ރިޕޯޓް / ބިދޭސީން

ކާކުކަން ކަށަވަރުނުވާ ބިދޭސީންނާ ހަވާލުވާނީ ކާކު؟

ގަވައިދާ ހިލާފަށް ދިވެއްސަކު ދިވެހިރާއްޖޭގައި އުޅޭކަން ސާބިތުކޮށްދޭށޭ، ރާއްޖޭގައި ހުންނަވާ އަވަށްޓެރި ގައުމެއްގެ ސަފީރަކު ވިދާޅުވާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި ސަފީރަކާ ބައްދަލުކުރެއްވި ބޭފުޅަކު ވިދާޅުވީ އެއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމާ ބެހޭ ގޮތުން ކުރި މަޝްވަރާއެއްގައި ސަފީރަކު ކުރިމަތިކުރެއްވި ސުވާލެއް ކަމަށެވެ. މިއީ ވަރަށް ނުރައްކާ ވާހަކައެކެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީންނަކީ ނުވަތަ ގިނަ މީހުންނަކީ ދިވެހިންގެ ލާއިންސާނީ އަމަލުތަކުގެ ނަތީޖާ ކަމަށް ބަލަން ޖެހޭ ވަރަށް އެ ނުބައި އާދަ ވެސް އެބަ އޮތެވެ. ބިދޭސީ މަސައްކަތު މީހަކު ރާއްޖެ ގެނެވޭނީ ދިވެއްސަކު ޒިންމާވާ ގޮތަށް ނަމަވެސް ކޮންމެ ފަހަރަކު ކަން ހިނގަނީ އެހެންނެއް ނޫނެވެ. ޓޫރިސްޓު ވިސާގައި ރާއްޖެ އަށް އެތެރެވެގެންނާއި އެހެން ގޮތްގޮތުން އައިސްގެން ވެސް ރާއްޖޭގެ އޮޅުންބޮޅުން ބޮޑު ބިދޭސީ އާބާދީގެ ތެރެއަށް އަމިއްލަ އަށް ގެއްލި ނާޖާއިޒު ގޮތުގައި ފައިދާތައް ހޯދަން އުޅޭ ބިދޭސީން ބައިވަރެވެ.

"ބިދޭސީން އެބަ އުޅޭ ހަމަ ގަސްތުގައި ގަވައިދާ ހިލާފުވާ މީހުން ވެސް. ރާއްޖެ އަށް އެތެރެވެފައި ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި އެ މީހުންގެ ހުރިހާ ކަމެއް އޮޅުވާލައި ގައުމު ވެސް ސިއްރުކުރާ މީހުން އުޅޭ. އޭރުން އެ މީހުން ޑީޕޯޓްކުރެވޭނެ ގޮތެއް ނޯވޭ. ނުވަތަ އެއީ ކުރަން ވަރަށް އުނދަގޫ ކަމަކަށް ވަނީ،" ވަޒީފާ އަދާކުރާ މީހުންނާ ގުޅުން ހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އެތެރެވާ ބިދޭސީންގެ ފުރިހަމަ ބަޔޯމެޓްރިކްސް ޑޭޓާބޭސްއެއް ނެތް ކަމަށާއި އެހެންވެ، ލިޔެކިޔުން ނެތް ބިދޭސީން އެ މީހުންގެ މައުލޫމާތު އޮޅުވާލާ ނަމަ އެއީ ކޮން ގައުމެއްގެ ކާކުކަން އެނގޭނެ ގޮތެއް ނޯންނާނެ ފަހަރު ވެސް އަންނާނެ ކަމަށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންތަކެއް: ބައެއް މީހުން ރާއްޖެ އެތެރެވެފައި ލިއެކިއުންތައް ނައްތާލާ

ގަސްތުގައި ލިޔެކިޔުންތައް ފޮރުވިޔަސް ނުވަތަ ވަޒީފާ ދޭނެ ކަމަށް ބުނެ އެ މީހަކު ރާއްޖެ ގެނައި މީހާ އެ ތަކެތި އަތުލި ނަމަވެސް ލިޔެކިޔުންތައް ނެތް މީހަކު، އެއީ އެވެނި މިވެނި މީހެކޭ ބުނާއިރަށް ގަބޫލެއް ވެސް ނުކުރެވޭނެ އެވެ. އަދި އަމުދުން ބަޔޯމެޓްރިކްސް މައުލޫމާތު ނެތް ނަމަ، ދެން ޖެހޭނީ އެއީ ކާކުކަން ދެނެގަންނަން ބޮޑު ތަހުގީގެއް ހިންގާށެވެ. މިފަދަ ހާލަތުގައި އެތައް ހާސް ބިދޭސީންނެއް އުޅޭއިރު މިއީ އެތައް ވަގުތެއް ހޭދަވާނެ ބޮޑު މަސައްކަތަކަށް ވާނެ އެވެ.

ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މިއީ އަދި ހިސާބުތަކުން ފެންނަން ހުރި އަދަދެވެ. އެހެންވެ މިކަމުގެ ކޮޅެއް މެދެއް ހޯދުނު ކަމަކަށް ނުވި އެވެ. މިކަމުގެ ސުވާލެއް އިމިގްރޭޝަނާ ނުވަތަ ކަމާ ބެހޭ އިދާރާއަކާ އިތުރަށް ކުރަން ނުޖެހޭ ވަރަށް ވަނީ އިތުބާރު ގެއްލިފަ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ މަސައްކަތޭ ބުނެ ދޭތެރެއަކުން އޮޕަރޭޝަނެއް ފެށުމާ އެކު އެކަން އޮންނަނީ ނިމިފަ އެވެ.

ބިދޭސީން އެބަ އުޅޭ ހަމަ ގަސްތުގައި ގަވައިދާ ހިލާފުވާ މީހުން ވެސް. ރާއްޖެ އަށް އެތެރެވެފައި ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި އެ މީހުންގެ ހުރިހާ ކަމެއް އޮޅުވާލައި ގައުމު ވެސް ސިއްރުކުރާ މީހުން އުޅޭ. އޭރުން އެ މީހުން ޑީޕޯޓްކުރެވޭނެ ގޮތެއް ނޯވޭ

ނަތީޖާއަކަށް ވާނީ އެ މީހުން މި ގައުމުގައި ހިތުހުރި ގޮތަކަށް އުޅެން ލިބޭ ފުރުސަތަކަށް ވުމެވެ. ބޮޑެތި ޖަރީމާތަކުގައި ތުހުމަތުކުރެވޭ މީހުންނާއި އެކި ކަންކަމާ ގުޅިގެން އެ މީހުންގެ ގައުމުގެ އިދާރާތަކަށް ފިލައިގެން އުޅޭ އެތައް ބަޔަކު ރާއްޖޭގައި އެބަ އުޅެ އެވެ. ކުށް ކުރުމުގައި އެބަ ބައިވެރިވެ އެވެ. އެކަމަކު މިފަދަ ޖަރީމާތައް ހިންގުމުގެ ބޭނުމަށް އަންނަ މީހުންނަށް ރާއްޖެ ވާނީ އަމާން ތަނަކަށެވެ.

މިހާރު ވެސް ބޮޑު ކުށެއް ކޮށްގެން ނޫން ގޮތަކަށް ބިދޭސީއަކަށް ކުށެއްގައި އަދަބު ލިބެނީ މަދު ފަހަރަކު އެވެ. މިސާލަކަށް ބަލާ ނަމަ، ޓްރެފިކް ގަވައިދާ ހިލާފްވާ ދިވެއްސަކަށް އެތައް ސަތޭކަ ރުފިޔާގެ ޖޫރިމަނާއެއް އަންނައިރު ހަމަ އެ ކުށުގައި ބިދޭސީއަކަށް ފިޔަވަޅު އަޅަން ބަލާއިރު އެއީ ކާކުކަން ނޭނގިގެން ދޫކޮށްލަން ވެސް އެބަ ޖެހެ އެވެ. ދޫނުކޮށްލާ ހާލަތެއްގައި އެ މީހަކު ގެންގޮސް ބަހައްޓާނެ ތަނެއްގެ މައްސަލަ ވެސް އެހާ ބޮޑެވެ. ބިދޭސީންގެ މައްސަލަތައް ކޯޓާ ހިސާބަށް ދަނީ، މީހުން މެރުމާއި ޖިންސީ ގޯނާ އާއި މަސްތުވާތަކެތީގެ ވިޔަފާރި ނުވަތަ ޓްރެފިކް ކުރުމުގެ މައްސަލަތަކުގަ އެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކަށް ވަނީ ވެސް ބިދޭސީންގެ މައުލޫމާތު ސައްހަ ނުވުން ކަމަށް ވެދާނެ އެވެ.

ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ރަށަކުން ހައްޔަރުކޮށްގެން ގެންދަނީ

އަސްލު އޮޅުވާލައިގެން އުޅޭ މީހަކު ކުށެއް ކުރިޔަސް އެ މީހަކާ ދެކޮޅަށް ތަހުގީގެއް ހިންގާނީ، ޝަރީއަތެއް ކުރާނީ ކިހިނެއް ހެއްޔެވެ؟ ޒިންމާކުރުވާނީ ކާކު ހެއްޔެވެ؟ ވަޒީފާ އަށް ކަމަށް ބުނެ ރާއްޖެ އެތެރެކޮށްފައިވާ ބިދޭސީންނަށް ޒިންމާވާނެ ދިވެއްސަކު ހޯދޭ ކަމަކަށް ނުވެ އެވެ. މާނަ އަކީ ބިދޭސީންނާ ބެހޭ ފުރިހަމަ މައުލޫމާތު ނެތުން ނުވަތަ އެކި ނުފޫޒުތަކާ ހެދި އެކަން ނުކުރެވުމެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ކަމަށް ވިޔަސް ނަތީޖާ ނުރައްކަލެވެ.

އޭގެ ބުރަ އުފުލަން މި ޖެހެނީ ދައުލަތަށެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބަން ތަންތަން ހަދައި އެ މީހުން އެ ތަންތަނުގައި ގެންގުޅެން އެބަ މަޖުބޫރުވެ އެވެ. އެ ތަންތަނަށް ގެންދާ އެތައް ބަޔަކީ ހަވާލުވާނެ މީހަކު ނެތް އަދި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ނެތް މީހުންނެވެ. އެހެންވެ އާޚިރުގައި އެއީ ބިދޭސީންގެ ރެފިއުޖީ ކޭމްޕްތަކަށް ވެދާނޭ ވެސް ހީވެ އެވެ. އެއީ އެ މީހުން ފޮނުވާލެވޭނެ ގޮތެއް ނެތި، ހަވާލުވާނެ ބަޔަކު ނެތި އެހެން ތިބެން ޖެހިދާނެތީ އެވެ.

ސަފީރު ކުރިމަތިކުރެއްވި ސުވާލުގެ ފަހަތުގައި ހުރި ކަންކަމަށް ވިސްނާލުމުން، ބިދޭސީންގެ މައްސަލަ އޮތް ނުރައްކާ ހާލަތު ވަޒަންކުރެވެ އެވެ. މީހެއްގެ އިހުމާލުން ވިޔަސް އަދި އެހެން ސަބަބަކާ ހުރެގެން ވިޔަސް ކާކުކަން ކަށަވަރުނުވާ ބަޔަކާ ހަވާލުވާނީ ކޮން ގައުމަކުން ހެއްޔެވެ؟ މިއީ ހަވާލުވާނެ ބަޔަކު ނެތް، ގައުމަކަށް ނިސްބަތްނުވާ ބޮޑު އާބާދީއެއް އުފެދިދާނެ ކަމުގެ އިންޒާރެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ މައްސަލަ އުފަންވެ ސަލާމަތް ނުވާ ހިސާބަށް ގޮސް ހުންނަނީ މިކަހަލަ ގޮތަކަށެވެ.

46 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނިބޯ

19 July 2019

ހަވާލުވާކަށްނުޖިހޭ އެކަކުވެސް. ޓެރަރިޒަމްގެ ޤާނޫނުން ދައުވާކޮށް ދިގުމުއްދަތަށްޖަލަށްލުމަށްފަހު ކޮންމެ ކާގަޑިޔަކު 2 ރޮށްޓާ މުގުދިޔަކޮޅަކާދިނުމަށްފަހު އެމީހުންގެ މައުލޫމާތު ފޮޓޯޖަހާ ފޭސްބުކުން ވައިރަލްކުރާނީ އަދި އެމީހުން ރަށަށް ގުޅަންބޭނުންނަމަ ހަފްތާއަކު އެއްދުވަހު އެފުރުސަތުދޭނީ އޭރުން މާގިނަދުވަހެއްނުވެ އެމިހުންގެ އާއިލާގެ ޕްރެޝަރު ބޮޑުވެ ހައިކޮމިށަނުން ތެޅިގަންނާނެ ދެން ލުތުފީ ރާއްޖެގެނައިގޮތަށް ފައިސާދެއްކުމަށްފަހު އެސަރުކާރުން ގެންދެވޭނެ

The name is already taken The name is available. Register?

ވިދާދު

15 July 2019

މިހާރު އަހަރެންބުނިތާ ޖެހެން. ބަންގުލަދޭޝް މީހުނަކީ އެގައުމުގެ ބަޔެއްނޫންކަމައް އެމްބެސެޑަރ އެބުނަނީ ،އެހެން ބުނަން ޖެހުނީ ބަންގުލަދޭޝް ސރުކާރާއި ގުޅިގެން އިންޑިއާ އިން ވަނީ އިންޑިއާގެ ބަންގާޅު ދަރިކޮޅުގެ އެތައްބައެއް ވަގު ޕާސްޕޯރޓްގައި ރާއްޖެއެތެރެ ކޮއްފައި އިންޑިއާގެ ދެ އެޖެންސީ އެއް މެދުވެރިކޮއް މިކަން ފުރަތަމަ ކުރަންފެށި 2009 އހަރުގެ ކުރީކޮޅުގައި.ހަވާލުވާނެ މީހުންނެތް ގަވާއިދާ ހިލާފަތް އުޅޭމީުނައް ދިން ދެވަނަ ފުރުސަތު ގެ ބޭނުން ހިފައިގެން

The name is already taken The name is available. Register?

މުޑަހަނދި

09 July 2019

އެންބެސެޑަރުގެ ބަހުރުވަ ތިބުނާގޮތަށް ހުރިއްޔާ އެންބަސީ ބަންދުކޮށްފަ އޭނާ ރަށަށްފޮނުވާފަ އެގައުމުގެމީހުނަށް ވިސާ ބަންދުކޮށްލާ. ސަރުކާރަށްނުވީމާ ބިދޭސީންގެ އަތުގައި ޕާސްޕޯޓާއި ވޯކުޕާމިޓު ހުރިތޯ ޗެކްކުރަން ރައްޔިތުން ނިކުންނާކަށް މާގިނަ ދުވަހެއްނެތް.

The name is already taken The name is available. Register?

ާއަސްލު

09 July 2019

ޭއއްކަމެއްވެސް ނުވާނެ، އެމީހުންތިބެނީ އެކި ފަރާއިތަކަށް ލާރި ދީ ހިމާޔަތް ހޯދައި ގެން

The name is already taken The name is available. Register?

ދިވެހިގައުމު

09 July 2019

މި ލޮބުވެތި ދިވެހިރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެން ދޫކޮއްލާފަ ތިބި ބަންގާޅީންނަކީ ގައުމީސަލާމަތައް ހުރި ބޮޑު ނުރައްކަލެއް

The name is already taken The name is available. Register?

ދެކޮޅު

09 July 2019

ޙަވާލު ވާންޖެހޭނީ ހުރިހާ ރައީސުންނާ އިމިގްރޭސަންގެ ވެރިން އެމީހުންގެ މުސާރައިން .

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

09 July 2019

އޭނާއާއި ބައްދަލުކުރިމީހުނާއި ދިމާލަށް މަލާމާތްކޮށް ބުނިކަމަށްވޭ “ކަލޭމެނަށް ކިހިނެއްހޭއިގެނީ އެއީ ބނގލދޝ މީހުންކަން”؟ * * މިއީ ވަރަށްނުބައި ނުސިޔާރު އަމުދުން ޑިޕްލޯމެޓިކް ފަރާތަކުން އަންނާންޖެހޭފަދަ ވާހަކައެއްނޫން. * * ސަރުކާރުން އަވަސް ފިޔަވަޅެއް އެޅުމަށް މޯލްޑިވިއަން ޑާކާ ދަތުރު ހުއްޓާލާ ސާކް ޤައުމުތަކުން އިންޑިޔާ ސްރީލަންކާ ނޫން ޤައުމުތަކުގެ އާންމުން އެޑްވާންސް ވީސާގައި މެނުވީ ރާއްޖެއައުން މަނާކޮށް އަންނަ މީހުން ވަގުތުން ޑިޕޯޓް ކުރާންޖެހޭ.

The name is already taken The name is available. Register?

ސުނިޒާ

09 July 2019

އެމީހުންނަކީ މޮޑާރން ސުލޭވުން.. އެހެންވީމާ އެމީހުންނައް ސަރުކާރުން ހުންނަތަނާއި ކެއުންބުއިން ހަމަ ޖައްސާފަ އެކި އެކި މަޝްރޫތަކުގެ މަސައްކަތައް ނެރެނެ މަސައްކަތް ކުރުވަންވީ.. އަދި އެއްވެސް އުޖޫރައެއް ދޭނެކަމެއްނެތް.. ހަމައެކަނި ނިދާތަނާއި ކެއުމާއި އަދި ލާނެ އަންނައުނާއި ބަލިވެއްޖެއްޔާ ބޭސް ކޮއްދޭންވީ. ދެން އެމީހުންގެ އެއްވެސް ޕާސްޕޯޓެއްވެސް ހަދާނެކަމެއްނެތް. މަސައްކަތް ނިމުނީމަ ގެނެސް ކަރަންތީނުގައި ބަހައްޓާނީ.

The name is already taken The name is available. Register?

ކަވަރޭޖް

09 July 2019

އެހެން މީހަކު ހަވާލު ވާކަށް ނުޖެހޭ ހަވާލުވާނީ އެމީހާ އެތެރެކުރި މީހާ ބަންގާޅުން އެތެރެވާއިރު އެމީހުން ފިލާތީ ފިލާ ޑިޕޮޒިޓް ނަގާ ގޮތަށް ހަމަޖައްސާ އޭރުން ގަވއިދުން އުޅެފަ އެޑިޕޮޒިޓް ހޯދަން ދުވާނެ އެހެން ނޫނަސް ދިވެހިންގެ ލެއެއް ވެސް ނެތީ އެމީހުން މިތާ އުލޭނެހާ ގޮތަކަށް އުޅެން ދޫކޮށްލައިގފެން މިހާ ހަށި ފަސޭހަ އެހެން ގައުމެއް ނޯންނާނެ މިހާރުމީ ބަންގާޅުންގެ އަވަށް ދިވެހިންގެ މަދު ބަޔަކު ފައިސާ ފޮއްޗެއް ހޯދަން ކުރާނެ މިނޫން ކަންކަންވެސް ހުންނާނެ

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

09 July 2019

މީގެ 31 އަހަރުކުރިން އިންޑިޔާގެ މިލިޓަރީއެހީތެރިކަމަށްއެދުނުފަދައިންއެދި ރާއްޖެގައި Illegal Immigrants ގެ ގޮތުގައިއޮތްބޮޑުއާބާދީ އަބުރާ އެމީހުންގެޤައުމަށްފޮނުވާލުމަށް އިންޑިއާ ކޯސްޓްގާޑް އުޅަނދުތަކާއި އެއަރފޯސްގެ ބޯޓްތައް ބޭނުންކޮށްގެން މިދައުލަތަށް ބުރައެއް އުފުލާން ނުޖެހޭގޮތަށް އެމީހުން ފޮނުވާލަންޖެހޭ. * * އަދި މިހެން ފޮނުވާލާ އެންމެންވެސް 15 އަހަރުން ނޫނީ ރާއްޖެނާދެވޭގޮތަށް ޑިޕޯޓް ކުރާންވާނީ ފޮޓޯ އިނގިލީގެ ނިޝާން ފަަދަ މައުލޫމާތުނެގުމަށްފަހު.

The name is already taken The name is available. Register?

އަދާލަތު

09 July 2019

ކޮބައިތޯ؟އެރައިވެލްގެ ޑޭޓާބޭސް. އެތެރެވެވޭނީ އެ ދޮރާށިން. އެހެންވީމާ ކޮންބައެއްކަން ނޭނގެޔޭ ބުނުމުން ނިމޭނެގޮތެއް ނޯންނާނެ. ދަނގަޑު ބާޖަކަށް، ކޮއްތާއި ބޯފެންލާފައި، ގެންގޮސް ރާއްޖޭގެ ސަރަޙައްދުން ބޭރަށް ދޫކޮށްލަންވީނޫންތޯ؟ ހަމަ ޔަޤީން ކަށަވަރު، ދިވެހިރާއްޖޭގެ ބައެއްނޫންކަން. ތިޔަމީހުންގެ ޖާހިލް ޖަރީމާތަކުން މިޤައުމު މިދަނީ ފަނާވެ ދިވެހިޖީލް ނެތެމުން. މަސްތުވާތަކެތީގެ ވިޔަފާރިވެރިންނާއި، ޖުވާ، އަދި ބަދުއަޚުލާޤީ ޙައްދުފަހަނައަޅައި ހިނގައްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454