ހީތުރޯ އެއާޕޯޓަށް ބޯޓެއް ޖައްސަނީ: ދަތުރުމަތީގައި ޕައިލެޓުންނަށް ދިމާވާ ނުރައްކާތެރިކަންކަމާ ބެހޭ ގޮތުން ކުޑަ މިންވަަރެއް މެނުވީ އާންމު ގޮތެއްގައި ދަތުރުވެރިންނަށް އަންގައި ނުހަދާ. އެކަމަކު ރައްކާތެރިވާނެ ގޮތްގޮތް ކިޔައިދީ އިރުޝާދުދޭ
09 ޖޫން 2016 - 08:10
އޭވިއޭޝަން ދާއިރާގައި ކުރެވިފައި ހުރި ތަޖުރިބާ އަށް ބުރަވެ ބުނަމެވެ. އެއްގަމާއި ކަނޑު ދަތުރުފަތުރަށް ވުރެ ވައިގެ ދަތުރުފަތުރު ރައްކާތެރި އެވެ. މާނަ އަކީ ކަމެއް ގޯސްކޮށް ނުހިނގައެކޭ ނޫނެވެ.
ބޯޓް ނައްޓާލާ ވަގުތާއި ޖައްސާ ވަގުތު ނާޒުކެވެ. އެއީ ޕައިލެޓަށް އެންމެ ބުރަ ބޮޑު ދެ ވަގުތެވެ. ޕައިލެޓްގެ ހުރިހާ ވިސްނުމެއް އެއް ކަމަކަށް ޚަލާސްކުރެވޭކަށް ނޯވެ އެވެ. ދަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ވަރަށް މުހިންމެވެ. އަމާޒަކީ އޮމާން ދަތުރެއްގައި ދަތުރުވެރިން ދާން ބޭނުން ތަނަކަށް ގެންގޮސްދިނުމެވެ. ދަތުރުވެރިންނަށް މުޚާތަބުކުރުން އެ އަށް ފަހު އެވެ.
ދަތުރުވެރިންނަށް ނޭނގޭ ކިތަންމެ ކަމެއް ޕައިލެޓް ކުރެ އެވެ. ބޯޓުގެ އިންޖީން ރަނގަޅަށް ހިނގާތޯ ބަލަ އެވެ. ފިނިހޫނުމިން ހުރީ ރަނގަޅަށް ތޯ އެވެ. ކޮންޓްރޯލް ސެންޓަރުތަކުން ދޭ އިރުޝާދަށް ތަބާވާން ޖެހެ އެވެ. ޕައިލެޓުން ހާސްވާންޖެހޭ ކޮންމެ ހާލަތެއްގައި ދަތުރުވެރިންނަކަށް ނާންގަ އެވެ. އަނގައިގެން ވާނެ ވަކި މޮޅެއް ނުވެ އެވެ. ހިތްހުއްޓިގެން މީހަކު މަރުވުން ނޫން ކަމެއް ވެސް ނުވެދާނެ އެވެ. ޕައިލެޓުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައި މެނުވީ ދަތުރުވެރިންނަށް އިރުޝާދެއް ނުދޭނެ އެވެ.
ސިންގަޕޫރު އެއާލައިންސްގެ ބޯޓަކުން ހޮންގް ކޮންގް އަށް ދަތުރުކުރި މީހަކު ކިޔައިދިނެވެ. ސިންގަޕޫރުން ހޮންގް ކޮންގް އަށް ދިއުމަށް ހޭދަވަނީ އާންމު ގޮތެއްގައި ތިން ގަޑި 50 މިނެޓެވެ. ހަތަރު ގަޑިއިރު ކަމަށް ބަލަމާ އެވެ.
އޭނާ ކިޔައިދިނެވެ. ފަސް ގަޑިއިރު ވީއިރު ވެސް ބޯޓު އޮތީ މަތީގަ އެވެ. އެއްވެސް ތަނަކަށް ޖައްސަން އުޅޭ ކަމުގެ އަލާމާތެއް ނެތެވެ. އެ ފިކުރުގައި އިންދައި އެނައުސްމަންޓެއް އިއްވި އެވެ. އެއީ ޕައިލެޓެވެ. ޕައިލެޓް ބުނި ގޮތުގައި އެ ހުރިހައިއިރު އެ މީހުން ކުރި ކަމަކީ ބޯޓުން ތެޔޮ ހުސްކުރުމެވެ. ބޯޓުގެ ހައިޑްރޯލިކް ފެއިލްވެފައި ވާތީ އެވެ. ޖައްސާ ވަގުތު ހިނގާފާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކަ އެވެ.
ބޯޓުގެ ދެ އިންޖީނު ހުއްޓިގެން ޕައިލެޓުން މާ ބޮޑަށް ހާސްވެ، ހަދާނެ ގޮތް ހުސްވެއްޖެ ނަމަ ދަތުރުވެރިންނަށް އެކަން އަންގާފައި ވެސް އެބަ ހުއްޓެވެ. ބޯޓް ވެއްޓޭނެކަން ކަށަވަރުވެއްޖެ ނަމަ ދުއާކޮށްލައިގެން ތިބެން ވެސް ޕައިލެޓުން ބުނާކަން ވަނީ އެނގިފަ އެވެ.
ބޯޓް ރަންވޭގައި ޖައްސާ ވަގުތު އޮމާންނުވާނެ ކަމަށް ޕައިލެޓް ބުންޏެވެ. ކަނޑު އުޅަނދުފަހަރު ފަރަށް އަރާ ބީދައިން، ބޯޓް ގޮސް ރަންވޭގައި ޖެހިގަންނާނެ އެވެ. ޕައިލެޓްގެ ކޮންޓްރޯލެއް ނެތި ބޯޓު ކެހިގެން އެތައް ހިސާބަކަށް ދާނެ އެވެ. ބޯޓުގައި ތެޔޮ ހުރެއްޖެ ނަމަ ޖައްސާ ތަނުން ގޮވައި، އަނދާ ހުލިިވާ މަންޒަރު ފިލްމުތަކުން ވެސް ފެނެ އެވެ.
ޕައިލެޓް ދިން އިރުޝާދާ އެއް ގޮތަށް ދަތުރުވެރިން އަމަލުކުރި އެވެ. އޭނަ ބުނި ގޮތުގައި އޭނާ ވެސް އިނީ ވަރަށް ބިރުންނެވެ. ހޮޑުލަވާ ގޮތް ވެސް ވެފަ އެވެ. ކަންތައްތައް ވެ ދިޔައީ ޕައިލެޓް ކިޔައިދިން ގޮތަށެވެ. ބޯޓު ޖެއްސީ ސިންގަޕޫރަށެވެ. އާންމު ފުލައިޓުތަކާ ދުރަށެވެ. ރަންވޭ މަތީގައި ފަޔާ ލޮރީތައް ބައިވަރެވެ. އެންބިއުލާސްތަކާއި މިލިޓަރީ އުޅަނދުތަކެވެ. ބޯޓެއް ނުގޮވަ އެވެ. އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބެ އެވެ. އަނބުރައިގަނެ، ހިތްހުއްޓިގެން ވެސް މީހަކަށް ގޮތެއް ނުވެ އެވެ.
ދަތުރުމަތީގައި ދިމާވާ ނުތަނަވަސްކަން ދަތުރުވެރިންނާ ބައެއް ޕައިލެޓުން ހިއްސާ ވެސް ކުރެ އެވެ. ނުރައްކާތެރި ކަމެއް ދިމާވެގެން އުޅޭއިރު ފްލައިޓް އެޓެންޑޭޓުންގެ މޫނުމަތިން ވެސް އެކަން އެނގެ އެވެ. ބޯޓުގެ ދެ އިންޖީނު ހުއްޓިގެން ޕައިލެޓުން މާ ބޮޑަށް ހާސްވެ، ހަދާނެ ގޮތް ހުސްވެއްޖެ ނަމަ ދަތުރުވެރިންނަށް އެކަން އަންގާފައި ވެސް އެބަ ހުއްޓެވެ. ބޯޓް ވެއްޓޭނެކަން ކަށަވަރުވެއްޖެ ނަމަ ދުއާކޮށްލައިގެން ތިބެން ވެސް ޕައިލެޓުން ބުނާކަން ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
09 June 2016
ދެން މިކަހަލަ ލިޔުމެއް އެހެން ފަހަރަކުން ނޫނީ ނުލިޔައްޗެވެ//
ޝަކުވާ
09 June 2016
މީ ކީއްކުރަން ޝާއިޢު ކުރި ލިޔުމެއްތަ؟ މިހާރުވެސް ފްލައިޓަށް އަރަން ނުލާހިކު ބިރުގަނެއެވެ. މިލިޔުން ކިޔާލުމުން އިތުރަށް ބިރު ބޮޑުވެއްޖެއެވެ. މީގެން ކިޔާމީހުން ބިރުގަތުން ނޫން އެހެން އެއްވެސް ފައިދާ އެއް ނުވާނެއެވެ. ފްލައިޓަށް އަރަން ބިރުން ޙއްޖަށާއި، ޢުމްރާ އަށް ނުދެވޭ މީހުންވެސް އެބަ ތިއްބެވެ.
ޕނހހވ
09 June 2016
ސުބުހާނަﷲ