ވަންޕްލަސް 3ޓީ: ވަންޕްލަސް ފޯނު އާއިލާ އަށް ވަންޕްލަސް 4 ނުނެރޭނެ ކަމަށް ބުނެވޭ
27 މާޗް 2017 - 06:34
ވަންޕްލަސް 4 ނެރޭތޯ އިންތިޒާރުކުރާނެ ކަމެއް ނެތެވެ. އެ ފޯނެއް ނުނެރޭނެ އެވެ. ކުރި އަށް އޮތީ ވަންޕްލަސް 5 އެވެ. މި ފޯނާ ބެހޭ ގޮތުން ވާހަކަދެއްކުން ރަނގަޅުވާނެ އެވެ. އެކަމަކު ވެސް ވަންޕްލަސް 4 ނުނެރެނީ ކީއްވެތޯ ބަލާލެވިދާނެ އެވެ.
ސްމާޓްފޯން މާކެޓްގައި އަދަދެއް ގެއްލުވާލުމަކީ މިހާރު ކުރާ ކަމެކެވެ. ގެލަކްސީ ނޯޓް 6 ސެމްސަންގުން ނުނެރެ އެވެ. ސަބަބު ވަރަށް ސާފެވެ؛ ވާދަވެރިކަމެވެ. އެޕަލް އިން އައިފޯނު 7 ނެރުމާ ދިމާކޮށް ސެމްސަންގުން ބޭނުންވީ ނޯޓް 7 ނެރޭށެވެ.
ވަންޕްލަސް 4 ނުނެރެން އެ ކުންފުނިން ނިންމި ސަބަބެއް ކަމަށް ބުނަނީ ޗައިނާ މީހުން ގަބޫލުކުރާ އުސޫލެއްގެ ސަބަބުން ކަމަށެވެ. އެ މީހުން ދެކޭ ގޮތުގައި 4 ހިމެނެނީ ބަދުނަސީބު އަދަދެއް ގޮތުގަ އެވެ. "ވަންޕްލަސް" އަކީ ޗައިނާ ކުންފުންޏެކެވެ.
ވަންޕްލަސް 4 ނުނެރުމަކުން ލިބޭނެ ގެއްލުމެއް ނެތެެވެ. އެ އަށް ވުރެ ވަންޕްލަސްގެ ފޯނުތައް ބާރުގަދަ އެވެ. "ވަންޕްލަސް 3ޓީ" އަކީ އޭގެ މިސާލެކެވެ.
ވަންޕްލަސް 3ޓީ އަކީ ވަންޕްލަސް 3 އަށް ގެނައި ކުޑަ ބަދަލެކެވެ. އެހެން ނަމަވެސް ވަންޕްލަސް 3ޓީ މިހާރު ވެފައި ވަނީ އެންޑްރޮއިޑް މާކެޓްގައި ނުފޫޒުގަދަ ސްމާޓްފޯނަކަށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟
ވަންޕްލަސް 3ޓީ އަކީ އަގާ ނުބައްދަލު ސްޕެކެކެވެ. "ޖީއެސްއެމްއެރީނާ" އަށް ވަދެލަމާ ހިނގާށެވެ. އެ އަށް ފަހު މި ލިސްޓް ޗެކުކޮށްލާށެވެ. ފޯނުގެ ރޭމް، ސްޓޯރޭޖް، ބެޓެރީ، ކެމެރާ، ސްކްރީން ރިޒޮލޫޝަން، ޗާޖިން ޓެކްނޮލޮޖީ އަދި މި ނޫނަސް ލިސްޓްކޮށްފައި ހުރި އެހެން ފީޗާތަކަށް ވެސް ކަޅިއަޅާލާށެވެ.
އިވޭ އަޑުތަކަށް ބަލާއިރު ދެން އޮތީ ވަންޕްލަސް 5 އެވެ. މި އަހަރު ތިންވަނަ ކުއާޓަރުގައި ނެރޭނެ ކަމަށް ބުނެވެ އެވެ. އެކަމަކު ވަންޕްލަސް 3ޓީ އަށް ވުރެ ބާރުގަދަކުރުމަށް، ވަންޕްލަސް 5 ގައި ހިމަނަން ހުރީ ކޮންކޮން ސިފަތަކެއް ހެއްޔެވެ؟
ވަންޕްލަސް 5 ގައި "ސްނެޕްޑްރޭގަން" ޕްރޮސެސާއެއް އިންނާނެ އެވެ. އެއީ ސެމްސަންގް ގެލަކްސީ އެސް8 ގައި ވެސް ބޭނުންކުރެވޭ ޕްރޮސެސާ އެވެ. އެއީ ސްނެޕްޑްރޭގަން 835 އެވެ. ޕްރޮސެސާ އަށް ގެނެވޭ ބަދަލާ އެކު ވެސް ވަންޕްލަސް 5 ތަފާތު ފޯނަކަށް ވީ އެވެ.
ވަންޕްލަސް 5 އާންމުކުރާނެ ކަމަށް ބެލެވެނީ 8ޖީބީ ރޭމް ހިމަނައިގެންނެވެ. ކެމެރާގެ ފެންވަރު 23މެގަޕިކްސެލް އަށް މަތިކުރެވޭނެ ކަމަށް ބުނެވެ އެވެ. ދެން ހުރި މައިގަނޑު ކުރިއެރުންތަކުގެ ތެރޭގައި ދާރަ ނެތް ސްކްރީން، ބެޓެރީ އަދި އެއީ ފެން ނުވަންނަ ފޯނަކަށް ވާނެ ކަމަށް ވެސް ބުނެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
3ޓީ
27 March 2017
ވަން ޕްލަސް 3ޓީި އިޒް ދަ ބޮމްބް