މުހައްމަދު ނަޒީމް
11 އެޕްރީލް 2020 - 08:55
އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ ދިވެހި ޑޮކްޓަރެއް ކަމަށް މުހައްމަދު ރަޒީމް އޭނާގެ އަނބިކަނބަލުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެގެން މީގެ ދެ ހަފުތާ ކުރިން ފޭސްބުކްގައި އެކަން ހާމަކުރެއްވި އެވެ. އޭރު ރަޒީމްގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އެކަމަކު އޭރު ވެސް ރަޒީމް އެއް ކަމެއް ޔަގީންކުރެއްވި އެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ކޮރޯނާވައިރަހުގެ ބަލި މީހުންނަށް ފަރުވާ ކުރައްވާތީ، އޭނާގެ ފަރާތުން ނޫން ގޮތަކަށް ގޭތެރެޔަށް ވައިރަސް ނުވަންނާނެ ކަމެވެ. ކަންވީ ވެސް އެހެންނެވެ. ދެތިން ދުވަހުގެ ތެރޭގައި ރަޒީމްގެ ކިބައިން ވެސް ބަލީގެ އަލާމާތްތައް ފެންނަން ފެށި އެވެ. އެކަމަކު މިހާރު އޭނާ ހުންނެވީ ބަލިން ފަސޭހަވެ އަނެއްކާވެސް ހޮސްޕިޓަލުގައި ހިދުމަތުގަ އެވެ.
ހޮސްޕިޓަލުން ގެޔަށް ވައިރަސް ގެންދެވިދާނެ ކަމުގެ ބިރުގައި ހުންނަވަނިކޮށް އަނބިކަނބަލުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ހެދި ޓެސްޓް ޕޮޒިޓިވި އެވެ. އެކަމަކު މިއީ ރައްކާތެރިވާން ވަރަށް ވިސްނައިގެން ހުންނަވަނިކޮށް ދިމާވި ގޮތެވެ.
ރަޒީމް ވިދާޅުވީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނުފެނި ވެސް ގައިގައިން ވައިރަސް އަރާތީ ކަންބޮޑުވެވަޑައިގަތް ކަމަށެވެ. އެހެންވެ، ހޮސްޕިޓަލަށް ކޮވިޑް-19ގެ ބަލި މީހުން އަންނަން ފެށުމާ އެކު، ގޭގައި އެހެން ފްލޯއެއްގައި އުޅުއްވަން ފެއްޓެވި އެވެ. އެކަމަކު އަށް އަހަރުގެ ދަރިފުޅަށް އެކަމުން ވަރަށް އަސަރުކުރި އެވެ. ބައްޕައާ އެކު ކޮންމެ ދުވަހަކު ހޭދަކުރާ ވަގުތާއި ނިދާ ވަގުތު ބައްޕަ ނެތުމުން އެ ޝަކުވާ ކުރިމަތިވި އެވެ. އެކަމަކު ހީކުރެއްވި ގޮތާ ހިލާފަށް ބަލީގެ އަލާމާތްތައް ފެނުނީ އަނބިކަނބަލުންގެ ކިބައިންނެވެ. މާނަ އަކީ ބަލީގެ އަލާމާތެއް ފެންނަން ނެތަސް ރަޒީމްގެ ހަށިގަނޑުގައި ވައިރަސް ހުރުމެވެ. އެހެންވެ އަނބިކަނބަލުންނާ އެކުގައި ދެން އުޅުއްވުމުގެ މާނައެއް ނެތުމުން އައިސޮލޭޝަން ދޫކޮށްލެއްވީ އެވެ. މަންމަ އަށް ވައިރަސް އަރާފައިވާ ދުވަސްވަރު ދަރިރުޅާ އެކު އެތައް ވަގުތެއް ހޭދަކޮށްފައި ވާތީ އެންމެން އެއްކޮށް އުޅެން ފެށީ އެވެ.
"އަންހެނުންނާއި އަޅުގަނޑު ވެސް ރޯގާ ޖެހި ވަރުބަލިކޮށް އުޅުނީ. އެކަމަކު ނޭވާލާން އުނދަގޫވުން ކަހަލަ ކަމެއް ދިމައެއް ނުވޭ، އަޅުގަނޑު ވެސް އެންމެ ކުރިން ބޮލުގައި ރިއްސައި ވަރުބަލިވި. އެކަމަކު އޭރު ހީކުރީ މަސައްކަތް މާ ބުރަވީމާ ވާ ގޮތެކޭ،" ރަޒީމް އޭނާގެ ތަޖުރިބާ ހިއްސާކުރެއްވި އެވެ.
ނަސީބު ރަނގަޅުކަމުން ބަލީގައި ބޮޑުވަރެއް ނުވެ އަނބިކަނބަލުން 12 ދުވަހުގެ ތެރޭ ރަނގަޅުވެއްޖެ އެވެ. ރަޒީމްގެ ހަށިގަނޑުން ބަލީގެ އަލާމަތްތައް ބޮޑަށް ފެނުނީ ތިން ދުވަހަށެވެ.
އެންމެ ބޮޑު ނަސީބަކަށް ވީ ދަރިފުޅަށް ވައިރަސްގެ އަސަރެއް ނުކޮށް ސަލާމަތްވީތީ އެވެ.
ކޮރޯނާވައިރަހުގެ ހާލަތު މިހާރު އެންމެ ގޯސް އެއް ގައުމު ކަމަށްވާ އިނގިރޭސި ވިލާތުގެ އެންއެޗްއެސްގައި ކިޑްނީ ބަލީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ރަޒީމް އެތަނުގައި އުޅުއްވާތާ މި ވީ ހަތް އަހަރު ތެރޭގައި މިއީ، އެހެން ސިއްހީ ހިދުމަތްތެރިންނެކޭ އެއްގޮތަށް، އެންމެ ހާސްކަން ބޮޑު ދުވަސްވަރެވެ. ކޮރޯނާވައިރަހާ ހެދި ދެ ހަފުތާ ގޭގައި ހުންނަވާފައި އަލުން ހޮސްޕިޓަލަށް ވަޑައިގެން އިރު އެތަނުގެ ހުރިހާ ކަމެއް އޮތީ ބަދަލުވެފަ އެވެ.
އިނގިރޭސި ވިލާތުގެ ދެކުނު ސަރަހައްދުގައި ކިޑްނީގެ ގިނަ ޑަޔަލިސްތަކާއި ޓްރާންސްލާންޓްތައް ހެދުން ފަދަ މިކަމާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ދޭ ހޮސްޕިޓަލުގައި ކޮރޯނާވައިރަހުގެ ބަލި މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވި އެވެ.
"ހޯމް އައިސޮލޭޝަނަށް ދިޔައިރު ހޮސްޕިޓަލުގައި ތިބޭނީ ކިޑްނީ ބަލީގެ މީހުންގެ ތެރެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވް އެންމެ ފަސް މީހުން. އެކަމަކު ގޭގައި ދެ ހަފުތާ ކޮށްފައި ދިޔައިރު ވޯޑް އޮތީ އެއްކޮށް ފުރިފައި. ކޮންމެ ވަގުތަކު ވެސް ތިރީސް މީހުން ތިބޭނެ،" އޭނާ ވިދާޅުވި އެވެ.
ރަޒީމް ވިދާޅުވި ގޮތުގައި ބަލި މީހުންގެ އަދަދު އިތުރުވުމުން، އެންމެ ބަލި މީހުންނަށް އިސްކަންދޭން ޖެހޭތީ ހޮސްޕިޓަލުން ކިރިޔާ ވެސް ގެޔަށް ފޮނުވާލެވޭ މީހުން ފޮނުވާލަނީ އެވެ.
އާ ބައްޔެއް ކަމަށް ވާތީ، ރަޒީމް ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ހޮސްޕިޓަލްގެ ގައިޑްލައިންތައް އަންނަނީ ބަދަލުކުރަމުން ކަމަށެވެ. އެކަމަކު ޔޫކޭގައި ހާލަތު ގޯސްވާނެ ކަމަށް ބެލެވޭތީ އަދިވެސް އޮތީ ގޮންޖެހުންތަކެވެ.
މިއީ އާ ބައްޔެއް ކަމަށް ވެފައި ވަކި ހާއްސަ ފަރުވާއެއް ނެތުމުން އިނގިރޭސި ވިލާތުން ވިސްނައިގެން ތިބީ އާބާދީގެ 60 ޕަސެންޓަށް ބަލި ޖެހި، ބައްޔަށް އިމިއުން ވުމުން މައްސަލަ ހައްލުވާނެ ކަމަށެވެ. އެކަމަކު މީހުން އެއްވެ އުޅުން ވެސް ކޮންޓްރޯލް ނުކޮށް، މުހިންމު ވަގުތުތައް ނަގާލުމުން ކުއްލިއަކަށް ފެންނަން ފަށީ ކޮވިޑް-19ގެ ބަލި މީހުންނެވެ. އެކަމަކު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ ކޮންޓެކްޓް ޓްރޭސިން، ޕޮޒިޓިވް ކޭސްއެއް ފެނުމުގެ ކުރިންސުރެ ހަދަން ފެށުމާއި އައިސޮލޭޓް ކުރުމާއި ކަރަންޓީނުކުރުމުގެ ކަންކަމަށެވެ.
ސިއްހީ އެހީތެރިކަން ދޭން ބޭނުންވާނެ ސާމާނު ހޯދަން ރާއްޖޭން މަސައްކަތްކުރާއިރު އިނގިރޭސި ވިލާތުގެ ތަޖުރިބާ އިން ރަޒީމް ބައެއް ލަފާ ދެއްވި އެވެ.
"އެއީ ވަގުތު. ތައްޔާރުވާން ރާއްޖެ އަށް ވަގުތު ލިބިއްޖެ. އެހެންވެ މި ވަގުތު ވަރަށް ސްޓްރެޓެޖިކްކޮށް ގެންދަން ޖެހޭނީ،" ރަޒީމް އޭނާގެ ތަޖުރިބާ ހިއްސާކުރެއްވި އެވެ.
މިހާރު ރާއްޖެ އަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ނުވަތަ ރައްކާތެރިކަމުގެ ހެދުންތައް އެތެރެކުމަށާއި ވެންޓިލޭޓަރު ހޯދަން ކުރާ މަސައްކަތް ރަނގަޅުކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ ފައިސާ ހުއްޓަސް މިހާރު މިފަދަ ބާތްތައް ލިބުން ދަތި ކަމަށެވެ. އޭނާ ވިދާޅުވީ ވަރަށް ގިނަ ޕީޕީއީ ހޯދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން 20 ޕޭޝަންޓުންނަށް 12 ޝިފްޓުގެ ޑިއުޓީއެއްގައި އެބަ ބޭނުންކުރަން ޖެހޭ 40-50 ޕީޕީއީ. އެއިން ކޮންމެ ޕޭޝަންޓެއްގެ ކައިރިއަށް ގޮސް ޕީޕީއީ ބަދަލުކޮށް، ދޮންނަން ދީފައި އަނެއްކާ ސާފު އެއްޗެއް ލަނީ،" އެހެންވެ ރާއްޖޭގެ އެކި ހިސާބުގައި ކަރަންޓީނު ފެސިލިޓީތައް ހުންނަ އިރު އެ ތަންތަނަށް މި ތަކެތި ފަސޭހަކަމާ އެކު ފޯރުކޮށްދެވޭނެ އިންތިޒާމެއްގައި މިކަން އޮންނަން ޖެހޭކަން ފާހަގަކުރެއްވި އެވެ.
މިހާތަނަށް 1.6 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ވައިރަހަށް ތައްޔާރުވާއިރު އޮކްސިޖަން މާސްކް ވެސް ވަރަށް ގިނައިން ބޭނުންވާނެ ކަމަށާއި މިއީ ވެސް މަދު ނުވާ ވަރަށް އެކި ވައްތަރުން ހުންނަން ޖެހޭ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑް-19 ޖެހިގެން ގިނަ މީހުން މަރުވަނީ ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ގެ ސަބަބުންނެވެ. މި ހާލަތުގައި ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަމަލާދޭ ގޮތުން ފުއްޕާމެ އަށް ވަގުތީ ގެއްލުންތަކެއްވެ އޮކްސިޖަން ދަށްވެ އެވެ. އެ ލިބޭ ވަގުތުކޮޅުގައި ރަނގަޅަށް އޮކްސިޖަން ނުދެވިއްޖަ ނަމަ ފުރާނަ ގެއްލޭ ކަމަށާއި އެހެންވެ ރާއްޖޭގައި އެކި ތަންތަނުގައި ބަލީގެ މީހުން އުޅޭ ނަމަ ފަރުވާ ދޭން ތިބޭ މީހުންނަކީ މިފަދަ ހާލަތް ދެނެގަނެ، އަވަހަށް އެކަން ކުރެވޭނެ ބައެެއްގެ ގޮތުގައި ހާއްސަ ތަމްރީން ދީފައިވާ ބަޔަކަށް ވުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ރަޒީމް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހުގެ ތެރޭގައި، ކިޑްނީ ބަލީގެ މީހުންނަށް ފަރުވާ ދިނުމަކީ ވަރަށް ހިތްދަތި އިހްސާސްތަކެއް ކުރެވޭ ތަފާތު ތަޖުރިބާއެކެވެ. ޑަޔަލިލިސް ހަދަން ޖެހޭ މީހުންނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވިޔަސް، ދެ ދުވަހުން އެއް ދުވަހު ޑަޔަލިލިސް ހަދަން ޖެހޭތީ އައިސޮލޭޓެއް ވެސް ނުކުރެވެ އެވެ. ކިޑްނީ ބަދަލުކޮށްފައި ހުރި މީހެއް ނަމަ، އިމިއުން ސިސްޓަމް ސަޕްރެސްކުރަން ދީފައި ހުންނަ ބޭސްތައް ވެސް، ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ ނަމަ ހުއްޓާލަން ޖެހެ އެވެ. އެކަމަކު އެ ބޭސްތައް ހުއްޓާލައިފި ނަމަ ޓްރާންސްޕާލާންޓް ކުރި ކިޑްނީ ހަށިގަނޑުން ރިޖެކްޓްކުރުމުގެ ވަރަށް ބޮޑު ޗާންސެއް އޮންނާނެ އެވެ. ރަޒީމް ވިދާޅުވި ގޮތުގައި މިއީ ވަރަށް އުނދަގޫ އިހްތިޔާރެކެވެ.
"މިތަނުގައި އޮންނަ ގޮތުން ނަމަ ޑަޔަލިލިސް ހަދަން ޖެހޭ މީހުން ގެއިން މިތަނަށް ގެނައުން ވެސް އެއީ ހޮސްޕިޓަލުން ކުރާ ކަމެއް. ޑަޔަލިސިސް ހެދުމާއި ޓްރާންސްޕްލާންޓް ހަދާފައިވާ މީހުުންނަށް ފަރުވާ ކުރިއަށް ގެންދިއުމާއި މި ހުރިހާ ކަމެއްގައި އެތައް ފަހަރަކު އެ މީހުންނާ ދިމާވާތީ ވަރަށް ބޮޑު ގާތްކަމެއް އުފެދިފައި އޮންނަންނީ. އެހެންވެ މިއީ ވަރަށް އިމޯޝަނަލް ހާލަތެއް،" އޭނާ ކިޔައިދެއްވި އެވެ.
މިހާރު ދިމާވެގެން އުޅޭ ކޭސްއެއްގައި، އުމުރުން ވަރަށް ދުވަސްވީ ޑަޔަލިލިސް ޕޭޝަންޓަކަށް ކޮރޯނާވައިރަސް ޖެހި އޭނާގެ އަނބިމީހާ ވެސް ހޮސްޕިޓަލަށް އައުން މަނާކުރުމުން ވަނީ އެކަނިވެފަ އެވެ. އެހާ ދުވަސްވީ މީހެއް ވީމާ ހާލު ދެރަވެ މިހާރު އޮތީ ވަރަށް ސީރިސްވެފަ އެވެ. އެކަމަކު އޭނާގެ އަންހެނުންނަކީ ވެސް އުމުރުން ދުވަސްވީ، އަދި އެހެން ބަލިތަކެއް ވެސް ހުންނަ މީހަކަށް ވާތީ ހޮސްޕިޓަލަށް ގެންދެވޭކަށް ނެތެވެ.
"އޭނާގެ އަންހެނުންނަށް ގުޅާފައި ހާލަތު ކިޔައިދިނީމަ ބުނީ އަހަރެން ބޭނުމޭ އޭނާ ވަކިވެގެން ދާއިރު އަތުގައި ހިފާލައިގެން އިންނަން. އެކަމަކު އަންހެން މީހާގެ ހާލަތަށް ބަލައި ފިރިމީހާ ކައިރި އަށް ގެނެވޭކަށް ނެތް،" ޑރ. ރަޒީމް އަސަރާ އެކު ކިޔައިދެއްވި އެވެ.
މީގެ އިތުރުން، ކިޑްނީ ބަދަލުކުރަން ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށް ކޮވިޑް-19 ޖެހި ހުރިހާ އުންމީދެއް ފެނަށް ދިޔަ މީހުން އުޅޭ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަޒީރާ އަހުލުވެރިއެއް
12 April 2020
މި މީހުން ކިތަންމެ މޮޅަށް ގައުމައް ކުރާނެ ފައިދާއެއްނެތް .. ސަރުކާރުން އެންމެ ތުއްތު އިރުއްސުރެ ކިޔަވައިދީ ، މަތީތައުލީމް ހާސިލްކުރުމައް ރާއްޖޭން ބޭރައް ފޮނުވާ އެތަކެއް ބޮޑުހަރދެއް ދައުލަތު ގެ މާލިއްޔާ އިން ކުރީމަ އަމިއްލަ އެދުމާ ދުނިޔޭގެ އެދުމުގައި ގައުމައް ހިދުމައް ކޮއްދިނުމެއް ނެތި ލޭގެ އެއްވެސް ގުޅުމެއް ނެތްބަޔަކައް ހިދުމައް ކުރަން އުޅެނީ .. މި މީސް މީހުނަކީ މިގައުމައް ހިޔާނަތްތެރިވާމީހުން ..މިމީހުންގެ ހިތުގައި ގައުމީ ލޯބީ ގެ ކުޑަމިންވަރެއްނެތީ
ކޮވިޑް19
12 April 2020
މިފަދަ މޮޅެތި ޑޮކްޓަރުން ކީއްވެ ރާއްޖޭގައި މަސައްކަތް ކުރަން ނާންނަނީ... މި ގައުމަށް ހާދަ ބޭނުންތެރި ފީލްޑަކުންނޭ ތިޔަ މަސައްކަތް ކުރަނީ... މިތަނުގައި ހުރި ދިވެހި ނެފްރޮލޮޖިސްޓަށް ކިޑްނީ ފެއިލްވެ، ހަފުތާއަކު 3 ދުވަހު ޑަޔަލިސިސް ހަދަމުންދާ ބަލި މީހަކު ދައްކަން އުޅެން ޖެހުމަކީ ވާވަރު ކަމެއް ނޫން... 600ރ. އަށް ކްލިނިކް އަށް ދެއްކެނީ... އެކަމަކު އެޕޮއިންޓްމަންޓް ގަޑެއް ވެސް ނުލިބޭ... އަހަރަކު 6 މަހު ޗުއްޓީގައި...
ރާއްޕެ
12 April 2020
ރާއްޖޭގައި މަސައްކަތް ކޮށްގެން ކިޔަވަން ނެގި ލޯނަށް ދެއްކޭވަރަށް ކިރިޔާ މުސާރަ ލިބޭތީ ބޮޑު މުސާރަ ހޯދުމަށާއި ދާއިރާއިން ކުރިއެރުން ހޯދަން ވެގެން. އަދި މިފަދަ ކަންކަން ހޯދަން އެހެން ތަންތަނަށް ދިއުމަކީ ކުށެއް ނޫން. ދެރައީ ރާއްޖޭގައި ކިޔަވައިގެން އަންނަ މީހުންނަށް ރަނގަޅު ފުރުސަތު އަދި ކުރި އެރުން ނެތްކަން
ދޮން
11 April 2020
މިތާގަ ވަރަށް ގިނައިން ޖޭ ވާ މީހުން ކޮމެންޓް ކޮށްފައިވާކަން ފާހަގަވޭ
ހަގީގަތުގާ
11 April 2020
މިރާއްޖޭގަ މަޖިލިސް މެންބަރުން މުސާރަ ބޮޑުކުރުން އެއީ ވަރައް ގޯހުންކުރިކަމެއް! ޢެންމެން މުސާރަ ބޮޑުވަންވީ ޑޮކްޓަރުން ޓީޗަރުން ސިފައިން ފުލުހުން ފަންނީ މީހުން ސިވިލް ސާރވަންޓުން އޭގަ ފަހުން އަންނަ ޖެހޭ ބައެއްތީ މަޖިލިސް މެންބަރުންނަކީ އުޑެއް ބުޑެއް ނޭގޭ ބަޔަކު މި މަޖިލިސްގަ ގިނައީ އެކަމް އެންމެ ބޮޑު މުސާރަ، އަނެއްކާ 3 މަހުން ޗުއްޓީ.
ޑރ. ރާމީ ހަސަން މ.ވައިނުޖެހޭގެއާގެ
11 April 2020
މަޖްލިހަށް ހޮވެނީ ހަރަދު ކޮށްގެން. ގޮނޑީ ގައި އިންނަ ދުވަސްވަރު ވެސް ދާއިރާގެ ރައްޔިތުންނަށް އަމިއްލަ ޖީބުން ބޮޑުއެއްޗެއް ހަރަދު ކުރަން ޖެހޭ. ނަމަވެސް ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ބޭކާރު ކުރުން ބަލައެއް ނުަގަނެވޭނެ !
ގެއާގެ އަށް ރައްދު
12 April 2020
ޑރ. ރާމީ ހަސަން މ.ވައިނުޖެހޭގެއާގެ އަށް ބުނެލަން އޮތީ މަޖިލީހަށް މިހާރު ހޮވެންވެގެން ކުރާ ޚަރަދަކީ ގިނަފަހަރު ވޯޓު ގަންނަން ކުރާ ޚަރަދު ކަން. އެމީހުންގެ ޒިންމާ އެއްނޫން ހޮވުމުގެ ކުރިންވެސް އޭގެ ފަހުންވެސް ރައްޔިތުންނަށް ރުފިޔާ ބެހުމަކީ. އެމީހުން ޖެހެނީ ކަންކަން މަގުފަހި ކޮށްދޭން. ގާނޫނާއި ގަވާއިދު ރައްޔިތުން ބޭނުންވާގޮތަށް ހަދައި ދިނުން. ދެން ކޮމިޓީ ތަކުގަ ތިބެ ރާއްޖޭގެ ކަންތަށް ހިނގާގޮތް ބަލާ ރަނގަޅު ކުރުން.
ހަވީރުހިނގުން
11 April 2020
މީގެން އެނގުނީ ކޮންއެއްޗެއް؟ އެ ބުނީ 12 ވަރަކަށް ދުވަސްތެރޭ ރަނގަޅު ވެއްޖެޔޭ. މާ ބޮޑު ވަރެއް ނުވޭ. ފާނަބަސަންދު ޖެހިގެން ވާ އުނދަގޫވެސް ނުވޭ
ހޫން
12 April 2020
އާން އެހެން ތަންތާ މީހުން ކުރާނެ ކަމެއް ނެތިގެން މީހުން މަރުވާތީ އޯ ކިޔާފަ ރަށާއި އިގުތިސާދު ބަންދު ކޮށްގެން އުޅެނީ. ލޯ ހުޅުވާ ތިމަންނަގެ ފައި ދަށުން ފެންނަ އެއްޗެއް ނޫން އެއްޗެއް ވޭތޯ ހޯދައި ބަލާބަލަ. ދުނިޔެއަށް ހޭލެވެން ވެއްޖެ އެއްނުން
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
11 April 2020
މިއިން ވެސް ދޭހަވަނީ މަޖްލިސް މެމްބަރުންގެ މުސާރަ (85000 ރުފިޔާ) އާއި އެއްވަރުގެ ހިދުމަތެއް އެބައިމީހުންގެ ކިބައިން ލިބެންޖެހޭނެ ކަން ! ކިތައް ޑޮކްޓަރުން ތޯ ފުރާނަ ދިޔައީ ކޮރޯނާ ގައި ؟ ރާއްޖޭ ގައި ޑޮކްޓަރުން ގެ މުސާރަ އެހާ ކުޑަ. މިކަން މަޖްލިސް މެމްބަރުން ވިސްނާ-ވަޑައިގެން، މިހާރު ތަޅާ ބޭކާރު އަނގަތެޅުމުގައި ވަގުތު ބޭކާރު ނުކުރެއްވުން ވަރަށް ބޮޑަށް ވެސް ބުއްދިވެރި !!!
ހުޅުލޭ ބޮޑުމީހާ
11 April 2020
އެކި މީހުންނަށް ނަސީބާއި ރަހްމަތް ލައްވާނީ އެކި ގޮތަށް. ކުރިން ވަރަށް ގިނައިން ހިތަށްއަރާ ރާއްޖެއަކީ ވެސް އެހެން ގިނަ ގައުމުތައް ފަދައިން އެއްފަސްގަނޑަކަށް އޮންނަ ގައުމެއް ނަމައޭ. އެކަމް މިހާރު ހިތަށްއަރާ ވަކިވަކި ކުދިކުދި ރައްތަކެއްގައި އަޅަމެން ލެއްވިކަން އެއީ އަޅަމެންގެ މައްޗަށް ލެއްވި ރަހްމަތާއި ނަސީބެކޭ...އަލްހަމްދުލިﷲ
އައްޔުބޭ
11 April 2020
ރާއްޖޭގެ ފަންނީ އެތައް ޑޮކްޓާރުންނާއި އެކިދާއިރާތަކުގެ ޕރޮފެޝަނަލްސް ޤައުމުތަކުގައި އުޅެންޖެހިފައިވަނީ އެހެން ޤައުމުތަކުގައި ޕްރޮފެޝަނަލް ގިންތީގެ މީހުންނަށް ލިބެންޖެހޭ އިނާޔަތްތަކާއި އަދި ޕްރޮފެޝަނަލް ކެރިއަރ ކުރިއަރުވަން ލިބޭ ފުރުޞަތުތައް ދަށްވުމުގެ ސަބަބުން، އެހެންކަމުން ރައީސް ޞާލިހުގެ ސަރުކާރުން ޕްރޮފެޝަނަލް މީހުން ޤައުމުގައި ބެއިތިއްބޭނެ ސްޓްރެޓިޖިކް ގޯލްސްތަކެއް 2021 ގެ ބަޖެޓް އިން ފެނިގެންދާނެކަމަށް އުއްމީދުކުރަން.
ބޭބެބެ
11 April 2020
މިއަދު ތިކިޔަނީ ތިހެން. މައުމޫނު ދައުރުގައި ޑޮކްޓަރުން ރާއްޖޭގައި ބައިތިއްބަންވެގެން އެމީހުންނަށް ގޯތިދޭން ފެށީމާ މައުމޫނުވަރުގެ ނުބައިނުލަފާ މީހަކު ނެތިގެން އުޅުނީވެސް ހަމަ އަހަރުމެން. ދެން ކީކޭތަ ތިކިޔަނީ.
އަހަންމާ.
11 April 2020
މަޖިލިސްގައި ވައި އަގަތަޅަން ތިބޭމީހުންނަށް 85000 ރުފިޔާ، ފުރާނަ އަތްމައްޗަށް ލައިގެން ތިބޭ ކޮލިފައިޑު ޑޮކްޓަރުންނަށް (ފިޒީޝަނުން، ސާޖަނުންނަށް) މުސާރައަށް15000 ރުފިޔާވެސް ނުޖެހޭ/ އިންސާފު އަކި ކޮބައިތޯ؟މިސަރުކާރު މި އޮތީ ގެރިމޯދިގެ އަތްދަސުވެފަ.
އަހަންމާ 3
11 April 2020
އަހަންމާ އަކަސް ހަގީގަތް ބަލާފަ ގޮވާ އެއްޗެއް ގޮވާ ތިޔަބުނާ ފިޒީޝަނުންގެ މުސާރަ ހުންނާނީ 38000 ފެށިގެން 58000 އާދެމެދު 2014 އިން ފެށިގެން.. ސިއްހީ ދާއިރާގައި އިހާނެތި ވެފައި ތިބި މުވައްޒަފުންނަކީ ދެންތިބި ޕްރޮފެޝަނަލުން...ޚާއްސަކޮށް ނަރުހުން.
ހުވާ
11 April 2020
މިގައުމުގައި އެޅިފިޔަވަޅެއް އެޅީވެސް ސޯޝަލްމީޑިޔާގައި ރައްޔިތުން ވަރުއެރުވީމަ.
އަބުޖާ
11 April 2020
ސިންގަޕޫރު ގެ ފާމަސީތަކުން ކޮވިޑް ޓެސްޓް ކިޑް އެބަ ލިބޭ. ޓެސްޓް ކުރެވޭނެ އިންތިޒާމް ރަށްރަށުގައި ވެސް ހަމަ ޖެހެން ޖެހޭ. އެއީ ވެސް ހަމަ ދިވެހިން.
ޢަބޭ
11 April 2020
އަބަދުވެސް އުޅޭނި ސިންގަޕޫރާ އަޅުވާ ކިޔަން. އާން އަހުރެންނީ ސިންގަޕޫރީންނެ. އެވެރިން އުޅޭހެން ހާތަނަށް ކުޅުވެސް ނުޖަހައޭ ތިއުޅެނީ!
ދެޓްވޭ
11 April 2020
ސިންގަޕޫރުގެ ފާ މަސީއިންލިބެން ހުންނަނަ މަ ކީއްވެބާ އެހެންގައު މުތަކުން އެނުލިބިގެން އެއުޅެނީ
އަދުރޭޓިނު
11 April 2020
އާން. މިއީ ސިންގަޕޫރު. ސިންގަޕޫރު މަގުމަތީގައި 1 ލައްކަ ބަންގާޅިން ހިތަށް އައިހައި ގޮތަކަށް އުޅެވޭ. ވިސާނެތަސް ލައިސަންސްނެތަސް ގަވާއިދާޚިލާފުވިޔަސް ގާނޫނާޚިލާފުވިޔަސް ބަންގާޅިއެއްވިއްޔާ ސިންގަޕޫރުގައި އެޅޭނެ ފިޔަވަޅެއްނޯވޭ.
އަބުޖާއަށް
12 April 2020
އަބުޖާ ކަލޯ ސިންގަޕޫރުގަ އެމީހުންގެ އާބާދީގެ ނިސްބަތުން ކިތަށް މީހުންނަށްތޯ ތިޓެސްޓު ކުރެވުނީ ބެލިންތަ. ރާއްްޖެގައި އެޅުނު ފިޔަވަޅު ތަކުން އަދި އިނގޭއެއްޗަކީ ރާއްޖޭގެ އެތެރޭގަ މި ނުފެތުރޭކަން. ލޯހުޅުވާ ބެލީމަ އިނގޭނެ އެންމެ ކުރިއެރި ގައުމު ތަކުން އެ ޓެސްޓު ހެދޭތޯ ތެޅި ބާލާ ވަރު. އަދި ތިކަންވެސް އިރާދަ ކުރެއްވިއްޔާ ވާނެ އެކަމު ދަންނަން ޖެހޭ ހަގީގަތަކީ ރައްޖޭގަ ކީއް ދުނިޔޭގަ އެއްވެސް ގައުމެެއް ގަ އެބޭނުން ވަވަރަށް ނެތްކަން. ހިފަހައްޓައިގެން ވާނީ