ަަދަރިވަރުންނާ އެކު އިއްޔެ ބެލެނިވެރިން ސްކޫލް ދޮށުގައި: އުއްމީދުތައް ބޮޑު
13 ޖެނުއަރީ 2020 - 08:43
ބޮޑު ޗުއްޓީއަށް ފަހު ސްކޫލުތަކުގެ ކިޔެވުން މި ފެށީ އާ ހިތްވަރަކާ އެކުގަ އެވެ. އާ ކަންތައްތަކެއް ދަސްކޮށްދީ މުޖުތަމައުއަށް ރަނގަޅު ދަރިންތަކެއް ނެރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތާ އެކުގަ އެވެ. އެ ޒިންމާއާ އެކު، ސްކޫލުތަކުގެ ވެރިން ތިބީ ތައުލީމީ ދާއިރާއިން ހިތްހަމަޖެހޭ ފަދަ ބަދަލެއް ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.
ހދ. ކުޅުދުއްފުށީގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 10އާ ހަމައަށް ކިޔަވައިދެމުން އަންނަ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ މި އަހަރު އެ ސްކޫލުގައި، ހަގީގީ މާނައިގައި، އެއް ދަންފަޅިއަށް ކިޔަވައިދިނުން ބަދަލުކުރުމަކީ، 910 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުން ފެންނާނެ ވަރަށް ބޮޑު ބަދަލެއް ކަމަށެވެ.
ދަރިވަރުންނަށް އެންމެ ރަނގަޅަށް ތައުލީމް ފޯރުކޮށްދެވި، ލޯ މައްޗަށް ފެންނާނެ ގޮތަށް ހެޔޮ ބަދަލު އައުމަކީ އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ކުއްޖަކަށް ވެސް ފޮތުގެ ތައުލީމުގެ އިތުރުން އަހަރު ތެރޭގައި މަދުވެގެން ކުޅިވަރު ދެ ހަރަކާތެއްގައި ބައިވެރިވާން ފުރުސަތު ފަހިކޮށްދެވޭނެ،" މީގެ 15 އަހަރު ކުރިން އުފެއްދި ސްކޫލުގެ މި އަހަރުގެ ސިޔާސަތާ ބެހޭ ގޮތުން ނާސިހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖިސްމާނީ ގޮތުން ދުޅަހެޔޮކަން އައިސްގެން ނޫނީ ދަރިވަރުންނަށް ކިޔެވުމުގައި ކުރިއަށް ނުދެވޭނެ ކަމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ އެސަމްބްލީގައި ބްރައިޓްވޭ ސްކޫލުގައި އިއްޔެ ދަރިވަރުން ބައިވެރިވަނީ - ފޮޓޯ: ބްރައިޓްވޭ ސްކޫލް
ކުޅިވަރުގައި ވެސް ފާހަގަކޮށްލެވޭ ޖަލާލުއްދީން ސްކޫލުން ވަނީ ފާއިތުވި ހަތަރު އަހަރު ވެސް އޯ ލެވެލްގެ ނަތީޖާއިން ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ. ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 2015 ވަނަ އަހަރު 33 ޕަސެންޓުގައި ހުރިއިރު، އެންމެ ފަހުން 2018 ގައި އޯ ލެވެލްގެ ނަތީޖާއިން އެ އަދަދު ވަނީ 76 ޕަސެންޓަށް ކުރިއަށް ޖައްސާލައިފަ އެވެ.
ނާސިހާ ވިދާޅުވީ ފަތިސް ނަމާދާއި ހެނދުނުގެ ކަސްރަތާއި ނާސްތާއަށް ފަހު ސްކޫލުގެ ކިޔެވުން ފެށުމުން އެކަމުގެ ހެޔޮ އަސަރުތައް ދަރިވަރުންނަށް ކުރާނެ ކަމަށެވެ.
ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ތަޖުރިބާތަކަށް ފަހު ދިރާސީ އާ އަހަރަކަށް މަރުހަބާކީ މުހިއްމު ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12އާ ހަމައަށް ކިޔަވައިދޭ ސްކޫލުގެ ދަރިވަރުންގެ އިނގިރޭސި ފެންވަރު ރަނގަޅުކުރަން ސައުތު އެފްރިކާގެ ޓީޗަރުން ގެނައުމަކީ އޭގެ ބައެކެވެ.
ރާއްޖެއަށް އާއްމުކޮށް ޓީޗަރުން ގެންނަނީ ސައުތު އޭޝިޔާގެ ގައުމުތަކުންނެވެ. އެކަމަކު އަމިއްލަ ސްކޫލުތަކުގައި އެހެން ގައުމުތަކުގެ ޓީޗަރުން ވެސް މަސައްކަތް ކުރެ އެވެ.
ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަރިވަރުންނަށް ކިޔެވުމުގައި އިތުރު އެހީއެއް ފޯރުކޮށްދޭން ލާނިން މެނޭޖްމަންޓް ސިސްޓަމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
"ޓީޗަރުންގެ އަދަދު ވެސް މި އަހަރު އިތުރުކުރެވިފައި މި ވަނީ. ސްކޫލު ސްމާޓް ކެމްޕަސްއަކަށް ބަދަލުކޮށްފައި ޕްރައިމަރީން ފެށިގެން ކޯޑިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ފަށައިގަންނަން ވަނީ ރާވާފައި،" މޫސަ ވިދާޅުވި އެވެ.
އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވި ގޮތުގައި، މި އަހަރު އެ ސްކޫލުން އެންމެ ބޮޑު އިސްކަމެއްދޭނީ ދަރިވަރުންގެ ސިއްހަތާއި ކިޔެވުމާއި ކުޅިވަރުގެ ހަރަކާތްތަކަށެވެ. އެކަންކަމަށް އިސްކަންދީގެން މުޅި އަހަރު ދުވަހަށް ތަފާތު ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވިދާޅުވި އެވެ.
އޭ ލެވެލް އަށް ކިޔަވައިދެމުން އަންނަ ހައި ސްކޫލުގައި މިވަގުތު ތިބީ ހަމައެކަނި ގްރޭޑު 11 ގައި ކިިޔަވާ 217 ދަރިވަރުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް އައްޑޫ ހައި ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: އައްޑޫ ހައި ސްކޫލް
ނަދީމް ވިދާޅުވީ ސްކޫލުން ޖާގަ ނުލިބޭ ކުއްޖަކު ނުހުންނާނެ ކަމަށެވެ. ބީޓެކާއި އެކި ޕްރޮގްރާމްތައް މެދުވެރިކޮށްގެން ނަމަވެސް ދަރިވަރުންނަށް ޖާގަ ދޭން އިސްކަން ދޭނެ ކަމަށް ވިދާޅުވި އެވެ.
މިިދިޔަ އަހަރު އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރާއްޖެއިން އެއް ވަނަ ހޯދި ހަތަރު ދަރިވަރުންގެ ތެރޭގައި އައްޑޫ ހައި ސްކޫލުގެ ދަރިވަރު އައިޝަތު ސަހާ ރަޝީދު ހިމެނެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެތްލީޓް އައިޝަތު ހިމްނާ ހަސަނަކީ ވެސް އައްޑޫ ހައި ސްކޫލަށް ނިސްބަތްވާ ދަރިވަރެކެވެ.
"ވަރަށް ހިތްހަމަޖެހުން ލިބޭ މިފަދަ މަގާމެއްގައި ހުންނައިރު، ރަނގަޅު ދަރިންތަކެއް މުޖުތަމައުއަށް ނުކުމެގެން ދާތަން ފެންނާތީ. ރަނގަޅު މަގާމުތަކާއި ކިޔެވުމުގެ ފުރުސަތުތައް ބޭނުންކޮށްގެން ކާމިޔާބު މީހަކަށް ވުމުގެ ބުރަ މަސައްކަތް ކުރޭ،" ނަދީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމު
13 January 2020
ކޮން އަމާޒެއް؟ އެންމެ ކުޑަމިނުން ތައުލީމީ ކަލަންޑްރ އަށް ބެލުމަށްފަހު ސްކޫލުގެ ހަރަކާތްތަކާއި އެހެނިހެން ކަންކަން ދިރާސީ އާއަހަރު ފެށުމުގެ ކުރީން ޓީޗަރުންނާއި ސްކޫލްގެ އެޑްމިން އަދި ޕީޓީއޭ އާއި މަޝްވަރާކޮށް ނިންމާ ނުލެވޭ. އަދި އާއަހަރުގެ ޕްލޭން ދަރިވަރުންނާއި އަދި ބެލެނެވެރިންނާއި ހިއްސާ ނުކުރެވޭ! ބެލެނެވެރިން އަދި ޓީޗަރުން ޖެހެނީ ހުކުރެއް ހޮނިހިރެއް ދަންވަރެއް ބެލުމެއް ނެތި ތެޅިފޮޅެން. ކިޔެވުމުގެ ކޮލިޓީ ދަށްވަނީ މިހެނެވެ.
ނުވެއޭނުވެއޭ
13 January 2020
ރައީސް އިބޫގެ ސަރުކާރަކީ ކަން ނުވެ ނަން ވާން އުޅޭ ސަރުކާރެކޭ އެކަން އެމެން އެބަކުރޭ ސަރުކާރުން ރާއްޖޭގެ ތައްލީމީ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރާނަމަ އެޑިއުކޭޝަން މިނިސްޓަރު ކުރިއަށް ނިކުމެ މީޑިއާ ތަކާއި ކުރިމަތިލާނީ ބަދަލުގައި އެމިނިސްޓްރީގައި ތިބި ސިވިލް ސާރވެންޓުން ނޫނޭ ކުރިއަށް ނެރޭނީ ތަމެންނަށް ނޭގެއޭ ޒިންމާ ދާރު ވެރިކަމެއް ކުރަން ޒިންމާދާރު މިނިސްޓަރުން ތިބި ނަމަ އެމެންނޭ މީޑިއާ އަށް މައުލޫމާތު ވެސް ދޭނީ ތަމެންނަށް ތިޔާ ކަން ނުވެއޭ
މހނމދ
13 January 2020
ތަޢުލީމު ސިޔާސީ ނުކުރަމާތޯއެވެ. ތިޔައީ ވަރަށްދެރަކަމެކެވެ. ތިމީހުންގެ އަތަށްއަރާނަމަ ބޮޑުވަރިހަމަވާކަން އެބައެނގެއެވެ. ރަށްތަކާއި ފަޅުތައް ވިއްކާނަގަމުންދާކަން ރައީސްގެ ސަމާލުކަމަށްގެނައިމަ އޯޑިޓަރޖެނެރަލަށްވީގޮތާއި، އެކަންތަކުންލިބުނުލާރިއަށް ހެދިގޮތާއި ފަޅާއެރުމުން އެކަމުން ރެކޭގޮތާއި މިހުރިހައިތަނެއް ފެނިސްޖެއެވެ. ތަޖުރިބާއަކަށް ފުދިއްޖެއެވެ. މިވެރިކަމަށް މިއުޅެނީ ފުރިހަމަޔަށް ފިޔަވަޅުނޭޅިގެނެވެ. 5 އަހަރުދިނީމަވަނީ ޖީބަށެވެ. ދޮގެއްތޯ؟
ނުވެއޭ
13 January 2020
ރައީސް އިބޫގެ ވެރިކަމުގައި ރާއްޖޭގެ ސިއްޚީ ނިޒާމަށް އައި ރަނގަޅު ބަދަލެއް ނެތް އަދި އެޑިއުކޭޝަން ސެކްޓަރ އޮތީ އިންޑިއާ އަށް ވިއްކާލާފައޭ ސަބަބަކީ ތަފާސް ހިސާބު ދައްކާ ގޮތުން ސްކޫލް ތަކުގައި ތިބި ދިވެހި ޓީޗަރުން ދުއްވާލާ އެމަގާމް ތަކަށް އިންޑިއާ މީހުން ދަނީ ފްލަޑް ކުރަމުންނޭ މަމެން ޕިންކީންގެ ވެރިކަމުގައި ހުންނާނީ ރާއްޖޭގެ ހުރިހާ ފްރައިމަރީ ގްރޭޑްސް ތަކުގައި ކިޔަވާ ދޭވަރަށް ދިވެހި ޓީޗަރުން ތަމްރީން ކޮށް އެމެންނަށް އެކަން ހަވާލު ކޮށްފައޭ އެކަން
ލޯންގްވޭ
13 January 2020
ޕްރިންސިޕަލުން ބޮޑެތި އަމާޒުތަކެއްގައި ތިބި ނަމަވެސް ސްކޫލް ތަކުގައި ކިޔަވާދޭ އެއްޗެއްގެ ކޮލިޓީ އަށޭ ބިނާވަނީ މިހާރު ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވާ ކުދިންގެ ކިބައިގައި ޗެލެނޖްސް ތަކާއި ކުރިމަތި ލައިގެން ލިވިންގް އެއް މޭކް ކުރުމުގެ ހިތްވަރު ނުހުރެއޭ ސްޕެޝަލީ ދަ ރާއްޖެތެރޭގެ ސްކޫލް ތަކުގައި ކިޔަވާ ކުދިންގެ ކިބައިގައި މިއާދަ ނުހުރެއޭ މިއިން އެގިގެންދަނީ ސްޕޫން ފީޑް ކޮށްގެން ކިޔަވާ ދިނުން އަދި ސައެންސް ސަބްޖެކްޓް ސްކޫލް ތަކުގައި ކިޔަވާ ނުދިނުން
އިހްމާލު
13 January 2020
ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންނަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް އަދި މި ސަރުކާރުގައިވެސް ވަރަށް ބޮޑަށް އިހްމާލުކޮށްލާ، ޑިސްކްރިމިނޭޓް ކޮށްފައިތިބި ބައެއް. މޮޅެއްވެއްޖެނަމަ ރީތިނަން މިނިސްޓަރަށާއި އެހެން މީހުންނަށް. ގޯހެއްވެއްޖެނަމަ ހުރިހާ ބަދުނާމަކާ ޒިންމާއެއް ޕްރިންސިޕަލް. ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު އޭގެ ތެރޭގަްި ނުހިމެނުނު. ކޮލިފިކޭޝަން އެލަވަންސް ނުލިބެ. ވަޒީފާގެ އޮނިގަނޑު ވާނުވާގައި އޮންނަތާ 10 އަހަރަށް ދުވަސްވެއްޖެ.
ދޯދެން
13 January 2020
އަހަރެންގެ ނެތް އެއްވެސް އުއްމީދެއް. އުއްމީދުކުރިޔަސް ނުކުރިޔަސް އެބަޔަކު އުޅެން ބޭނުންވާ ހާލަތެއް އެބަޔަކު ގެންނާނެ. ކިޔަވާ ކުދިން މަދުވެގެން ނުވަތަ މޮޅެތި ކުދިން ނެތިގެނެެއްނޫން ގައުމުގެ އާބާދީއާ އެއްވަރަށް ބޭރުމީހުން ގިނަވެ ޒުވާން އާބާދީ މަގުމަތިވެ މުޖުތަމައުގެ އަހުލާގީ ފޭރާން ވީދިގެން ގޮސްފައިވަނީ.
ދިސްވޭއޭ
13 January 2020
ރައީސް އިބޫގެ ސަރުކާރުގެ ވޭތުވެ ދިޔަ އަހަރަކީ އުއްމީދީ ބަދަލަކަށް ކިޔަވާ ދިން އަހަރެއް ނޫނޭ ދެން މިއަަހަރު ވެސް ދާނީ ހަމަ އެގޮތަށް ތޮޅިއަށޭ ކޮބާތޭ އަދި ވެސް ސްކޫލް ތަކުގައި ސައެންސް ސަބްޖެކްޓް ކިޔަވާދޭނެ ދިވެހި ޓީޗަރަކު ނުހުރެއޭ މާލޭގައި ވެސް މިއަހަރު މުޅި އެޑިއުކޭޝަނަށް އަލަށް ވަން ދިވެހި ޓީޗަރުންގެ އަދަދު 10 އަށް ވުރެން ދަށޭ މިއިން އެގިގެން ދަނީ ޓީޗަރުންގެ މުސާރަ ކުޑަ ވެފައި މަސައްކަތް ބުރަ ކަމުން އެދާއިރާ އަށް ކުރިމަތިލާ މީހަކު ނުވާ ކަމަށޭ..
ކާންދެނީއޭ
13 January 2020
ތައްލީމާ އާހަރާއި ދިމާކޮށް ކޮލިޓީ އެޑިއުކޭޝަނެެއް ދެވޭތޯ ރައީސް އިބޫގެ ސަރުކާރުން މަސައްކަތް ކުރާ ތަން އެއް ގޮތަކަށް ވެސް ފެނިގެން ނުދެއޭ ސަބަބަކީ ކޮލިޓީ ދިވެހި ޓީޗަރުން ސްކޫލް ތަކުގައި ކިޔަވާ ދިނުމާއި ދުރަށް ދިއުން އަދި ސްކޫލް ތަކުގެ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމަށް ޓަކައި އެއްވެސް މަސައްކަތެއް މިސަރުކާރުން ނުކުރެއޭ އިސްކަންދަރު ސްކޫލް ފުރި ބަންޑުންވާއިރު އެތަން 150 ބުރިއަށް ނަގަން ޚިޔާލަށް ވެސް ނާދެއޭ މުޅަވެފައި ހުންނަ ކާތަކެތި ކުދިންނަށް
ނުވާނެއޭ
13 January 2020
ތައުލީމީ އާ އަހަރާ އެކު އުއްމީދީ ބަދަލަކަށް ދިވެހި ރައްޔިތުން އެދުނު ނަމަވެސް އެކަން ހާސިލް ވާނެ ނިޝާނެއް ނުފެނެއޭ ފެށުން މިވަނީ ރައީސް އިބޫގެ ސަރުކާރުގައި ފުރަތަމަ ވެސް ގޯސް ކޮށް ފަށާފައޭ ސަބަބަކީ ތައްލީމީ ދާއިރާގައި ދިމާވެފައިވާ ފަންޑަމެންޓަލް މައްސަލަ އަކީ އެއީ ޓީޗަރުންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ނުދިނުމޭ އަދި އެމެންގެ މުސާރަ ބޮޑު ނުކުރުމޭ 20 އަހަރުވަނީއޭ އެގަނޑު ތެޅޭތާ ދިވެހި ޓީޗަރުން ބަދަލުގައި އިންޑިއާ ޓީޗަރުން ނުވާނެ ތިކަމެއް