ގޫގުލް ޕްލޭ ސްޓޯރު ހަރުދަނާކޮށް އިތުބާރު ދެމެހެއްޓުމަށްޓަކައި، ސްޓޯރުގައި ހުރި އަޅާލުން ކުޑަ އެޕްލިކޭޝަންތައް ނައްތާލަނީ
13 ފެބުރުއަރީ 2017 - 06:04
ބަލަހައްޓާނެ މީހަކު ނެތި ގޫގުލް ޕްލޭ ސްޓޯރަށް ދޫކޮށްލާފައި ހުރި މިލިއަނަކަށް ވުރެ ގިނަ އެޕްލިކޭޝަން ނައްތާލާނެ ކަމަށް ގޫގުލުން ބުނެފި އެވެ. ޕްލޭ ސްޓޯރުގެ މިންގަނޑަށް ނުފެތޭ އަދި ބޭނުންކުރާ މީހުންގެ މައުލޫމާތު ހޯދުމުގައި ހަރުދަނާކަމެއް ނެތް އެޕްލިކޭޝަންތައް ވެސް ސްޓޯރުން ބޭނުންކޮށްލާނެ ކަމަށް ގޫގުލުން ބުންޏެވެ.
ޕްލޭ ސްޓޯރު އުފެދުނީއް ސުރެ މިއަދާ ހަމަ އަށް އައިއިރު، ހަރުދަނާ އުސޫލަކުން އަޕްޑޭޓްނުރާ އެޕްލިކޭޝަންތައް ލައްކަ ގިނަ ކަމަށް ގޫގުލުން ބުނެ އެވެ. އަދި ގޫގުލުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ފަރުދުންގެ މައުލޫމާތު ހޯދާ އެޕްލިކޭޝަންތައް ވެސް އެހައި ގިނަ އެވެ. ގޫގުލުން ބުނި ގޮތުގައި ޒިންމާދާރު ނޫން ގޮތަކަށް ފަރުދުންގެ މައުލޫމާތު ހޯދާ ކަމަށް ބެލެވޭ އެޕްލިކޭޝަންތައް ވެސް ނައްތާލާނެ ކަމަށެވެ.
ގޫގުލުން ވަނީ ޑިވެލޮޕަރުންނަށް އެ ވާހަކަ އަންގާފަ އެވެ. އެޕްލިކޭޝަންތައް ޕްލޭ ސްޓޯރުގައި ބަހައްޓަން ބޭނުން ނަމަ، މާޗް 15 ލައިގަތުމުގެ ކުރިން ގޮތެއް ނިންމަން ވަނީ ފުރުސަތު ދީފަ އެވެ.
އެޕްލިކޭޝަންތައް ފޮހެލުމުގައި ގޫގުލުން އަމަލުކުރާ މިންގަޑު ވެސް ވަނީ ޑިވެލޮޕަރުންނަށް ހަނދާންކޮށްދީފަ އެވެ. ގޫގުލުން ބުނި ގޮތުގައި ބޭނުންކުރާ މީހުންގެ ނިސްބަތުން އެއީ މުހިންމަ އެޕްލިކޭޝަނެއް ކަމަށް ބެލެވޭ ނަމަ، އެ އެޕްލިކޭޝަނަކަށް ޚާއްސަ ސަމާލުކެއް ދެވޭނެ ކަމަށެވެ އަދި އެ އެޕްލިކޭޝަނެއް ހަރުދަނާކުރުމަށް ޑިވެލޮޕަރުންނަށް ފުރުސަތުދެވޭނެ ކަމަށެވެ.
ޕްލޭ ސްޓޯރުން ކުނިފޮޅައި ސާފުކުރަން ގޫގުލުން މަސައްކަތްކުރާ ސަބަބުތަކުގެ ތެރޭގައި، ބޭނުންކުރާ މީހުން ހިތް ތަނަވަސްކުރުމާއި، އެޕްލިކޭޝަންތަކަށް އޮންނަ އިތުބާރު ދެމެހެއްޓުން ހިމެނެ އެވެ. އަދި ޕްލޭ ސްޓޯރު ހަރުދަނާކުރުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަ
13 February 2017
ހޫނ ބޭކާރު އެޕްތައް ބައިވަރު އަވަހަށް ތަޅާދުންކާލިއަރުވާލާފައި ބޭރުކުރޭ..
ޖަމަލު
13 February 2017
އަވަހަށް ނިއުޕޯޜޓު މީހުނާ ހަވާލުކުރޭ ހެހެެހެ