ރިޕޯޓް / ކޮވިޑް-19

ކޮވިޑް-19 ލަފާކޮށް ހަދާ މޮޑެލްތައް ދިމައެއް ނުވާނެ

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ގޮތުގެ ތަފްސީލް ހިމެނޭ ގްރާފްތައް އެންއީއޯސީގެ މީޑިއާ ބްރީފިންއެއްގައި ދައްކަނީ.

ކޮވިޑް-19 އެކި ގައުމުތަކުގައި ފެތުރޭނެ މިންވަރާއި އެ ބަލީގައި މީހުން މަރުވާނެ ކަމަށް އަންދާޒާކޮށް އެކި މޮޑްލްތައް ވަނީ ހަދައިފަ އެވެ. އެކަމަކު އެކި ގައުމުތަކުގައި މި މޮޑެލްތައް ހެދުމުގައި އުޅުއްވާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އެންމެ މުހިންމު މައުލޫމާތުތައް އަދިވެސް ނޭނގޭތީ، މި ހަދާ މޮޑެލްތައް ދިމައެއް ނުވާނެ އެވެ.

މިހާތަނަށް ވައިރަސް އެރީ ކިތައް މީހުންނަށް ކަމެއް، ވައިރަސް އިން ބަލި ޖެހުނު މީހުންނަށް އަލުން ބަލި ނުޖެހި ހުންނާނީ ކިހާ ދުވަހަކު ކަމެއް، ސޯޝަލް ޑިސްޓެންސިން އަށް މީހުން ތަބާވާނީ ކިހާ ވަރަކަށް ކަމެއް އަދި މި އުސޫލުތަކުގައި މީހުން ދެމި ތިބޭނީ ކިހާ ދުވަހަކު ކަމެއް ބުނަން ނޭނގުމަކީ މޮޑެލްތަކުގެ އަންދާޒާ ދިމާނުވާނެ މައިގަނޑު ސަބަބުތައް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"މި މޮޑެލްތައް ހަދަން ވަރަށް ގިނަ ވަސީލަތްތައް ބޭނުންކުރަމުން ދިޔަ ނަމަވެސް، މި ލަފާކުރުންތައް ދިމައެއް ނުވާނެ،" އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ ޕްރޮފެސަ އޮފް ހެލްތު ޕޮލިސީ އެންޑް މެނޭޖްމަންޓް އެންޑް ޕީޑިއޭޓްރިކްސް އިރްވިން ރެޑްލެނާ 'ނިއުސް ވީކް' އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ މޮޑެލްތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ، ވަކި ސުވާލުތަކަކަށް ޖަވާބު ދޭން މޮޑެލް ހެދުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު އެ މޮޑެލްތައް ހަދަނީ މަރުވާނީ ކިހާ މީހުންނެއްތޯ ބަލަން ނުވަތަ އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނީ ކޮން އިރަކުތޯ ބަލަން ބޭނުންވާތީ ސީދާ އެ ސުވާލުތަކަށް ޖަވާބުދޭންވެގެންނެވެ.

"މައްސަލަ އަކީ މި ލަފާކުރުންތައް ދުވަހެއް ދުވަހަކަށް އޮޅުންބޮޅުންވަމުން ދާތީ. އެއީ [ބަލާ މިންގަނޑުތައް] އަބަދުވެސް ބަދަލުވަމުން ދާތީ،" ރެޑްލާނާ ވިދާޅުވި އެވެ.

"[އެ މޮޑެލްތައް ހަދާ މީހުން] މި ދެނީ ޖަވާބެއް. އެކަމަކު އެ ޖަވާބަކީ ހަގީގީ މަންޒަރު އެނގޭ ޖަވާބަކަށް ވާކަށް ނުޖެހޭ. ސަބަބަކީ [މޮޑެލް ހަދަން] ބޭނުންކުރާ ފޯމިއުލާގައި ހިތު ލަފަޔަށް ނަންބަރުތައް ހިމަނާތީ. ޔަގީންކަން ނެތް ނަންބަރުތަކާއި ހިތު ލަފާ ހިމަނާ ނަމަ އެއީ ޔަގީންކަމެއް ދެވޭ އެއްޗަކަށް ނުވާނެ. ނަތީޖާ ދިމާވާކަށް ނުޖެހޭނެ."

އަދިވެސް ގިނައީ ނޭނގޭ ކަންތައް

ކޮވިޑް-19 އާ ބެހޭ ގޮތުން ނޭނގޭ ނުވަތަ ޔަގީންކަން ނެތް ކިތަންމެ ކަމެއް އެބަހުއްޓެވެ. އެންމެ ބޮޑަށް އެނގެން ޖެހޭ އެކަމަކު ޔަގީންކަން ނެތް ކަމަކީ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިން މީހަކު އެއްފަހަރަށް ވުރެ ގިނަ ފަހަރު އިންފެކްޓް ވެދާނެތޯ ނުވަތަ ނޫންތޯ އެވެ. ވައިރަސްއާ ބެހޭ ގޮތުން ކުރަމުން އަންނަ ދިރާސާތަކުން ލިބޭ ޖަވާބަށް ވުރެ އަދިވެސް ގިނައީ އުފެދޭ ސުވާލުތަކެވެ.

އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ކޭމްބްރިޖުން ވަނީ ކޮވިޑް-19 ޖައްސާ ވައިރަސްގެ ތަފާތު ތިން ވައްތަރެއް ދެނެގެންފަ އެވެ. އެއީ ވައިރަސް އޭ، ބީ އަދި ސީ އެވެ. "އޭ" އަކީ ކޮރޯނާވައިރަހުގެ ތެރެއިން ވާލުން ފެންނަ މީގެ ވައިރަހާ އެންމެ އެއްގޮތް ވައިރަހެވެ. "ބީ" އަކީ ޗައިނާގެ ވޫހާންގައި އެންމެ އާންމުވި ވައްތަރެވެ. "ސީ" އަކީ ވައިރަސް ބީގެ "ދަރިއެއް" ކަމަށް ސައިންސްވެރިން ވަނީ ސިފަކޮށްފަ އެވެ. މިއީ ޔޫރަޕުން އެންމެ އާންމުކޮށް ފެންނަ ވައިރަހެވެ. އަދިވެސް މި ވައިރަސް އިތުރަށް މިއުޓޭޓްވެ (ބަދަލުވަމުންދާ ކަމަށް) ބުނާ ދިރާސާތައް ވެސް އެބަހުއްޓެވެ.

"މިއީ އަދި މުޅިން އާ ވައިރަހަކަށް ވާތީ ގިނަވާނީ މި ވައިރަސް މީގެ ކުރިން ނާރާ މީހުން. މި ވައިރަސް މަސައްކަތްކުރާ ގޮތް އަދި ވައިރަސް އަށް އިންސާނުންގެ ހަށިގަނޑު މަސައްކަތްކުރާ ގޮތް ވެސް މިއީ އަދި ޔަގީންކަމާ އެކު އެނގޭ ކަމެއް ނޫން. އިންސާނުންގެ ހަށިގަނޑުގައި [މި ވައިރަހަށް] އެންޓިބޮޑީސް އުފައްދާނެ. އެކަމަކު އަލުން ވައިރަސް އެރިޔަސް ބަލިވުމުން ދިފާއުކޮށްދޭ ވަރަށް މި އެންޓިބޮޑީސް ހަށިގަނޑުގައި ހުންނާނީ ކިހާ ދުވަހަކު ކަމެއް ކަށަވަރެއް ނުވޭ،" މޮޑެލްތައް ދިމާނުވާނެ ސަބަބުތައް އޮޅުއްފިލުއްވައިދެއްވަމުން ރެޑްލެނާ ވިދާޅުވި އެވެ.

ބަލި ޖެހި އެކަމަކު ބަލީގެ އަލާމާތް ނުހުންނަ މީހުން ގިނަކަމުން، ބަލި ފެތުރޭ މިންވަރު ދެނެގަންނަން އުނދަގޫވޭ

ވައިރަސް ހުރެ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ގިނަވުމަކީ ވެސް މޮޑެލްތައް ދިމާނުވުމުގެ ބޮޑު ސަބަބެކެވެ. ބަލީގެ އަލާމާތެއް ނެތަސް އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރެ އެވެ. ދިރާސާއެއްގައި އަންދާޒާކޮށްފައިވާ ގޮތުގައި ބަލި ފެތުރޭ މިންވަރު މިހާރު ހުންނަ ކަމަށް ބެލެވޭ މިންވަރަށް ވުރެ 85 ޕަސެންޓް މަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެ ބަލި ޖެހުނު އަދި ޖެހިފައި ތިބި މީހުންގެ ހަގީގީ އަދަދު ހޯދެން އޮތް ހަމައެކަނި ގޮތަކީ އެންމެން ނުވަތަ އާބާދީގެ ބޮޑު ބައެއް ބައްޔަށް ޓެސްޓްކުރުމެވެ.

ޔަގީންކަން ނެތް މި ހުރިހާ މައުލޫމާތެއް ވެސް ކޮވިޑް-19 ފެތުރޭނެ މިންވަރު ލަފާކުރަން ހަދާ މޮޑެލްތަކަށް ބޭނުންކުރެ އެވެ.

އަބަދު ބަދަލުވާނެ

"މިއަދު ގޮތަކަށް ލަފާކޮށްފައި ވަނިކޮށް، ދެތިން ދުވަސް ފަހުން އިތުރަށް ލިބޭ މައުލޫމާތާ އެކު، ކުރީގެ ލަފާކުރުން އެއްކޮށް ބަދަލުވާނެ. މޮޑެލްތައް ހަދަން މި ބޭނުންކުރާ މައުލޫމާތަކީ ވަރަށް ޔަގީންކަން ކުޑަ މައުލޫމާތެއް. ނުވަތަ އެއީ ފުރިހަމަ ނުވާ މައުލޫމާތު. އެހެންވެ މިކަމުގެ ސަބަބުން، މޮޑެލްތަކުގެ ޖަވާބު ދިމާނުވުމުގެ މައްސަލަ ވަރަށް ބޮޑަށް އޮންނާނެ. މިއީ ވަރަށް އުނދަގޫ ކަމެއް. މި ލަފާކުރުންތައް އޮޅުންބޮޅުން ބޮޑުވެފައި ޔަގީންކަން ވެސް ކުޑަވާނެ،" ރެޑްލެނާ ތަފްސީލްކޮށްދެއްވި އެވެ.

ކޮލަމްބިއާގެ ޕްރޮފެސަ އޮފް އެންވަޔަރަމެންޓަލް ހެލްތު ސައިންސަސް ޖެފްރީ ޝަމަން ނިއުސްވީކަށް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ މޮޑެލްތައް ދިމާނުވާ ބޮޑެތި ސަބަބުތަކުގެ ތެރޭގައި އާންމުން ސޯޝަލް ޑިސްޓެންސިން އަށް ތަބާވާ ވަރު ނޭނގުމާއި އާންމުން ދިރިއުޅުމުގެ އާދަތަކަށް އަންނަ ބަދަލު ނޭނގުން ވެސް ހިމެނެ އެވެ. އަނެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ހާމަކުރުމުގައި އަމަލުކުރާ ގޮތެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ގޮތް ލަފާކޮށްފައި

"މިއަދު ބަލި ޖެހޭ މީހެއްގެ ނަތީޖާ މި އެނގެނީ 10-16 ދުވަސް ފަހުން،" އެމެރިކާގައި މިކަން އޮތް ގޮތަށް އިޝާރާތް ކުރައްވައި ޝަމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ޕްރޮޖެކްޝަންތައް ހަދަނީ ސިޔާސަތު ކަނޑައަޅާ މީހުންނަށް ފަސޭހައަކަށް، ހާލަތު ވަޒަންކުރުމުގެ ގޮތުންނެވެ. އަދި "ޕްރޮޖެކްޝަން" އާއި "ފޯކާސްޓް" އެއީ އެކައްޗެއް ނޫން ކަމަށާއި ޕްރޮޖެކްޝަނެއް ހަދަނީ ރަނގަޅަށް މައުލޫމާތު ނެތުމުން ހާލަތު ލަފާކުރަން އެހީއެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ބަލި ޖެހޭނެ މީހުންގެ އަދަދާއި މަރުވާނެ މީހުންގެ އަދަދު ލަފާކޮށް ބުނުމަކީ މިހެން ހަދާ ޕްރޮޖެކްޝަނެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ޕްރޮޖެކްޝަނަކުން އާންމު ގޮތެއްގައި ފެންނަ މަންޒަރަކީ، ޝަމަންގެ ނަޒަރުގައި، ބަލިމަޑުކަން ނިމޭނެ އިރެއް އަންދާޒާކޮށްލުމެވެ.

މަރުތައް ލަފާކުރަން އެހެން ވިސްނުމެއް

ކެމިސްޓްރީން ނޮބެލް އިނާމު ހާސިލްކުރައްވާފައިވާ، ސްޓެންފަޑް ޔުނިވަސިޓީގެ ޕްރޮފެސާ މައިކަލް ލެވިޓް ވެސް ނިއުސްވީކަށް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހިގެން މަރުވާނެ މީހުންގެ އަދަދު ލަފާކުރުމުގައި އޭނާގެ ވިސްނުން ބަދަލުވީ ޔުނިވަސިޓީ އޮފް ކޭމްބްރިޖްގެ ސްޓެޓިސްޓީޝަނެއް ކަމަށްވާ ޑޭވިޑް ސްޕީގެލްހޯލްޓާގެ ލިޔުއްވުމެއް ވިދާޅުވި ހިސާބުންނެވެ.

އަޅުގަނޑަށް ފާހަގަވި ކަމަކީ މި ބަލި ބޮޑަށް ފެތުރޭ ކޮންމެ ތަނެއްގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދެއް ނޫންކަން މަރުވާ މީހުންގެ އަދަދާ ގުޅިފައިވަނީ. އެކަން ގުޅެނީ އާބާދީގެ ވަކި ނިސްބަތަކާ. މާނަ އަކީ މި މަރުވަނީ ހަމަ އެއް ހާލަތެއްގައޭ. އެ ޕަސެންޓޭޖް މި އުޅެނީ ގާތްގަނޑަކަށް 0.2 ޕަސެންޓުގައި: ލެވިޓް

ސްޕީގެލްހޯލްޓާގެ ޚިޔާލަކީ، އާންމު އެހެން ބައްޔެއްގައި ވެސް ފަސޭހައިން މަރުވެދާނެ ކަމަށް ބެލެވޭ ހާލަތުގައި ތިބި މީހުންގެ އަދަދު ލަފާކުރުމެވެ. ބަލިމަޑުކަމެއްގެ ހާލަތުގައި، ކުޑަކުދިންނާއި ޒުވާނުންނަށް ވުރެ ގިނައިން މަރުވަނީ އުމުރުން 70 އަހަރުން މަތީގެ މީހުންނެވެ. ކޮވިޑް-19 ގައި ވެސް ފެންނަނީ މިއާ ވަރަށް އެއްގޮތް ހާލަތެކެވެ.

"އަޅުގަނޑަށް ގަބޫލުކުރެވުނީ އެއީ ވަރަށް ވިސްނުންތެރި ވާހަކައެކޭ،" ލެވިޓް ވިދާޅުވި އެވެ.

"މީހުން ގަބޫލެއް ނުކުރޭ އާދައިގެ ކަމެއްގައި މީހުން މަރުވާނެ ކަމަކަށް. އަދި ކޮންމެ މަރަކާ މެދު ވެސް ހިތާމަކުރޭ. އެކަމަކު ދުނިޔޭގައި ކޮންމެ ދުވަހަކު 150،000 މީހުން މަރުވޭ. އެހެންވެ މަރަކީ އާދައިގެ ކަމެއްގެ ގޮތުގައި ވިސްނަން ޖެހޭ،" މަރުން ސަލާމަތް ނުވެވޭނެ ކަމަށާއި ކޮންމެ ބަލިމަޑުކަމެއްގައި ވެސް ވަކި ބަޔަކަށް މަރުގެ ނުރައްކާ ބޮޑުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ލެވިޓް ވަނީ އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ޗައިނާގެ ވޫހާނުން މި ބަލީގައި މަރުވާނެ މީހުންގެ އަދަދު ވަރަށް ބަރާބަރަށް ލަފާކުރައްވައިފަ އެވެ.

"އަޅުގަނޑަށް ފާހަގަވި ކަމަކީ މި ބަލި ބޮޑަށް ފެތުރޭ ކޮންމެ ތަނެއްގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދެއް ނޫންކަން މަރުވާ މީހުންގެ އަދަދާ ގުޅިފައިވަނީ. އެކަން ގުޅެނީ އާބާދީގެ ވަކި ނިސްބަތަކާ. މާނަ އަކީ މި މަރުވަނީ ހަމަ އެއް ހާލަތެއްގައޭ. އެ ޕަސެންޓޭޖް މި އުޅެނީ ގާތްގަނޑަކަށް 0.2 ޕަސެންޓުގައި،" ލެވިޓް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ފެތުރޭ ގައުމުތަކުގައި މަސް ދުވަސް ނުވަތަ ފަސް ހަފުތާ ވަންދެން، މީހުން މަރުވާ އަދަދު އިތުރުވެދާނެ ކަަމަށެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ކޮވިޑް-19 ގައި މަރުވާ އެތައް ބަޔަކީ ކޮންމެވެސް އެހެން ކަމެއްގައި ހަމަ އެ ދުވަސްވަރު މަރުވުން ވަރަށް ކައިރި މީހުންނެވެ.

ލެވިޓްގެ ލަފަޔަކީ އާޓިފިޝަލް އިންޓެލިޖެންސް އަޖައިބުވާހާ ބާރަށް ކުރިއަރަމުން އަންނައިރު، މިފަދަ ހާލަތްތައް ކުރިއާލައި ލަފާކޮށްގެން ތިބުމެވެ. އޭރުން މިހާރު މި އޮތް ފަދަ ހާސްކަމެއް ނައިސް، ހަމަޖެހިގެން މި ކަންކަމާ ކުރިމަތިލާން ފަސޭހަވާނެތީ އެވެ.

30 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮޑެލް

17 May 2020

ތިޔާ ދެން ކީއްކުރާ މޮޑެއްޔެއް؟ ދިމާނުވާނެކަން އެގޭ އިރު ތިޔާ އެއްޗެއް ދެއްކި ދެއްކީނުން އަހަރެމެން ބިރުން ފިއްކަނޑައިގެން ގޮސްސަ މިތިބެނީ. ދިވެހި ގުދު އޮތީ އޮލަބާ ގާތަށް. އެކަމަކު ބަންގާޅު ގުދު އޮތީ ހަމަ ވަރަށް ގުދު ކޮށް. ޢެވެރިންގެ ގުދު ތެދު ނުކުރެވޭނެ. ޢެބައިމީހުން ޖެހޭނީ އުތުރުގެ ފަޅުރަށަކަށް ވަކިން ލާން. މޮޑެއްޔެއް ނެހެދިޔަސް މިވަރު އެގެންވާނެ ނުންތަ؟

The name is already taken The name is available. Register?

ބޯގޯސް އަފީފް ދީދީ

16 May 2020

ކިޔާ އެކައްޗެއްވެސް ދިމާއެއް ނުވާނެ. އަންނި ބުނީ ހަމަ ރަނގަޅަށް. ބަންގާޅު މެން ދައްކާ ވާހަކަތަކަށް އިތުބާރުނުކުތެވޭ.

The name is already taken The name is available. Register?

ާއާދަނު

16 May 2020

ގައުމުފުޑި ބޮޑު އާބާދީއެއް ބަޑަށްޖުހުނީ ތާކުންތާކުނުޖެހޭ މޮޑެލް ސީނާލައްވާ ހަދައިގެން ގައުމު ހަނާވަނީ

The name is already taken The name is available. Register?

މުގޮށި6މީދާ

16 May 2020

ރާއްޖޭގަ އެސޮރުމެން އެހެދިއެތި ދިމާނުވެ ދިޔައީ. މިހެން މިބުނީ މިރަށު ކައްޕިއާއި ހައެއްކަމީހުން ޖެހުނު ދުވަހު ޕީކަށް އަރާފަ ދިޔައީ ނޭނގިތިއްބާ 5 މިނިޓުތެރޭ. ގުރާފު އިންނާނީ ތިނޯހެއްހެން.

The name is already taken The name is available. Register?

ކާނިވާ ސަރަހައްދުން

16 May 2020

ޔޫރަޕަށް މިމައްސަލަ ޙައްލުކުރަން އުނދަގޫވާނެ. އެންމެގިނަމީހުން މަރުވެ ، ބަލިޖެހިފައވަނީވެސް އެމެރިކާ އާ ޔޫރަޕުން. ޔޫރަޕް ކޮޕީ ނުކޮށް މިކަމުގައި ދިވެހިންނާއި މުސްލިމުން ޢަމަލުކުރަންޖެހޭގޮތް ތަފާތުވާނެ. އޭރުން އަވަހަށް ސަލާމަތްވެވޭނީ. އުޞޫލު ތަކުގެ ތެރެިން (މާސްކު އަޅާ) ވީހާވެސް އަވަހަށް މިސްކިތްތަށް ހުޅުވާ ދުއާ ކުރަންވީ. އެހެންނޫނީ ވަރަށް ވަގުތުނަގާފާނެ. ބިންގަނޑު ކިތައްމެ ތިރިޔަށް ރަށްތަކަށް ރާޅެއްވެސް ނާރައެއް ނޫންތޯ

The name is already taken The name is available. Register?

ވޮޗްޑޮގް

16 May 2020

މުސްލިމުންނަށް ކޮންމެތަނަކު ވެސް ދުއާ ކުރެވޭނެ ނަމާދުކުރެވޭނެ.

The name is already taken The name is available. Register?

ސިކުނޑި

16 May 2020

ވަރަށް ރަނގަޅު ވާހަކައެއް! ޔަހޫދީންގެ ފަހަތުން ދުވާކަށް ނުޖެހޭ! ޑަކްޓަރީ ބޭހެއް ނެތް ކަމެއްގައި އޮތީ ސަބަބު ތަކުގައި ހިފައިގެން ވަކީލު ކުރުން! ރާއްޖޭގައި ގައިދުރު ކުރުން ހުންނަ ގޮތަށް ބަލާއިރު މާސްކް އަޅައިގެން މިސްކިތައް ދިއުން ހަމަަ ރަނގަޅު ކަމަށް ދެކެން!!

The name is already taken The name is available. Register?

މޯޑްއަލީ

16 May 2020

ރާއްޖޭގަ ވެސް އުޅޭ ތިގޮތަށް ހަދާ މީހުން... މިހަފްތާގެ އެގޭނެ.

The name is already taken The name is available. Register?

ނޫސްބަލާ މީހާ

16 May 2020

މި ބައްޔަކީ މުޅި ދުނިޔެއަށްވެސް އާ ބައްޔެއް. އިއްޔެ ތައްޔާރު ކުރެވުނު އެސްއޯޕީއެއް ނޫން މިއަދު ދުނިޔޭގެ އެއްވެސް ގައުމަކުން ގެންގުޅެނީ. އެކަމަކު ރާއްޖޭ ބައެއް ނޫސްވެރިން ފުރަތަމަ ސުވާލުވެސް ފަށާނީ، "ކުރީ ދުވަހު ވިދާޅުވެފައިވޭ.." ދުނިޔޭގެ ހަބަރެއް އެހެން އެއްޗެއް ބަލާ ދިރާސާ ކޮށްގެން ނޫން ޕްރެސް ކޮންފަރެންސްތަކަށް ދާނީ. މިފަދަ އެމަޖެންސީ ދަނޑިވަޅެއްގައި ކުރީގައި އޮތް ހަމަ ބަދަލު ވިޔަސް މިހާރުގެ ހަމަ އެޕްލައި ކުރަންވެސް ނޭނގެ ގިނަ މީހުންނަށް. ހިތާމަހުރި.

The name is already taken The name is available. Register?

ދިވޭސީ

16 May 2020

ދިވެހި އެހެން ނޫސްތަކާ ޚިލާފަށް މިހާރުގަ ކޮވިޑް-19 އާއި ބެހޭގޮތުން ޕަބްލިޝްކުރާ ލިޔުންތަކުގެ ފެންވަރު ވަރަށް ރަނގަޅު. ޚާއްސަކޮށް ނިޢުމަތުﷲ ގެ ލިޔުންތަކުގައި ވަރަށް ބޮޑަށް ދިރާސާކުރެވި ކިޔުންތެރިންނަށް އިތުބާރު ހިފޭފަދަ މައުލޫމާތުތަކެއް ގެނެސްދޭން މަސައްކަތް ކޮށްފަ ހުންނަކަން ފާހަގަ ކުރެވޭ. ތިކުރާ ހިއްވަރަށް އައްސަރިބަހާއި ސާބަސް.

The name is already taken The name is available. Register?

ނޫސްބަލާ މީހާ

16 May 2020

ގިނަ ނޫސްވެރިންވެސް މި ދަނޑިވަޅުގައި އެނބުރެނީ އެމީހުންގެ ސިޔާސީ ލީޑަރުން އެނބުރޭ ގޮތަކަށް. ބައްޔާ ގުޅޭގޮތުން ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދޭކަށެއް ނޫން. ނިއުމަތުﷲ މި ކުރައްވާ ހިތްވަރަށް ސާބަސްދެން. މިއީ ހަގީގީ ނޫސްވެރިކަމަކީ. ދެން އެ އުޅެނީ ފަށަލަ މަތީ އުޅޭ އެކްޓިވިސްޓުން.

The name is already taken The name is available. Register?

ތިކަމާ

16 May 2020

ވަގުތާ ފައިސާ ބޭކާރު ކުރަނީ ކީއްކުރަން ދޮމާ ނުވާނެކަން އެގޭއިރު

The name is already taken The name is available. Register?

ހެޔޮ ހިތުން ތެދު ބަސް

16 May 2020

މިއަށް ވުރެ ވަކިން "އަރާމު" ރޯދަ މަހެއް ނާދެއެވެ. އަހަރެމެން ތިބެންވީ ގޭގައެވެ. ބާޒާރު ކުރަން ދާކަށް ނުޖެހެއެވެ. ސިފައިނާއި ފުލުހުން ނާއި އެތިބީ އަހަރެމެނަށް ބާޒާރި ކޮށް ދޭން ނިކުމެއެވެ. މަގުމަތި އެހާމެ އަމާން މެއެވެ. އެކްސީޑެންޓް ތަކެއް ނުހިގައެވެ. ވައްކަންކުރާ ޕާޓޭން ތަކެެއް ނޫޅެއެވެ. އަދި ކޮބާ ކޮންމެ ރަމަޟާން މަހަކު ހަނގުރާމަ ކުރާ އިޒްރޭލްގެ ވީތަނެއް ނޭގެއެވެ. އަދި ކޮބާ އިސްރާފު ވެސް ކުޑަ ރޯދަ މަގެކެވެ. ތަރާވީހު ނަމާދަށް ނުދެވޭ ކަމެވެ.

The name is already taken The name is available. Register?

ސިކުނޑި

16 May 2020

މިބިން މަތީގައިވާ ﷲ ގެ ގެކޮޅުވެސް ފަޅުވެފައެވެ. ޖަމާއަތުގައި ނަމާދު ނުކުރާނީ އެތައް ދަރުމައެއް އުނިވެއެވެ. މިއީ އަރާމު ރޯދަ މަހެއް ނޫނެވެ. ބަދު ނަސީބެކެވެ.

The name is already taken The name is available. Register?

ބޯގޯސް އަފީފް ދީދީ

16 May 2020

ޖަމާއަތުގައި ނަމާދު ނުކުރަނީ ގަސްދުގައެއްނޫނެވެ. ކުރިމަތިވެފައި އޮތް ހާލަތަކުންނެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ. ޖަމާއަތުގައި ކުރާ ނަމާދުގެ ސަވާބު ގޭގައި ކުރާ ނަމާދަށް މިހާލަތުގައި ދެއްވުން އެކަލާނގެއަށް ދަތިއުދަގޫފުޅު ކަމަކަށް ނުވެތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454