހައްގުވެރިންނަށް ފްލެޓް ދޫކުރުމުގެ ނިޔަތާ އެކުގަ އެވެ. އެކަމަކު، އެ މަޝްރޫ އަށް ހުށަހެޅި 22،000 އަށް ވުރެ ގިނަ މީހުންގެ ފޯމު އިވެލުއޭޓްކޮށް ނިންމައި ފްލެޓް ލިބޭނެ މީހުން ކަނޑައެޅީ ދިރިއުޅުމުގެ ހާލަތު ނުބަލަ އެވެ.

އެ ޝަކުވާ އެތައް ބަޔަކު މިނިސްޓްރީ އަށް ހުށަހެޅި އެވެ. އޭރު މިނިސްޓްރީން ބުނެފައި ވަނީ ހުރިހާ ގެތަކަށް ނުދިޔައަސް ބައެއް ގޭގެއަށް ޓީމުތައް ފޮނުވައިގެން ދިރިއުޅުމުގެ ހާލަތު ބެލި ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް 30 ޕޮއިންޓް ދިން ގޮތާ މެދު އެހާ ހިސާބުން އޮތީ ސުވާލު އުފެދިފަ އެވެ.

ހިޔާ މަޝްރޫއުން ފްލެޓަށް އެދޭ ފޯމު ހައުސިން މިނިސްޓްރީން ބަލައިގަންނަނީ. --ފޮޓޯ/މިހާރު

ފްލެޓްތަކުގެ ހައްގުވެރިންނަކީ ކޮން ބައެއްތޯ ކަނޑައަޅަން ބަލާއިރު އެއީ، ކޮމިޓީ އަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އެ 30 ޕޮއިންޓް އެންމެ އިންސާފުވެރިކޮށް ދޭން ފޯމިއުލާއެއް، ކޮމިޓީން ޖެހޭނީ ހޯދާށެވެ. މިހާރު އާއްމުކޮށްފައިވާ މިންގަނޑުން މާކްސް ދޭ ނަމަ، ގޭގެއަށް ގޮސް ހާލަތު ވަޒަންކޮށްގެން މެނުވީ ހައްގުވެރިން ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެ އެވެ.

ތަކުލީފަކަށް ނުވާނެ، އިންސާފުވެރި ހައްލެއް

ފްލެޓްތަކަށް ހައްގުވެރިން ކަނޑައެޅުމުގައި ކޮމިޓީގެ ވިސްނުން މިހާތަނަށް އާއްމެއް ނުކުރެ އެވެ.

މެމްބަރަކު ވިދާޅުވި ގޮތުގައި، ކޮންމެ ފޯމެއްގައި ޕޮއިންޓް ދީފައިވާ ގޮތް ބެލުމަކީ ކަވި، އުނދަގޫ މަސައްކަތެކެވެ. ފްލެޓަށް ކުރިމަތިލާން ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނިކޮށް، ބައެއް ކެޓަގަރީތަކަށް ބަދަލު ގެނެސްފައިވާ ކަން ވެސް އޭނާ ފާހަގަކުރައްވަ އެވެ.

"އެއީ، ކޮން ބަދަލުތަކެއްތޯ، ހުރިހާ އެންމެންނަށް އެ ބަދަލާ އެއްގޮތަށް މާކްސް ދިންތޯ ވެސް ބަލަން އެބަ ޖެހޭ،" ކޮމިޓީގެ ފަރާތުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިީ ކޮމިޓީގެ މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ، ރައީސް އެދިވަޑައިގެންފައިވާ ގޮތަށް، ރައްޔިތުންނަށް އިތުރު ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް އިންސާފުން މައްސަލަތައް ނިންމުން ކަމަށެވެ. އެ މަސައްކަތާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ވީހާވެސް އަވަަހަށް ހިއްސާކުރައްވާނެ ކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.

ކޮމިޓީގެ އަމާޒަކީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ހާލަތުގައި، ވީހާވެސް ބޮޑަށް އެ ހައްގުތައް ކަށަވަރުކުރުމެވެ. އެހެންވެ ކޮމިޓީގެ ވިސްނުމަކީ ފްލެޓް ލިބިފައި ތިބި މީހުންގެ އަތުން އަތުލުމުގެ ބަދަލުގައި، ފްލެޓް ހައްގުވެ ނުލިބުނު މީހުންނަށް އިންސާފު ހޯދައި ދިނުމެވެ.

ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން ހައުސިން މިނިސްޓްރީ ދޮށަށް އެއްވެފައި. --ފޮޓޯ/މިހާރު

ކޮމިޓީގެ މަސައްކަތްތަކުގެ ސްޕީޑު ބާރުކޮށް، އަވަހަށް ގޮތެއް ނިންމަން ޖެހެ އެވެ. އެ މަޝްރޫއުގައި، އެއް ބަޔަކަށް ޔަގީންކަން ދީފައި އޮތީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފްލެޓްތަކަށް ވަދެވޭނެ ކަމަށެވެ. އެ މުއްދަތުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް މާޔޫސްކަން ލިބުނީ، 7،000 ފްލެޓަށް ބަދަލު ގެނެސް، 3،500 ފްލެޓަށް ބަދަލުކުރަން މި ސަރުކާރުން އިއުލާން ކުރުމުންނެވެ.

އެ ބަދަލާ އެކު ޝަރުތު ހަމަވި 7،000 މީހުންގެ ތެރެއިން ކޮންމެވެސް އެއް ބަޔަކު ފްލެޓުގެ އިންތިޒާރުގައި އަނެއްކާވެސް ތިބެން ޖެހޭނެ އެވެ. ނުހައްގުން ފްލެޓް ދޫކުރި ކަމުގެ މާޔޫސްކަމަށް ލުޔެއް ލިބެން އޮތީ، މައްސަލަތައް ބަލައި ކޮމިޓީން އަދުލުވެރި ހައްލެއް ހޯދައި ދީގެންނެވެ.

68 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 58%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝެލަރީ

01 May 2019

ކޮބާތޯ ހައްގުވެރީންނަކީ އަޅުގަނޑު މާލެ އައީ އަޅުގަނޑުގެ އުމުރުން 8 އަހަރުގަ މިހާރު ސާޅީސް ވެގެންދިޔައީ ފޯމުލާ ކޮންމެ ފަހަރަކު ދަނީ ޗޮކުން މީ އިންސާފުނުލިބޭ ދޫނިރާއްޖެ

The name is already taken The name is available. Register?

ހޭބަލިމިތުރު

30 April 2019

ކަލޭނޭ ފަސްމަސްވީއިރު ހަމަހުސްއަނގަ!. ވަކިވަކިން ކޮންމެފޯމެއްގަ ތެޔޮލާފަ އަވީލާހިއްކާހާދުވަސްވީ. ޕާޓީގްރޫޕައް ވަޒީފާދެވުނީމަ ނިމުނީ ވަރިގަމަ އަލިފާނެއް ފެނެއްވަކިނުވެ ވައިއަނގައިގަތިއްބަސް.

The name is already taken The name is available. Register?

ބޭކާރު ކޮމެޓީ

30 April 2019

ކަމެއް ނުވާ ތިޔަ ބޭކާރު ކޮމެޓީ އިސްތިއުފާ، ފޯމުތައް ބަލައި ހައްގުވެރިންނަށް ދިނުމަށް ފޯމުގައި އަތްލައި އެކަމާއި އުޅެވޭނެ ފެންވަރުގެ ކޮމެޓީއެއް ބޭނުން

The name is already taken The name is available. Register?

ޒޭބާ

30 April 2019

ހިއްކާފަ އޮތް ހުޅުމާލެއަކީ ހަމައެކަނި މާލޭ މީހުންގެ ހައްޤެއް ނޫން..މާލޭ މީހުނަށް ބޮޑު ކުލި ދީގެން މާލޭގައި މިއުޅެނީ.....މިހާރު 32 އަހަރުވީ މިތާ އުޅޭތާ..

The name is already taken The name is available. Register?

ޔޫހާ

30 April 2019

ދެން އިރުކޮޅަކުން މާރިޔާ ޓީވީ އަށް އަރާބުނާނެ ހުރީހާ ފޯރމްތައް ކެންސަލްކުރީއޭ ފޯރމްތައް ކެންސަލްކޮށްފަ އަހަރެމެން ކައިރިއަށްވެސް އަންނާނެ ދުވަހެއް އެބައޮތް އަހަރެމެނަށް ދީފައޮތް ފްލެޓެއް އަތުލައިގެން ނުވާނެ އެކަން ބަލައެއް ނުގަންނާނަން

The name is already taken The name is available. Register?

ރައްޔިތުސް

30 April 2019

7 ހާސް ފޯމުގެ ތެރެއިން 1/2 ކަމުގައިވާ 3500 ފޯމުގެ މައްސަލަބެލުމަށް 5 މެމްބަރުންކުރެ ކޮންމެ މެމްބަރަކު ރަސްމީ ދުވަސްތަކުގައި ދުވާލަކު 7 ފޯމުގެ މައްސަލަ ބަލާ ނިންމި ނަމަވެސް މިހާރު އޮންނާނީ 5 މަސްތެރޭ ނިމިފައި. 10 މެމްބަރުން ތިބިނަމަ 2.5 މަސްތެރޭ ނިމޭނެ.

The name is already taken The name is available. Register?

ޜާއީ

30 April 2019

ހިއްކާފަ އޮތް ހުޅުމާލެއަކީ ހަމައެކަނި މާލޭ މީހުންގެ ހައްޤެއް ނޫން..

The name is already taken The name is available. Register?

ޔާނު

30 April 2019

22000 މީހުންނަކީ ދެމަފިރިންނާއެކު ހުށަހެޅި އަދަދެވެ. އެހެންކަމުން އެއީ 11000 ފްލެޓެވެ. 11000 އިން 7000 ކެނޑުމުން އޮންނާނީ ބާކީ 4000 ފްލެޓެވެ. ވާދަވެރި ބިޑެއްގައި 550 އަކަފޫޓުގެ ފްލެޓެއް ގިނަވެގެން 600000 އަށް ހެދޭނެ އެވެ. އެހެންކަމުން ބާކީ 4000 ފްލެޓް ހެދުމަށް ހަރަދުވާނީ 2 ބިލިޔަން ރުފިޔާ އެވެ. އެއީ އެއް އަހަރުގެ ބަޖެޓުގައި ހިމެނޭ 28 ބިލިޔަނުގެ ތެރެއިން ނެގޭނެ އަދަދެކެވެ. ދެއަހަރަށް ބެހިޔަސް މުޅި މައްސަލަ ހައްލުވީއެވެ. ޔާމީނުގެ ފޯމިއުލާއަކީއެއީ

The name is already taken The name is available. Register?

ކޮމިޓީސަރުކާރު

30 April 2019

ތިފްލެޓެއް ނުދޭނެ. ތިފްލެޓެއް ނުދޭނެ. ތިފްލެޓެއް ނުދޭނެ.

The name is already taken The name is available. Register?

ހާމަ

30 April 2019

އަޅުގަނޑުގެ ފިރިމީހާއަކީ މާލޭ މީހެއް، ފިރިމީހާގެ މަންމައާ ބައްޕަވެސް މާލޭ، އެކަމަކު އެދެމީހުންގެގޯތިވަނީ އެދެމީންނަށް ނުލިބި، ބޭބެ ނުވަތަ ދައްތަ ނުވަތަ ބޮޑުބޭބެ މަދު ފައިސާކޮޅަކަށް އޭރުގެ ގާޒީންގަނެ އަމިއްލަކޮށްފަ، އަންހެނުންގެ ގޭގައި އުޅެތީއޭ ކިޔާފަ ފިރިމީހާ ޝަރުތު ހަމައެއް ނުވޭ، މާލޭގަ މާލޭރައްވެހިންވެސް މިއުޅެންޖެހެނީ ތަންކޮޅެއް ނުލިބިގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!