ރިޕޯޓް / ކުށްކުރުން

ކުށުގެ ބައިވެރިން އެންމެ ފަހުން ހެކިވެރިންނަށް؟!

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ސީރިއަސް ކުށްތަކުގައި، ކުށުގައި ބައިވެރިވި ބައެއް މީހުން ހެކިބަސް އެކަމުގައި ބޮޑަށް ބައިވެރިވި އެހެން މީހުންނާ ދެކޮޅަށް ބޭނުން ކުރޭ -- ފޮޓޯ/މިހާރު

ތަހުގީގު މަރުހަލާގައި ވާ އިއުތިރާފްގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރި ޒަމާން ހިނގައްޖެ އެވެ. ތުހުމަތުކުރެވޭ މީހާ އިއުތިރާފް ނުވާ ހާލަތުގައި، ޖިނާއީ ކޮންމެ ދައުވާއެއް ވެސް މިހާރު ސާބިތުކުރަން ޖެހެނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށެވެ. ޖިނާއީ ކޮންމެ ދައުވާއެއް ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކޯޓެއްގައި ސާބިތުކޮށް ދިނުމުގެ ބުރަ ދައުލަތުން އުފުލަން ޖެހޭއިރު، އެކަން ވިޔަނުދޭން ކުށްވެރިން ތަފާތު ރޭވުންތެރިކަން ބޭނުންކުރެ އެވެ.

ކުށް ކުރީ ކޮން ބައެއް ކަން ފާހަގަނުވާ ގޮތަށް ސިފަ ބަދަލުކުރުމާއި އެއްވެސް މީހަކަށް ނުފެންނަ ނުވަތަ މީހުން މަދު ވަގުތުތަކުގައި ކުށުގެ އަމަލު ހިންގުމާއި ފޮރެންސިކް ހެކިތައް ހޯދިޔަ ނުދޭން ފިޔަވަޅުތައް އެޅުން ފަދަ އެތައް ކަމެކެވެ. ދުރާލާ ރޭވިގެން މިފަދަ ގޮތަށް ކުށް ކުރާ މީހުން ކުށް ސާބިތުނުވެ، ދޫވިޔަ ނުދިނުމަށް ދައުލަތުން ބޭނުންކުރާ އުކުޅެއް ވެސް އޮވެ އެވެ. ދައުވާކުރާ ކުށުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވި މީހަކު ހެކިވެރިއެއްގެ ގޮތުގައި ބޭނުންކުރުމެވެ.

ކުށުގެ އަމަލުގައި ބައިވެރިވި މީހަކު ހެކިވެރިއެއްގެ ގޮތުގައި ބޭނުން ކުރުމަކީ ކުރިއަރާފައިވާ ގައުމުތަކުގެ އިތުރުން ރާއްޖޭގައި ވެސް އާ ކަމެއް ނޫނެވެ. ހެކިބަސް ދީފި ނަމަ، އެ މީހަކަށް ދައުވާ ނުކޮށް ދޫކޮށްލުން ނުވަތަ ލުއި އަދަބެއް ލިބޭ ފަދަ ދައުވާއެއް އުފުލަން ދައުލަތުން އެއްބަސްވަނީ އެވެ. އޭގެ ބޭނުމަކީ އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ނުވަތަ އެންމެ ބޮޑަށް ބައިވެރިވި ފަރާތްތަކުގެ މައްޗަށް ކޯޓެއްގައި ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ހޯދުމެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހުމަދާ ދެކޮޅަށް ބޭނުންކުރި އެންމެ ވަރުގަދަ ހެއްކަކީ އޭނާއާ އެކު އެ އަމަލު ހިންގަން ގޮސް ބޭރުގައި ފާރައަށް ހުރި މީހާގެ ހެކިބަހެވެ. އަދި މަސްތުވާތަކެތީގެ ބޮޑެތި ބައެއް މައްސަލަތަކުގައި ވެސް އެންމެ އިސްކޮށް އުޅުނު މީހުންނާ ދެކޮޅަށް ބައެއް ބައިވެރިންގެ ހެކިބަސް ބޭނުން ކޮށްގެން ކުށް ސާބިތު ވެފައިވެ އެވެ. ރިޝްވަތުގެ ބައެއް މައްސަލަތަކުގައި، ރިޝްވަތު ދިން ކަމަށް ބުނާ މީހާގެ މައްޗަށް ކުށް ސާބިތު ކުރަން ބޭނުންކުރީ ރިޝްވަތު ހިފި މީހާ އެވެ.

އެފަދަ ހެކިވެރިންގެ ހެކިބަސް އާންމުކޮށް ނަގަނީ ސިއްރުން ކަމަށް ވާތީ ގިނަ ފަހަރަށް އެފަދަ މީހުންގެ މައުލޫމާތު އޮންނަނީ ސިއްރެއްގެ ގޮތުގަ އެވެ. އެ ކުށުގެ އަމަލުގައި ބައިވެރިވި ކަމަށް އެ މީހުންގެ ހެކިބަހުގައި ސީދާ އެއްބަސް ނުވިޔަސް، އެކަމުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވި މީހަކަށް ނޫނީ ނޭނގޭނެ ފަދަ އެތައް މައުލޫމާތެއް އެފަދަ ހެކިވެރިންގެ ހެކިބަހުން ހާމަވެ އެވެ.

ދާދި ފަހުން ޖިނާއީ ބޮޑު މައްސަލައެއްގައި ހެކިބަސް ދިން ހެކިވެރިއެއްގެ ހެކިބަހުގައި، ދައުވާ ލިބޭ މީހުންގެ ރޭވުންތައް ރާވަމުންދިޔަ ގޮތާއި އެކަމަށް ވި ތައްޔާރީތަކާއި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ޔަގީންކަމާ އެކު ކިޔައިދިނެވެ. އެކަމަކު އެހާ ދުރާލާ ތައްޔާރު ވަމުންދިޔަ އަމަލެއްގެ އެ ހުރިހާ ތަފްސީލެއް އެނގުނު ގޮތެއް އޭނާ ހާމައެއް ނުކުރި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދައުލަތާ ދެމެދު ވެސް އެފަދަ އެއްބަސްވުމެއް އޮތްކަން މިހާރު ވަނީ ހާމަވެފަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ހެކިތަކާއި މައުލޫމާތު ފޯރުކޮށް ދިނުމަށް އެ އެއްބަސްވުމުގައި އޮތްކަން ހާމަވެފައި ވާއިރު، މިހާރު ހިނގަމުންދާ ބައެއް މައްސަލަތަކުގައި ދައުލަތުން ވަނީ އަދީބު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރަށް ކުރާ ދައުވާގައި އަދީބާއި ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ހިމެނެ އެވެ.

ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭ ހެކިވެރިން ވާން ޖެހެނީ ހެކިބަސް ބަލައިގަނެވޭނެ އަދި އަދުލުވެރި ބަޔަކަށެވެ. ހެކިބަސް ދޭ މީހާ އެ ހެކިބަސް ދެނީ ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި އަދި ލާބައެއް ހޯދުމުގެ އުއްމީދެއް ވެސް ނެތި އެވެ. އެހެންވީއިރު، ގިނަ ބަޔަކު ބައިވެރިވި ކުށެއްގައި އޭގެ ތެރެއިން ވަކި މީހަކަށް ދައުވާ ނުކޮށް، އޭނާގެ ހެކިބަސް ދެން ތިބި މީހުންނާ ދެކޮޅަށް ބޭނުން ކުރާ ނަމަ، އެއީ އެއް ބަޔަކު ސަލާމަތްވުމަށް ދޭ ފުރުސަތެއްތޯ އާއި އެފަދަ މީހެއްގެ ހެކިބަސް ގަބޫލު ކުރެވިދާނެތޯ މިއީ އެއް ބަޔަކު އުފައްދާ ސުވާލެވެ.

ކޯޓު ރޫމެެއް -- ފޮޓޯ/މިހާރު

މިއީ ދެކޮޅަށް ވެސް ވާހަކަ ދެއްކެން އޮތް މައްސަލަ އެކެވެ. ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާއި ނުކުރުމަކީ މުތުލަގުކޮށް ޕްރޮސެކިއުޓާ ޖެނެރަލަށް އޮތް ބާރެކެވެ. ހެއްކާއި ގަރީނާ ވަޒަން ކުރުމަށް ފަހު ދައުވާއެއް ކުރަންވީ ކަން ނުވަތަ ދައުވާ ކުރަންވީ ކޮން ބަޔަކަށް ކަން ކަނޑައެޅުން ވެސް އެއީ ހަމައެކަނި ޕީޖީއަށް އޮތް ބާރެކެވެ. އެހެންވެ، ގިނަ ބަޔަކު ހިމެނޭ ކުށެއްގައި އޭގެ ތެރެއިން ވަކި މީހަކަށް ދައުވާ ނުކޮށް، ދެން ތިބި މީހުން ދައުވާ ކުރަން ގާނޫނީ ގޮތުން ހުރަހެއް ނެތެވެ.

ހަމަ އެހެންމެ، ކުށެއް ކުރިކަން ޝަރީއަތުގައި ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެކެވެ. އެހެންވެ، މީހަކު ބަޔަކާ ދޭ ހެކިބަހެއްގައި އޭނާ ވެސް އެ ކުށް ކުރުމުގައި ބައިވެރިވެފައިވާނެ ކަމަށް ބުންޏަސް ނުވަތަ އޭނާގެ ވާހަކަތަކުން އެކަން ނުސީދާކޮށް ހާމަވިޔަސް، އެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލައި އަދި ކުށް ސާބިތުވާ ކަމަށް ހުކުމް ނުކުރާހާ ހިނދަކު، ގާނޫނީ ގޮތުން ބެލެވޭނީ އޭނާއަކީ ވެސް ކުށެއް ނެތް މީހެއްގެ ގޮތުގަ އެވެ. އެފަދަ މީހުން ހެކިބަސް ދޭން ގާނޫނީ ގޮތުން އޮތް ފުރުސަތަކީ އެއީ އެވެ.

އޭގެ އަނެއްކޮޅަށް ބަލާއިރު، ކުށް ސާބިތުވެފައި ނުވިޔަސް، ހެކިބަހުގައި ދައްކާ ވާހަކަތަކުން އެއީ ކުށުގެ އަމަލުގައި ބައިވެރިވި މީހެއް ކަން އެނގޭ ނަމަ އެއީ ހެކިބަހާ މެދު ސުވާލު އުފައްދަން ލިބޭ ޖާގަ އެކެވެ. އެހެނީ، އެ ހާލަތުގައި ވަކި ގޮތަކަށް ހެކިބަސް ދެނީ އޭނާއަށް މަންފާއެއް ހޯދުމުގެ ބޭނުމުގައިތޯ ސުވާލު އުފައްދަން ޖާގަ ލިބެ އެވެ.

ޖިނާއީ މައްސަލަތަކުގައި ހެކިބަސް ބަލައިގަތުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމެއް އޮވެ އެވެ. އެ ހުކުމުގައިވާ ގޮތުން ބޮޑެތި ފާފަތަކަށް އަރައިގެންފައިވާ މީހުންގެ ހެކިބަސް ޝަރުއީ ގޮތުން ބަލާއި ގަބޫލެއް ނުކުރެވޭނެ އެވެ. އަދި އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތު ކުރެވިފައިވާ މީހަކު އެ މައްސަލާގައި ތުހުމަތު ކުރެވޭ އަނެއް މީހާއާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން އެއީ ބައެއް ގާނޫނީ ނިޒާމްތަކުގައި ހެކިބަސް ބަލައިނުގަނެވޭ ހާލަތެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މިދެންނެވި ހުކުމަކީ ކުށް ސާބިތު ވެގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ބަޔަކު، އެކަމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބުނާ މީހާއާ ދެކޮޅަށް ހެކިބަސް ދިން މައްސަލައެކެވެ. އެކަމަކު ފަހަކަށް އައިސް ހިނގާ މައްސަލަތަކުގައި އެފަދަ މީހުންގެ ހެކިބަސް ނަގަނީ އެ މީހުންނަށް ދައުވާ ނުކޮށް ދޫކޮށްލުމަށް ފަހު ކަމަށްވާތީ އެ މައްސަލަތަކާއި މި މައްސަލާގައި ތަފާތުތަކެއް އެބަހުއްޓެވެ. އަދި އޭގެފަހުން ވެސް، މަތީ މަރުހަލާގެ ކޯޓުތަކުން ވެސް އެފަދަ ހެކިވެރިންގެ ހެކިބަސް ބައެއް މައްސަލަތަކުގައި ބަލައިގެންފައި އެބަހުއްޓެވެ.

ގާނޫނީ ބައެއް ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ކުށުގެ އަމަލުގައި ކޮންމެވެސް މިންވަރަކަށް ބައިވެރިވެފައި ތިބޭ މީހުންނަށް ދައުވާ ނުކޮށް، ހެކިވެރިންގެ ގޮތުގައި އެ މީހުން ބޭނުން ކުރުމުން އޭގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތަކެއް ހުރެދާނެ އެވެ. އެކަމަކު ފަހަކަށް އައިސް ސީރިއަސް ކުށްތައް ކުރަމުންދާ ގޮތަށް ބަލާއިރު، އެފަދަ އުސޫލަކުން އަމަލު ކުރުން ރަނގަޅު ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. މިސާލަކަށް މީހުން މެރުން ފަދަ ކުށްތަކުގައި، އެކަމުގައި ބައިވެރިވާ އެންމެން މުޖްތަމައުގެ ތެރެއަށް ދޫވިޔަ ނުދިނުން މުހިންމު ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ވަރަށް އޮގަނައިޒްޑްކޮށް ގިނަފަހަރު މިކަންކަން މި ކުރަނީ. ފުލުހުންނަކަށް ވެސް ނުހޯދޭ. ހެއްކެއް ވެސް ގިނަ ފަހަރަކަށް ނުހުރޭ. އެހެންވީމަ ކުށުގައި ބައިވެރިވި މީހަކަށް ވިޔަސް، އޭނާ ފުލުހުންނަށް ލީޑެއް ހޯދައިދީފިއްޔާ އެ ދެނީ ވަރަށް ބޮޑު އެއްޗެއް ހަގީގަތުގައި. އޭގައި އެބަހުރި ރަނގަޅު ކަންތައްތަކެއް ވެސް." ޖިނާއީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ އެއް ވަކީލަކު ވިދާޅުވި އެވެ.

ހެކިބަސް ދިނުމަށް ޝަރުތު ކުރާއިރު، ދައުވާ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި ލުއި އަދަބެއް ލިބޭ ފަދަ ދައުވާއެއް ކުރުމަކީ އެހެން ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ވިޔަސް، ރާއްޖޭގެ ކަންކަން ހުރިގޮތުން އެފަދަ ޝަރުތުތަކަށް ގިނަ މީހުން އެއްބަސްނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ މީހުން ބޭނުމެއް ނުވޭ ކުޑަ އަދަބު އަދަބެއް ލިބޭ ފަދަ ދައުވާއެއް ވެސް އުފުލޭކަށް. އެއީ އެ މީހުންނަށް ވެސް އިނގޭ އުމުރަށް ޖަލަށްލާ މީހުން ވެސް ދުވަސްކޮޅެއް ފަހުން މިނިވަންވާ ކަން. އެ މީހުން ޑިމާންޑް ކުރަނީ އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލީމަ ހެކިބަސް ދިނުމަށް." އޭނާ ވިދާޅުވި އެވެ.

އެހެން ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި އާންމު ޖިނާއީ މައްސަލަތަކުގައި ކުށް ކުރުމުގައި ބައިވެރިވެފައި ތިބޭ މީހުންގެ ހެކިބަސް ބަލައިގަތަސް، ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި މީހުން މެރުމުގެ މައްސަލަތަކުގައި އެފަދަ ހެކިވެރިންގެ ހެކިބަސް ބަލައިގަނެވިގެން ނުވާނެ އެވެ. އެފަދަ މައްސަލައެއްގައި ކުށުގެ އަމަލު ބައިވެރިވާ މީހުންނަކީ އަދުލުވެރި ބައެއް ކަމަށް ނުބެލެވޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ޖިނާއީ ކޮންމެ މައްސަލައަކީ ވެސް މުޖްތަމައުގެ މަސްލަހަތާއި ތުހުމަތު ކުރެވޭ މީހުންގެ ހައްގުތަކެއް ވެސް ހިމެނޭ ބާވަތުގެ މައްސަލަތަކެކެވެ. ސީރިއަސް ކުށްތަކުގައި ހިމެނޭ އެންމެން މުޖްތަމައުގެ ތެރެއަށް ދޫވިޔަ ނުދިނުމަށްޓަކައި ކޮންމެވެސް ފިޔަވަޅުތަކެއް ވެސް އެބަ އަޅަން ޖެހެ އެވެ. މުޖްތަމައުގެ ހައްގުގައި ދައުވާކުރާ ފަރާތުގެ ހައިސިއްޔަތުން އެ ޒިންމާ ޕީޖީއަށް އޮތްއިރު، އޭގެ އަނެއްކޮޅުން އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހައްގުތަކަށް ވެސް އުނިކަން އައިސްގެން ނުވާނެ އެވެ.

16 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 2%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެތްހުރަސް

08 August 2019

ޕްލީ ބާރގެއިން ފަދަ ކަންކަން ކޮށްގެން ވަކި ކަހަލަ ކުށްތަކަށް އޭނާއާމެދު ދައުވާއެއް ނުކުރުމުގެ ސަބަބުން އޭނާ އެކަހަލަ ކަމެއްގައި ބައިވެރިވިކަމެއްގެ ރިކޯޑެއްވެސް ނެތުމުން، އޭނާ ފަހުން މަތީ މަގާމަކަށް ދާއިރު އޭނާގެ އެފަދަ ކަމެއްގެ ރިކޯޑެއް ނެތުމާއެކު އޭނާއަކީ އެ މަގާމަކަށް އެކަށޭނަ މީހަކަށްވެ މަގާމު ލިބުމަށް ހުރަހެއްނެތުމަކީ ކަން އޮންނަންވީ ގޮތްތަ؟ މިއަދު ވާ ފައިދާ މާދަމާ ހަމަ ތިމާމެންނަށްވާ ގެއްލުމަކަށްވެސް ވެދާނެ.

The name is already taken The name is available. Register?

މުހުހޔ

07 August 2019

މަޖިލިހުން ގައުމު ހިންގައި މައްސަލަ ބަލާ ކޯޓަކަށް ބަދަލުވެ ރައްޔިތުން ހޮވި ރައީސްގެ ބާރު ކެނޑި. އަދި ރައީސްގެ ޒިއްމާ ދަށުގައިއޮތް ސަރުކާރުާއި ސަރުކާރުހިއްސާވާ ކުންފުނިތަކަށް އައްޔަންކުރާ މަގާމްތަކަށްވެސް މަޖިލިހުން މ؟ީހުން އައްޔަންކުރަން ފެށުމަކީ މިސަރުކާރުގެ ދޯދިޔާކަމެވެ. ކެނެރީގޭ ސޮރަށް މިގައުމުގެ ވެރިކަން އެއްވެސް ރައްޔިތަކު ނުދޭނެ އަހަރުމެން ދެކޭހުވަފެނަކީ މިހާރުގެ ފޮރިން މިނިސްޓަރާއި، މަހްލޫފު މިގައުމު ހިންގުމާއި 5އަހަރު ފަހުން ހަވާލުވާތަން

The name is already taken The name is available. Register?

ކާއްޓޭ

07 August 2019

އެއީ ޑިމޮކްރަސީ ފައްކާވީމަ ކަން ހިންގާގޮތް. ދެމީހަކުވެގެން ވައްކަންކޮއްފަ ބައިއެޅުމުގައި ހިލާފް އުފެދުނީމަ ދުވެފަގޮސް އަނެކާއާއި ދެކޮޅައް ހެކިވެރިއަކައް ވީމާ ޑިމޮކްރަސީގެ އެޖެންޑާ އެފުރިހަމަވީ!

The name is already taken The name is available. Register?

އެމްސް

07 August 2019

މިބޮޑު ކަރަޕްޝަން ހިނގި އިރު، ޒިއްމާދާރު މަޤާމުތަކުގަ ތިބި ބަޔެއް އިޙުމާލުވި އިޙުމާލުމުން، އެބަޔަކަށް ނުރެކެވޭނެ، އެކަން ފަނޑިޔާރެއް ނޫނަސް ކޮންމެ މީހަކަށްވެސް ހަމަ ޔަގީންވާނެ!

The name is already taken The name is available. Register?

ފަޅުމަސް

07 August 2019

އެ ކުއްވެރިންގެ ބަސް އެއީ ހެއްކަކަށް ވެގެން ނުވާނެ.. އެ ކުއްވެރިން ދޭ އެހެނިހެން ހެކި އޯކޭ.. މިސާލަކަށް ބޮޑު ޚިޔާނާތުގެ ބައިވެރިންކަމަށް އަދީބު ކިޔާ ލިސްޓު، ތެދުކަން ސާބިތުކޮށްދޭނެ އިތުރު ހެކި އޭނާއަށް ދެއްކެންވާނެ.. އޭނާ ދުލުކުރުން ބުނެލާ ބަހަކީ، އަނެކާ ކުއްވެރިކުރުމަށް ފުދޭ ހެއްކަކަށް ވެގެން ނުވާނެ

The name is already taken The name is available. Register?

ސާމީ

07 August 2019

ޔާމީން ރަޝީދު މަރާލަން ރޭވި މީހާ ކަމާ ނުވެސް ބެހޭ ކުދިންތަކެއް ބާނާލަނީ. ބާރުގަދަ ބައެއް މިކަމުގެ ފަހަތުގައި ތިބޭނެކަން އެންމެންނަށްވެސް އެނގޭ.

The name is already taken The name is available. Register?

އަދުލު

07 August 2019

ތިޔަ ފަދަ މީހުންގެ ހެކިބަސް ޢަދުލުވެރި އެއް ނުވާނެ. އަދި އިސްލާމީ ޝަރީޢަތުގައި ތިކަން ހުއްދައެއްވެސް ނުވާނެ. ސަބަބަކީ ހެކިބަސް ދޭ މީހާ ހެކިބަސް ދިނުމުގައި މަންފާތަކެއް އެކުލެވޭތީ އެ މަންފާތައް ހޯދުމުގެ ބޭނުމުގައި އޭނާ ކޮންމެފަދަ ދޮގެއްވެސް ހަދާފާނެތީ.

The name is already taken The name is available. Register?

އަލީރާޖާ

07 August 2019

މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޖިނާއީ ނިޒާމުގައި އޮންނަ ކަމެއް. މިއަށް ކިޔަނީ ޕްލީ ބާގެއިން. ބޮޑެތި ކޮމްޕްލެކްސް ކުށްތަކުގައި ދައުވާ އާއި އަދަލު ލުއިކޮށްދޭ މަތިން ކަމާ ގުޅޭ ހުރިހާ މައުލޫމާތު ކިޔައިދޭން އެއްބަސްވުން. https://en.wikipedia.org/wiki/Plea_bargain

The name is already taken The name is available. Register?

ހޭހަން

07 August 2019

ކަންކަން ހޯދަން ކިތަންމެ ފަސޭހަވިޔަސް، އަދި ކުށްވެރީންގެ ކަންކަން ފަސޭހައިން އެނގެނީ ކުށްވެރީންގެ ފަރާތުން ކަމުގާވިޔަސް، ރާއްޖޭގެ ބޮޑުޚިޔާނާތުގެ ބޮޑު ބައިވެރިއެއް ހެކިވެރިއެއްގެ ރޯލަށް ނެރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ހަގީގަތަކީ މިހާރު އެއީކީ ހެކިވެރިޔަކަށް ބަލައިގަނެވޭވަރުގެ މީހެއްގެ ކުފޫހަމަނުވާކަން. ފިލަންއުޅެ ނުފިލުނީމާ ދެން ނުކުމެ އެކަމުން ރެކެން ކޮންމެ އެއްޗެއް ކިޔަސް އެވާހަކަ މިހާރު ގަބޫލުކޮށްގެން ނުވާނެ. ދެރައީ އަދިވެސް ކޮސްހެދޭތީ.

The name is already taken The name is available. Register?

ޢަމީނާ.

07 August 2019

ކޮބާހޭ ރިޔާޒު ބުނި 1000 ވީޑިޔޯއާއި 500 އޯޑިޔޯ އަދި އެތަށް ބައިވަރު ހެކިތަކެށް. ޙެޔޮތާ މިހާރު އޭނައަކީ ޕާލަމަންޓު މެމްބަރެށް ވިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454